މާލޭގެ ކާރުބާރު ބޮޑު އެއް މަގުކަމުގައިވާ ސޯސަން މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ހޭ ނެތިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ، ބާރު ސްޕީޑްގައި ދުއްވަމުންދިޔަ ސައިކަލެއް މަގުމަތީގައި ހުރި އެހެން މީހެއްގެ ގައިގާ ޖެހިގެންނެވެ.
މި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި ހޭނެތުނީ ސައިކަން ދުއްވަން އިން މީހާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތުލިބެއެވެ.
މިއަދު އިރުއޮއްސި 6:25 ހާއިރު ހިނގި މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެނގިފައިވާގޮތުގައި އެއީ ދިވެއްސެކެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މި އެކްސިޑެންޓާއި ބެހޭ އިތުރު ތަފްސީލެއް، ކަމާއި ގުޅުންހުރި އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަން

    ހަމަ މަޑީ ދުއްވާލެއް

  2. މާއިގިލީ މީހާ

    އެއްލަކިން ލައިސަންސް ދިން މީހުންތީ...

  3. Anonymous
  4. ފަހި

    ހަމަރަގަޅު މާމަޑި