އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފިއެވެ.
ދިވެހި ބަހުން މޯދީ ޓްވީޓެއް ކުރެއްވީ އިންޑިޔާގެ މިނިވަންކަމުގެ ޙަރަކާތުގެ ބައްޕަގެ ގޮތުގައި ސިފަކުރެވޭ މަހާތުމާ ގާންދީ އަށް އެންމެ ކަމުދިޔަ ލަވަ ކަމަށްވާ "ވައިޝްނަވާ ޖަނާތޯ" ދިވެހި ލަވަކިޔުންތެރިންތަކެއް ކިޔާފައިވާތީ އެކަމަށް އިޝާރާތްކޮށެވެ.
މި ލަވަ ކިޔާފައިވާ ދިވެހި ލަވަކިޔުންތެރިންނަކީ މުހައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާއެވެ.
މޯދީ ދިވެހި ބަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާންދީގެ ސުލްޙައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށެވެ.
"ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާއެވެ. ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދެއެވެ.
— Narendra Modi (@narendramodi) October 20, 2018
ގާންދީ އަށް އެންމެ ކަމުދިޔަ ލަވަ ދިވެހި ފަންނާނުންތަކެއް ކިޔާފައިވާއިރު، ގާންދީ ދުނިޔެއަށް އުފަންވިތާ 150 އަހަރު ފާހަގަކުރުމުގެ ގޮތުން މި ލަވަ 124 ގައުމެއްގެ ލަވަ ކިޔުންތެރިން ކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ދާދިފަހުން ވަނީ މި ލަވައިގެ މެޑްލީ ވާޝަނެއް ވެސް ނެރެފައެވެ.
ގާންދީ އާއްމުކޮށް ބައްދަލުވުންތައް ފެއްޓެވުމުގެ ކުރިން މި ލަވަ ވިދާޅުވާ ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ޢައްޗީ ޗީ ދިވެހި ބަސް ރޭޕް ކޮއްފި
ޢާން ދެން. ޢަހަރުމެން މީ އިންޑިޔާގެ އަވަށެއްވިއްޔަ. ވީމާ ދެން ވެރިމީހާ އެންމެންގެ ބަހުން ވާހަކަދައްކަންވާނެދޯ.
ތީ ނުރައްކާތެރި ކަމުގެ ސިގްނަލެއް އެމީހުންނަކީ މީދަލައްވުރެ އަވަހަށް ފެތުރިގަންނަ ބައެއް ދުނިޔޭގެ ޤައުމުތަކުން ފެންނަށްހުރި ހަގީގަތެއް
މަވެސް ކިޔަން ވ ގިނައިން މޯދީ މޯދީ އައިމީ މޯދީ ގެރިތައް ނުމަރާ މޯދީ ކައިގެންނޭ ގެރިމަސް ކަތިލައިގެންނޭ ކެވޭނީ
އިންޑިޔާ އަބަދުވެސް ދެކެނީ ރާއްޖެޔަކީ އެމީހުންގެ ތަނެއްގެ ގޮތުގައި. މިލިބުނު ފުރަސތުގެ ބޮޑުކަމުން އުފަލުން ދިވެހި ބަހުން ޓްވީޓެއް ކުރެްވިކަމީ އެމީހުންގެ ބާރު މިތަނަށް ފަތުރާލަން ތައްޔާރަށް ތިބިކަމުގެ ހެއްކެއް.
ޕޮލިޓިކަލް ސައިންސް ކިޔަވައިގެން ތިބި ބަޔަކު މިކަން ތަރުޖަމާކޮށްލުން ރަނގަޅު.
މިސާލަކަށް ޗައިނާއިން ދިވެހިބަހުން ޓްވީޓެއް ކުރިނަމަ ބުނާނެ އެމީހުންގެ ދަށުވެފައި އޮތްވަރު، އަދި ދިވެހިން ބިރުގަންނަންޖެހޭވަރު.
