އެއްވެސް މަގާމަގުން އިސްތިއުފާ ނުދެއްވާ ކަމަށާއި އިސްތިއުފާ ދެއްވި ކަމަށް ބުނެ ފަތުރެނީ ދޮގު ހަބަރެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އަޝްމަލީ ވިދާޅުވީ އޭނާ މަގާމުތަކުން އިސްތިއުފާ ދެއްވި ކަމަށް ބުނެ ޓްވީޓް ކޮށްފައި ވަނީ ފޭކް އެކައުންޓަކުން ކަމަށެވެ.

" އިސްތިއުފާ ދެއްވި ކަމަށް ބުނެ ޓްވީޓް ކޮށްފައި ވަނީ ފޭކް އެކައުންޓަކުން. އަޅުގަނޑު މިވަގުތު މިހުރީ ޗުއްޓީއެއްގައި. އެއްވެސް މަގާމަކުން އިސްތިއުފާއެއް ނުދެން." އަޝްމަލީ ވިދާޅުވި އެވެ.

ދިރާގުގެ ބޯޑުގެ ޗެއަރމަން ކަމާއި ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ވެރިޔާ މަގާމުވެސް އަދާކުރައްވާ އަޝްމަލީ ވިދާޅުވީ އޭނާ އިސްތިއުފާދެއްވި ކަމަށް ބުނެ ދޮގު ޚަބަރުތައް ފަތުރަމުންދަނީ ޕީޕީއެމް ނުވަތަ އަސުރުމާއިން ކަމަށް ބެލެވޭ ކަމަށެވެ.

އަޝްމަލީ ވަނީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ކުރެއްވި އިހްލާސްތެރި މަސައްކަތް، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ބަލައިނުގަތުމާ ގުޅިގެން ޕީޕީއެމަށް އިތުރަށް ހިދުމަތްކޮށް ދެއްވުމަށް ބޭނުން ނުވާ ކަމަށް ދާދިފަހުން ވިދާޅުވެފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފަށް އަޝްމަލީ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އިހުލާސްތެރި ކަމާއެކު އިންތިހާއަށް ބުރަކޮށް ސިޔާސީ ގޮތުންނާއި، ސަރުކާރުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަދި މެޑަމް ފާތުން އަށް މަސައްކަތްކުރުމުގައި އެންމެ ފަހު ވަގުތާއި ޖެހެންދެން ހުންނެވި ނަމަވެސް އެމަސައްކަތުގެ އަގުވަޒަން ކޮށްފައި ނުވާ ކަމަށެވެ.

މެސެޖްގެ ފޮޓޯއަކާއި އެކު މަހުލޫފް ކުރި ޓުވީޓުގައި މަހުލޫފް ވިދާޅުވީ އިންތިހާބުން ބަލިވުމުން އަޝްމަލީ ކޮށްދިން މަސައްކަތުގެ އަގުވަޒަން ނުކޮށް އެންމެ ފަހުން އަޝްމަލީ ވީ 'ގައްދާރަކަށް' ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފަށް ކުރި މެސެޖްގައި އަޝްލަމީ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރު އަދުލީ، ހާލިދު އަދި ރަހުމާ މުޅި އިލެކްޝަންސް ގަޑުބަޑު ކޮށް ދޮގު ހަބަރު ފަތުރަމުން ދަނީ އަބުރު ކަތިލަން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ އިންސާނުންކަމާއި މެދު އަޝްމަލީ ވަނީ ސުވާލު އުފައްދާފައެވެ.

އަޝްމަލީ މިހެން ވިދާޅުވިރު ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން ދިޔައީ އިންތިހާބު އޮޅުވާކުމަށް ދިވެހި ދައުލަތުގެ އިލެކްޓްރޯނިކް ވިއުގަ ބަލަހައްޓަމުން ގެންދާ އޮފީސް، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ މުހައްމަދު އަޝްމަލީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުގެ ސާވާއާއި އަޝްމަލީ ކުޅެމުންދާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެން

    ތިކަހަލަ ދެކޮޅައް ބައިއަޅައިގެން ދެކޮޅުންކާ އެތައް ބަޔަކު ޕޕމގަ އެބައުޅެ. ކެންޕޭންތެރޭ އަހަރެން މިވާހަކަ ބުނީމަ ދެން މަށަކައްނުގުޅަ ހީވަނީ މަށައްއެވާހަކަ ބުނެވުނީ ޢޭގެމީހަކާ ދިމާލައްހެން. ރ.ޔާމިނައް އެންގޭ ކައިރީގަ ނަގާކިޔަން ތިބީ ދެކޮޅައްކެންޑޭ މީހުންކަން އެކަމުވެސް އެމީހުންނައް ފުރުސަތެއްދިނީމަ ރަގަޅުވާނެ ކަމައްބަލައިގެން އެމީހުންގާތްކުރީ، އާހިރުގަ ވަފާތެރިންބޭރުވެ ދެކޮޅުންކާމީހުން އަތްގަދަކުރީ. ނަތީޖާއަކައްވީ ޕޕމ އާންމު މެންބަރުން ކުރި ބުރަމަސައްކަތް ނަތީޖާއައް ބަދަލުވުމުގެ ކުރިން ދެކޮޅުންކާމީހުން އިދިކޮޅުމީހުންނާ ގުޅިގެން ނާކާމިޔާބުކޮއްލީ. މިހާރު އެބަލަނީ އިދިކޮޅުން ރާހަެތެއްކުރާނެ ގޮތެއްފެނޭތޯ. ޕޕމ ބޮޑުޖަލްސާބޭއްވިރޭވެސް މިބުނާ ދެކޮޅައް ކެންޑޭމީހުން އިދި ކޮޅުމީހުންނާ ގުޅިގެން ވަރައްގިނަ އިންތިޒާމުތައް ދޯދިޔާކޮއްލި

  2. ޝާމާ

    ޗަކޮއި ދެންވެސް ވިސްނާ ބަޔަކު ޕޕމ ގެތެރޭގަ ބައިބައިވެން ފަތުރަން އެބި އުޅޭކަން. ދައްތަގެނަސޭހަތް މިހެންވިޔަނުދޭތި.

  3. ސީދިބޭ

    އަހަރުންނަށް ކީތް އިސްތިއުފާ ދިނިއްޔާ ނޫނީ ނުދިނިއްޔާ. މިފަހަރަކު ތީން އެކަކުވެސް ސަރުކާރު ތެރޭން ފެނިގެން ނުޥާނެ.، އެހެންވިއްޔާ އަހަރެމެން ނުފެންނާނެ. އޭގެ ހިތިވެސް ފެންނާނެ