ދަައުލަތުގެ ޚަޒާނާ ލޫޓުވާލި މީހުންގެ މައްސަލަތައް ބެލޭނެ ކަމަށާއި މުދާތައް ހޯދި ގޮތް ބުނެދޭން މަޖުބޫރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްޙާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއިލާ މީހެއްގެ ނަމުގައި ހުއްޓަސް މުދާތައް ހޯދިގޮތް ބުނެދޭން މަޖުބޫރުވާނެ ކަމަށާއި ލޫޓްވާލި އެންމެންގެ މައްސަލަތައް ބެލޭނެ ކަމަށެވެ. އަދި ސިޔާސީ ނިވަލަކުން މިކަމަކަށް ދެވޭނެ ފަރުވާއެއް ނޯންނާނެ ކަމަށާއި މިގޮތަށް ވައްކަން ކޮށްފައިވާ މީހުން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

އިލްޙާމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ވައްކަން ކޮށްފައިވާ މީހުންނަށް އެއްވެސް ޗޮއިސްއެއް ނެތް ކަމަށާއި ﷲ ގެ އިރާދަ ފުޅާއިއެކު ހުރިހާ ކަމެއް ބެލޭނެ ކަމަށެވެ.

އިލްޙާމް މިހެން ވިދާޅުވެފައިވާއިރު، އިންތިޚާބީ ރައީސްގެ ތަރުޖަމާން މާރިޔާ ދީދީވަނީ މީގެ ކުރިން ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އަދި މިކަންތައް އިންސާފުވެރިކަމާއިއެކު ތަޙްޤީޤް ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ކުރައްވާނެ ތިން ކަންތައްތަކުގެ ތެރޭގައި ސަރުކާރުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ހިމަނާފައެވެ. މީގެއިތުރުން ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ މީހުންނަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގާނޫނީ ރައްކާތެރިކަން ދޭނެ ކަމަށްވެސް އިބޫ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ގައިމު އަޑުއެހިން ތީނަ ވެސް މެމްބަރުންތަކާއެކު އޭތި ނެގިއޭ. ދެން އޭތި ނަގާފަ އަނެކަތި ކޮއްލާފަ ތިހުންނަނީ އެކަކައްވެސް ނޭގޭނެ ކަމައްދޯ .

  2. ޙަސަން

    ފުރަތަމަ ބަލަންޖެހޭނީ މީނާގެ މައްސަލަ. ޥަރަށް ސާފު

  3. އޮޅުވާލިވޯޓް

    ކުޑަރުފިޔާކޮޅެއްދެނިކޮށްތީގެއަޑުކެޑިދާނެ

  4. ރައިން

    ކަލޯ ދެއިރު ދަޅަައް ޕާޓިބަދަލްތިކުރަނީ ހަމަލޫޓުވައިގެން ހޯދައި ފައިސާއިންނޭ

  5. ވވ

    ކޮންމެ، ސަރުކާރަކުން ކޮއްކޮމެންނާއި ތިމާގަ މީހުންނަށް ނެތް ފެންވަރުން، ވަޒީފާ، ހަމަޖައްސަން، ތިކުރާ، މަސައްކަތް، ހުއްޓާލަބލަ،.

  6. ޑޭޝް

    ތިލިސްޓުގައި އިލްހާމްގެ ނަންވެސް އޮންނާނެތާ

  7. އަފްލާ

    ކަލޯ ރިޝްވަތުގެ ފައިސާއށް ވޯޓްދީ ގޮނޑި ވިއްކާ ހަދާފަ ކަލޭގެ ކޮރޕްޝަން މައްސަލަ އަހަރެމެންވެސް އަދި ބަލާނަން ހަމަ މިސަރުކާރުގަ

  8. Anonymous

    ދައުލަތް ލޫޓުވާލި މީހުންގެ މައްސަލަތައް ބެލުމަކީ އެއީ ކޮންމެ ދައުލަތަކުންވެސް އެއްމެ އިސްކަން ދޭންޖެހޭ ކަންތަކަށްވާއިރު އެއްމެ ފުރަތަމަ ބލަންޖެހެނީ ރައީސު ނާސިރުއާއި ރައީސު މައުމޫނުގެ ސަރުކާރުގައި އެއްމެބޮޑަށް ގައުމު ލޫޓުވާލި އިލްޔާސު އިބުރާހީމުފަދަ ބޭފުޅުންގެ މައްސަލައާއި އެމްޑީޕީ ސަރުކާރުގައި ޖީއެމްއާރ ވިއްކައި ބިލިޔަންސް ޑޮލަރތަކާއި ހުޅުމާލެއިން ކޮރަޕްޓުކޮށް ނގާފައިވާ ގޯތިތަކުގެ އަދި 400ފަޅުރަށް ނުގަވާއިދުން ވިއްކައި ބަނޑަށްއެޅި އެމްޑީޕީ އެކްޓިވިސްޓުންނާއި މިނިސްޓަރުންގެ ކޮރަޕްޓް ފައިސާގަނޑުގެ މައްސަލައިގެ އިތުރުން ރިޝްވަތު ކަޅުފައިސާއަށް ވިކިގެން ކޮޅުބަދަލުކޮށްފައިވާ މަޖިލިސް މެމްބަރުމްގެ މައްސަލަ ދޮތަ؟؟

    • މުދިމު

      އިލްހާމްބެއަށް ސާބަސް ރަނގަޅަށް ބަލަންވާނެ އަމީންދީދީން ފެށިގެން ސަލާމަިތްވާނެ އެއްގޮލާ ނުހުންނާނެ ވަކިމީހަކު ބަލަންއުޅެފިއްޔާ ކަޑަސޭޓު ލާރިހޯދިގޮތްވެސް ބަލާލަ ދެއްޗެ

  9. ރާޅު

    ގައުމް ލޫޓްވާލިކަމުގަވިޔަސް ރައްޔިތުންނައް ގެއްލުމެއްދިންކަމުގަވިޔަސް މިއިލްހާމް އޭގަހިމެނޭނެ މިއަކީ ވަފާދާރެއްނޫން މީ ޣައްދާރެއް

  10. ސީރިޔަސްލީ

    ދައުލަތް ލޫޓުވާ މީހުންގެ ތެރެއިން އެކަކު ތިވެސް، ކަލޭގެ މައްސަލަވެސް ބަލަންޖެހޭނެ، އަދި ދައުލަތަށް މިލިޔަނުން ދަރާތިބެ ބަޣާވާތް ކުރަން މަސައްކަތް ކުރި މީހުންގެ މައްސަލަވެސް ޖެހޭނެ ބަލަން

  11. އެޔާމީނު

    7 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ދައުލަތް ފޭރުނު ދުވަސް. މައްސަލަ ބަލާފިއްޔާ ހައްޔަރުވާނެ މީހުން ރައްޔިތުންނަށް އެބަ އެނގޭ. މަޖްލިސް ތެރެއިން ރާއްޖެ ޓީވީގެ ނަރު ކަނޑާލީ ކާކުކަން އެނގޭ. 8 މިލިޔަން ރުފިޔާއަށް ޖޭޕީއަށް ސޮއިކުރީ ކާކުކަން އެނގޭ. މިހާރު އެމްޑީޕީއަށް ހިތް ދޫވެއްޖެއޭ ކިޔަނީ ކޮން ބައެއްކަން ވެސް އެނގޭ.