އިންތިޚާބު އޮޅުވާލަން މަސައްކަތްކުރީ ރައީސް ޔާމީން ކަމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވީ، އިންތިޚާބު އޮޅުވާލަން މަސައްކަތްކުރީ ރައީސް ޔާމީންގެ ފަރާތުންކަމަށް އަލްހާން ފަހުމީއަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ. ރިޔާސީ އިންތިޚާބު އޮޅުވާލަން މަސައްކަތްކުރީ ރައީސް ޔާމީން ކަމަށް އަލްހާން ފަހުމީ ވިދާޅުވި ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

"އިންތިޚާބު އޮޅުވާލަން މަސައްކަތްކުރީ ރައީސް ޔާމީންގެ ފަރާތުން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރި!" އަލްހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ ކެމްޕޭންގައި ރައީސް ޔާމީނަށް ކެމްޕޭން ކުރެއްވުމަށްފަހު، ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވުމުން "ޑްރީމް ރައީސް" އަކީ އިބޫ ކަމަށް ވިދާޅުވެ އިދިކޮޅާ ގުޅިވަޑައިގެން އަލްހާން މިހެން ވިދާޅުވުމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އިންތިޚާބު ބާތިލްކުރަންޖެހޭ ވަރުގެ ކަންކަން ހިނގާފައިވާކަން ލީކް ވެފައިވާ ސިއްރު ހެކިންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ ސާފުކޮށް ވިދާޅުވާން އުޅުއްވާ އެއްޗެއް ވިދާޅުވާންޖެހޭ ކަމަށެވެ.

އަލްހާން ފަހުމީ މިހެން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމި ހުކުމް ކުރުމަށް ތައްޔާރުވެފައެވެ. އަންގާރަ ދުވަހު އަޑުއެހުންތައް ނިންމާލި ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް ސްޕްރީމް ކޯޓުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި އޮޅުވާލާފައިވާ ކަމަށް ޕީޕީއެމް އިން ބުނަމުންދާއިރު، ރިޔާސީ އިންތިޚާބުގެ ވޯޓްލުމާ ވަރަށް ގާތަށްވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައީ އިންތިޚާބުގައި ޕީޕީއެމް އިން އޮޅުވާލާނެ ކަމަށެވެ. ހަމައެއާއެކު އިންތިޚާބަށްފަހުވެސް އެމްޑީޕީން ބުނެފައިވަނީ އިންތިޚާބުގެ ކަންކަން ހިނގާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

އިދިކޮޅާ ގުޅުނު ނަމަވެސް އަލްހާން ފަހުމީ ވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދޫކޮށްލެވިގެން ނުވާނެ ކަމަށްބުނެ އަޑު އުފުލާފައެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް މިނިވަން ވާންޖެހޭނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށްވެސް އަލްހާން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ޗިލީސޮސް

    މީ ހަމަރަގަޅު ކަނޑުކޮހެއް. މީނަގެ ރަށްޓެހިންވެސް މީނައަށް ވަރަށް ވިސްނަންވާނެ. 1000 % އިތުބާރު ގެއްލިފައިވާމީހެއް. ސަލާމް

  2. Anonymous

    އަލްހާން އިދިކޮޅުފަރާތްތަކާއި ގުޅިފަްިވީނަމަވެސް އަހަރެމެން އޭނާއަކައް އިތުބާރެއްނުކުރަން.

  3. Anonymous

    ގާސިމްކަލޭގެންދިޔައީ ލާރިއައް މަމެން ނަސީދައް ތާއީދުކުރަނީ ލޯބިން ލޯބިން ކަލޭއެކޭ ގާސިމެކޭ ތަފާތެއްނެތް.

  4. ޙަސަން

    ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް ގޮތްކުޑަ އިންސަނުންވެސްއުޅޭ. ނަމަވެސް،މި އަލްހާން ވަރެއްނުވާނެ.

  5. Anonymous

    ތީހަމަ ގާސިމް ކަހަލަ ދެފުށުގައިވެސް ތަތްލާ މީހެއް......ގާސިމްއާ ކަލެއާވަތައްް އެކަސީގެންވޭ ގާސިމްއާ ނަހުލާޔާ އެކަސީގެންނުވޭ ނަހުލާގެ ހުންނަނީ އެމް.ޑީ.ޕީ ގެ ހަމަހަމަ ފިކުރު

  6. މާފުށި މާންބެ

    މީހަމަ ފައްކާ ދެފުއްކެހެރި އެއް.