ދިވެހިބަހުން ޓްވީޓް ނުކުރައްވާ ދިވެހިންގެ މަލިކު ދިވެހިންނަށް އަބުރާދެއްވާ. ތީވެސް އަޅުވެތިކުރުމުގެ ޝައުގުވެރިކަމުގެ ދަށުން ކުރި މާނަ ފުން ސިޔާސީ ޓްވީޓެއް. ތި ޓްވީޓަށް ދިވެހިންގެ ހިތް ހަލާލެއް ނުލިބޭނެ. ދިވެހިން ބޭނުންވަނީ އިންޑިއާގެ ސިޔާސީ އަޅުވެތިކަމުން މިންޖުވާން
ތީމޮޔައެއް ކަންމީގެންވެސް މިއެގެނީ ހަމަމީހަކު ބުނާހާއެއްޗެއް ލިޔަން މީނާއޯކޭ އޯކޭނޫނީ ކަމާނުބެހޭ ކަންތަކާ ބޭހޭތީ
އައްދޭ ގާނދީގެ ސުލްހައިގެ ފަލްސަފާއެއް ނޫން. އެއީ އިސްލާމް ދީނުގެ ނޫރުން އައި ސުލްހަވެރިކަމާ ދަސްވި ސާފުތާހިރުކަމެއް. ގާންދީގެ ފަކްސަފާ ނަމަ އިންޑިއާ ތިހާ ނުތާހިރު ނަޖިސްކޮށް އޮންނާނެތަ؟
ވަރައް ރަނގަޅު ވާހަކައެއް
ރަގަލު ވާހަކައެއް
❤?
އައްދޭ ގާނދީގެ ސުލްހައިގެ ފަލްސަފާއެއް ނޫން. އެއީ އިސްލާމް ދީނުގެ ނޫރުން އައި ސުލްހަވެރިކަމާ ދަސްވި ސާފުތާހިރުކަމެއް. ގާންދީގެ ފަކްސަފާ ނަމަ އިންޑިއާ ތިހާ ނުތާހިރު ނަޖިސްކޮށް އޮންނާނެތަ؟
ތީ ހިންދީ ދީނުގެ މަދަހައެއް. ވިކިޕީޑިޔާ އާ ޔޫޓިބުން ބައްލަވާ ލައްވާ މާނަޔާއެކު!
މިނިކޮއި ނޫންނަމަ މަލިކުގެ ސަގާފީ ވައްޓަފާޅި އާއި ބަހރުވއިން މޮހަންމަދު ތަކުރުފާނުގެ ދިވެހިވަންތަކަން ރަމްޒުކޮށްދޭ
"ވައިޝްނަވް" އެއީ ހިނދޫން އަޅުކަން ކުރާ ކަލާނގެއެއްގެ ނަމެއް! ހިތާމަ ކުރަން އެފަދަ ލަވައެއް ދިވެހިންގެ ބަޔަކު ކީމަ! އަދި މޯޑީ އެ ލަވައަށް ތާއިދު ކުރީމަ! ކޮންފަދަ ބޮޑުވެއްޖެ ކަމެއް މީދެން!
ބިރުވެރި ނާމާން ޓުވީޓެއް ގައުމު އަޅުވެތިކުރުމުގެ އާބާބެއް އާދޮރެއް ވިސްނަވާށޭ ގައުމުގެ ދަރީން.
ވެއްޓމުންދާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމްށް ލިބުނު ރަނުގެ ފުރުސަތެއް މީ. ބިރުން ފިތްކަނޑައިގެން ދާވަރުވޭ. ކިހިނެށް ހަދާނެ ބާ!! މިތަނަށް.
މިދަނީ އިންޑިޔާގެ ނުފޫޒުގެދަށަ.
