އިނގިރޭސިވިލާތުގައި ލިބިފައި އޮތް މިނިވަންކަމުގެ ބޭނުން ކުރީ ރާއްޖޭގެ ރާއްޖޭގައި ހިންގަމުންދިޔަ ލާއިންސާނީ ހަރަކާތްތައް ފަޅާއަރުވާލަމަށް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ އެސްއޯއޭއެސް ޔުނިވާސިޓީގައި ދެއްވި ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ރައީސް ޔާމީން ހިންގެވި ކަރޮޕްޝަނުގެ ހެކިތައް އެއްކޮށް އެކަންކަން ފަޅައަރުވާލެވުން ކަމަށެވެ.
"ރާއްޖޭން ބޭރުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ހިންގަވަން އުޅުއްވި ޕްރޮޕެގަންޑާތަކަށް ހަމަލާދީ ބަލިކަށި ކޮށްލެވުނު އަޅުގަނޑުމެން ދިޔައީ ރާއްޖޭގައި ހިންގަމުންދިޔަ ލާއިންސާނީ ހަރަކާތްތައް ފަޅާއަރުވާލަމުން.އެހެން ސިޔާސީ ހައްޔަރީންނާ ބައްދަލުކުރުމަށް އަޅުގަނޑުމެން އިނގިރޭސިވިލާތުގެ މިނިވަންކަމުގެ ބޭނުން ހިފިން. " ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެން ގައުމެއްގެ ހިމާޔަތް ހޯދައިގެން އަމިއްލަ ގައުމުން ބޭރުގައި އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވޯ ގައުމުގައި ކިތަންމެ ގޯސްކޮށް ކަންތައްދިޔަ ނަމަވެސް، ގައުމުން ބޭރުގައި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުން އަބަދުވެސް ގައުމަށް ބަދަލެއް އަންނާނެ ކަމުގެ އުންމީދެއް އޮންނާނެ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ވޯޓުލާން ދިޔަ ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ 58 އިންސައްތަ ލިބުނީ އިދިކޮޅު ޕާޓީތަކަށް. ރައްޔިތުން ގައުމު ސަލާމަތްކޮށްދިނުމުގައި ވަރަށް ރަނގަޅަށް ކަންތައް ކުރި،" އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮންމެ ނަސްލެއްގެ، ކޮންމެ ދީނެއްގެ މީހަކަށް ވިޔަސް، އެންމެންވެސް ބޭނުންވާނީ އެއް ކަމެއް ކަމަށާއި އެއީ އަސާސީ ހައްގުތައް ކަމަށެވެ.
މަނިކުފާނެވެ. ތިހެން ވިދާޅުވެގެން ފަރަކު ޖައްސާލައިގެން ނުވެވޭނެއެވެ. ތިޔަ ވިދާޅުވާ މައްސަލަތައް ބަލާ އެކަމުގެ ޙައްޤު އަދަބުވެސް ދެވެންޖެހޭނެއެވެ.
ކަންނުވެ ނަންވާން އުޅޭމީހުން ގިނަވާން ފަށައިފި... ހަމަ މަޤާމެއްގެ ދަހިވެތި ކަމުގަ..
ދެން އެ ޔުނިވާސީޓީ އެންމެން ތިބޭނެ މީނަ ދެއްކި ވާހަކަ އަޑު އަހާފަ ސޮނި ވެއްޓިފަ. އެކަމަކު އެމީހުންނަށް އިނގޭބާ މީނަ މީ އެއްޒަމާނެއްގަ ޤާާޒީއެއް ވެސް ރަހީނު ކޮށްގެން އުޅުނު ގޮލައެއް ކަން؟ އެނގުނަސް އިސްލާމް ދީނުގެ ދުޝާމަނުން ވީމަ އެމީހުންނަށް އޯކޭ ވާނެތާ ދޯ މީނަ ކޮންމެ ކަމެއް ކުރިޔަސް. މީނަ މީ ބޮޑު މުސީބާތެއް މި ޤައުމަށް ކުރިމަތި ވެފަ އޮތް. ހެޔޮނުވާނެ ތިތާ އޮވޭ އުމުރު ދުވަހަށް.