  7. ޢަލީ

    ޢަލްހާން ކިތައްމެ ރަކަށް އެމް ޑީ ޕީ އާ ގާތްވާން އުޅުނަސް އެމީހުން ކާރި ނުކުރާނެ އެބުރޭ ވަހުތާނައެއް ޔާމީން ބަލިވީމަ މިހާރު އެފަޅިއަށް ޖެހުނީ ރައްޔިތުންނަށް އެގޭ ތިއީ ކާކުކަން މިހާރު

  8. Anonymous

    އަލްހާން ކަހަލަ ސިޔާސީ ބަރުދަނެއް ނެތް، އެންބުރޭ ވަހުތާނެއް ފަދަެިން ޕާޓީއާއި ވިސްނުން ބަދަލުވާ މީހުންނަށް ރައްޔިތުންގެ ބަލައިގަތުން ނުލިބޭނެ. ދޮންކަލޯ ކޮންމެވެސް އެއްގޮތެއްގައި ނިކަން ސާބިތުވެ ހުރެބަލަ. އަދި ޕޯޑިއަމް ތަކުގައި ކަރާ ނުފެޅުން ބުއްދިވެރި.

    • ތާތު

      މަ ހިތަށް އަރަނީ މިކަހަކަ މިޮޔަ އިން ގޮވާ މޮޔަވާހަކަތައް ނޫސް ތަކަށް އަރުވަނީ ކީއްކުރަންބާއޭ މިނޫސްވެރިންނަށްވެސް މިހާރު ވިސްނެން ވެއްޖެ ތޯއްޗެމިއަލްހާން އަކީ ބޯހަމަޖެހޭ މީހެއް ނޫންކަން

  9. ކެރަފާ

    ދެފުއްކެހެރިންގެ ހުވަފެން ހަގީގަތަކަށް ވީބާ؟

  10. ޢާސީ

    ޚކަލޭ މަޑުންހުރެބަލަ ލަދުކޮބާ..ތިހުރިހާލުގަވެސް ހުރެވޭތޯ ބަލާބަލަ މީ ރަނގަޅަކައް ބުނާ ވާހަކައެއް..

  11. ފާތުން

    ތިޔަހެން ސަފުން ބާކީވެގެން މުޅި ގުލްޝަނަށް ހިތްދޫވެގެން ތިޔަހެން އުޅޭ މާބުރަކަށް ޖައްސާނެ ޕާޓީއެއްވެސް ނުލިބޭނެޔޭ. މީލައްކަ ވާހަކަ އިނގޭ އަލްހާން

  12. ހައިރާން

    ޢަލްހާން ކޮއްކޯ ކިތަށް އަނގަ އެބައޮތްތަ، މި ވެސް މީހުން؟

  13. ޝާން

    މަގާމާއި ހެދީ އަލްހާން މޮޔަވަނީ. ޔާމީން އަތުން ކައިގެން ކުރިއަށް އޮތް 5 އަހަރު އިބޫ އަތުން ކައިގެން އިބޫ އަށް ދޯކާދޭން މި އަލްހާން ތެޅޭތަން މިފެންނަނީ. އަލްހާން އިބޫ ގެ ސްރުކާރާއި ކާރި ނުކުރުމަށް ކޯލިޝަން އަށް އިލްތިމާސް ކުރަން.

  14. ޜާއްޖެ އިސްލާމް

    ޚޮންމެ މީހަކު އޮޅުވާލިޔަސް އިންތިހާބު އޮޅުވާލާފަވާކަން އެޢީ ޔަގީންވާކަމެއް. އޮޅުވާލި ބަޔަކަށް ކާމިޔާބުވިޔަސް އަދި ނުވިޔަސް ރައްޔިތުމްގެ ހައްގު އެވަނީ ގެއްލުވާލާފަ އެހެންކަމުން އިންތިހާބު ޖެހޭނީ ބާތިލުކުރަން އަދި ބާތިލް ނުކޮށް އިލެކްޝަން ކޮމިޝަނާ މެދު ފިޔަވަޅެއް އެޅިނަމަވެސް އެވާނީ ވަރައް ހެއްވާ ކަމަކަށް

