ރައީސް އަބްދުﷲ ޔާމީންގެ ސައިޒަކީ ބަރާބަރު 15 މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ރޭ ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދުކުރާ މީހުންގެ އަދަދު ހަގީގަތުގައި ވަރަށް މަދު ކަމަށާއި ނިމިގެންދިޔަ ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ހަގީގަތުގައި ލިބުނު ވޯޓުގެ އަދަދަކީ 96000 ވޯޓު ނޫން ކަމަށެވެ.
"ހަގީގަތުގައި އެ ވޯޓުތަކަކީ މަގާމުގެ ބޭނުންކޮށްގެން ނާޖާއިޒު ނުފޫޒުތަކެއް ފޯރުވައިގެން ހޯދިހާ ވޯޓުތަކެއް. އެމަނިކުފާނުގެ ސައިޒަކީ ބަރާބަރު 15 މީހުން މި ރާއްޖޭގައި. ޔާމީނަށް ތާއިދުކުރާ ބަޔަކު ނެތް. 2013ގެ އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލީ އިރުވެސް ޔާމީނަކީ ރާއްޖޭގެ ރައްޔިތުން ދަންނަ މީހެއް ނޫން،" އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ރައީސް ޔާމީނަށް 2013ގެ އިންތިހާބު ކާމިޔާބުކުރެވުނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ތާއީދުކުރެއްވި މީހުންނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއީދުކުރެއްވި މީހުންނާއި، ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ތާއީދު ކުރެއްވި މީހުން އަދި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ތާއީދުކުރި މީހުންގެ ވޯޓުން ކަމަށެވެ.
"އޭގެ ނަތީޖާ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިންމާފަ، އަނެއްކާ ވޯޓު ބާތިލްކޮށްފި ކަމަށްބުނެ ޔާމީނަށް މަގުމައްޗަށް އެއްކުރެވުނީ ބަރާބަރު 15 މީހުން. އެހެންވީމަ ޔާމީނުގެ ސައިޒަކީ މި ރާއްޖޭގައި 15 މީހުން،" އޭނާ ވިދާޅުވިއެވެ.
އަމީތު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އަކީ ރީތި ގޮތުގައި ވެރިކަން ކުރައްވަން އެނގިލައްވާ ބޭފުޅެއް ނޫންކަމަށާއި އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ހުށަހަޅުއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އެ ޕާޓީގެ އިސް ބައެއް ލީޑަރުން ހުވަފެން ދެއްކިޔަސް، ރައީސް ޔާމީންގެ ވެރިކަން މިހާރުވަނީ ނިމި ގޮސްފައި ކަމަށެވެ.
"ދައުލަތުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އަޅުގަނޑު ގަބޫލެއް ނުކުރަން ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓަށް ވެސް ބަދަލުކުރެވޭނެ ކަމަކަށް. އެއީ ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ކޯޓު ތެރެއިންނެއް ނޫން. އެހެންވީމަ ރައްޔިތުން ނިކުމެ ވެރިކަމުގެ ބާރުތައް ވާންވީގޮތް ބުނީމަ ދެން ބަސްބުނުމުގެ އިޚްތިޔާރު އެއްވެސް މުއައްސަސާއަކަށް ނޯންނާނެ." އަމީތު ވިދާޅުވިއެވެ.
މަމީ 15 މީހުންގެ ތެރެ އިން އެކަކު..
މަވެސް 15 މީހުން ތެރޭ ހިމެނޭ.އަހަރުމެން ނުދަންނަން އަމީތު މި ގައުމަށް ކޮށްދިން ކަމެއް.ރައީސް ޔާމީބް އަހަރެމެން ދަންނަނީ.އެކަމާ ހަސަދަވެރިވެގެން ތިއުޅެނީ
މިކަހަލަ ދެއުޅި އެއްނުވާ މީހުން ކަންތަކުގަ މިއުޅެނީ ބޯހަލާކު
އަމީތުމޮޔަވީތަ
އަނދިރިފުޅުތޯ
ކަލޭ ތީދެން ކާކު؟ ރައީސް ޔާމީން އޭ ކިޔާއިގެން އަނގަ ހުޅުވަން.
