ރައީސް ޔާމީން އަށް ރައްޔިތުން ދަސްނުވީ ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ބޭފުޅަކަށް ނުވުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދަކަވަމުން އަމީތު ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާއިރު އެމަނިކުފާނަކީ ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށެވެ.

" ރަށަކަށް ވަޑައިގެންފިނަމަ ހަމައެކަނި ވަޑައިގަންނަވަނީ ބަނދަރު މައްޗަށް ކަމަށާއި އެމަނިކުފާނަށް ތާއީދު ލިބިވަޑައިނުގެންނެވީ އަދި ރައްޔިތުން ދަސްނުވީ އެސަބަބާއި ހެދި" އަމީތު ވިދާޅުވިއެވެ.

ރައީސް ޔާމީން ގައުމާއި މުޚާތަބުކުރައްވާ ވިދާޅުވެފައިވަނީ އެމަނިކުފާނަށް ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ދަސްނުވިކަމަށެވެ.

އަމީތު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ކިބައިން ފެނިގެން ގޮސްފައިވަނީ ރީތި ނަމޫނާ ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ކިބައިން އެކަން ފެނިވަޑައިނުގަންނަވާކަމަށެވެ.

" ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާނަމަ ވެރިކަން ނިންމަވާލައްވަމުން ރައީސް ޔާމީން ނަމޫނާ ދައްކަވަން ޖެހޭ, އެހެން ނަމަވެސް އެމަނިކުފާނުގެ ކިބައިން ފެނިގެންދަނީ ބަލި ގަބޫލު ނުކުރައްވާ މަންޒަރު " އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން އަކީ ރީތި ގޮތުގައި ވެރިކަން ކުރައްވަން އެނގިލައްވާ ބޭފުޅެއް ނޫންކަމަށާއި އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ހުށަހަޅުއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އެ ޕާޓީގެ އިސް ބައެއް ލީޑަރުން ހުވަފެން ދެއްކިޔަސް، އަމީތު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން މިހާރުވަނީ ނިމި ގޮސްފައި ކަމަށެވެ.

" ދައުލަތުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އަޚުގަނޑު ގަބޫލެއް ނުކުރަން ރައްޔިތުންގެ ނިންމުން ސުޕްރީމްކޯޓަށް ވެސް ބަދަލުކުރެވޭނެކަމަކަށް. އެއީ ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ކޯޓު ތެރެއިންނެއް ނޫން. އެހެންވީމަ ރައްޔިތުން ނިކުމެ ވެރިކަމުގެ ބާރުތައް ވާންވީގޮތް ބުނީމަ ދެން ބަސްބުނުމުގެ އިޚްތިޔާރު އެއްވެސް މުއައްސަސާއަކަށް ނޯންނާނެ." އަމީތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  އަމީތު ކަލޭ ދެންތީ ކާކު މަޖްލިސް ގޮޑިޔާގެން ބޫތު ކައިފަހުރި މީހެއް

 2. ޢިޅިޠާށް

  އެއްފަހަރުވެސް ރައީސް ޔާމީން ވިދާޅެއްނުވޭ ރައްޔިތުން ދަސްނުވި ވާހަކައެއް! ވިދާޅުވީ މީހުން ދަސްނުވި ވާހަކަ! ދިވެހި ބަހުގަ މިހެން ބުނެއުޅެނީ ތިކަހަލަ މަކަރުވެރި ހީލަތްތެރި ވަގުންގެ ކިބައިން ސަލާމަތްވެ ތިބުމަށް ދޭނަޞޭހަތެއްގެ ގޮތުގަ.
  މިހާރު ކަލޭ ހަބަރު ކިޔައިގެން ހޯދި ލާރިން ހޯދި އިމާރާތްތަކާ ވިޔަފާރިތަކުގެ ވާހަކަ ރައްޔިތުންނަށް ކިޔާދިނިއްޔާ މާރަނގަޅުވާނެ! އަދި ބުނަން ކަލެއަށް ރަނގަޅުގޮތްވެސް އެނގޭނީ މަށަށް.

 3. ޙައްގުބަސް

  އަނީތު ކަލޭތީ ކޮރަޕްޓް ވެފަ ހުރި ނުބައި ނުލަފާ މީހެކޭ!! ކަލޭ އަނގަނުހުޅުވިއްޔާ ރަގަނޅީ!! ދިވެހިން ހަމަ ރަގަނޅީއޭ!! ބޭރުގައުމެއްނަމަ މިކަހަލަ ކޮރަޕްޓްވެފަ ތިބޭ ޚިޔާނާތްތަެރިންގެ ވަސްވެސް ނުފެންނާނެ!! މަގުމަތީގަ ސައިކަލްގައި އުޅެން ކަލޭމެން ކިހާދުވަހަކަށް ދޫކޮށްލާފައި ތިބޭނެބާ!!