    • ކަނޑުކޮސް އަށް

      ކަލެއަށް މާބޮޑަށް އެންގެނީ ބީތާ

  15. Anonymous

    ރައީސް ޔާމީނު ދެވަނަ ދައުރަށް ހޮވުނު ނަމަ މަނިކުފާނުގެ ވާހަކައާއި ރާގު ހުންނާނީ ހަމަ ތިހެންތޯ؟ އެމްޑީޕީއަކަށް ތިބޭފުޅާ މުހިއްމެން ނޫން. ރައީސް ނަޝީދަކީ އޯގާތެރި ބޭފުޅަކަށް ވާތީ ފުރުޞަތު ނުލިބޭނެއެކޭ ނުބުނާނަން. އެކަމަކު އާއްމު މެމްބަރުން ތިބޭފުޅާއަށް މިހާރު އިތުބާރެއް ނުކުރާނެ. ވ. ސޮރީ.

  16. ނަރީމާން

    ސިޔާސީ މަގާމްތަކަށް، ހާއްސަކޮށް ރާއްޖޭގެ ރައީސްކަން ބޭނުންވާ އެންމެންވެސް އެނމެ ބިރުގަންނަނީ ރައީސް ނަޝީދު ދެކެ. ފޮނިމޭވާ ގަންނަ ގަސްގަހަށޭ ގަޅިއުކާނީ ބުނާއަޑު އަހަން. އައިލޭންޑް ޕްރެޒިޑެންޓް އިޒް ދަ މޯސްޓް ޕޮޕިއުލަރ ޕޮލިޓީޝަން އިން ދަ މޯލްޑިވްސް. ރައީސް ނަޝީދު ވަރެއް ނެތް.

  17. ނީބުމަ

    އޯކޭ.. ފެށޭސަރުކާރުގެ ޖާސޫސީ އިދާރާގެވެރިކަން ކަލެއަށް. ހެޕީ؟
    ދެރަކަމަކީ މިކަހަލަ ދެއުޅިއެއްނުވާ މީހުން އެއްފުޅައްމަތިއަނެއްފުޅައް މަތިން ދުވާއިރު އަދި ނުވީތާކށް އިއްޔެއަނެއްޕާޓީތެރެއިން ރީލޯޑްއަޅާގެން އައިސް މިޕާޓީން ރީލޯޑް އަޅަން އަންނައިރަށް ބަލައިގަންނާތީ. މަނަމަބޯދިއްކޮށްލިއަސް ލަފުގަހިފާ ނެރެއަތުކޮޅަށް ހޫރުވާލާނަން. ހެޔޮހިތުން ޚިދްމަތްކޮށްދޭންއަންނަ މީހާބަލައިނުގަތުމުގެނަތީޖާ. ހިތާމަހުރިކަމެއް. ޖާހިލުވިޔަސް ،ދުނިޔޭގެދަހިވެތިކަން އިސްކުރިޔަސް ދޮގާމަކަރާހީލަތުން އުޅުނަސްމިދެންބޮޑުވަރު.

  18. ޙައްވަ

    މީ ދެބޯގެރި ދުއްވާ މީހެއް?

  19. މަންޖެ

    ކެކެކެ. ހަމަ ހިނިއަންނަނީ.

  20. ޡުބޭދަ

    ބުރުމާ ގާސިމު ކިޔަނި ބުރުމާ ދެ އަތައްވެސް އެނބުރޭތީ ގާސިމު މި ދެ އަތައް ކަނޑާ އެެއްޗެއް
    އަލްހާނު އައްކިޔަން ވި ޗުއިންގަމް ކިރު ކޮއްމެއް ފުށަކުންވެސް ތަތްލާނެ

  21. އެޔާމީނު

    މީނަ އުޅޭ ގޮތަށް އުޅޭ ބަޔަކު އެބަ އުޅޭ. އިބޫ ވަރަށް ވިސްނައިގެން މިމީހުން ކައިރި ކުރަންވާނީ. މެދުކެނޑުމެއްނެތި 8 އަހަރު މަގުމަތީގައި ޖާނާއި މާލުން ގުރުބާންވި މީހުންނަށް އިސްކަންދެއްވާ. މިމީހުންނަކީ ޢާއްމު މެންބަރުން ބަލައިގަންނަ ބައެއްނޫންކަން ހަނދުމަ ކޮށްދެން.

