އެކި ކުށްތަށް ސާބިތުވެ ޖަލުގައި ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲގެ ފޮޓޯފުޅުތަކަކާއެކު ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސިޔާސީ ހުރިހާ ހައްޔަރީން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.

ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލެއްވިއިރު ރައީސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިއްޔެ ހައިކޯޓުންވަނީ ބާތިލްކޮށްފައެވެ.

މަޢުމޫންގެ މައްޗަށް އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރިއިރު، މަޢުމޫން ކަފާލާތު ދަށުން މިނިވަންކޮށްފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހައިކޯޓުންނެވެ. މި ހުކުމުގައިވާ މަޢުމޫނާ ގުޅުންހުރި ބައިތައް ބާތިލުކުރި ނަމަވެސް، ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ކުރީގެ ފަނޑިރާރު ޢަލީ ހަމީދުއާ ގުޅުންހުރި ބައިތައް މި ހުކުމުން ބާތިލުކޮށްފައި ނުވާކަން ފާހަގަކޮށްލެއެވެ.

ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް މައުމޫން ގޮވާލައްވާފައި ވާއިރު، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ނުހައްގުން ޖަލަށް ލެވިފައިވާ ސިޔާސީ ފަރާތްތަައް މިނިވަން ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ހުކުމުން މައުމޫން މިނިވަންވެވަޑައިގެންނެވި އިރު، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ބާކީ ތިބި އިދިކޮޅު ތިން ލީޑަރުންނެވެ. މި ބޭފުޅުންގެ ތެރެއިން ގާސިމް ކަފާލާތުގެ ދަށުން މިނިވަން ވެފައިވާއިރު، އިމްރާން ހުންނެވީ ގޭ ބަންދަށް ބަދަލުކުރައްވާފައެވެ. އަދި ރައީސް ނަޝީދު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޙަސަން

  ދާދި ކުދިކުދި ކުށުގައި ހައްޔަރުވެފައިތިބި ނިކަމެތިން ދޫކޮށްލާކަށް އެބޭ ގޮވައެއްނުލާ.

 2. މޫސަބެ

  ޖަލުގާ 5 އަހަރު ވެފާތިބި ހުރިހާ މީހުން ދޫކޮށްލާ ސިޔާސީ މީހުން ޖަލުގަ ހައްޔަރު ކޮށްފާ ތިއްބުމަށް އަޅުނގަޑު ގޮވާލަން....

 3. އއ

  އެބަޔަކަށް ފައިދާ ވާ ގޮތަށް އެކަންވެސް ކުރަނީ. މިކަމެތިން ހަމަ ޖަލުގައި

 4. ހުސޭނުބޭ

  ހަމަ މިހާރު ދޫކޮށްލާ! އެމަނިކުފާނަކީ އެމަނިކުފާނުގެ ރަން 30 އަހަރުގައި މީހަކު ހައްޔަރުކުރި މީހެއްވެސްނޫން!

 5. ޢީސީ

  ދާދި ކުދިކުދި ކުށުގައި ހައްޔަރުވެފައިތިބި ނިކަމެތިން ދޫކޮށްލާކަށް އެބޭ ގޮވައެއްނުލާ. މާރަނގަޅެއްނު ތާކުންތާކު ނުޖެހޭ ކުއްކުށުގަތިބި ހައްޔަރީން ދޫކޮއްލަން ގޮވާލިއްލާ މަތްކަލާކޯ މައުމޫން ކަލޭދެންވެސް މައިތިރިވެބަލަ ކިތައްމެވަރަކަށް ތެޅުނަސް ކަލޭގެ ފާރިސް އަކައް މިގައުމުގެ ރައީސްކަމެއް ރައްޔިތުން ދޭކަށް ބޭނުމެއް ނޫން

 6. ޑިމޮކްރަޓިސްޓް

  މޮޔަނުގޮވާ! ސިޔާސީ ހައްޔަރީންކިޔާބަޔަކު ނުތިބޭނެ! އެހެންވިއްޔާ ލޯޝަންފުޅި ހައްޔަރީންނާ، ރިހާރުރުފުޅި ހައްޔަރީންނާ، ވަޅިޖެހި ހައްޔަރީންވެސް ޖެހޭނީ ދޫކޮށްލަން! ތިބުނާ މީހުންނަކީ މަތިން ފައިބާތިބި ބައެއްތަ! ގައުމަށް ކިހާއިހުލާސްތެރިކަން އެބަ އެނގެއެއްނު! ވަކިބަޔަކު ދޫކުރަން މި ގޮވާނަގަނީ!

