އަނިޔާވެރިއެއްގެ ދަށުގައި ގައުމު އޮތްއިރު ސުޕްރީމް ކޯޓުން ހުކުމް އިއްވުން ލަސްވުމަކީ އިންސާފަށް އެޅިގެންދާ ހުރަހެއް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބުގެ މައްސަލާގައި ހުކުމް އިއްވުން ލަސްވާތީ ކަންބޮޑުވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން އިންތިޚާބެއް ލިބިގަތީ ގިނަގުނަ އަނިޔާތަކާ ކުރިމަތިލައި ނުހަނު ވޭނުގައި ދިގު މުއްދަތެއް ފާއިތުކުރުމަށްފަހު ކަމަށެވެ. ލަހެއްފަހެއް ނެތި ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ލިބިދިނުން ލާޒިމު ކަމަށް ވެސް ދިނާޔާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ވައްދާފައިވާ އިންތިޚާބާއި ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަންގާރަ ދުވަހު ނިންމާލާފައިވާއިރު، ދެން އޮތީ މައްސަލަ އާއި ގުޅޭގޮތުން ޙުކުމް އިއްވުމެވެ. އެހެން ނަމަވެސް ޙުކުމް އިއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އިއުލާނެއް ނުކުރެއެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ޖުމްލަ ތިން އަޑު އެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހު އަޑުއެހުން ފައްޓަވަމުން ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކި ބަލައިނުގަތުމަށް ނިންމަވާފައެވެ.

އިންތިޚާބާއި ގުޅޭ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރުއްބެ

    މީ ނާ މިއުޅެނީ ހުކުމް ނުބެލިގެން
    ހޮނޑައިދޫ ކަތީބު މިނިސްޓަރުކަން ނުލިބިގެން

  2. ޙުރަ

    ޢޭރަށްދޯ އަވަހަށް ލާރިކޮޅު ކެވޭނީ. ލޮލީ މިހާރުވެސް ކެތްމަދުވެފަ

  3. ޙައްގުބަސް

    އޮޅުވާލި ވޯޓް!! އިންސާފަކުން ނޫންކަމަށް އަޅުގަނޑިމެން ބަލާނީ ވޯޓް ބާޠިލް ނުކޮށް އިބޫ ހުވާކޮށް ގައުމުގެ ރައިސްކަމާ ޙަވާލުވެއްޖެނަމަ!! މިހެން މިދެންނެވީ 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ސްޕްރީމް ކޯޓުން އޭރު ބާޠިލްކޮށް އަލުން ވޯޓަށް ދިޔަގޮތަށް މިފަހަރު ދާންޖެހޭ ސަބަބުތައް އޭރާއަޅާ ބަލާއިރު މާގިނަކަމަށް ގަބޫލުކުރެވޭތީ!! ވޯޓް އޮޅުވާލުމަށްޓަކައި މާކުރީއްސުރެން މަސައްކަތްކުރަމުން އައިސްފައިވޭ!! އެންމެފަހުން ވޯޓް ކަރުދާސް ޗާޕްކުރަން ދިން ހިސާބުން ފެށިގެން ވޯޓްލާ ނިމެންދެން ވޯޓްވަނީ ގަޑުބަޑު ކޮށްފަ!! ވޯޓްލާ ނިމި ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމަށްވެސް ވަނީ ދަތިކޮށް ހުރަސް އަޅާފަ!! ޕީޕީއެމުން އިލެކްޝަންސް ކަމިޝަނަށް ހުށަހެޅި ރީރަޖިސްޓްރޭޝަން ފޯމުތަކުން 15000 ފޯމް އެތާގެ ވެރިއަކު އަންގައިގެން ޝްރެޑްކޮށްފައިވާކަމަށް ހަމަ އެތާގެ މުވައްޒަފުން އެދަނީ ހާމަކުރަމުން!! އަނގޮޓިއެއްގެ ޙަގީގީ ވާހަކަ!! ފައިސާތަކެއްގެ ވާހަކަ!! މިހެން ގޮސް ކިޔާނެކަމެއްނެތް! މިފަހަރު މިބޭއްވި އިންތިޚާބުގައި ، ކުރިން ނެރެފައިވާ ސްޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފުވުމާއި ގާނޫނުތަކާއި ޚިލާފަށް އެތައްކަމެއް އިލެކްޝަންކަމިޝަންއިން ކޮށްފައިވުން!! ކުރީ ފަހަރުތަކުގައި އިންތިޚާބުތަކުން ނަތީޖާ ޢިއުލާންކުރިގޮތާއި ޚިލާފަށް ކަންކަންކޮށް އަވަސްއަރުވާލައިގެން ނަތީޖާ އިޢުލާންކުރުން! މިކަން މިހާމަވީ ސްޕްރީމްކޯޓަށް ކެންޑިޑޭޓަކު މައްސަލަ ވެއްދި ހިސާބުން!! ކުއްލިގޮތަކަށް އިލެކްޝަންކަމިޝަންގެ ރައިސް ފިޔަވާ ހުރިހާ މެމްބަރުން ޖަވާބުދާރީވާންޖެހޭ އެންމެ މުހިންމު ދަނޑިވަޅުގައި ޖަވާބުދާރީ ނުވެ ރާއްޖެއިން ބޭރަށް ދިއުން!! އަޅުގަނޑުމެން ރައްޔިތުން ގަބޫލުކުރާ ގޮތުގައި އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބަކަށް ދާންޖެހޭ!! މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަޙްގީގުކުރަންޖެހޭ!! ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ މިމަގުން މިކަން ހިނގައިގެން!! ބާޠިލްކުރެވޭ ވަރަށް ހެއްކާއި ގަރީނާ އެބަހުރި!! ރަގަނޅަށް ތަހްގީގުކޮށްފިނަމަ މާވަރުގަދަކޮށް މިކަން ހާމަވާނ! Y