  22. ާއަހައްމާ

    މީނާ އެންމެފަހުން ސޮއިކުރީ ޕީޕީެމްއަށް! ޕީޕީެމްގެ މެމްބަރެއް. ޥަގުތުނޫހުން އެމްޑީޕީއާ ޖައްސާލައިގެން އުޅެނީކީއްވެގެންތަ؟ އެއްޒަމާނެއްގަ އެމްޑީޕީގެ ނައިބެއް!!!

    • ލާރާ

      ޕޕމ އިން ވަކިވި ޙަބަރެއް ނޭންގޭތަ

  23. އަލްޖިބްރާ

    ތިޔަ ދެފުއްކެހެރި ކިތަންމެވަރަކަށް އިބޫ އަށް ތާއިދު ކުރަމޭ ގޮވިއަސް އެމް.ޑީ.ޕީ އަކުން ބަލައެއް ނުގަންނާނެ !

  24. Anonymous

    މިހާރު އެހެން ވާހަކަ އެއް

  25. ނާޒިފު އަބޫބަކުރު

    ކިތަންމެ ވަރެއްކުރިޔަސް އެމް.ޑީ.ޕީ އަކަށް ދެން ނުވައްދާނަން! ތިޔައީ ފިތުނައެއް!

  26. މޫސަ

    މީނަ ހަމަތޯ ބަލަން ޓެސްޓެއް ހަދަން ފެނޭ. ޢެ އުޅެނީ އެއްވެސް ބަޔަކު ބަލާނުގަތީމަ ބޯ ގޯސް ވެގެން

  27. ކެރަފާ ނަސީމް

    މިއީ އައްޑޫ މީހުންގެ އަސްލު ކުލަ...

    • ްގަމާރުކަލޭގެއާ!

      ކަލޭ އައްޑޫ މީހުންނާ ހިތާވެގެން ނޫޅެބަލަ ކޮންމެ ކަމެއްވާއިރަށް. ވަކި ތަނެއްގެ މީހަކަށް ވީމައެއް ނޫނޭ ދެފުށްކެހެރިވަނީ ގަމާރާ. ކޮންމެ ތަނެއްގަވެސް މިކަހަލަ ދެފުށްކެހެރިން އުޅޭނެ.

  28. ކީކޭ

    ލަދު ހަޔާތެެއް ނެތަސް ތީ ބޮޑުވަރު

  29. އަލުހާނޫ ޫ ޫ

    އޮޅުވާލަން މަސައްކަތްކުރީ ކަލޭ..ރަގަޅުވާން ވެއްޖެ އެއްނު

  30. ދަންޑަހެލު

    މީ ހަމަ ފައްކާ ދެފުއްކެހެރިއެއް މީނަޔާ އަޅާނުލާތި އެކަކުވސް އެއުޅެނީ ހަމަ ވައިވެގެން ކުރާނެ ކަމެއް ނޭގިގެން

  31. އިބޫ

    ރިޔަލު އޮޑިފަހަރު ދުއްވޭނީ ވައި ފަށްސިޔައަށް! މީއަރަށް ވާހަކަ!

  32. Anonymous

    ޙައިކުޑަ މީހުންވެސް ތަންތާގަތިބޭ އެކަމުމިވަރު މީޙަކުނުދެކެން ދެފުންކެހެރި ވިޔަސްބޮޑުވަރު

  33. މޫސަ

    ތި ސޮރަށް އެއްޗިހި ނުކިޔާ ތިއީ ޙާއްސަ އެހީއަށް ބޭނުންވާ ސޮރެއް. އެންމެންގެ އަޅާލުން ވަރަށް މުހިންމު ދުވަސްވަރެއްމީ. އަލްހާންއަށް އަޅާލަ އެހީތެރިވޭ

  34. ާާޕޕމ

    ކަލޯ ތޭ ފުޅިމަދުއުނގުރިއެއްތޯ؟

  35. ޑިމޮކްރަޓިސްޓް

    މިހާރުދެން ތިކަހަލަގޮތަކަށް ލާރިކޮޅުކޮޅު ހޯދޭނީ.. ބަޔަކު އެއްޗެއް ދިއްކޮށްލީމަ އެކޮޅަކަށް ޑައިލޮގެއް ކިޔާލައިގެން ކާލާ ބޯލައިގެން އުޅެވޭނެހެން ހީވަނީ.. ރަނގަޅު އެއްޗެއްލިބެންޏާ ތިވެސް ނުކޮށް ދޫކޮށްލާވަރުކަމެއްނޫން..