ބޭރުގަތިބެގެން ކަލޭމެން މި ޤައުމާއި އިސްލާމް ދީން ވިއްކާލީ
ކޮން އިސްލާމް ދީނެއް ވިއްކާލީ އޭ.. އޭރު ވެސް މިހާރުވެސް ދިވެހިންގެ ތެރެއިން ބޭނުން ބަޔަކު ތިބީ އިސްލާމް ދީން މަތީގައި.. ދީނަކީ އެހެން މީހަކު ކިޔާ އެއްޗަކުން ބަދަލު ވާ އެއްޗެއް ނޫން.
މިދުނިޔޭގައި ހިގާ ކަންކައްތަކަކީ އިންސާނުންގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ހިންގޭ ގޮތައް އަތުރާލެވިފައިވާ ބާރުތަކެއް! އެއިގެ ބޭނުން ވަރައްރަނގަޅަށް ތިހިފުނީ ބޭރު ގައުމުތަކުގެ އެހީގައި. އެކަން އެހެން ވަނީ، ޗައިނާ އެހެން ގައުމުތަކުގެ ސިޔާސީ ކަންކަމާއި ނުބެހޭތީ! އިލެކްޝަން ކޮމިޝަނުގެ މީހުންނަށް އުމުރައްވެސް އުޅެވޭނެ ފައިސާ އެއޮތީ ލިބިފަ! އިންޑިޔާ ބޭނުންގޮތަކަށް މިގައުމު ދޮވެލާނެ ފުރުސަތު އެމީހުން ހޯދައިފި! މައުމޫނަކަށް، ގާސިމަކަށް ލިބުނު އެއްވެސް އެއްޗެއްނެތް! ނޮވެމްބަރުމަސް ނިމުމުގެ ކުރިން އެމީހުން ބޭރުކުރާނެ!
އަޅެ ތި ފަޅާއަރުވާލި އެންމެ ކަރަޕްޝަނެއްވެސް ބުނެބަލަ! ކަރަޕްޝަން ގިނަނަމަ ރައްޔިތުންނަށް އެވަރަކަށް ޚިދުމަތެއްނުކޮށްދެވޭނެ! އެހައި ބައިވަރު މަޝްރޫޢޫތަކެއް ނުހިންގޭނެ! ބަނގުރޫޓްވެފައިވާ ސަރުކާރުގެ ކުންފުނިތައް ކޮޅަކަށް ނުޖެހޭނެ! ކަލެއަށް 3 އަހަރުން ވީ ގޮތް އެގޭނު!
ކަލޭމެން ރައްޔިތުންނަށް އޮޅުވާލީ
ކޯޅެން މިތަނައް މީތި ފުއްމާލީމާ މަމެން ތިބޭނަމު އަތްޖަހާފަ ހޭން.
ޔުނިވާސިޓީގަ ތިދިން ތަގްރީރުގެ މައުލޫއަކީ ރައީސް ޔާމީން ތަޢް؟
(ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮންމެ ނަސްލެއްގެ، ކޮންމެ ދީނެއްގެ މީހަކަށް ވިޔަސް، އެންމެންވެސް ބޭނުންވާނީ އެއް ކަމެއް ކަމަށާއި އެއީ އަސާސީ ހައްގުތައް ކަމަށެވެ.) ޔަޢުނީ ރާއްޖޭގައި ބުދުފައްޅި އެޅެންވާނެޔޭ ދޯ !!!
ކަލޭ އަނގައަރުވާކައް ރީއްޗެއްނޫ ކަލޭގެ 3 އަހަރުގެ ވެރިކަމުގަކުރި ވައްކަންތައްކޮބާ ތިއީ ވަގު ޓެރަރިސްޓެއް
ތީ ރާއްޖޭގައި ވެރިކަން ނުކުރެވުނުމީހެއް ދެން ކޮންކަމެއް ކުރެވޭނީ
އެންމެ ފަހުން ތިޔަ ބުނީ އަސްލު ކަލޭގެ މަޤްޞަދު.
މިތާ އެހެންދީންތައް އިންދުން...