  4. އަލީ

    ނޫން ތީ އިތުރުފުޅެން ތޯހިރޫ! އެއީ ފައިސާ ހޯދުމަށް ދޮރުހުޅޫވާލާފައި އޮންނަ ވަގުތުކޮޅު! އިގިއްޖޭ! އެއަކާއި އިންސާފަކާއި ނޯންނާނެ އެއްވެސް ގުޅުމެއް!

  5. ދިއްގާ

    ލަހެއްފަހެއް ނެތި ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ލިބިދިނުން ލާޒިމު ކަމަށް ވެސް ދިނާޔާ ވިދާޅުވިއެވެ.

    އެއީ ކަލޭ ބޭނުންވާ ގޮތަށް އިންސާފު ލިބުން ހެއްޔެވެ؟ އަހަރެން ބޭނުމީ އަހަރެން ބޭނުން ވާގޮތަށް އިންސާފު ލިބުމެވެ. އެކަމަކު ސކ އަށް ބިރު ދައްކައިގެން ހުކުމް ނެރޭކަށް ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެން ލީވޯޓު ވަގަށް ޖަހައިގެންފަ އޮތް ކަމުގެ އިހްސާސް ވެއެވެ. މިކަމަށް ހައްލު ބޭނުމެވެ.
    މިހާރު ދެން މި ދައިތަ އަށް އެއްޗެއް އެގިދާނެ ކަމަށް ހީކުރަމެވެ.

  6. މޮޔައިންގެ ސިޓީ އައްޑޫ ސިޓީ

    އަނެއްކާ މި ކަނބުލޭގެ ފާޅުވީދޯ! ރާއްޖޭގައި އުޅޭ ވަގުންގެ ލިސްޓުގައި އެންމެ ކުރީސަފުގައި ގުނާލެވޭ މީހެއްގެ އަނބިކަބަލެއް! ބަގާވާތްކޮށް ވައްޓާލި ސަރުކާރެއްގެ ބަނޑާރަނައިބުކަންކޮށްފަ އެސަރުކާރު ވައްޓާލުމުގާވެސް ބައިވެރިވެ މަގާމުގަ ހުރެގެން އެތަކެއްގިނަ ޖަރީމާއެއް ހިންގާ ދައުލަތުގެ ބައިތުލްމާލު ދަވާލާފަ ރާއްޖެދުއް އެންމެ އޯގާތެރި ވެރިމީހާގެ ބޮލައް ހުރިހާކަމެއް ބިންދާލި ބޮޑު ހިޔާނާތްތެރިއެއްތީ! ވަރަށް ވެދުން!!!