ތިބުނީ މަޑުއްވަރީ ދާއިރާއިން ކަލެއައް ތާއިދު ކުރާވަރު
އަމީތުގެ ސައިޒަކީ ކިހާވަރެއް؟ މާ އެނގިގެން ތިމަރަފުށި މުސްތަފާހެން ނޫޅެބަލަ. ކަލޭ ތީ މިހާރު އެއްވެސް ހައިސިއްޔަތެއް އޮތް މީހެއް ނޫން
ބަލަ ކަލެޔަށް ތާއީދު ކުރާ މީހަކު ނެތްވާހަކަ ތިބުނެވުނީ.... ރައްޔިތުންގެ ތާއީދު ރައީސް ޔާމީންއަށް ވަރަށް ފުރިހަމަޔަށް އެބައޮތް...
އިންސާނުންގެހިތް މިހާވަރަށް މައްޗަށްދާވާހަކައަޑުނާހަން މަލާމާތެކުރަންވެސް އެކަށީގެންވަނީ އެއްފެންވަރެެއްގެ އެއްދަރަޖައިގެމީހުންނާ އެކަމަކު ވިސްނާބަލަ މީކާކުދެން ރޔާމީންއަށް މަލާމާތްކުރަން.. ރޔާމީންއަށް ތާއިދުކުރި 15މީހުންގެ ތާއިދުން މަޑުއްވަރީ ދާއިރާގެ ގޮނޑިލިބުނީ ތިމާގެ އަމިއްލަ އަައިޑެންޓިޓީ ދައްކައިގެންގެންނެނޫން... މަޖުލިހުގެ އިންތިހާބުގަ ކެންޕޭންކުރީ ރޔާމީންގެ ފޮޓޯ ދެއްކިވާހަކައިގަބުނަނީ ރޔާމީންގެ މަސައްކަތާ ހިންގުތެރިކަމުގެބައިވެރިޔަކަށް ތިމަންނާ ހޮވާދޭށޭ... ޗެލެންޖްކޮއްފަ ބުނެބަލަ މިފަހަރުގެ މަޖުލިހުގެ އިންތިހާބުގަ ތިމަންނާ ކުރިމަތިލި ކޮއްމެދާއިރާއެ ކަމުގަވިޔަސް އެދާއިރާގެ ގޮނޑި ކާމިޔާބުކުރާނެކަމަށް.. ފެންވަރުހުރެގެން އަނގަހުޅުވަބަލަ.. ތިބުނި 15މީހުންގެތެރެއިން އަހަރެންވެސް މިހުރީ ގޭގަ އެކަމަކު ކުރިޔަށްއޮތްތަނުގަވެސް ދެގޮތެނުވެ ރޔާމީންއަށް ފުރިހަމަޔަށް ތާއިދުކުރާނަން.. މަގުތަކަށް ނުނިކުންނާތީ ކަލޯއަށްހީވާގޮތް.
ކަލެއަށް ބޮޑަށް އިނގޭނީ
ކަލޭ މަޑުއްވަރީ ދާއިރާގެ ގޮނޑި އަލުން ކާމިޔާބު ކޮއްބަލަ 1 މިލިޔަން ޑޮލަރަށް ގޮނޑި ވިއްކާލީ އޭގެ އަދަބު ދާއިރާގެ ރައްޔިތުން ކަލެއަށް ދޭނެ
އަމީތު ތިހިރީ މޮޔަފުޅު ވެފަތޯ؟ ފަނަރަ މީހުން ތާއީދު ކުރާނަމަ 9600 ވޯޓު ލިބޭނެތަ؟
ރާެއްޖެތެރެ ބޯގަޅިއެއް ދައްކާ ވާހަކަ ޤަބޫލް ކުރާނީ ކާކު
ސްޕްރިން ކޯޑް މައްސަލަ ނިމޭނީ ޕީޕިއެމް ކޮޅަށް
ކަލޯއަށް އެވަރުވެސް ނެތް!
