މިއަދު ރާއްޖެއަށް އައި އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާ ބޯޓު އައީ ރާއްޖޭގައި އޮތް ބޭރުގެ އެހެން ފްލައިޓަކަށް ބޭނުންވާ ސްޕެއާ ހިފައިގެން ކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، ކެޕްޓަމް އިބްރާހީމް އާޒިމް ވިދާޅުވީ، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަކީ އޭގެ ކުރިން ތެޔޮއަޅަން ރާއްޖޭގައި ޖެއްސި ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި "ގްރައުންޑް" ވެފައި އޮތް ފްލައިޓެއް ރަނގަޅު ކުރަން ބޭނުންވާ ސްޕެއާ ހިފައިގެން އައި ފްލައިޓެއް ކަމަށެވެ.

"މިއަދު ލޭންޑު ކުރި ފްލައިޓަކީ )8 އޮކްޓޯބަރު) ގައި ތެޔޮއެޅުމަށް ރާއްޖޭގައި ޖެއްސި ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ގްރައުންޑުވެފައި އޮތް ފްލައިޓް ރަނގަޅު ކުރުމަށް ސްޕެއާ ހިފައިގެން އައި ފްލައިޓެއް،" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، 8 އޮކްޓޯބަރުގައި ރާއްޖޭގައި ޖެއްސި އިނގިރޭސި އަސްކަރީ ފްލައިޓަކީ އިންޑޮނޭޝިއާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވި ފްލައިޓެއްކަމަށެވެ. އަދި އެ ފްލައިޓުގެ ސްޕެއާ ހިފައިގެން މިއަދު ރާއްޖެއަށް އައި އަސްކަރީ ފްލައިޓު ރާއްޖެއަށް އައިސްފައި ވަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކުން ހުއްދަ ނަގައިގެން ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ރޯޔަލް އެއާފޯސްގެ މަތިންދާ ބޯޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ. އެއަށްފަހު ބޯޓު ފުރާފައި ވަނީ މިއަދު އިރުއޮއްސި 6:41 ގައެވެ. މީގެ ކުރިންވެސް ރާއްޖެއަށް މިފަދަ ބޯޓުތައް ދޭތެރެ ދޭތެރެއިން އަންނަ ކަމަށް ވެއެވެ.

މި ބޯޓާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފް އިން ހާމަކޮށްފައި މިވަނީ، މިއީ ރާއްޖޭގައި މިވަގުތު ހިނގަމުންދާ ސިޔާސީ ކަންކަމާއި ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޮނުވި ބޯޓެއް ކަމަށް ދޭހަވާފަދަ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ މުޙައްމަދު މުސްތަފާ ކުރެއްވި އިންޒާރުގެ ޓްވީޓުތަކަކަކާއި އެކު އިދިކޮޅު ބައެއް އެކްޓިވިސްޓުން ހަޤީޤަތް އޮޅޭފަދަ ވާހަކަ ފަތުރަމުން ދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހާލުގެ ދުލުން

    ވަރުގަދަ އިންފޮމޭޝަން އޮފިސަރެއްތާ. ފުރަތަމަ ބުނީ ތެޔޮ އަޅާށޭ. މިހާރު ބުނަނީ ސްޕެއަރ ހިފައިގެންނޭ. މި މީސް މީހުންގެ ގަމާރު ކަމާހެދި އެމްއެންޑީއެފް ލަދުގަންނަން މިޖެހެނީ. ތަންދޮރު އޮޅުންފިލާފައި ހުރި މިނޫން މީހަކު ނެތީތަ.

    • ާައާވިމް

      ރަގަޅަށް ކީމަ އެނގޭނީ

    • ހަސަން

      މީޑިއާ އޮފިސަރުތަ ނޫނީ ތިބޭފުޅާތަ ގަމާރީ ؟ ގަމާރު މީހާ އޮޅިއްޖެ. އަހަރުމެނަށް އޮޅުމެއް ނާރާ އެބުނި އެއްޗެއް. ބޮޑުވަރު

    • ބުރޯ

      ރަނގަޅަށް ދޭހަނުވިއަސް ކޮމެންޓް ކުރަންޖެހޭވިއްޔަ. ލަދުން ބޯހަލާކު

    • ޕިސް ޕިސް

      "މިއަދު ލޭންޑު ކުރި ފްލައިޓަކީ )8 އޮކްޓޯބަރު) ގައި ތެޔޮއެޅުމަށް ރާއްޖޭގައި ޖެއްސި ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ގްރައުންޑުވެފައި އޮތް ފްލައިޓް ރަނގަޅު ކުރުމަށް ސްޕެއާ ހިފައިގެން އައި ފްލައިޓެއް،" ހަބަރު ކިޔާފައެއް ނޫން ދޯ ކޮމެންޓ ކުރަނީ

    • ހަންޑި

      ތަންދޮރު ފިލާފަ ހުރީ ކާކުކަން މިހާރު ސާފުކޮށް އެނގިއްޖެ.

    • ވަހީދު

      ދިވެހިބަހުން ލިޔަން ކިޔަން ދަސްކޮށްބަލަ.