މިހާރު މީނަ މިއުޅެނީ އަހަރަމެންގެ ދިވެހި ބަސްވެސް ނިގުޅަންދޯ
މިއީ ކުފުރުގެ ލަވައެއް
ދިވެހިންގެ ބަޔަކު މިލަވައިގަ މި ގޮވަނީ ހިންދޫ ދީނަށް މީސްތަކުން ވަންނަން. މި ލަވަ ކިޔާފައިވާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭނެ. މުޝްރިކު މޯދީ މުސްލިމުންނަށް ހެވެއް ނޭދޭނެ.
https://en.m.wikipedia.org/wiki/Vaishnava_Jana_To
ތީ ނަޝީދު އެގޮތަށް ލިޔަން ދަސްކޮށްދިނީ، ދެން އޭނަ އެގޮތަށް ލިޔެފަ ޓްވީޓްކުރީ،
ދުނިޔެއިން އެންމެ ދެކެން ބޭނުންނުވާ ،މުސްލިމުންނަށް އެންމެ އަނިޔާވެރި ނުބައި ނުލަފާ ޖައްބާރެއް. އެތަށް މުސްލިމުންނެއް ބިކަހާލުގައި ޖައްސައި އަމިއްލަ ގައުމުގެ ދަފްތަރުން ފޮހެލައި ،އެތަކެއް މިސްކިތެއް ތަޅާ ލައި، ގައުމުގަ ހުރި އިސްލާމީ ތަރިކަތައް ފޮހެލި. މުސްލިމުންނާ ދުޝްމަން. ޔަހޫދީން. މި ގައުމަށް ކިހިނެއް ހަދާނެ ބާ މިފަހަރު. ރައްޔިތުން ސަމާލުވާންޖެހޭ!!
ދުނިޔެދުތް މުސްލިމުންނާ އެންމެ ދުޝްމަން މުނާފިގު ޔަހޫދީ.!!
ނުރައްކާތެރި ސިގްނަލް އެއް .މިނިވަންކަމުން އަޅުވެތިކަމައް ދާނަންހޭ ނުދާނަމޭ ބުނީ މައިނޯރިޓީ މެޖޯރިޓީ ބުނީ ދާނަމޭ
100% ގެރެންޓީ ތީ ކެރެފާ ނަސީމް ލިޔެދީފަ. މޯޑީ އަހަރެން ބަލަންހުއްޓާ އެފެންވަރަށް ލެޓިން އިން ލިޔެފަ ދެއްކިއްޔާ ގަބޫލު ކޮއްފާނަން.
މަހުފޫޅުގެ ކަމެއް މޯޑީ ނުވެސްދެނަހުރި
މިއީ މުސްލިމުންގެ އަދުއްވެއް.
ކޮބާބާ މީގެ މައްސަލައަކީ؟ދިވެހިން
އިނގިރޭސިބަހުން ވެސް ޓްއީޓް ކުރޭ.
ހޫން..ދެން އަހަރެމެން ވީ އެކަމާ އުފަލުން ބޮނޑިބަތް ކައްކާފަ ކަލެއަށް ކާން ދޭން؟ ކަހެރުވަކެކޭ ވެސް ހިތަށް ނާރާނެ ކަލޭ ކޮންމެ ކަމެއް ކުރިޔަސް
އިނގިރޭސި ވިލާތުންވެސް ދިވެހިބަހުން ބަޔާންތައް ނެރެއުޅުނު. ކެނެރީ އިންޑިޔާވީމާ އިންޑިޔާއިން ވެސް ނެރެނީދޯ؟
އަހަރުމެން ހައްދަން ކޮންމެހެން އުޅޭނެ ކަމެއް ނެތް. ހީކުރީތޯ ޖަޒީރާ ރަށްތަކެއްގައި އަހަރުމެން ދިވެހިން އުޅޭތީ މީ އެއްވެސް ތަނެއް ދޮރެއް ނުދަންނަ ބައެއް ކަމަށް. ވެރީ ސޮރީ ވީ އާ ނޮޓް ދެޓް ޑަމް.
ރޭޕު މޯދީ
މީނާ މިއުޅެނީ އަނެއްކާ ގުޖުރާތަށް ހެދި ގޮތް ދިވެހި ރާއްޖެއަށް ހަދަންތަ؟
ކިތަށް ދިވެހިން މަރަންބާ މިއުޅެނީ. ގުޖްރާތް ސްޓޭޓްއިން އެއްހާސް މުސްލިމުން މެރިގޮތަށް މިތާކު އެކުޅިއެއް ނުކުޅެވޭނެ.