ހަމަ އެކަނި މަގޭ ސަޕޯޓް މިގޮލަޔަށް ނުލިބޭ ސަބަބަކީ މިއީ...
މުސްލިމް އުންމަތުގެ ކުރިއެރުމާ ތަރައްގީއަށް ހުރަސް އަޅާ އެމެރިކާއާ ޔޫރަޕާ ސަރަހްއްދީ ވަގު އިންޑިއާ ބައިރިވެގެން ހިންގާ މާލީ ޖަރީމާތަކާ ގަތުލްތައް މަތިން ދިވެހި ރައްޔިތުން ހަދާނެއް ނުނެތޭނެ. މަސުތުގެ ހާލަތުގައި އެންމެންތިބެގެން ހިންގާ ތިޒާތުގެ ފަންޑުރެއިސިންގ ސެމިނަރ ތަކުން އޮޑިޓް ރިޕޯޓުތައް ހެކިދޭ ވައްކަންތަކާ ގައުމުގެ ހަރުމުދާ ވިއްކައިގެން ޖީބަށް އެއްކުރި ވައްކަންތަކުން އެޗްއެސްބީ ޔޫކޭއަށް ޖަމާކުރި 300 މިލިޔަން ޑޮލަރުގެ ވަގު ފައިސާގެ ހަގީގަތް ދިވެހިން ދަނޭ. ވަގު އިގިރޭސިން ވަގުންނަށް ހިމާޔަތް ދޭތީ އިންސާފުގެ ކުރިމައްޗަށް ނުގެނެވިގެން މި އުޅެނީ. އަދި ގެންނާނަން. ގެންނާނީ ގޯނި އަންދުވާފަ ހަވަރާ ހަވާލުކޮށްގެން.
އަންނިކަލޭތިވަކިކާކުތަ ޔާމީން މިޤަވްމުސަލާމަތް ކޮށްދެއްވީ އަމަޔަކަށް ބަފަޔަކަށް ބެލުމެއްނެތި ކަލޯގެ ސަރުކާރުގަ ކޭމީހުން ކައިގެންތިބީ އަދިވެސް ދެންލަކޯކުރިކަމަކީ ރައްޔިތުންގެ ހަރުމުދަލުގަ ހުޅުޖަހާ އަންދާ ރާޖޭގެ ކުންފުނިތައްވިއްކާ ޚަލާސްކޮށް މަސްދުވާކަެތި ބޯންބުނެ ރާއްޖޭގެ އިޤްތިސޯދު ފާކުރުމަށް ރާއޖެއިން ބޭުގަހުރެކުރީމިމަސައްކަތް ނޫންތޯ
ދިވެހިންގެެ އަތްފައި އައްސާފަ ކަރަށް ރާއަޅަން މަސައްކަތް ކުރި ޒަމާނެއް އައިސްފައިވާކަން ދިވެހި ތާރީޚް ދިރާސާކުރާ ކޮންމެ ފަރުދަކަށް ފެންނާނެ، ނަމަވެސް އެއީ މާޟީ. އެކަމަކު އެފަދަ ތާރީޚެއް އިޢާދަވާކަށެއް ގައުމުދެކެ ލޯބިވާ އެއްވެސް ދަރިއަކު ދެނެއް ނޭދޭނެ، ކޮންމެކޮންމެ މީހަކު ވެރިކަމުގައި ހުރެގެންނެއް އިސްލާމްދީން ޙިމާޔަތެއް ނުވާނެކަން މާޟީގެ އަހަރުމެންވަނީ ތަޖުރިބާކޮށްފަ، ތެދުވާހަކައެއް އޭނާވެސް އެބުނަނީ، އެމީހަކު ބޭނުން ދީނަކަށް އެމީހަކަށް އުޅެވިދާނެ، އެކަމަކު މިރާއްޖެއަކު އެކަމެއް ނުކުރެވޭނެ، އެހެންވެގެންތާ މަދު ދިހިންކޮޅެއް އެމަސައްކަތް ކުރަނީ އެފަދަ މިނިވަންކަމެއް މިރާއްޖެއިން ލިބޭތޯ.
ޢަންނި. ޢަކީ ކޮރަޕްޝަން ގެ ބައްޕަ