ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން، ޝަރީޢަތަށް ގެންދާނީ "ހަތަރެސްފައިގައި ހިލިހިލާ ޖަހައިގެން މަގުމަތީގައި ހިންގުވާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ، މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ކުރިން ތިމަރަފުށީ ދާއިރާ ތަމްސީލު ކުރެއްވި މުސްތަފާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ދިވެހި ދައުލަތުން "ވަގަށް ނެގި ފައިސާތައް ފެލާލާފައިވެސް" ހޯދާނެ ކަމަށާއި، އެމަނިކުފާނު ޝަރީޢަތަށް ހާޒިރުކުރާނީ، "ލުތުފީމެން ޝަރީޢަތަށް ހާޒިރުކުރި ގޮތަށް" ކަމަށެވެ.

"ރައީސް ޔާމީން ދިވެހި ދައުލަތުން ވަގަށް ނެގި ފައިސާތައް ފެލާލާފައިވެސް ހޯދާންނަން.. ޝަރީޢަތަށް ހާޒިރުކުރާނީ ހަތަރެސްފައިގަ ދަގަނޑު ހިލިހިލާ ޖަހައިގެން މަގުމަތީ ހިންގުވާފަ.. ލުތުފީމެން ޝަރީޢަތަށް ހާޒިރުކުރި ގޮތަށް...!!" މުސްތަފާގެ ޓްވީޓުގައި ވެއެވެ.

މުސްތަފާ ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީން ކުރެއްވި ވިޔަފާރިއެއް އަދި ކުރި މަސައްކަތެއް ފެންނާން ނެތްނަމަވެސް އެމަނިކުފާނު ރާއްޖޭގެ އެންމެ މުއްސަނދި ދިހަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމުގައެވެ. އެހެންކަމުން އެ ލިސްޓަށް އެމަނިކުފާނުގެ ނަންފުޅު އަންނާން ޖެހުނު ގޮތަކާއި މެދު މުސްތަފާ ވަނީ ސުވާލު އުފައްދާފައެވެ. މުސްތަފާ ވަނީ، މިދިޔަ މަހުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނާކާމިޔާބަށް ފަހު ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން އެމަނިކުފާނަށް ތަފާތުއެކި އިންޒާރުތައްވެސް ދީފައެވެ.

މުސްތަފާއަކީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އޭނާ ވަކިވެ ގޮނޑި ގެއްލިފައި ވަނީ، މާރިޗު މަހުގެ ތެރޭގައި ފާސްކުރި އެންޓި ޑިފެކްޝަން ބިލުގެ ދަށުންނެވެ. އެ ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.

ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގޮނޑި ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުން އަންގާ ހިސާބުން މެންބަރުންގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައެޅޭނެ ކަމަށާއި، ނަމަވެސް އެކަމާއި މެދު ހިލާފެއް އުފެދިއްޖެނަމަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް އަދި އެމައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މުސްތަފާގެ ގޮނޑި ގެއްލިފައިވާކަން އީސީން މަޖިލީހަށް އަންގާފައި ވާތީ އޭނާގެ ގޮނޑި ވަނީ ގެއްލިފައެވެ. އެންޓި ޑިފެކްޝަން ބިލުގެ ދަށުން އެހެން ބައެއް މެމްބަރުންގެ ވެސް ގޮނޑި ގެއްލިފައިވާއިރު، މުސްތަފާ އާއި އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، މި ބިލުގެ ދަށުން ގޮނޑި ގެއްލުނު މެމްބަރުން އަދި މެމްބަރު ކަމުން ވަތްކެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ފާފަޅޯ

  މުސްތަފާ ކަލޭ ޖެހޭނީ ތެޅިތެޅި ހުންނަން.

 2. ޢިބްރާ

  ޢެ ޒަމާން މާޒީވެ ހިގައްޖެ.
  ޢެއީ ރަންތިރީސް އަހަރުގެ މަންޒަރު. ޢެ ކޮއިމީ 2018.

 3. ޢީސީ

  ކަލޭތި ކާކު ފާޑުފާޑު ވާހަކަ ދައްކަން އިސްޤާޒީތަ

 4. ޢުނގޫފާރު ބަދަތްވެއް

  މުސްތަފާ މޮޔަވެބަލަ ޔާމީނު މަގުތަކުގާ ހިލިހިލާ ޖަހައިގެން ގެންދަން ޖެހޭނީ އަހަރެމެން ޖަލައްލާފަ ނޫނީ މަރާލާފަ

 5. ޝާނާ

  މުސްތޮފާ ކަލޭ ހިޔާލީ ފޮލާ ނުކައްކާ މައިތިރިވާންވެއްޖެ ތިޔަ ކިޔަނީ ޤައުމެއްގެ ރައީސެއްގެ ވާހަކަ ތިޔަ ކިޔަނީ ތިމަރަފުށީ މުސްތޮފާގެ ވާހަކަ އެއްނޫން ރައީސް ޔާމިންގެ ފަހަތުގަ އެތައް ދިވެހި ރައްޔިތުންނެއް އެބަތިބިކަން ހަނދަން ނައްތާނުލާތި!