ރައީސް ޔާމީން 15 މަނިކު އައް ކިހާ ވަރެއްތޯ..
ތެދުފުޅެއް
15މީހުން އެކަމަކު ތިޔަމީހަވެސްހޮވައިދިނީ ރައިސްޔާމީނުގެސަބަބުން އިޔަމީހަދޫބަންދުނުވާކަންވެސްެރަގަޅު
ދޮޅުއިންޗި މޮހޮރެއް މައިތިރި ނުކުރެވޭ ސޮރަކަށް ދެން ވާނެކަމެއް އޮންނާނެތަ ތިއެނީ ލޮނުމިރުސްގަނޑެއް ނާޅާގެން
ކަލޭދަންނަމީހުން އޭރުގަވެސް ގިންއީ.
15 އެއްވެސް ނޫން، 01 ، އަމިއްލަނަފްސް، ހެހެއް، ޔާމީނަކައް ތާއީދެއްނެތޯ، ހެހެއް
ސައިޒް އޮޅިގެން ނުތެޅޭތި! ތިމާވަރުން އުޅުނީމަ ރަގަޅުވާނީ ތިގޮތަށް ފެނުންމައްޗަށް
ތިލަވެގެން ުޅެނިކޮށް ބޯފިހިދާނެ ބޮލަށްހޫނުނުވާވަރުބަލައިގެން ތަންކޮޅެއް އަޑީގަހުރެވޭތޯބަލާ!
މައްސަލައެއްނެތް. އިންޝާﷲ
އިންތިޒާރު ކުރަނީ މާދަމާ ސ ކޯޓުން ކުރާހުކުމްއަށް. މާތްﷲ ގެވާގިފުޅާރަހްމަތުން ވަކިފަރާތެއް ނުހިމެނޭ އަދުލުވެރިއިންސާފުވެރި ހުކުމެއްގެ އުންމީދުކުރަން. ސ ކޯޓުްން ކުރީކޮންމެ ހުކުމްއެއްނަމަވެސް އެކުރާ ހުކުމްއަކަށް ރައްޔިތުން އިހްތިރާމް ކުރުމަށް ގޮވާލަން. ނަމަވެސް މާދަމާގެ ހުކުމް ވަކިފަރާތަކަބުރަވެވިފަވާކަމަށް ފެނިއްޖެނަމަ ބުރައުފުލާ ބޯފިއްސާގެން ވޯޓްދިނުން ނިމުނީ. މަރުދުވަހައްވެސް މިދިވެހިރާއްޖޭގަ ބާއްވާ އެއްވެސް އިންތިހާބެއްގަ އެއްވެސް ފަރާތަކަށް ވޯޓެއްނުލާނަން. ވަﷲޢަޢްލަމް
މިކަލޭގެ ބޯގޮވާފަ. މަވެސް ރައީސްޔަމީނަށް ތާޢީދު. އަދި އަނނާނެ އެވަރުގެ މީހަކުނެތްކަމަށް ކަލޭމެން ބުނާ ދުވަސްނއަންނާނެ
އަމީތު ކަލެއަށް ބުއްފުޅި ގިރައިދޭން ތިބެނީ ޖުމްލަ 14 މީހުން
ޚަލޯއަށް މީހުން ތާއިދު ކުރާވަރުއެގޭނެ މަޖިލިސް އިންތިޚާބުގައި
ސިޔާސީ ގުންޑާއިން ކޮސްގޮވަނީ ދާއިރާގެ ރަޢިއްޔަތުންގެ ހައްގުގައި ބަހެއްބުނަން ނުކެރިގެން އަނގަ އިދްސިހާރު ކުރުމަށް
ދާެއިރާގެ ރަޢިއްޔަތުންނަ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން.މަސައްކަތްކުރާ ވައްޑޭއަކީ ތުލުސްދޫންވެސް ބޭރުކޮށްފަ ހުރި މީހެެއް އަމީތުއަށްވެސް ނޭރޭނެ ރަށްރަށް އެދާއިރާގައި އެބަހުރި. މީދުއަކީވެސް އެފަދަ ރަށެެއް
ކަލޭތިކާކުތަ
15 އެއީ ކިހިނެއް އައި އަދަދެއް. ޥެދާނެ ސަރުކާރު ވައްޓާލަން 15 މިލިޔަނުގެ ރިޝްވަތުނެގި ވާހަކަ ކަމަށްވެސް. ދެންފަހަރަކުން ތި އިއޮތީ ހޮވިފަ.
