އަދުލްއިންސާފާއި، ހަމަހަމަކަން ގާއިމްކުރެވޭނީ ކޯލިޝަން ދެމެހެއްޓިގެން ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީ ނަޒީރު ވިދާޅުވީ ހަމަހަމަކަމާއި، އިންސާފު ރައްޔިތުންނަށް ހޯދައިދެވޭނީ ވެރިކަން ގާއިމް ކުރި ކޯލިޝަން ދެމެހެއްޓިގެން ކަމަށާއި، އެކަން މިފާއިތުވެގެންދިޔަ ދިހަ އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަދުލްއިންސާފު ގާއިމް ކުރުމަކީ ހަމައެކަނި ސިޔާސީ ހަތަރު ޕާޓީގެ ލީޑަރުން މިނިވަން ކުރުން ނޫން ރާއްޖޭގެ ހަމަޖެހުމާއި، އިންސާފު އޮތީ އަޣުލަބިއްޔަތު ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްގެން " އަލީ ނަޒީރު ވިދާޅުވިއެވެ.

އަލީ ނަޒީރު ވިދާޅުވީ މިފަސް އަހަރު ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ނަޒީރު ވިދާޅުވީ އަޣުލަބިއްޔަތު ރައްޔިތުންގެ ނިންމުން ދޫކޮށްލާ ހިސާބުން ސަރުކާރު ދެމިނޯންނެ ކަމަށެވެ.

" ސަރުކާރު އޭގެ ގޮތުގައި ނުހިންގޭކަން ވެސް ވޭތުވެދިޔަ ދެސަރުކާރުން ވެސް ފެނިފައިވޭ ,އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އެތަޖުރިބާތަކާއެކު މިކޯލިޝަން އަޅުގަނޑުމެންނަށް ކާމިޔާބު ކަމާއެކުގައި ފަސް އަހަރު ވަންދެން ދެމެހެއްޓޭނެ ކަމަށް." ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ މިކުރި ތަޖުރިބާގެ އަލީގައި ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް ފަސް އަހަރު ދިވެހި ރައްޔިތުން ނިންމާފަ އޮތް ނިންމުން ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

" އިންތިޚާބީ ރައީސް ސޯލިހުއަކީ ތަފާތުގެ ފިކުރުގެ މީހުން ގޮވައިގެން ގައުމު ހިންގޭނެ ބޭފުޅެއް ކަމާމެދު ސުވާލެއް އުފެއްދޭނެ އެއްވެސް ޖާގައެއް ނެތް ، އެމަނިކުފާނަށް އެންމެން ވެސް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމެއް " އަލީ ނަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާސާފް

    އިންސާފް ހޯދޭނީ ފަސް އަހަރު ވަންދެން ކެވުނީމަދޯ..

    • ޙައްގުބަސް

      އިންސާފޭ މިކިޔަނީ ކީއްކުރަން!! ފުރަތަމަ މިއޮތީ ނާއިންސާފުވެރިވެ ވޯޓް އޮޅުވާލާފަ!! މިހެންވީމަ މިކަން ބެލުމަށް ހުރަސްއަޅާ އިބޫ ހުވާކޮށްފިނަން އެވާނީ ނަހަލާލު ރައީސަކަށް!! ފަސްވަގުން ބައިވެރިވެގެން ވޯޓް އޮޅުވާލީ!! 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ސްޕްރީމް ކޯޓުން އޭރު ބާޠިލްކޮށް އަލުން ވޯޓަށް ދިޔަގޮތަށް މިފަހަރު ދާންޖެހޭ ސަބަބުތައް އޭރާއަޅާ ބަލާއިރު މާގިނަ! ވޯޓް އޮޅުވާލުމަށްޓަކައި މާކުރީއްސުރެން ފަސް ވަގުން ދިޔައީ މަސައްކަތްކުރަމުން! އެންމެފަހުން ވޯޓް ކަރުދާސް ޗާޕްކުރަން ދިން ހިސާބުން ފެށިގެން ވޯޓްލާ ނިމެންދެން ވޯޓްވަނީ ގަޑުބަޑު ކޮށްފަ!! ވޯޓްލާ ނިމި ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމަށްވެސް ފަސް ވަގުން ވަނީ ދަތިކޮށް ހުރަސް އަޅާފަ!! ޕީޕީއެމުން އިލެކްޝަންސް ކަމިޝަނަށް ހުށަހެޅި ރީރަޖިސްޓްރޭޝަން ފޯމުތަކުން 15000 ފޯމް އެތާގެ ވެރިއަކު އަންގައިގެން ޝްރެޑްކޮށްފައިވާކަމަށް ހަމަ އެތާގެ މުވައްޒަފުން އެއޮތީ ހާމަކޮށްފަ!! އަނގޮޓިއެއްގެ ޙަގީގީ ވާހަކަ!! ފައިސާތަކެއްގެ ވާހަކަ!! މިފަހަރު މިބޭއްވި އިންތިޚާބުގައި ، ކުރިން ނެރެފައިވާ ސްޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފުވުމާއެކު ގާނޫނުތަކާއި ޚިލާފަށް އެތައްކަމެއް އިލެކްޝަންކަމިޝަންއިން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ!! ކުރީ ފަހަރުތަކުގައި އިންތިޚާބުތަކުގެ ނަތީޖާ ޢިއުލާންކުރިގޮތާއި ޚިލާފަށް ކަންތައްތައްކޮށް އަވަސްއަރުވާލައިގެން ނަތީޖާ އިޢުލާންކުރުން! މިކަން މިހާމަވީ ސްޕްރީމްކޯޓަށް ކެންޑިޑޭޓަކު މައްސަލަ ވެއްދި ހިސާބުން!! ކުއްލިގޮތަކަށް އިލެކްޝަންކަމިޝަންގެ ރައިސް ފިޔަވާ ހުރިހާ މެމްބަރުން ޖަވާބުދާރީވާންޖެހޭ އެންމެ މުހިންމު ދަނޑިވަޅުގައި ޖަވާބުދާރީ ނުވެ ރާއްޖެއިން ބޭރަށް ދިއުން!! އަޅުގަނޑުމެން ރައްޔިތުން ގަބޫލުކުރާ ގޮތުގައި އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބަކަށް ދާންޖެހޭ!! މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަޙްގީގުކުރަންޖެހޭ!! ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ މިމަގުން މިކަން ކޮށްގެން! ބާޠިލްކުރެވޭ ވަރަށް ހެއްކާއި ގަރީނާ އެބަހުރި!! ރަގަނޅަށް ތަހްގީގުކޮށްފިނަމަ މާވަރުގަދަކޮށް މިކަން ހާމަވާނެ!!

