ގެމަނަފުށީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް އެރަށުގެ ބަނދަރު މަތީގައި ބެހެއްޓި މޮނިއުމަންޓެއް ކައުންސިލް ރައީސް އަބްދުﷲ ޝިޔާން އާއި ގެމަނަފުށީ އެމްޑީޕީ އެކްޓިވިސްޓުންތަކެއް ނިކުމެ ހަލާކު ކޮށްލައިފިއެވެ. ގެމަނަފުށީ ކައުންސިލް ރައީސް ކައުންސިލްގައި އިންނަވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ އަކީ ގެމަނަފުށީ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބޭފުޅެކެވެ.

ގެމަނަފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އިންތިޚާބު ކާމިޔާބު ކުރެވުމުން މީގެ ކުރިން ވެސް މޮނިއުމަންޓަށް ގެއްލުން ދީފައިވާ ކަމަށެވެ.

"ބުރާސްފަތި ދުވަހު ހަވީރު ކައުންސިލް ރައީސް ޝިޔާން އާއި އެމްޑީޕީގެ އިތުރު އެކްޓިވިސްޓުންތަކެއް ގޮސް މޮނިއުމަންޓް ހަލާކު ކޮށްލީ. މޮނިއުމަންޓްގައި އިން ލިޔުންކޮޅު ހަލާކު ކޮށްލަން ކައުންސިލް ރައީސް ވެސް ގަލުން ތެޅި މަންޒަރު ފެނުނު." މައުލޫމާތު ދުއް މީހަކު ބުންޏެވެ.

ގެމަނަފުށީ ބަނދަރު ހައްދަވައި ދެއްވާ، ބަނދަރު ހުޅުއްވައި ދެއްވީ ރައީސް ޔާމީނެވެ. މޮނިއުމަންޓްގައި ބަނދަރު ހުޅުވައި ދެއްވީ ރައީސް ޔާމީން ކަމަށް ލިޔެފައި އޮވެއެވެ.

ގެމަނަފުށިން މައުލޫމާތު ދިން ރައްޔިތަކު ބުނީ ކައުންސިލް ރައީސް އާއި އެމްޑީޕީ އެކްޓިވިސްޓުން މޮނިއުމަންޓް ހަލާކު ކޮށްލީ ރައީސް ޔާމީން ކޮށްދެއްވާފައި ހުރި ޚިދުމަތްތަކަކީ ނުކުރާ ޚިދުމަތްތަކަކަށް ހަދަން ވެގެން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަދި ބަނދަރަށް ވެލި އަޅާފައި އަލުން ކޮންނަން ވެސް ޖެހޭނެހެން. ރައީސް ޔާމީންގެ ވެރިކަމުގައި ހެދި ބަނދަރަކަށް ވާތީ ބަނދަރު ބޭނުންނުކޮށް، އިބޫ ހައްދަވައި ދެއްވާ ބަނދަރެއް ބޭނުން ކުރައްވަންވެގެން އެފަދަ ކަމެއް ވެސް ކޮށްފާނެ." އޭނާ ބުންޏެވެ.

ބަނދަރުމަތީގައި ހުރި މޮނިއުމަންޓެއް ހަލާކު ކޮށްލުމުގައި ބައިވެރިވިންތޯ ކައުންސިލް ރައީސް ޝިޔާން އަރިހުން ސުވާލު ކުރުމުން އޭނާ "ވަގުތު" އަށް ވިދާޅުވީ މޮނިއުމަންޓް ކުރިން ވެސް ހުރީ ހަލާކު ވެފައި ކަމަށާއި މޮނިއުމަންޓް ނެގުމުގެ މަސައްކަތް އޭނާ ކޮށްފައި ވާނެ ކަމަށެވެ.

މޮނިއުމަންޓް ނެގުމުގެ މަސަައްކަތް ކުރީ އެސަރަހައްދުގައި ފާލަމެއް އަޅަން ވެގެން ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.

ހަލާކު ކޮށްލި މޮނިއުމަންޓް ހުޅުވި ދުވަސް
ހަލާކު ކޮށްލި މޮނިއުމަންޓް ހުޅުވި ދުވަސް

ނަމަވެސް ގެމަނަފުށިން މައުލޫމާތު ދިން ރައްޔިތުން ބުނާ ގޮތުގައި މޮނިއުމަންޓް ހުރީ ފާލަން ހަދަން ކައުންސިލުން ވިދާޅުވާ ސަރަހައްދުގައި ފާލަން އެޅުމުގެ މަސައްކަތް ކުރި ނަމަވެސް އުނދަގޫވާ ހިސާބަކު ނޫނެވެ.

މީގެ ކުރިން ކައުންސިލުން ގެމަނަފުށީ ގައި ފާލަމެއް އެޅުމަށް ތަނބުތައް ޖަހާ މަސައްކަތް ފަށާފައި ވަނިކޮށް ފަހުން އުފެދުނު ކައުންސިލުން ވަނީ އެތަނބުތައް ނަގާ އެމަސައްކަތް ހުއްޓުވާފައެވެ. އެހެންކަމުން މިހާރު ފާލަމުގެ ވާހަކަ ދައްކަނީ އޮޅުވާލަން ވެގެން ކަމަށް ގެމަނަފުށީ ރައްޔިތުން ބުނެއެވެ.

