ރައީސް ޔާމީން އެއްވެސް އިރެއްގައި ފިއްލަވާކަށް ނޫޅުއްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރޭ "އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އެއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ފުރިޔަ ނުދީ ހިފަހައްޓާފައި ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ބިނާކޮށް ކަމަށް ބުނެ، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ރާއްޖެއިން ބޭރުގެ އެއްވެސް ގައުމަކަށް ރައީސް ޔާމީނަށް އެތެރެ ނުވެވޭ ގޮތަށް ހަމަޖެއްސި ކަމަށް ބުނެ، ވާހަކަ ދައްކަނީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ކަމަށެވެ.
"ދަންނަވާލަން އޮތީ ރައީސް ޔާމީން އެއްވެސް އިރެއްގައި ފިއްލަވާކަށް ރާއްވަވާފައި ނެތޭ، މިފަދަ ވާހަކަތަކަށް މުއައްސަސާތަކުން ޖަވާބުދާރީވާން ޖެހޭނެ މި ވާހަކަތައް ދައްކަވާ ބޭފުޅުންނަކީ ދުވަހަކު ވެސް ތެދެއް ހައްދަވާ ބޭފުޅުންނެއް ނޫން. " އަދުރޭ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން އުޅުއްވި ނަމަ، އަނބިކަނބަލުން ގައުމަށް ގެންނަވަންވީ ކީއްވެތޯ ސުވާލު ކުރުރައްވާފައެވެ.
ރައީސް ޔާމީނު ޤައުމު ދޫކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުންވަނީ މީސް މީޑިއާގައި އަޑުއުފުލާފައެވެ.
އެގޮތުންރައީސް ޔާމީން ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ ކަމަށް ބުނެ، އެކަން މައްސަލައެއްގެ ގޮތުގައި ހުށަހަޅައި އެމަނިކުފާނު ހުއްޓުވުމަށް އެދި އިދިކޮޅު ކޯލިޝަނުގެ ބައެއް އިސް ފަރާތްތައް ވަނީ ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް އަށް ވަޑައިގެންފައެވެ.
އެފަރާތްތަކުން ބުނެފައި ވަނީ، ފުލުހުންގެ އިދާރާއަށް ދިޔައީ ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން އެމަނިކުފާނު ޤައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމަށް ކަމަށެވެ.
އަސްލު ތިމަރަ މުސްޠަފާ ހަދާ ދޮގުތަކަށް މުއައްސަސާތަކުން ވެސް ޖަވާބުދާރީވާންޖެހޭ ގައުމުގެ މަސްލަހަތަށްޓަކައި.
ކަލެޔަ ތިހިރީ މަސްލަހަތު އެގިފަ
ބޮލައް ބޭސްކުރަންޖެހެނީ ސިކުޑީގެބަދަލުގައި ދެއާތިމަރުއޮތީ.
އޮޅުވާލި ވޯޓް!! އިންސާފަކުން ނޫންކަމަށް އަޅުގަނޑިމެން ބަލާނީ ވޯޓް ބާޠިލް ނުކޮށް އިބޫ ހުވާކޮށް ގައުމުގެ ރައިސްކަމާ ޙަވާލުވެއްޖެނަމަ!! މިހެން މިދެންނެވީ 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ސްޕްރީމް ކޯޓުން އޭރު ބާޠިލްކޮށް އަލުން ވޯޓަށް ދިޔަގޮތަށް މިފަހަރު ދާންޖެހޭ ސަބަބުތައް އޭރާއަޅާ ބަލާއިރު މާގިނަކަމަށް ގަބޫލުކުރެވޭތީ!! ވޯޓް އޮޅުވާލުމަށްޓަކައި މާކުރީއްސުރެން މަސައްކަތްކުރަމުން އައިސްފައިވޭ!! އެންމެފަހުން ވޯޓް ކަރުދާސް ޗާޕްކުރަން ދިން ހިސާބުން ފެށިގެން ވޯޓްލާ ނިމެންދެން ވޯޓްވަނީ ގަޑުބަޑު ކޮށްފަ!! ވޯޓްލާ ނިމި ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމަށްވެސް ވަނީ ދަތިކޮށް ހުރަސް އަޅާފަ!! ޕީޕީއެމުން އިލެކްޝަންސް ކަމިޝަނަށް ހުށަހެޅި ރީރަޖިސްޓްރޭޝަން ފޯމުތަކުން 15000 ފޯމް އެތާގެ ވެރިއަކު އަންގައިގެން ޝްރެޑްކޮށްފައިވާކަމަށް ހަމަ އެތާގެ މުވައްޒަފުން އެދަނީ ހާމަކުރަމުން!! އަނގޮޓިއެއްގެ ޙަގީގީ ވާހަކަ!! ފައިސާތަކެއްގެ ވާހަކަ!! މިހެން ގޮސް ކިޔާނެކަމެއްނެތް! މިފަހަރު މިބޭއްވި އިންތިޚާބުގައި ، ކުރިން ނެރެފައިވާ ސްޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފުވުމާއި ގާނޫނުތަކާއި ޚިލާފަށް އެތައްކަމެއް އިލެކްޝަންކަމިޝަންއިން ކޮށްފައިވުން!! ކުރީ ފަހަރުތަކުގައި އިންތިޚާބުތަކުން ނަތީޖާ ޢިއުލާންކުރިގޮތާއި ޚިލާފަށް ކަންކަންކޮށް އަވަސްއަރުވާލައިގެން ނަތީޖާ އިޢުލާންކުރުން! މިކަން މިހާމަވީ ސްޕްރީމްކޯޓަށް ކެންޑިޑޭޓަކު މައްސަލަ ވެއްދި ހިސާބުން!! ކުއްލިގޮތަކަށް އިލެކްޝަންކަމިޝަންގެ ރައިސް ފިޔަވާ ހުރިހާ މެމްބަރުން ޖަވާބުދާރީވާންޖެހޭ އެންމެ މުހިންމު ދަނޑިވަޅުގައި ޖަވާބުދާރީ ނުވެ ރާއްޖެއިން ބޭރަށް ދިއުން!! އަޅުގަނޑުމެން ރައްޔިތުން ގަބޫލުކުރާ ގޮތުގައި އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބަކަށް ދާންޖެހޭ!! މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަޙްގީގުކުރަންޖެހޭ!! ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ މިމަގުން މިކަން ހިނގައިގެން!! ބާޠިލްކުރެވޭ ވަރަށް ހެއްކާއި ގަރީނާ އެބަހުރި!! ރަގަނޅަށް ތަހްގީގުކޮށްފިނަމަ މާވަރުގަދަކޮށް މިކަން ހާމަވާނެ!!
މޮޔަނުގޮވާ. ބޮޑުމީހާ އެއްކޮ ޖަލަ ދާން ތަޔާރު ވޭ
ބޮލައް ބޭސްކުރަންޖެހެނީ ސިކުޑީގެބަދަލުގައި ދެއާތިމަރުއޮތީ.
ޔާމީނު ފުރައިގެން ފިލަން ދާން ދޫކޮއްލައިގެން ނުވާނެ ޤާނޫނު ޔާމީނައްވެސް އަދި އެހެންމީހުންނައްވެސް ހަމަ ހަމަ ވާން ޖެހޭނެ.ދައުލަތުން ނެގި ފައިސާ ތައް ހޯދަންޖެހޭނެ.މަވެސް ޓެކްސް ފައިސާ.....