 6. ޢަބްދުﷲ

  އެއްވެސް ހަމައެއް އުޞޫލެއްނެތި ޝަރީޢަތާއި ޤާނޫނާއި ޚިލާފަށް އަނިޔާވެރިކަމާއި ބޭއިންޞާފުގެ މަގުން އެއްވެސް މީހަކާއި މެދުގައި ޢަމަލުކުރުމަށް މީހަކު ނުވަތަ ބަޔަކު އެދުނު ކަމުގައިވިޔަސް އެއީ ބަލައި ގަނެވޭނެ ކަންކަމެއްނޫނެވެ. މީހަކު ކުށެއް ކޮށްފައި އޮވެއްޖެނަމަ، އެމީހަކަށް އެކުށަކަށް ކަނޑައެޅިފައި އޮންނަ އަދަބެއް، ޢުޤޫބާތެއް ދެވޭނެއެވެ.

 7. މާނީ

  މުސްތޮފާ ވިދާޅުވިއަސް ތީ ރަނގަޅުގޮތެއް ޔާމީނު ކަހަލަ އަނިޔާވެރި ވެރިއަކު ޖެހޭނީ ދެން ތިބިމީހުންނަށް އިބުރަތަކަށް ވާގޮތައް ގެންދަން

  • Anonymous

   ވިސްނާވިސްނާވެސް ޔާމީން އަނިޔާވެރިވީ ކިހިނެއް ކަމެއް ނޭންގުނު. ޤައުމު ފަސާދަ ކުރާ މީހުންނަށް އަބަދުވެސް ހީވާނެ މީހަކު ރަނގަޅަށް ކަމެއް ކޮއްފިއްޔާމު އެއީ އަނިޔާވެރިޔެކޭ. މިނޫން ދުވަހެއް އޮތްކަމެއް ލާދީނީ ފިކުރުގެ މީހުންނަށް އެއްގޮތަކަށްވެސް ނޭންގޭ.

 8. މޫސަ

  ތީދެން ކާކު ލަނޑާ މުސްތަފާ ދޯ

 9. ރަތްގަލަން

  މުސްތަފާ އިހަށް ތިޔަ ގަހުން ފައިބާބަލަ ހެޔޮނުވާނެ...! 24 ގަޑިއިރު ގަހުގާ އޮންނާތީ ތިޔަކަހަލަ ހުވަފެން ތިޔަ ފެންނަނީ.

 10. Anonymous

  މުސްތަފާގެ ތިހިރަ ނުބައިކަމުގެ ވާހަކަތަކުން ހަމަ އަޖައިބު ވެއްޖައިން

 11. މޮޔައިންގެ ސިޓީ އައްޑޫ ސިޓީ

  ދިވެހި ޒުވާނުންނައް! ޒުވާނެއްގެ ޙައިސިއްޔަތުން އަހަރެން އިލްތިމާސްކުރަން މީނާގެ ކަންތައް ނިންމާލުމަށް! ނޫނީ ފިތުނައިގެ ތޫފާނެއްގައި ޖެހި މިޤައުމު ހަލާކުވެ އަތުނުޖެހޭ ހިސާބަށް ގޮސްދާނެ! އަހަރުމެންގެ ކާބަފައިން މިގައުމަށްޓަކާ ލައްކަ ގުރުބާނީ ވަނީވެފަ! ވީއިރު މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ހައްގުގަ އެންމެމީހަކު ޤުރުބާންކޮށްލުމަކީ އެންމެ ރަނގަޅުގޮތްކަމުގައިދެކެން!

  • ބަލަަަަަާާާާ

   ބަހައްޓާ. އެެެހެން އުޅޭ މީހުންގެ ކަންތައް އެންމެ ރަނގަޅު ގޮތުގަ ނިންމަވާނީ މާތް ﷲ. އަހަރެމެންނަށް އޮތީ މިމީހުންގެ ވައްތަރު އިނގޭ އިރު މި މީސްމީހުން ދައްކާ ވާހަކަ ޤަބޫލު ނުކުރުމާ މިމީހުން އުޅޭ ހުތުރު އުޅުމަށް އެއްވެސް ގޮތަކުން އެއްބާރުލުން ނުދިނުން. އަދި މިމީހުންނަކީ ކިހާވަރެއްގެ ބައެއްކަން އަންނަން އޮތް ޖީލު ތަކަށް ފޯރު ކޮށްދިނުން. މިއަދު އެމީހުންނަށްވެސް ގަދަ ބަސް ބުނެވިދާނެ. ހިލިހިލާހޭ ބަތޭ ފަޅޮލޭ. އެކަމަކު ކާކަށް އިނގޭނީ މީނަޔަށް އޮތީ ކޮން ކަމެއް ކަން؟

 12. ކެރޭ އަބްދުﷲ

  ތިމަރަފުށީ މުސްތަފާ މޮޔަނުގޮވަބަލަ. ތިމަރަފުށީ މުސްތަފާއައް ބުނެލަން އޮތީ އަހަރެމެން ދިރިހުޓާ ރައީސް ޔާމީނާ ފޫޓަކާ ކާރިއައް ވެސް ޖެހިލަން ނުކެރޭނެއޭ. ރައީސް ޔާމީން ކާރިއައް ޖެހިލެވޭނީ އަހަރަމެން މަރާފަ.

 13. ޖައްބަރު

  މުސަތޮފާ ޖެހޭނީ ތިމަރަ ފަތްގަޑެއް ކަރުގަ އަޅުވައިގެން މަޖިލީހަށްދާން. އޭރުން ގިނަމީހުންނަށް އެގޭނީ ތިމަރަފުށީ މީހެއްކަން.

 14. ޜާކަނި

  މޮސްތޮފާ، ކަލޭތީ ތިހެން ކިޔަން އެންމެ ރަގަޅުމީހާ..ހެ.ހެ.ހޭ..... ކޮބައިތަ އެއްކަލަ އީރާނު ބޯޓު.....