ގެމަނަފުށިން މައުލޫމާތު ދިން މީހަކު ބުނީ އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވި ރޭ ވެސް އެމްޑީޕީ ސަޕޯޓަރުން ޕީޕީއެމްގެ ސަޕޯޓަރުން ދިރިއުޅޭ ގެތައް ކައިރިއަށް އެއްވެ، ސައިކަލްގެ ބަރުގަނޑު އަޅާ އުނދަގޫ ކުރި ކަމަށެވެ. އަދި ރައީސް ޔާމީންގެ ފޮޓޯތައް ހަލާކުކޮށް ވަރަށް ހަޑިހުތުރު ބަހުން ލިޔުންތައް ލިޔެފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އެކަމާއި ގުޅޭ ގޮތުން ކައުންސިލް ރައީސް އާއި ސުވާލު ކުރުމުން ވިދާޅުވީ ދެޕާޓީގެ ފޮޓޯތަކަށް ވެސް ގެއްލުން ދީފައި އެބަހުރި ކަމަށާއި އެއީ ކޮން ބަޔަކު ކުރި ކަމެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

77 ކޮމެންޓް

  1. ސަލީމު

    ރައީސް ޔާމީނަކަށް ދެެރައެއްނުވާނެ ތިރަށުގެ މީހުނަށް ދެރަވާނީ.

    • ގެމަނަފުށީ މީހާ

      ރައްޔިތުންނަށް ވެސް ގެއްލުމެއް ނުވާނެ. މުޅި ރަށުގަ އެމް.ޑީ.ޕީ މީހުން ތިބެނީ

      • ރަށުމީހާ

        އެހެންވެދޯ އިނދިކޮޅު މީހުންނަށް ކިރިޔާ މެޖޯރިޓީ ލިބުނީ. ޕީޕީއެމުން ކެމްޕޭންކުރިނަމަ މެޖޯރިޓީ ނަގާނެ ދަރިޔާ.

        • މަވެސް ގެމަނަފުށި

          މެޖޯރިޓީ ނަގާނެޔޭ. ބަލަ މިހާރުވެސް އޮތީ މެޖޯރިޓީ އެމްޑީޕީގައޭ ކޮޔާ

    • ޙައްގުބަސް

      ތިހިސާބު ގަނޑު މީހުން ވަރަށް ނާތަހުޒީބު ވާނެ!! ގޮތްކުޑަވާނެ!! އިބްރާހިމް ނާސިރު ހެދީ ހަމަ ރަގަނޅަށް!! ކުރިވަރު ކުޑައީ!! ހަމައެކަނި ތިނަދޫން ނާސިރު މީހުން ބޭލީ!! ތި ދެއަތޮޅުންވެސް މީހުން ބާލާ ސާފުކުރިނަމަ ރަގަނޅުވީސް!! ވިޔާނުދާ އަކުރު ނުދަންނަ ކައުންސިލަރުން ތިބީމަ ރައްޔިތުންވެސް ދާނީ އެމަގުން!!

      • ާމ

        ނާގާބިލުކަން އިނގޭވަރު ދޯ ރައީސް ޔާމީން ގެ ނާއިބް ރައީސެއް ގެ ގޮތުގަ ގއ މާމެންދޫ އަށް ނިސްބަތް ވާ ބޭފުޅަކު އައްޔަށް ކުރީ.

        • ހޯހޯ

          ލޮލް

      • ?

        ކީ ކޭ އަކުރު ނުދަންނަ މީހުން ނޭ ވަރަށް ތާހިރު ވާ ހަކައެއް.

      • ހުވަދޫ މީހާ

        ޙައްގު ބަސް ކަހަލަ މީހުންނަށް އިގިރޭސި ބަހުން ކިޔަނީ “ނެގެޓިވް ސްޓީރިއޯ ޓައިޕް މީހުންނޭ”.

  2. ރަމްޒީ

    ގެމަނަފުށި ރައްޔަތުންނަން ދެރަވާނީ

  3. ރައްޔިތުމީހާ

    ނާތަހުޒީބުކަން ތީގެން ތިދައްކައިދިނީ... ތިފަދަ އަމަލުތަކުގެ ސަބަބުން ގަމާރުފުށީގެ ނަންދިނުން މާދުރުކުނޯންނާނެ ކަންނޭނގެ....

    • އަލީމްބެ

      ނަމަކައް ބަނދަރު ހަދާފަ ބަނދަރުހެދީ ތިމަންނައޭ މުޅި ބަނދަރުގަލިޔެފަ ބަހައްޓާކައް ފުރުސަތެއްނެތް،

  4. ޢަސްލު

    މާކަބޮޑު މައްސަލައެއް ކަމަށް ނުފެނޭ! ކޮންބައެކޭ ތިބުނީ .... ދެން ގައުމުގަ އޮންނާނީ ހުޅުޖެހުމާއި ތިކަހަލަ ނޭއްގާނީ ކަންތައް. ތީ ވަރަށް ނަމޫނާ ވެގެން އުޅޭ ރައްޔިތެއް ދިރިއުޅޭ ރަށެއް... ތިފެންނަނީ އަސްލު ސިފަ...

  5. ގެމަނަފުށި ރައްޔިތެއް

    ރައީސް ޔާމީންގެ ދައުރުގައެއް ނޫން ބަނދަރު ހެދުމަށް ނިންމީ އަދި ބަނދަރު ހަދަން ފެށީވެސް. އެހެން ނަމވެސް ރައީސް ޔާމީން މިތަން ހުޅުއްވައިދެއްވީ. ޝިޔާން އަކީ ތިކަހަލަ ކަމެެއް ކުރާނެ މީހެކޭ އަހަރެންގެ ހިތެެއް ނުބުނޭ. ކޮންމެ މީހަކު ކުރިޔަސް އެތަން ހަލާކުކޮށްގެން ނުވާނެ.

  6. ފާއިޒް

    ހަޔާތް ކުޑަވިޔަސް ތީ ބޮޑުވަރު ރައީސް ޔާމިން ވެރިކަމުން ފައިބާ ވަޑައިގަތީ ތި ބަނދަރާ ތަރައްހީގެ ހުރިހާ މަސައްކަތެއް ހިފައިގެންތަ ގަމާރަސް ތީ ހަމަ ބޮޑުވަރު.....