 4. ފަހި

  އަމީތާބު ފިލުމް ކުޅެންދޭ؟

 5. ބިލާލު ޙަސަން

  ރައްޔިތުން ދަސްނުވިކަމަކަށްނޫން ރައީސް ޔާމީން ވިދާޅުވީ. ބައެއ އިސް މަޤާމުތަކަށާ ބައެއް ދާއިރާތަކުން މަޖުލިސްމެމްބަރުކަމަށް ނެގުނުމީހުންގެ ވާހަކަ ވިދާޅުވީ! އެއީ ރުފިޔާއަށް ވިކޭ ތިކަހަލަ މީހުންނާ ، ބައެއް ފަނޑިޔާރުންނާ ، އީސީގެ ވެރިންގެ ވާހަކަ! ރައްޔިތުން ވަރަށް ސާފްކޮށް ރައީސްޔާމީނަށް އޮތީ އާއެކޭ ބުނެފަ! 126000 ވޯޓު ޔާމީނަށް ދިންއިރު އޭގެތެރެއިން 30000 ވޯޓް ތިތިބީ ކާލައިގެން!

 6. ކަބުލޮ މަޑުއްވަރި

  އަމިތު ކަލޭ ދާއިރާގެރައްރަށައް އައިސްގެން އުޅުނު ގޮތްއެގެޔޭ އަންހެންކުދިން ހޯދަން އުޅުނީ މަޑުއްވަރިން ހޯދި މައްޖެކޮބާ؟ އެމައްޖެ ދަހެއްން ނުވިދޯ އަމިތު ކަލެއައްދަސްވީ ވޯޓުން ކަލޭހޮވައި ދިންމީހުންނައް ހަރާންކޯރުވާން ވޯޓުލައިގެން ކަލޭ ހޮވިމީހުންނައް މިހާރުކަލޭ ވަރައް ރަގަޅައް ދަސްވެއްޖެ ދެންނާއްނާތި ވޯޓު ހޯދައް

 7. ޢީސީ

  ބަލަތިކާކުތަ ކީކޭތަތިކިޔަނީ ކޯއްޗެއްތަ ބޮވިގެންތިއުޅެނީ މަށައްހީވަނި ކަލޭވަރުގެ ކޮރަޕްޓުމީހެއް މިޤައުމުގަވެސް ނެތްހެން މާފާޑުފާޑަށް ރައީސް ޔާމީނަށް ނުބެހެއްޗެ ??

 8. ގލޅ

  އަމިއްލައެދުމުން ފުރިފައިވާ މުނާފިގުންނަކީ ދަސްކުރެވޭނެ ބައެއްނޫނެވެ އެމީހުންގެ ވިސްނުން
  ބިނާވެފައިވާނީ ސައިތާނީ ފުކުރުގެމައްޗަށެވެ

 9. ހުސޭނުބޭ

  ރައްޔިތުން ދަސްވި! އެކަމަމު ރައްޔިތުންގެ ތެރޭގައި ކަލޭކަހަލަ އަމިއްލަ އެދުމައިގެން ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ ނުލަފާ މީހުން ބައިވަރު އުޅޭ! މިސާލަކަށް މައުމޫނު!

 10. ހާމާނު

  ތިބުނާ ރައްޔިތުންގާތަށް ވަޑައިގެންނެވި، ސަލާންކުރާހިތުން އަތްހިރުވާ މައުމޫނަށް ވަކި ތާއިދުލިބުނުބާ؟ ހަމަ ތާއީދު ގެއްލިގެން ފައިބަންޖެހުނީ. ތިބުނާ ރައްޔިތުންގާތަށް ވަޑައިގަތް އަންނިއަށް ކިހިނެއްބާވީ؟ 5 އަހަރު ވެސް ހަމަނުކުރެވުނު. ވެދުން.

 11. ސީސީސީ

  ކޮންމީހަކު ބުންޏަސް ތެދެއްވާނީ ތެދަކަށް ؟

 12. ކުމާރު

  ކަލެއައް މަޖުލިސް އިންތިހާބުގަ ފިސާރި ރަގަޅައް ރައްޔިތުން ދަސްކޮއްދޭނަން

 13. ސޯކްލިނއ

  ދަސްނުވަނީތިޔަކަހަލެބީތައިން އިގޭތް އެއީ ހިސާރެޥާހަކަ

 14. ޢަމިޏް

  ދަސްނުވީ އަމީދުމެން ދެފުއްކެހެރިކަމުން

 15. އަލީ ޖާހިލު

  މިހިރަ ފެންނަ އަމީތު ބީތާޔާ...!
  ރ ޔާމީން އެވިދާޅުވީ ތިކަހަލަ މުނާފިޤުންގެ ވާހަކަ، ކައިރީގައި އުޅެމުން ދޯކާދޭވާހަކަ.
  ތިއީ ހަމަ ބީތާއެއް!

 16. އައްލެއިކަލޯ

  ރައްޔިތުން ގާތަށް ވަޑައިގެން ރައްުިތުންނާ އެންމެ ގިނައިން ވާހަކަ ދައްކަވައި ހާލުބައްލަވައި، ރައްޔިތުން އެދިވަޑައިންނެވި އެންމެހާ ކަންކަން ކޮށްދެއްވީ ރައީސް ޔާމީންނޫން ދެން ކޮން ބޭފުޅެއް؟ ތަގައްޕާއި؟ ތަގައްމާއި؟