ވަންނާނެ ޕާޓީއެއް ނެތިގެން ނާށިގަނޑު ހިފައިގެން ނުދުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ދާދިފަހުން މޫސަ ވިދާޅުވެފައިވާތީ އޭނާ މިހާރު ކޮޅު ބަދަލުކުރެއްވީ ކަމަށް ބުނެ މީސް މީޑިޔާގައި ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. މޫސަ މިވަގުތު ހުންނެވީ ޕީޕީއެމްގައެވެ.

މި ވާހަކަތަކާ ގުޅިގެން މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެމްބަރު 11 ގައި ހުވާ ކުރެއްވެން ވާނެ ކަމަށް ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ކުރި ސުވާލެއްގެ ޖަވާބުގައި ކަމަށެވެ. އަދި ވަންނާނެ ޕާޓީއެއް ނެތިގެން ނާށިގަނޑު ހިފައިގެން ނުދުވާ ކަމަށާއި އަދިވެސް ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ މަސައްކަތް އެބަޔަކާއެކީ ނުކުރާނެ މީހުން ކުރިން އިއުލާންކޮށްފައި އޮންނާނީ" ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރެއްވި މޫސަ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ހުވާ ކުރައްވާނެ ދުވަހަކާއި މެދު ސުވާލު އުފެދިފައިވާއިރު ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މީލާދީ ފަސް އަހަރު ކަމަށް ބުނެފައި އޮންނާތީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރ 17 ގައި ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނޮވެމްބަރ 11 ވަނަ ދުވަހު ހަމަވެ، އާރައީސަކު އެދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ސާބަހޭ މޫސާ

 2. ކުމާރު

  1ވަނަ ފަހަރު 1 ނޮވެމްބަރ ގަ މާލެއައް
  2 ވަނަ ފަހަރު 3 ނޮވެމްބަރގަ އައްޑޫއައް
  3 ވަނަ ފަހަރު 6 ނޮވެމްބަރުގަ ފުވައްމުަލަކައް
  4 ވަނަ ފަހަރު 9 ނޮވެމްބަރގަސޯމާލިޔާއައް
  5 ވަނަ ފަހަރު 11 ނޮވެމްބަރ ގަލޮޅު ދަނޑައް
  6 ވަނަފަހަރު 13 ނޮވެމްބަރގަ ބުރިޖުމައްޗައް
  7 ވަނަ ފަހަރު 17 ނޮވެމްބަރުގަ ވެލާނާ އެއަރޕޯޓް އިން މާފުށީ ޖަލައް. މީ އެލެކްސް ނަސީދު ރާއްޖެ އައުމައް ޝެޑިއުލް ކުރެވިފައިވާ ގޮތުގެ އެންމެ ފަހުގެ އަޕްޑޭޓް

  • މަމީވަގެއް

   ކުމާރު ޖޭވީދޯ ހެހެ އަންނާނެ އެހަމަ ޔަގީން ކަމެއް

 3. ރަދުން

  ސުޕުރީމް ކޯޓުން ހުވާކުރާނެދުވަހަށް ހައްލެއް ހޯދައިދޭންޖެހޭ. ވަހީދު އިތުރަށް ހުރީވެސް ހާއްސަ ހާލަތުގައި. މިހާރުވެސް މިއޮތީ ހާއްސަ ހާލަތެއް. ރިޔާސީ ދައުރަކީ 5 އަހަރު. އިބޫ 11 ގައި ހުވާކޮށްފިނަމަ ގާނޫނު އަސާސީގައި ބުނާ 5 އަހަރުގެ ދައުރާމެދު ސުވާލު އުފެދޭ.

 4. Anonymous

  ހުސްދޮގު ދެންނުވައްދާތި އެމް ޑީ ޕީ އަށް

 5. މާމިގިލީ މީހާ

  މޫސާ ކަލޭ ތިޔަހުރީ.. ކޮށި ދަޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަބު ގެއްލޭ ހިސާބުގައި.. ދެން ކަލޭ ޖަހާ ބެރަކަށް ނުނަސާނެ އެއްވެސް ޕާޓީއެއް...

 6. Anonymous

  މިހާރުވެސް ހުވައި ކުރެވިދާނެ

 7. ސޯޕް ލައިޓް ބްރަދަރ

  މޫސަ އަކީ އަބަދުވެސް ވަފާތެރިއެއްކަމަށް ކުރިންވެސް މިހާރު އަހަރެން ޤަބޫލުކުރަން.

 8. ހުސޭނު

  ޕާޓީ ބަދަލުކުރުމާ ނުކުރުމަކީ އަބަދުވެސް މެންބަރުންކުޅެން ބޭނުންވާ ކޫޅިޔެއް. އެހެންވެގެން އެންޓިޑިފެކްސަން ބިލާ މެންބަރުންއެހާ ގަޔާނުވަނީ. ހުވާކުރޭވޭނީ ވޯޓުން ވައްކަން ނުކުރާކަން ޔަގީންވާރައް އެމައްސަލަ ތަހުގީގުކޮއްދިނީމަ. އެކަމާނޫޅެ ހުވާނުކުރެވިގެން ތިއުޅޭއުޅުން ބަލައެއްނުގަނެވޭނެ. ވޯޓުން ވައްކަންކޮއްގެން އަންނަ ސަރުކާރެއް ބަލައިނުގަނެވޭނެ. އެހެންވީމަ މޫސަވެސް ކާސިމުވެސް ފުރަތަމައިނުން ބަލައިދޭންވީ މިމައްސަލަ ތަހުގީގުކުރަން އޭނޫން އިތުރު މުހިއްމުކަމެއް މިވަގު މިގައުމަކައްނޯންނާނެ. މިކަން ނުކުރެވިއްޖެޔާ ދަރިންގެ ދަރިންނައް މީގެ ގެއްލުން ފޫނުބެއްދޭނެ.