  7. ނާނު

    ބަނދަރަށް ވެލިއަޅާ ފޮރުވާ ނުލި ކަން ދެރައީ އަޅެ ކޮންމެ މީހަކު ކޮއްދިނަސް ރަގަޅުކަމެއް ވާނީ ހަމަ ރަގަޅުކަމަކަށް ކިތައްމެ ފުއްޕިޔަސް ޔާމީނުގެ ވެރިކަމުގަ ބަދަރު ހަދައިނުދޭކަމަކަށް ނުވާނެ

  8. އަލި

    ޙާދަ ނާޤާބިލް ކައުންސިލްގެ ރައީސެއްތީ

  9. ސަންގުމަރުމަރު

    ތިފެނަންނަން ފަށަނީ އެމްޑީޕީގެ އަސްލު ސިފަ. ދެން ތިރަށު މީހުންވެސް ތިބޭ އަތް ޖަހަން. ތިއޮތީ އޯގާތެރި ބައިގަނޑަކަށް ވޯޓު ލާފަ އެއްނު.

    • ިހަޖަމް

      ހަޖަމް ޕްލީޒް، ނޯމޯ ޔާމީން

      • ބަލަަަަަާާާާ

        ޔެސް.މޭބީ ނޯމޯ ޔާމީން. އެކަމަކު އެ ގެނެސްދެއްވި ތަރައްޤީ ވިލް އޯލްވޭސް ރިމެއިން. ތިމީހުންނަށް ތި އެއްޗިސް ހަލާކު ކުރެވިދާނެ. ބަޓް އިޓް ވިލް އޯލްވޭސް ރިމެއިން އިން އަވާރ ހާރޓްސް. އިނގިއްޖޭ!!!!!!!!!!

        • ކާކު

          ހެޔޮ ވާހަކަ އެ

  10. ޢަސްލު

    މާކަބޮޑު މައްސަލައެއް ކަމަށް ނުފެނޭ! ކޮންބައެކޭ ތިބުނީ .... ދެން ގައުމުގަ އޮންނާނީ ހުޅުޖެހުމާއި ތިކަހަލަ ނޭއްގާނީ ކަންތައް. ތީ ވަރަށް ނަމޫނާ ވެގެން އުޅޭ ރައްޔިތެއް ދިރިއުޅޭ ރަށެއް... ތިފެންނަނީ އަސްލު ސިފަ.....

  11. އަލްޖިބްރާ

    އެމް.ޑީ.ޕީއިން މާލޭގައި އިންދާފާ ހުރި ފެންފޯއް ރުއްތައް ކަޑާ ތިރިއަރުވާލީ ކޮންބައެއް ބާ ؟މާލޭގައި ހުރި ކަޅުވަކަރުމިސްކިތް ވީތަނެއް އެގޭބާ ؟ މީހައްތަހާވެސް ޔާމީނު ގެ ވެރިކަމުގައި ހިންގާފާ ހުރި ޖަރީމާތަކުން ބައެއް ! މިކަމާ ދޭތެރޭ ބުނާނީ ކީކޭބާ ؟

  12. ފަޤީރު ކަލޯ!

    އެހެންވީމާ މީހުން އެބުނަނީ ތެދެއްތާ،؟ އެމްޑީޕީއަކީ ހަމަލާދީނީ ބައެއްތާ! މީހަކު ދެކެ ކިތަންމެ ރުޅިއަޔަސް ތެދުވެރި ބަޔަކު ޙަޤީޤަތް ފޮރުވާކަށް ނޫޅޭނެ! ޔަހޫދީންނާއި ނަޞާރާއިން ފޮތްތަކަށް ބަދަލުގެނައީ ޙަޤީޤަތް ފޮރުވަންވެގެން އެކަމުގެ ސަބަބުން އެމީހުން އަބަދުގެ އަބަދަށް ޚިޔާނާތްތެރިންކަމުގައި، ލައުނަތް ލައްވާފައި އެވަނީ!

  13. މުހައްމާ

    އެމްޑީޕީއަށް ވެރިކަން ލިބެންބޭނުންނުވާ މައިގަނޑު ސަބަބު ތިޔައީ! ޤައުމުގެ ހަ.ަޖެހުމާ އަމާން ކަމެއް ނޯންނާނެ.

    ޙުވާކުރުމުންދެންވާނީ ކިހޮނެއް؟؟؟

  14. ގޯސް

    ކުދި ކުދި އާބާދީ އުޅޭ ރަށް ރަށުގައި އެކަކު އަނެކަކަށް ދިމާކުރުން އެއީ ރަނގަޅު ކަމެއް ނޫން.
    ޕާޓީ ފިކުރު ހިތުތެރޭގައި ވޯޓް ލުމަށްފަހު ފޮރުވާ.

  15. ޢަސްތާ

    ޙާދަ ހަޔާތް ކުޑަ މީހުން އުޅޭ ރަށެކޭ....މަވެސް މީ އެމްޑީޕީ މީހެއް...އެކަމަކު ރަށަށް ހަޑިވާ ކަހަލަ ކަމެއް ނުކުރަން...

  16. ޝަމްއޫނު

    ބަނދަރުގެ މަސައްކަތް ފެށީ ވަހީދުގެ ސަރުކާގައި. ނިމުނީ ޔާމީންގެ ސަރުކާރުގައި. އެއީ ވަހީދު ކޮށްދެއްވި ކަމެއް

    • ިިިހަލާކު

      ކޮންމެ މީހަކު އެޅި ކަމުގައި ވީނަމަވެސް، ތަންތަން ހަލާކު ކުރުމަކީ އެމީހުން ގެ ގޮތްކުޑަކަން