  2. ސިޔާސީ

    ލަޑާގަންނަން އާބޯޓެއް އެއީ

  3. އިބޫ

    މުސްތޮފާބޭ ދެން ލަލަލާ....... އައި ބޮޑު ބޮޅެއް!

  4. ރިހާބް

    ރާއްޖެގެ އެއަރޕޯރޓް ގައި 80އަހަރުތަކުގައި ވެސް އޮސްޓްރޭލިއާ އަދި އެމެރިކަން އެއަރ ފޯސް ގެ ބޯޓްތަށް ޖައްސާ ބަޔަކަށް އާކަމަކަށް ވެގެން އުޅުނަކަސް. ބުރާންތީ ވަކިވަރަކައްނޫން

  5. ްަސަލާ

    އަނެއްކާ އަންނި އަންނަނީތަ؟ އޭރުން ހައްޔަރު ނުކުރެވޭނެ ހެން

  6. އަލިބެ

    ބާރު
    ކޮސްތޮފަާ

  7. މަަާނު

    މިދެންކަާކު

  8. ކެޔޮޅު

    އަސްކަރީ ބޯޱަކީ ތިމަރަ މުސްތޮފާ ޗާޱަރ ކުރިއެއްޗެއް ދޯއެއީ އެކަހަލަ ވާހަކަދެއްކޭ އިރުތިމާ ފަލީހަތްވެދާނެކަންވެސް ވިސްނާނުލެވޭވަރުގެ ގަމާރުން މި އަނގަތަޅަނީ ލަދުން ބޯހަލާކް!!!

  9. ކެޔޮޅު 19 އޮކްޱޯބަރ2018

    އެއީ ތިމަމުސްތޮފާ ގެނަ އަސްކަރީ ލަސްކަރެއް!!

  10. ސަނދުވާ

    " ޙާލުގެ ދުލުން " ލިއުއްވާފައި އެވަނީ، މީހުންދޭ މަޢުލޫމާތު ދޭހަވެ ވަޑައިނުގަންނަވާ ޙާލަތެއްގައި ހުންނަވައިގެން ލިއުއްވާފައިވާ ލިއުއްވުމެއްކަން ވަރަށް ސާފު. މނޑފ އިން ވިދާޅުވެފައިވަނީ، ތެޔޮ އަޅަން މިމަހުގެ 8ވަނަދުވަހު ޖެއްސި ބޯޓެއް، ޓެކްނިކަލް މައްސަލައެއް ދިމާވެގެން، މަރާމާތަށް ބޭނުންވާ ސާމާނު ހިފައިގެން، ހުއްދަޔާއެކު ޖެއްސި ބޯޓެއް ކަމަށް. ލިއުއްވާއިރު، މީހުން ބުނާ ބުނުން، ސާފު ކުރައްވައިގެން ލިއުއްވުމުން ފެންވަރު ބޭޒާރުނުވެ ސަލާމަތް ވާނެކަމަށް ފެނޭ

  11. ގަލަމު ދޯރި

    މުސްޠަފާ އަޅެ ބޯ ހަމަޖެހޭތަ؟ މިވަރުމީހުން މަޖިލިހަށް ހޮވި ބަޔަކަށް ވެސް ސާބަސް.

  12. ބުއްދިވެރިޔާ

    މަށަށް ގަބޫލު ކުރެވެނީ ތީގެ އެއްޗެއްގަ އަންނި އަންނާނީ އަށްޑުއަށް އަދި ރޔމނ ހައްޔަރުކުރަން އެއުޅެނީވެސް އޭގަ އަދި އެމީހުން އިންޓަނޭޝަނަލް ކޯޓަށް އެބޭފުޅާ ގެންދަވަން އެއުޅެނީ މިއަށް ބާރު ލިބޭ ހެއްކަކީ އިންޑިއާ އިންދޭ އިންޒާރުގެ މެސެޖްތަކާ ތިމަރަގެ ވާހަކަތައްވެސްމެ އެފޮޓޯ އޭނަ ބޭނުންކުރަނީ ބައިވަރުތަކެއް އިނގޭތީ އަދި މާއުފަލަކުން އެތިބީވެސް ހަމަ އެހެންވެ. މިރާއްޖޭގެތެރެއަށް މިބައިމީހުންނަށް އަތްގަދަ ކުރެވެނީ މިރާއްޖޭގަ ތިބި ލާދީނީ ފިކުރުގެ މީހުނާހެދި.އަސްލު މީވަރަށ ހިތާމަ ހުރިކަމެއް. މިގޮތަށް ކަންތަށްވުން ގާތް

  13. މައި

    އެއީ ކޮސްތަފާ ގެ ދަރަނި އަދާކުރަން ޓރމޕ ފޮނުވި ލާރިކޮޅެއް ގެނައި ބޯޓެއް ކަމަށް ކޮސްތަފާ ބުނި އަދި ތިމަރަ ގޯންޏެއްވެސް ގެނައިކަމަށް ވަނީ

  14. ޓެކުސީ

    ރާއްޖެއިން ތިމަރަހުސްވެގެން ތިމަރަ ހިފައިގެން އައި ބޯއްޓެއް ދެން ލަލަލާ.......