 7. އަފްލާ

  ދެން ވެރިއަކަށް އަންނާނީ މީނަގެ ދުނިޔާޔޯ ނައިބަކީ ޔުމްނާޔޯ އިސްލާމް ދީނުގަ އަންހެނަކު ވެރިކަން ކުރުމަށް އެއްވެސަ ކަހަލަ ހުއްޖަތެއް ނެތޯ މިބޭ ބުނަނީ

 8. ޣާދިރު

  މައުމޫނުތަ މިކަމައް އެންމެ ލާއިގު މީހަކީ..

 9. ޢަބްދުﷲ

  ޔާމީނުގެ ވެރިކަމުގައި ޖަލުގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމަށް އިބޫއަށް ލިބޭ ފުރުޞަތަކީ، ރަނުގެ ފުރުޞަތެކެވެ.

 10. ކަސީ

  ޤާސިމް މައުމޫން އަންނި އިމްރާން މީއީ ހަމަކަޝީރަން ކަޝީރާ ކިޔާ މެޔަށްފުމޭ ބައެއް މިމީހުން މީއީރާއޖެއަށް ހެޔޮއެދިގެން އުޅޭބައެއްނޫން މަގޭރާއްޖެ އޭގޮވާއިރު މުޅިންވެސް އަމިއްލަމަސްލަހަތު ޕީ.ޕީ އެމްގަވެސް މައްސަލަދިމާވެ ގޯހުންގޯހަށްދިޔައީވެސް ހަމަމިހެންވެ، ފާރިޝް މައްލަ.ބަލަ އެހެންމެްބަރުންނާ ދޭތެރޭފިޔަވަޅުއަޅާއިރު ތިމާގެ ދަރި އިސްތިސްނާ ނުކޮށް ޤަވައިދުގަ އޮތްނަމަ ޖެހޭނީ ހަމަފިޔަވަޅުއަޅަން .

 11. Anonymous

  ނަސީދުއަކީ ސިޔާސީ ހައްޔަރެއްނޫން.

 12. އެޔާމީނު

  ކޮބާ އާދައިގެ ރައްޔިތު މީހާގެ ޙައްގެއް ނެތީތޯ؟ މީ ކޮންކަހަލަ އިންސާފެއް އޮންނަ ގައުމެއް. ބޮޑުން ޖަލުން ސަލާމަތް ވާންވީމަ ފައިސާ ކޮޅެއް ދީފަ ސަލާމަތް އެބަ ވެވޭ.

 13. ހިދުކޮޅު

  މިބޭ މީމިގައުމުގެ ހަލާކު

 14. ހުސޭނު

  ސިޔާސީ ހައްޔަރީން ކިޔާބަޔަކު ކޯޓަކައް އެންގިގެން ބަންދެއްގަ ނުހުންނާނެ. ވޯޓުން ވައްކަންކުރި މީހުންކައިރި ނޫނީ އީސީ މެންބަރުން ކައިރި އަހާބަލަ ތިކަހަލަ ބަޔަކު ތިބޭތޯ، އީސީ އިން ސިޔާސީ މީހުންކަންތައްބަލާ ސިޔާސީ ޕާޓީތަކައް ފިޔަވަޅު އަޅާނީ. ފަހަރެއްގަ އީސީން ބަގުޑިބައްދައިގެން އެގެންގުޅޭ ވޯޓުވަގުންގެ ތެރޭގަ ތިހެންކިޔާމީހަކު ބިއުރޯތެރޭ ބަންދުކޮއްފަ ނެއްކަމެއްނޭގެ.