  17. ބޭބެ

    ތަންތަން ހަލާކު ކުރާ ހުޅުޖަހާ ޕާޓީއެއްނު ތީ!! މިމީހުން ދެންވެސް ފައިބާ ރައިސް ޔާމީނު ރާއްޖެއަށް ގެނަސްދީފައިވާ ތަރައްގީ ފުނޑު ފުނޑުކޮށްލާ ހުޅުޖަހާލާފަ!! އެކަމަކުގެ ކޮޅުމަތި ފެންނަން މިފެށީ!! އަނެއްބަޔަކު އެތިބީ ބުޅާ މަސްގަނޑަށް ބަލާހެން ރާއްޖޭގެ ޚަޒާނާ ބަނޑުއަޅާލަން ތައްޔާރަށް!! ފަޅުރަތްތަކާ ބިންތައް ދަމައިގަންނަން ތައްޔާރަށް!! ހުވާކޮށްފަ މިބުނީ ދެން މިގައުމަށް ބޭނުން އެއްޗެއް ހަދާފާ އުޅެން ނަހަދާތި!! ރައްޔިތުންގެ ކަރަށް ފައިންއަރާ ވޯޓްވެސް އޮޅުވާލައިގެން ވެރިކަމަށް އައިސް ބޭނުން އެއްޗެއް ނަހަދާތި!! ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާ ގައުމުގެ ޚާއިނުންނާ ކުރިމަތިލާން ފުރާނަވެސް އަތްމައްޗަށްލައިގެން ދީނީ ޖިހާދަކަށް ނިކުންނާނީ!!

  18. ޒާ

    ރައީސް ޔާމީންއަށް ކޮންކަމެއް. ތަޅާލިޔަސް ފުޑާލިޔަސް ރައީސް ޔާމީން ބަނދަރު ހުޅުވައިދީފަ އެއޮތީ. ވ ސަލާމް...

  19. ޤައުމު

    ރައީސް ޔާމީން އަކަށް ގެއްލުމެއް ނުވާނެ. ގެމަނަފުށީ މީހުން ކިތައްމެ ކަމެއްޖުރިޔަސް މިޤައުމަށް ތަރައްޤީ ގެނެސްދެއްވި ވެރިޔަކީ ރައީސް ޔާމީން. ރައީސް ޔާމީންއަކީ މިގައުމުގެ ތަރައްޤީގެ ބާނީ. އެފަދަ ވެރިއެެއް ދެން މ ޤައުމަކަށް ނުލިބޭނެ. ދެން ތިއަރަންހުރި ވެރިމީހާވެސް ދާނީ ހަމަ ޗޮކުން. ބަލަން ތިބޭތި

  20. ޙަލާކު

    ބަދަރައް ފަސް އަޅާކައްނުކެޭނެ

  21. ބުއްދިވެރިޔާ

    ބަލަގަ ކޮންމެ ގޮތަކަށް އަހަރުމެންގެ ރައީސަށް ކަންކުރިޔަސް އެމަނިކުފާނު ގެންޖެވި ތަރައްޤީގާ ތިބޯވެނީ ކެވެނީ ލެވެނީ އަފި ނިދެނީވެސް ދޭބަލަ ފުއްޕާހަމެއް ފުއްޕަން ހަޖަމު ނުވަންޏާ ބަލަގަ ޖޭވިޔަސް ބޮޑުވަރު

  22. ޞާލިޙް

    މީންވެސް އެގިގެންދަނީ އިބޫގެވެރިކަމެއް ޤާއިމުވެއްޖެނަމަ އޮތީ ޤަވްމު ފަނާކުރުންކަމެވެ.

  23. އައްޔަ

    ބަނދަރުވެސް ފުނޑާލާ. މިކުދިން ގެ ޖާހިލުކަމާއެވެ،

  24. ތަކުރު

    ބޮޑުވަރުތީ..... 5 އަހަރުން 5 އަހަރުން ތަންތަން ފުޑަން ވީ ނުން.... ރީދޫ ގެރި ތަކެއް ހެން ހޭބަލިވެގެން.... ތި ތިތާ ބެހެޓި ދުވަހު އެވަރު މޮޅެއްނެތް......

  25. އިސްމާޢީލް

    ކައުންސިލްގެ ރަޢީސްވިޔަސް ތި އުޅުއްވަނީ ވަރަށް ހަޑިކޮށް. ސައިޒަށް ތިރިވަން ގޮވާލަން

  26. ހަސަނާބެ

    ރަށުގައި އެމްޑީޕީގެ އިސްކޮށް އުޅޭ މީހުންނަކީ ކުރިން ގޭގޭގެ ފުރާޅުތަކަށް ގާއުކައި، ހިތްފަސޭހަކޮށްލަން މީހުން ގޮސް އިށީއްނަ އަށިތަކާއި ޖޯލިފަތިތައް ހަލާކުކޮށް، އެއިރު ކަތީބަކަށް ހުރި ބޭފުޅާއި ދިމާކޮށް، ކުޑަކަތީބާއި މާރާމާރީ ހިންގައި، އާއްމު ރައްޔިތުންގެ މުދާ ވަގަށް ނަގައި ހަލާކުކޮށް. ރަށަށް ކައިރިކުރާ ބޯޓުފަހަރުން ވައްކަންކޮށް އެބޯޓުތަކުގެ ވެރިންނާއި މާރާމާރީ ހިންގައި ބޯޓަށް ގާއުކައި، އެއިރު ބަނދަރުގައި ހަރުކޮށްފައި ހުރި ލައިޓުތައް ހަލާކުކޮށް ދަނގަޑު ހޮޅިތައް މޫދަށް އުކައި ހެދި ބައެއް. މިމީހުންނަކީ ރަށުގެ ރަށްޔިތުންނަށް އާއްމު އުނދަގުލަކަށް ވެފައިތިބި ބައެއް. އެތައް ފަހަރަކު ޖަލަށްލައިގެން ވެސް އިސްލާހުނުވެ ތިބި ބައެއް. އެެހެންވީމަ ކޮށްފާނެކަން ޔަގީން.