  7. Miadhu

    ދިޔާނާ ބުނީފާނަންތަ ތިމައްސަލައިގައި އިންސާފް ލިބުނުކަމަށްވާނީ ކޮންގޮތަކަށް ހުުމް އައިމަތަ. އިންތަހާބު ބާތިލުކުރިޔށް އަދި ނުކުރިޔަސް މިހާރުއޮތް މަރުހަލާގައި ގޮތްނިންމާނީސަޕްރިންކޯޓުން އެއަކީ ދިޔާނާވެސް އަދި ޖާބިރުވެސް ނިންމާނެ ނިންމުމެއްނޫން ދިޔާނާ އަށް އިންސާފަކީ ވޯޓް ބާތިލުނުކުރުން މަށަށް އިންސާފަކީ ވޯޓް ބާތިލު ކުރުން

  8. އަލީ ރަޝީދު

    ރަށެއްގެ މުދިމަކު ކުޑަކުދިން ތަކަކާ ބެހުނު މައްސަލައެއް ކުރިމނަލް ކޯޓުގައި އޮންނަތާ 12 އަހަރު . ތިޔަބުނާ މައްސަލަ އަށް އަދި 1 މަސް ނުވޭ . ކޮބާ އިންސާފު. ދިޔާނާ ކަންބޮޑުނުވީމަ ހައިރާންވޭ.

  9. އެހެންތޭ

    ތަމެން ކޮރަޕްޝަންގެ ވާހަކަ ދައްކަން ވަރަށް ތާހިރު ދޯ ތަމެން ރާއްޖޭން ބޭރުގައި ތިބެގެން ކުރި ކަމަކީ އެމްއެމްޕީއާރުސީން ލިބުނު ފައިސާ ގަނޑު ބޭނުން ކޮށްގެން މަޖްލީހުގެ މެމްބަރުންނަށް ކަޓްދީގެން އެމެން ގަނެގެން ވެރިކަން ބަދަލު ކުރަން އުޅުން ދެން އެންމެ މަތީ ކޯޓުގެ ބޮޑު ހުކުމޭ މެންނަށް ކަޓް ދީގެން އެމެން ގަނެގެން ދަ ނަހަލާލު ކޯޓް އަމުރެއް ނެރެގެން އުޅުން ދެން ތަމެން ގާޒީ އަކު ހައްޔަރު ނުކުރަންތޭ ތަމެން އެއަށް ޖަވާބު ދެގަ އެއިރުން މަމެން ގަބޫލުކުރާ

  10. ވަހީދު

    ހޮޑައިދޫ ބީޗްގައި ދިޔާނާއި ގާތްގުޅުމެއް އޮންމަ މީހަކު މުޅި މޫނުގައި ވެލިއުނގުޅައިގެން އުޅުނީ ހަމަ އިންސާފުންތޯ؟ އެބޭފުޅާ ދައުލަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 6.7 މިލިޔަން ޑޮލަރު ނުދައްކަން އެއުޅެނީ އިންސާފުންތޯ؟ މިހާ ގިނަ ދުވަހު އެފައިސާއިން ކުރި ވިޔަފާރި އަކީ އިންސާފު ވިޔަފާރިއެއްތޯ؟

  11. ސަމީލް

    ފުރަތަމަ ޖާބިރަށް ހުކުމް އިއްވަންވީ އެތައް މުއައްޒަފުން ލައްވާ މަސައްކަތްކޮއްފަ މުސާރަނުދީއުޅޭތީ

  12. އެދުރުބެ

    ދިޔާނާ ރަނގަޅުވާނީ ހޮނޑައިދޫ ބޮޑުކަތީބަކަށް! ވައްތަރެއްނުދޯ

  13. އެދުރުބެ

    ބަލަ ދިޔާނާ ތިޔަ އުޅެނީ ވެރިކަމާހެދި މޮޔަވެގެންތަ!