 15. ސަމީރު ޢާޒީ

  ޙީވަނީ މުޅި ޖަލުތަކުގަވެސް އުޅެނީ ފާއިތްވި ތިރީސް އަހރު ޖަލައްލާފަ ތިބި މީހުންހެން މިހެންމިބުނީ ޔާމިނުވެސް އަދި އަންނިވެސް ވަހީދުވެސް ގިނަބަޔަކު ޖަލަކައްނުލާ ނަމަވެސް ހުރިހާ ޖަލެއް ފުރިފަ ކަންނޭނގެ..ލަދު ނުގަންނަކަން..

 16. ޗިއްލޫ

  ސިޔާސީ ހައްޔަރީންނަށްވަނީ މުއްސަންތިކަމާއި އާރާއި ބާރުތޯ؟؟؟ ކުޑަ ކިރުދަޅެއްނަގާ މީހާ ކުއްވެރިޔަކަށްވެފަ، ކިރުކޭހެއްނަގާމީހަޔަކީ ސިޔާސީ ހައްޔަރީ އެއްގޮތުގަ ކަލޭމެން ތިޔަދެކެނީ ރައްޔިތުންގެ ނިކަމެތިކަމުގެ ނާޖާއިޒް ފައިދާނަގަމުން! ކުއްވެިވީމަ މައުމޫނަކަސް ގާސިމަކަސް ކާސިމަކަސް ވާންޖެހޭނީ ކުއްވެރިންނަށް!

 17. ނުރަބޯ

  ސިޔާސީ މީހުންވިޔަސް ޖިނާޢީ ކުށެއް ކޮށްފިއްޔާ އެބަޔަކު ވާނީ ޖިނާޢީ ކުށްވެރިންނަށް.

 18. މުރާދު

  ސިޔާސީ ހައްޔަރީންކަމަށް ތިބޭފުޅާ ދެކިވަޑައިގަންނަވާ ފަރާތްތްއް މިނިވަންކުރުމަށް ގޮވާލެއްވިއިރު ކީއްވެތޯ ދެންތިބި ހައްޔަރީން މިނިވަންކުރުމަށް ގޮވާނުލެއްވީހައްޔަރީން ނަކަށްވަނީ ހަމައެކަނި ސިޔާސީ ހައްޔަރީންތޯ؟ސިޔާސީ ހައްޔަރީންވެސް އެއީ އިންސާނުން ދެން ހައްޔަރީންގެ ގޮތުގައިވެސް ތިއްބަވާނީހަމަ އިންސާނުން ވީމާ މޮޅެއްނުވާނެ މޮޅު،ދެރަ ވަކިވާނީ ގިޔާމަތްދުވަހުން ކުރެވިފައިވާހެޔޮޢަމަލުތަކުން ތިބޭފުޅާގެ ދިގުވެރިކަމުގައިވެސް ވަރަށްގިނަފަރާތްތައްހައްޔަރު ކުރެއްވުމުން މިނިވަންކުރެއްވުމަށް އެދުނުފަރާތަކަށް ތިބޭފުޅާ އިޖާބަދެއްވީ ކިހާވަރަކަށްތޯ؟ ތިބޭފުޅާގެވެރިކަމުގަ ޖައްވަށް،ހަވާޔަށް،ފަޒާޔަށް ބަޑިޖެހިކަމަށް ވީދާޅުވެލެއްވިއިރު ވަޒަންއަރާފައިވޭ ބައެއްހައްޔަރީންގެގަޔަށްވެސް އީވާންނަސީމްވެސް މަރުވެފައިވަނީ ގޭގަހުއްޓަެއްނޫން ތިކަަހަލަވާހަކަ
  ތިބޭފުޅާއަށްދެއްކެން ނެތީމަ ދެއްކުން ރަަގަޅެއްނޫން ހިމޭނުންނުހުންނަވާނަމަ މިހާރު
  ތިބޭފުޅާއަށް ތާއީދުކުރައްވާ ބޭފުޅުންގެ ތާއީދުވެސް ގެއްލިދާނެ