    • ހަސަންބެގެ ޖަވާބު ބޭނުން

      ހަސަންބެ، ތިހުރިހާ ކަމެއްކޮށްފަ ހުރިބަޔަކު އަޅެ ކައުންސިލަށް ހޮވީ ކޮންބަޔެއް ވޯޓުލައިގެންތަ؟؟ ބޭރު ޤައުމަކުން އައި ބަޔެއްތަ ވޯޓުލީ؟ ހަމަ ދިވެހިން ވޯޓުލައިގެން ދޯ ހޮވީ ޕާރޓީ ލޯބީގަ؟

      • ޢދ

        އިލްހާމު ފައިސާދީފައި ވޯޓުގަތީ، ހެކިބޭނުމިއްޔާ ކަޅޭބެ، ސާދިގު އެބަހުރި ދުނިޔޭގައި.

  27. ސުޖާ

    މިހާރު އެމީހުން އެބަ ކިޔާ އެތަން ހެދީ އިލްހާމުގެ ފައިސާއިންނޭ. ގަޅިންނަކަށް ވާނުވާއެއް ނޭނގެ.

  28. ހދ

    ކައުންސިލްގެ ރައީސް އިސްތިއުފާ ދިނުމަށް ގޮވާލަން ތިކަހަލަ މީހިންގެ ފަރާތުން ރައްޔިތުންނަށް ލިބޭނނެ ފައިދާއެއް ނެތް

  29. އިމްބެ

    ކައުންސިލު ބަޖެޓުގައި ފައިސާގިނަވެގެން ކުރާނެ ނުކުރާނެ ކަމެއް ނެތިގެން ދޮންވެލިގަތީ ބަސްތާއެއް 26 ރުފިޔާއަށް. ވެލި ވިއްކީ ކައުންސިލް ރައީސްގެ ބޭބެއެއް. އެއިރު ވެލިބަސްތާއެއް 5 ރުފިޔާއަށް ލިބޭ. މީސްމީހުންނަށް ވަގަށް ގޮވާއިރު މިމީހުން ކައުންސިލާއި ހަވާލުވިއިރު ހުރި 1.4 މިލިޔަން ރުފިޔާ ދިޔައީ ވަޔަށް އަރައިގެންތޯ؟ ކޮބައިތޯ މަސްކައްކައި ހިއްކާ މީހުންނަށް ލޯނު ދޭން ސަރުކާރުން ދިން 1 މިލިޔަން ރުފިޔާ.

    • އަލިބެ

      ކައުންސިލް ރައީސަކަށް ހުރި މީހާއަކީ މެމްބަރު އިލްހާމު ފައިސާ ބަހައިގެން ވޯޓުގަނެގެން ހޮވާފައި ހުރި މީހެއް. ހެކިދައްކަން ޖެހިއްޖިއްޔާ ހެދި ދައްކަފާނަން. ޕީޕީއެމް މީހުންގެ ވޯޓުގަންނަން މިމީހުން މެދުވެރި ކުރީ ކަޅޭބެ. މީނައަކީ ކޮރަޕްޓް މީހެއް... ދެވަނަ ދައުރަށް ހޮވެންވެގެން ކައުންސިލުގެ ބަޖެޓުން އެކިއެކި މަސައްކަތްތަށް މީސްމީހުންނާއި ހަވާލު ކުރުމަށް ސޮއިކޮށްހެދި. އިއްލެބެ މެންކަހަލަ ޕީޕީއެމަށް ތާއީދުކުރާ މީހުންގެ ވޯޓު ހޯދަން ކައުންސިލަށް އެޅިގާ ގަތުމުގެ މަސައްކަތެއް މީނަ ކުރި އިންތިޚާބަށް އެއްދުވަސް ވެފައި އޮއްވައި. މިހުންނަނީ މީނަ ކުރާ ކޮރަޕްޓްކަންކަން. ކުނިމެނޭޖު ކުރަން ސަރުކާރުން ހަދާފައި ހުރިތަން ވީރާނާވާން ދޫކޮށްލާފައި އެއޮތީ ޖަމީލު އުސްމާނު މެދުވެރިވެގެން އެކަން ކުރީމަ އައި ރުޅީގައި.

  30. ޖޯކު

    ތިއީ ކައުންސިލަރުންގެ އަަސްލު ސޫރަ.
    ބޭކާރު ބައެއްތީ...
    ޙަރާމުން ހަރާން ރަށުގެ ތަރަައްޤީއަށް ކޮށްދޭ ކަމެއް. އަދި އެވަރުން ނުވެގެން ހަދާފައި ހުންނަ އެއްޗެހިވެސް ހަލާކު ކުރަނީ...

    އުވާލަންވީ ތިމަޤާމުތައް. ރަށު އޮފީހަށް ބަދަލުކޮށް ޒިންމާދާރު ވެރިޔެއް އިސް މީހެއްގެ ގޮތުގައި ހުރީމާ އެވީ.
    ޙަމަ ބޭކާރު ބައެއް ބޭކާރު ފައިސާ ތި ގެއްލެނީ...

  31. އަލީ އަބުދުﷲ

    އެ މޮނިއުމެންޓްތައް ހުރީ 17 ވަރަކަށް ފޫޓް ދުރުގައި. ފާލަން އަޅަށޭ ކިޔާފައި ތިފަދަ ދޮގެއް ހެދުމުން ހަމަ އަޖައިބު ވެއްޖެ. ޑީއާރުޕީ ކައުންސިލުން ތިޔަރަށު ފާލަން އެޅޫމަށް ޖެހި ތަނބުތައް ނެގީވެސް ފާލަމެއް ބޭނުން ނުވާކަމަށް ބުނެ. އެމްޑީޕީ އެކްޓިވިސްޓުން އެދިގެން.. ފާލަމެއް އަޅާކަށް ނުވެސް އުޅޭ... ބޭނުމަކީ ޔާމީނުގެ ނަން އޮތީމާ އެ ނަން ނައްތާލުން... އެކަމަކު ތިޔަފަދަ ކަންކަމަކީ ރަށުގެ ތަރައްގީ އަށް އެޅޭނެ ހުރަހެއް.. ދެންތިބި މީހުންނަށްވެސް ތިޔަކަހަލަ ކަންތައްތައް ކުރަން އެނގޭނެ..