  36. އަފީފާ

    އަލްހާންތޯއަޅެދެފުއްކެހެރިއެއްތަތިކަހަލަމީހުންޕާޓީތަކައްގަބޫލުކުރާތީއަހަރުމެންކައިރިޔައްއައްނަނީހަމަހިނިއެހެންމިބުނީއެއްދުވަހު ރައީސްޔާމީނުފަހަތުގައަނެއްދުވަހުއިބޫފަހަތުގައެހެންވެހިނިއައްނަނީޔާމީނުފަހަތައްއެރީ ބީއެމްއެއްލްއައްދައްކަންއޮތްލާރި ގަނޑުމާފުވާނެކަމައްހީކޮއްދޯ މިހާރުއެގިއްޖެނުވާނެކަންއެހެންވެ އިބޫގެފަހަތައްއަނެއްކާޖެހިގަތީދޯތީހަމަފއްކާފުޅިމަދުއުގުރިއެއް ހާދަގޮތެއްނެތޭ ހީހީހީހީހަލާކުވެއްޖެ؟؟؟

  37. ސޯލިހު

    ޢަލްހާން އަށް ތިހިރީދެމީދާފެހިބުޅަލައްވީވަރުވެސް ނުވެފަ ގޭގައޮވޭ

  38. އަހަންމާ

    ޢަލްހާނޫ ތިމަރަ ޝަރީފު އެބައުޅޭސިޔާސީ ޕާޓީއެއްހަދަން ފޯމްނަގަންތައްޔާރުވޭ

  39. މާމިގިލީ މީހާ

    ދެފުއްކެހެރި.. ޖަލައް ނުވަންނާން ވެގެން ޖަހާ މަކަރެއްތީ.. ދެއަތައް ހެއްލޭ... ނުލައްވާނެ ކޮލިސަނަކަށެއް ކަލޭއެއް...

  40. ސޮއްބެ

    އިބޫ މި ސުންޕާ ފޭދޫ ދެފުއްކެހެރިޔާ ކަލޭ ގުޅިއްޖެއްޔާ އަހަންނާ އަހަރެންގެ މުޅި އާއިލާ ޕީޕީއެމް އަށް ސޮއި ކުރާނަން.. އަލްހާނު ފކުމީ ފެނުނަސް ހޮޑުލަވާ.... އައްޗީޗީޗީ

  41. ޝަ

    .ޔާމީނުއެއް އިބޫއެއް ކީއްކުރަން ނަޝީދުއެއް އެއްވެސް މީހަކު ކައިރިކުރަން ހެޔޮވާވަރު ބުރާންޗެއްނޫންމީކި.???

  42. ރައްޔިތުން

    ޕީޕީއެމް އަކީ އަސާސީ ގަވާއިދާ ޚިލާފަށް ގަދަކަމުން ނުހަމައިން ހިންގާ ޕާޓީއެއް ކަމުން އެޕާޓީގެ ފަރާތުން މީހަކު ހިމެނޭ ގޮތުން
    ރިޔާސީ އިންތިޚާބު ބޭއްވުމަކީ ދުސްތޫރީ މައްސަލައެއް

  43. ޣަނޯ

    ރަނގަޅުގޮތަކީ މިކަހަލަ މޮޔައިންގެ ޓްވީޓްތަށް ނޫސްތަކުން ނުގެނެަސްދިނުން. މިކަހަލަ މީހުން ބާކީކުރަންޖެހޭ.

  44. ސަޒުނާ

    އަލްހާން އަދި މަހުލޫފަކީ ދެފުންކެހެރި ޓޭޕްރޯލް.