ކަލޯ އަމީތު ކަލެޔަކީ ދެލޯ އަނދިރި މީހެއްތަ ތާރީހުގެ ކޮންމެ ފޮޅުވަތަކުންވެސް ރައީސް ޔާމީންގެންނެވި ތަރައްގީ އެހުރީ ފެންނަން ދުވަސް ކޮޅަކުން ކަލޯވެސް އޭގެ ބޭނުން ހިފާނެ ބަލަން މިތިބީ .
ކަލޯ އަމިތު ބޭޅާ ހަމަހޭ ބުއްދި ސަލާމަތުން އެބަހުރިތަ ހަމައެކަނި ފ އާ މީމައް ބެލިޔަސް ފަނަރަޔައް ވުރެ ގިނަވާނެ ހިސާބު ދަސްކުރީ އަދުރޭކާރިންޑޯ?
ކަލެޔަށް ލިބެނީ ކިތައް ވޯޓުތޯ ބަލާބަލަ އަމިއްލަ ރަށުން . މާ މޭފުއްޕާފަ ރައީސް ޔާމީން އާ ކުޅެން ނޫޅެއްޗޭ. އަމިއްލަ ދާއިރާ އިން ދެފަހަރު މަތީން ފޭއިލް ވެފަ ކަލޭގެ ބޭބެ ވެސް އޮތީ. ކަލެޔަށް ގައްދޫން އިން 15 ވޯޓުވެސް ލިބިޖިއްޔާ ރަގަނޅު.
ކަލެޔަށް ލިބެނީ ކިތައް ވޯޓުތޯ ބަލާބަލަ އަމިއްލަ ރަށުން . މާ މޭފުއްޕާފަ ރައީސް ޔާމީން އާ ކުޅެން ނޫޅެއްޗޭ. އަމިއްލަ ދާއިރާ އިން ދެފަހަރު މަތީން ފޭއިލް ވެފަ ކަލޭގެ ބޭބެ ވެސް އޮތީ. ކަލެޔަށް ގައްދޫން އިން 15 ވޯޓުވެސް ލިބިޖިއްޔާ ރަގަނޅު.
މީދެން ކާކު ސިޔާސީ ވާން. އެމް.އީ.އެސް ގައި އުޅުނު އިރު ބުސްތާން ރައީސް ކަމަށް ކުރިމަތިލައިގެންވެސް ނުހޮވުނު މީހެއް މީ. ހިތުން މާ މޮޅުވެގެން ދޫ ހެލޭތީވެ ޓީވީ ތަކަށް އަރައިގެން މޮޅެތި ވާހަކަ ތަކެއް ދައްކާނެ ކަމެއް ނެތް. ރައީސް ޔާމީނަށް ތާއިދު ކުރަނީ ތިއާއިލާއިން ވެސް ރައީސް ޔާމީނަށް ވޯޓް ދީފައި އޮތީ.
މީނަ ކީއްވެބާ ގައްދޫ ދާއިރާ އަށް ކުރިމަތި ނުލީ އެއީ މީނަގެ ރަށް... ރަށުން15 ހަމަނުވާނެތީދޯ އާ..ރަށުން މީހުންނައްތާ މީނަގެ ގޮތް އެގޭނީ.. ކަލެ އަށް ވ ސަލާމް