  32. އަފީ

    ރަށް ރަށުގެ ކައުންސިލަރުންނަށް ގަމާރުންވެސް ހޮވަނީތަ! ނޫނީ މޮޔައިންވެސް ހޮވަނީތަ! ނޫނީ ބޯގޯސް މީހުންވެސް ހޮވަނީތަ! ތިޔަ ކައުންސިލަރަކީ ބޯގޮވާފަ ހުރި މޮޔައެއްނަމަ ކ.ގުރައިދޫ އަށް ފޮނުވާ!

  33. ވަހީއްތަ

    މީނައަކީ އިލްހާމު ގެންގުޅޭ މީހެއް. ތިމަންނަމެންނަކީ ޖޭޕީ މީހުންނޭ ކިޔައިގެން އުޅުނީ. ޕީޕީއެމް ވެރިކަމަށް އައިމަ ސަރުކާރަށް ތާއީދުކުރާ ކަމަށް ހެދިގެން. މިހާރު އެމްޑީޕީއަށް ވެރިކަން ލިބުނީމަ އެމްޑީޕީ. މީނަ އެބަބުނޭ ތިމަންނާއީ ޑިމޮކްރެޓިކެކޭ. ވަރަށް ދެފުށްކެހެރިވާނެ. މިހާރު އެއުޅެނީ އެމްޑީޕީއަށް ތާއީދު ކުރާ މީހުންނަށް މީނައަކީ އެމްޑީޕީ މީހެއް ކަމަށް ދައްކަން.

  34. ސީނާ

    ކައުންސިލަރަށް ބޯ ހަމަނުޖެހޭ މީހުން ނަގަންޏާ ވާނީ ތިހެން

  35. މުހައްމަދު އަހްމަދު

    އިންސާފުގެ މަގަކީ އެއްބަޔަކު ކުރި ވިޔާ ނުދާ ކަންތައް އަނެއް ބަޔަކު ކުރުމެއް ނުން. ޔާމީނު ކިތަންމެ ގޯހަސް އިންސާފުގެ މަގަށް އައި އިބޫގެ މީހުން ތިފަދަ ކަންތައް ކުރުމުން ދޭހަކޮށްދެނީ، ނާތަހުޒީބު ކަން.

  36. ބޯބުޅި

    މިކަމުގެ ޒިންމާނަގަން ޖެހޭނީ ހުރިހާ ސިޔާސީ ވެރިންނެވެ. ރައްޔިތުން އެއްކޮށްގެން ޕޯޑިއަމްތަކުގައި އެއްބަޔަކު އަނެއްބައެއްގެ އަބުރު ކަތިލަމުންދާއިރު ރައްޔިތުންގެ ހާލަތު ހުންނާނީ މިކަހަލަ ގޮތަކަށެވެ. ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ފަދައިން ގައުމީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހިމާޔަތްކުރާކަށް ނުވޭތޯ؟

  37. އަބުﷲ

    ކައުންސިލުގެ ރައީސް ޝިޔާނު ވަނީ އިންތިޚާބު ތެރޭ އެމްޑީޕީ އަށް ސޮއި ކޮށްފަ. އޭނާ ކައުންސިލަށް އައީ އަމިއްލަ މީހެއްގެ ގޮތުގަ. އޭނަޔަކީ އިންތިޚާބު ތެރޭ ވަރަށް ދޮގު ބުހުތާން ވާހަކަ ދެއްކި މީހެއް.

  38. އަބޫބަކުރު

    އެމްޑީޕީ އެކްޓިވިސްޓުން ތި ކުރީ ވަރަށް ގުންޑާ ކަމެއް. ތިކަމުން ދެރަވާނީ ހަމަ ކަލޭމެންނަށް.

  39. އިޚްލާސްތެރިޔާ

    ރައީސް ޝިޔާނު އަށް ބުނަން އޮތީ، ޖެހިޖެހިގެން 2 ދައުރަށް ޝިޔާނު ހޮވުނީ ވަރަށް ގިނަ ބައެއްގެ ތާއީދާ އެކުގައޭ. އެހެންވީމާ، ތިމާގެ އަގުވެއްޓޭ ޒާތުގެ ކަންތައްކޮށް ދޮގުމައްޗަށް ދޮގު ނަހަދާށޭ. ވަކި ޕާޓީ އެއްގަ ހުރުމީ މައްސަލަ އެއް ނޫނޭ. އެކަމަކު ތެދުވެރި އަކަށް ވާށޭ. އިންސާފަށް ލޯބި ކުރާށޭ. ކޮރަޕްޝަން ހުއްޓާލާށޭ. ތައުބާވެ ހެޔޮ މަގަށްރުޖޫޢަ ވާށޭ.

  40. ވަލީދު

    ރައީސް ނަޝިދާއި، ރައީސް ޔާމިނު ވެސް އޭގެ ކުރީގެ ރައީސުންގެ މަސައްކަތްތަކަށް ފަސްއަޅާ ފޮރުވިއެވެ. އެގޮތަށް ގެމަނަފުށީ އެމް.ޑީ. ޕީ ގުރޫޕން އަމަލު ކުރުމަކީ ވަރަށް ހުތުރު ކަމެކެވެ.

  41. ފަހުދު

    ކައުންސިލަށް ޝިޔާނު ފުރަތަމަ ހޮވުނީ އިލްހާމުގެ މީހެއްގެ ގޮތުގައި ޖޭޕީންނެވެ. އެކަމަކު ދެން އިންތިޚާބު ކުރެވުނުކައުންސިލަށް އޭނާ އައީ އަމިއްލަ މީހެއްގެ ގޮތުގައެވެ. ދުވަސް ކޮޅަކުން އޭނާ އެމްޑީޕީ އަށް ސޮއިވެސް ކޮށްފިއެވެ.