  45. އައްލެއިކަލޯ

    ކަލޯ އަލްހާން، ކިޔޭ ނުކިޔޭއެއް އެބަ އެނގޭތަ؟ ކަލޯ ހަނދާނަށް ގޮތެއް ވެފަތަ؟ ނޫނީ ދުނިޔޭން މޮޔަވީތަ؟

  46. ޑިރަސާވެރިޔާ

    ސިއްރު ހެކީގެ ބަޔާންތައް ނެގީ ކޮންބަޔެއް. ހަމަގައިގު ރާއްޖޭގެ އެއްވެސް ތަޙްޤީޤީ އިދާރާއަކުން ތަޙްގީގް ހިންގައިފައި ނުވާއިރު ތިޔަ ބުނާ ބަޔާންތަކުގެ ގާނޫނީ ވެލިއު އާ މެދު ސުވާލު އުފެދޭ. މައްސަލައެއްގައި ހިމެނޭ އެއް ހަސްމު އޭނާއާއި އެއްކޮޅަށް ހެކިދޭނެ ކަމަށް ބުނާ މީހެއްގެ ބަޔާން މައްސަލައިގެ ހިމެނޭ ހަސްމު އަމިއްލަޔަށް ނެނގޭ އުސޫލެއް އޮވޭތޯ. ޢިލެކްޝަނުގެ އޮފިޝަލުންގެ ބަޔާން އިލެކްޝަނުގެ އޮންނަ މުއައްޒަފުންގެ ބަޔާން ނަގާ އުސޫލުން ނެގިދާނެ.

  47. މޮޔައިންގެ ސިޓީ އައްޑޫ ސިޓީ

    އައްޑޫ ސިޓީ ވިއްކާލާށެވެ. އަދި އެ ސިޓީގެ ރައްޔަތުންވެސް އަޅުންގެ ގޮތުގައި ޗައިނާޔައް ވިއްކާލާށެވެ.އެއީ އެއްވެސް ބޭނުމެއްނެތް ބޭކާރު ސިޓީއެކެވެ. ވަރައްވެދުން!

  48. ޢާސީ

    ޟޕމިފަކީރު ޑޮކްތަރައް ދައްކާނެ މީހަކުވެސް ނުވަނީތަ ..މީނަގެ އާއިލާއިންވެސް އަޅެ މީނަޔާ އަޅާނުލަނީތަ..މެންޓަލް ދޮކްޓަރ އަކަށް ދައްކަބަލަ މީނަގެ އަަސަން ހަމަޖެހޭނެބާ ..ދެފުށުގަ ކެހެރިފަޅާފަ ކަންނޭނގެ ހުރީ..

  49. ......

    އަލްހާނަކީ ލަދުޙަޔާ ކުދަ ކާޅެއް

  50. އިބުރާހިމް

    ކަލޯ އަލްހާންފަހޮމީ ކަލޭތިޔަހުރީ ހަމައިންނެއްޓި ކިޔޭނުކިޔޭއެއްޗެ ނޭގިއަނގައޮޅި ދެފާވެސްއޮޅިފާ ދެންމޑޕއާ ގުޅިގެންކޮސްގޮވަނީ

  51. ޙަމީދު ދ

    މީނަ ހަމަ އެއްޗެކޭ ބުނާއިރަށް ނޫސްތަކުން ޖަހާނެ. ޕީޕީއެމުންވެސް މީނަ ބޮޑު ޖަލްސާއަށް އަރުވައިގެން.... ކާކުތަ މީނަ ބުނެގެން ވޯޓުދޭނީ... ސިޔާސީ ކަންކަން މަށަށް ކަމު ނުދަނީ މިހެންވެ

  52. ޒާ

    އަލްހާނަކީ ހާދަ މުނާފިގު މީހެކެވެ.

  53. ދެފުށް ކެހެރި އަލް

    އެއް ދުވަހު ކަނާއަތް ފަޅީގަ އަނެއް ދުވަހު ވާއަތް ފަޅީގަ. މީދެން ކޮންގޮތެއް. ﷲއަށް ބިރުވެތި ވާން ދަސްކުރޭ. ތިޔަ ނިފާޤުކަން ދޫކޮށްލާ.

  54. ވަގު ވޯޓް

    ވަގު ވޯޓް އިންތިހާބީ ރައީސް "'އިބޫ"' ކިރިޔާވެސް ލަދެއް ހުރިއްޔާ ރައީސްކަމާ ހަވާލެއްނުވާނެ. ވަގު ވޯޓް ޔަގީން