  2. ޢިޅިޠާށް

    ނަހަލާލު ރައީސް އިބޫ ގެ ވޯޓު ވަގު ކޯލިޝަންގެ ބައިވެރިން:
    ރާވިއްކައިގެން ހުކުމްކޮށްފަ ހުރި އިބޫ
    ރާވިއްކާ ރިޝްވަތުދޭ ގާސިމް
    ޑިކްޓޭޓަރު ރައްޔިތުން މެރި މައުމޫނު
    ވަގު ޓެރެރިސްޓު ނަޝީދު
    ޓެރެރިސްޓު ފާސިގު އިމްރާން

    ރައްޔިތުން ނުހޮވާ މީހަކު ވެރިކަމަށް ގެނެސް ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކުރަން މަތީގައި ބަޔާންކޮށްފައިވާ ކޯލިޝަނަށް އެންމެ ދުވަހަކުވެސް ދެމިއޮވެވިދާނެ ކަމަށް ޤަބޫލުކުރާނީ ތިކަހަލަ މޮޔައިން.

  3. ބުއްޅަބޭގެ ބަފާ

    5އަހަރު ކީއްކުރަން 5 ދުވަހު ހިފަހަށްޓާލެވުނަސް ﷲ ހަށް ހަމްދުކުރާނަން!

  4. ޤސމ

    އެހެންވީމާ ޑޮޓު ނަޒީރު މި ބުނަނީ އިންސާފު ލިބޭނީ 5 އަހަރު ހަމަވާ ދުވަހުއޭދޯ؟ އެންމެން ހިނގާ މީނަގެ ބަސްއަހައިގެން 5 އަހަރު ވާންދެން މަޑުކުރަން އިންސާފު ހޯދަން. މީނަމީ ވަރަށް މޮޅު އެކްސްޕާޓެކޭ. ޑޮޓު ގްރޫޕުން ގްރެޖުއޭޓް ވެފަ ހުންނެވި ވަރަށް ބޮޑު އިލްމުވެރި މުފައްކިރެކޭ! ޑޮޓު ނަޒީރު ބުނީމަ އަވަހަށް މީނާގެ ބަސްއަހަންވާނެ! މީނާ މިއީ އެންމެ ކަންކަން ދަންނަ މޮޅު ބީތާއޭ!

  5. ށަށީ

    އާނަމެއް އަގުލަބިއްޔަތު ރައްޔިތުން....... މަށައްފެންނަނީ

  6. ޢަހުމަދު

    އަދާލަތު މިހާރު ވަނީ ހިޞާރުކުރެވިފައި.
    ޙުރިހާ ވާހަކަޔަކީ ދެއްކުމާއި މަކަރު.

  7. ބަލަަަަަާާާާ

    ލޮލް

  8. ފަޅުވެރިން

    އިންޝާﷲ ތިޔަ ބޯކިބާ ފަޅާ ވަބާއިން އެއަށްވުރެ މާއަވަހަށް މިފަހަރު ސަލާމަތްވާނެ! އަހަރުން މިބަލަނީ މިފަހަރު އެއްއަހަރު ތެރޭގައި ވައްޓައިލެވޭނެކަމަށް!!

  9. ޢަފްލާ

    އިންސާފަށް ލޯބިކުރުން އެއީ ކަރަކައިން މީހުން ގެނެސް ފައްޅި އެޅުން އިސްލާމްދީން މިގައުމުން ފޮހެލުން ގިސާސް ނުހިފުން އަތް ނުކެނޑުން ހައްދު ނުޖެހުން ރާބުއިން ޢަންމުކުރުން ހިކިއެތި ދިޔާ ތަކެއްޗައް ބަދަލު ކޮށް އެބޯން ޖެހޭނެކަން އަންގައިދީ އެ ހުއްދަކުރުން