  42. ޞިއްދީޤު

    އެމްޑީޕީ މީހުން ތިކަން ތިކުރީ ރަނގަޅަށެވެ. އެއީ ޕީޕީ މީހުން ހަލާކުކުރާނެ ތަނެއް ނުހުންނާނެއެވެ. އެމްޑީޕީ އިން ބޭއްވި ގާބުރި އެއް ވެސް ގެމަނަފުއްޓަކު ނޯންނާނެއެވެ. އަދިވެސް އެމްޑީޕީން ގެމަނަފުއްޓަށް ކަމެއް ކޮށްނުދެވޭނެކަން ޔަޤީނެވެ.

  43. ފަހި

    އީ.ސީ ސޮރުންތާ ކޮބާ

  44. ފަހި

    އީ.ސީ ސޮރުންތާ ކޮބާ؟

  45. ހަމީދު

    އިބޫ ލައްވާ ރަށުގެ އަނެއްފަރާތުގައި ބަނދަރެއް އަޅުވާނީ. ކޮން ޔާމިނެއް. ލާހިކެއްނުޏް އަހަރުމެން ރަށުގަ ޔާމިނޭ ކިޔާފަ އަނގަ ހުޅުވާލަންވެސް. އެ ހުުޅުވާލި މީހަކުވެސް އެހެން ރަށަކަށް ދާންޖެހޭނީ.

  46. ބަދަރު

    ބަރަގޮން އަޅާ ވާހަކަ ނުދައްކާ.ޕީޕީ މީހުން ކުރި ޖެއްސުން ހަނދާން އެބަހުރި

  47. ހުސެން

    ކޮންމެ އިންސާނަކު ވެސް ނިމިގެން ދާން އޮތީ ސުވަރުގެ ނޫނީ ނަރަކަ ކަން ހަދާން ކޮލައިގެން ތިބީމަ އޯކޭ ވާނެ. އެދުވަހުން ކޮން ޕާޓީއެއް ތޯ ނުބަލާނެ. އަމިއްލަ ނަފްސު ސަލާމަތް ކުރަމާ...

  48. ސަޅި

    ނުކެރޭނެ ބުރިޖްމަތިން ނުދުއްވަ ބަންދަރުތަކަށް ފަސް އަޅާފޮރުވާލާކަށް ހަމަނުކެރޭނެ ހަމަ ބޭނުންކުރަންޖެހޭނީ މިލަދުގަންނަ ބައެއްނޫން.

  49. އަލީ

    ގެމަނަފުށީގައި ތިބި އެމްޑީޕީ މީހުންނަކީ ރޯ ބުހުތާން ދޮގު ހަދާ ބައެއް. ނުބައި ނުލަފާ ބައެއް. ވާހަކަ ވިހާ ބައެއް. ވާހަކަ އުފައްދާ ބައެއް.

  50. އެޔާމީނު

    ޝިޔާމު އަޑީގައި ހުރެގެން ކުރުވާކަންކަން، މީގެ ކުރިން ވެސް މިމީހުންވަނީ މިފަދަ ކަންކަން ކޮށްފައި. ރަށުގެ ކުޑަކަތީބަކަށް މިމީހުންގެ މީހަކު ގެންނަން އެދުވަސްވަރު ވެސް މިކަހަލަ ހާޖާނުތަކެއް ހެދި. ރަށުގައި އެހެންބަޔަކު އިޖުތިމާއީ ކަމެއް ކުރަންޏާ ހުއްޓުވަން އުޅޭނެ. މާލޭގައި ކިޔަވަން ތިބި ކުދިންތަކެއް ހަރުކުރި ބޯޑުތަކެއް ވެސް ޝިޔާމާއި ސަމީރު އަޑީގައި ތިބެގެން ހަލާކުކޮށްލި. މިމީހުން ރަށުގައި ގަޑުބަޑު މިއުފައްދަނީ އަންނަން އޮތް މަޖުލިސް އިންތިޚާބަށް ޕީޕީއެމް މީހުންނާއި އެމްޑީޕީ މީހުން ޖައްސަން. މިމީހުން އުޅެތީ ތިމާމެންނަކީ ޖޭޕީ މީހުންނޭ ކިޔައިގެން. ރަނގަޅަށް ޕީޕީއެމާއި އެމްޑީޕީ ޖެހުނީމަ މިމީހުން ވަންނާނެ އެމްޑީޕީ ސައިޑަށް. މީއަލަށް ކުރާ ކަމެއްނޫން.

  51. މަރިޔާއްތަ

    ޝިޔާނު ކަނޑައެޅިގެން ދޮގު ހަދަނީ، އޭނާގެ ފޭސްބުކްގައި ވެސް ލިޔެފައި އެބަހުރި 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު ރަށަށް ނެތޭ އެއްކަމެއް ވެސް ކޮށްފައި. އެއިރު ޔާމީން ސަރުކާރުން ރަށުގެ އިންޖީނުގެ އަޕްގްރޭޑް ކުރި، ބަނދަރު ހެދި، މަސްވެރިންނަށް އައިސްލިބޭނެގޮތް ހެދުމަށް އައިސް ޕްލާންޓެއް ގާއިމް ކޮށްދިން، ހެލްތް ސެންޓަރ ގައި ލެބެއް އެޅި، އެމްބިއުލާންސްގެ ޚިދުމަށް ދޭންފެށި، ޕްރީސްކޫލެއް އެޅި، ސްޑޭޑިއަމެއް އެޅި، ޓާފްދަނޑެއް އެޅި، ރަށުގައި ބައްތި ޖަހާދިން، މަސްކައްކައި ހިއްކާ މީހުންނަށް ފައިސާގެ ދަތިކަން ފިލުވުމަށް 1 މިލިޔަން ރުފިޔާގެ ދިން، ގެމަނަފުށީ ޑިވެލެޕްމަންޓް ކޯޕަރޭޝަން ހަދައި އެތަނަށް ފައިސާދީ، މުއައްޒަފުން ތައިލެންޑަށް ފުނުވައިގެން ތަމްރީނު ކޮށްދިން. ނުވިތާކަށް އެމްޑީޕީ އަދި ޖޭޕީގެ އިސްމީހުންނަށް ރަށުން ވަޒީފާ ހަމަ ޖައްސައިދިން. މިކަންކަމަކީ ނުކުރާ ކަމެއް ކަމަށް ނުވާނެ ޝިޔާނު. އިންސާފަށް ލޯބި ކުރޭ. ތިހެން އުޅުނީމަ ރަށްޔިތުންގެ ނުރުހުން ލިބޭނީ.

  52. އަސްލުމީހާ

    ކައުސިލްގެ ރައީސަށް ކެރޭނެތަ ޕާޓީ ކުދިން ގޮވައިގެން ގޮސް ޔާމީން ހަދައިދީފައިވާ ބަނދަރަށް ވެލިއަޅާ އެތަށް ބައްދައިލާން. އަދި ރަށަށް ގެނެސްފައިހުރި ތަރައްޤީތައް އަލުން ކުރިންހުރިގޮތަށް ރުޖޫޢަކުރަން. ދެން އިބޫ ހުވައި ކުރީމަ އަލުން އެމަސައްކަތްތައް ޒަމާނީ ފެންވަރަށްތިމީހުން ބޭނުންވާ ގޮތަށް ހަދާނީ.
    މީ ރައްޔިތުންނަށް ހެޔޮއެދެން ހުވައިކޮށް ހޮވާފައިތިބޭ މީހުންގެ ފެންވަރު. މިކަހަލަ ޖައްބާރު މުނާފިޤު ގޮތްކުޑަ ޖާހިލުންނާއިހެދި ޤައުމު ހަލާކުވަމުންދަނީ.

  53. ޝީން

    ތީ ސެކުނޑި ހަމަ ނުޖެހޭ މޑޕ ގަމާރުން ތަކެއް.. މިހާރު ރައިސް ޔާމީން ވ ދެރަވެއްޖެ ތިކަމާ..

  54. ބޯބުރާންތި

    ނަސީދު ބަހައްޓައި ފިޔާ ބުދު ޔާމީނު ބަހައްޓައިފީއާ މޮނިއުމެންޓް

  55. ހަޖަމް

    ތި އޮތި ފެށިގައި ހަޖަމް ނުވާ ބައިގަނޑު ކެކިއަރައިގަތީ ދެން ފަށާނީ އޮރިޔާމުންނަށަން. ތިބެބަލަ 2 އަހަރުވެސް ނުވަނީ ވާނުވާނޭނގޭނެ. ވާނުވާ ނޭނގިގެން ތެޅިބާލަނީ

  56. ކޮސާ

    ޙުލުޖެހި ބައިގަނޑު އަދި ހުވާ ނުކުރެވެނީސް ބަލާބަލަ ފުއްޕާވަރު ދެން ފެންނާނީ ތި އެއންޑީޕީގެ އަސްލުސިފަ ދެނ ރޯވެސްކުރާނެ ތަންތަން ހަލާކުވެސް ކުރާނެ މީހުންވެސް ކޮޝާނެ ދެން ހުރިހާމީހުވީ އެމީހުން އުޅޭގޮތައް އުޅެންތަ؟ ވިރިކަން ލިބުނީމާ ކިތަށް އަހަރު ތިބެވޭނެބާ!!!

  57. ޖައުފަރު

    މުހައްމަދާ ހުންނާނެ ތިކަމުގެ އަޑީގައި. އޭނާ އަކީ މިހާރު ރަށުގައި ހުރިހާ ފިތުނަ ފަސާދަ އެއް އުފެއްދުމުގެ އަސްލު.

  58. ވަރުގަދަމީހާ

    ތީ ޖަމީލަށް ފޯރުކޮއްލި މެސެޖެއް

  59. ކަލޯ

    ވަގުން މިއުޅެނީ ބަލިވި ވަރުން މައިތިރި ނުވެގެންދޯ؟

  60. އމޑޕ ހޭބަލިވަނީ

    ދެން ތިހާ ރުޅިއަރަންޔާމު ޔާމީނު ސަރުކާރުން އަޅައިދިން ބަދަރުވެސް ހަލާކުކޮއްލަންވީނޫ ،، މިތިބަ މޮޔަތަކާ.... ތިހަލާކުކުރިޔަސް ތިހަލާކުކުރުމުގައި އެންމެ އިސްކޮން ހުރި މީހުންނަށްވެސް ދަންނަވާލާނީ ތިމީހުންވެސް ފުރަން ބޭނުން ކުރާނީ އެޖެޓީއެވެ. އަދި ރަށަށް އައިސް އެންމެ ފުރަތަމަ ރަށުގައި ތިމީހުންގެ ފައިޖައްސާނީވެސް އެޖެޓީގައި... ދެން ޖެޓީ ފުޑާލަންވީނު.. ކޮސް ބޯ....

  61. މުރާދު

    ކޮންމެ ބަޔަކުކުރިކަމުގައިވިޔަސް މިކަންކަމަކީ ނާތަހުޒބުީތެރޭ ހިމެނޭކަމެއް ތަހުޒީބުބަޔަކު
    ކުރާޒާތުގެ ކަމެއްނޫން މިކަމުން ބޮޑަށްގެއްލުންވާނީ ރަށުގައި ދިރިއުޅޭފަރާތްތަކަށް
    މޮނިއުމަންޓެއްހަލާކުކޮށްލުން ފެންފޯއްރުއްތަކެއް ކަނޑައިލުން ، ތަންތަނުހުޅުޖަހާ ރޯކުރުން
    މިއީ ރަގަޅުކަންތަކެއްނޫން ގޯސްކަންތައް