ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ދެއްކެވި ވާހަކަތަކާއި ގުޅިގެން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފާޑުކިޔުން މިނިސްޓަރ މުނައްވަރަށް އަމާޒުކޮށްފިއެވެ.

އެގޮތުން މުނައްވަރު އެކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ހިމެނޭ ޚަބަރެއް ޢާންމުކުރައްވާ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެއްވާ ކަމަކީ ފައިސާ ދޫކޮށްފައި މާފަހުން އެވާހަކަ ދައްކަވާތީ ކަމަށެވެ. އަދި އިންތިޚާބުން ބަލިވުމުން އީސީ ހިތިވެއްޖެތޯ އަލްހާންގެ ޓްވީޓުގައި ވަނީ ސުވާލުކުރައްވާފައެވެ.

"ހެއްވާ ކަމަކީ ފައިސާ ދޫކޮށްފައި މާފަހުން ތިޔަ ވާހަކަ ދެއްކެވީތީ. އިންތިޚާބުން ބަލިވީމަ އީސީ ހިތިވެއްޖެ ދެއްތޯ؟" އަލްހާންގެ ޓްވީޓުގައި ވެއެވެ.

އަލްހާން މިގޮތަށް ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ވަކި ބަޔަކަށް ފައިދާވާގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް އީސީން އެމް7 އާއި ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ އާއި އެކުގައި ކަމަށްވީނަމަވެސް، ހުއްދަ ދޭން ޖެހުނީ ބިޑުކޮށްގެން އެކަން ކުރުމަށް ވަގުތު ނެތުމުންނެވެ. ނަމަވެސް ބަޔަކު އެކަން ކޮށްފައި ވަނީ ކުރިއާލައި ރާވައިގެން ކަމަށް މިނިސްޓަރ ތުހުމަތު ކުރެއްވިއެވެ.

މިިނިސްޓަރ ވިދާޅުވީ، ވޯޓު ކަރުދާސް ޕްރިންޓުކުރުމަށް ބިޑުން އެންމެ މަތިން މާކްސް ހޯދާފައި ވަނީ ނޮވެލްޓީ ޕްރިންޓާޒް އިން ކަމަށެވެ. ނަމަވެސް އެންމެ ސެކިއުރިޓީ ފީޗާއަކާއި އެކު ބިޑު ހުށަހެޅުމަށް އަންގައި ކުއްލިގޮތަކަށް ފަސް ސެކިއުރިޓީ ފީޗާއަށް ބަދަލުކޮށް، އެގޮތުގެ މަތީން ވޯޓު ކަރުދާސް ޕްރިންޓު ކުރެވެން އޮތީ އެމް7 އިން ކަމަށް ބުނެ އެ ކުންފުންޏާއި ޕްރިންޓިންގް ޙަވާލުކުރީ އީސީން އެކަމަށް ފަހު ވަގުތު އެދުމުން އިތުރު ގޮތެއް ނެތުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސަބަބުތަކަށްޓަކައި ވޯޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ނާޖާއިޒު ކަންކަން ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެކަންކަން ތަހުޤީޤު ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރ މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އާންމު އާދުމީ

  އިއްރެލެވަންޓު މީހުން ރެލެވަންޓު ކުރުމުގަ ވަގުތުގެ އަތެއް އެބަ އުޅޭ!

 2. ކެޔޮޅު

  އަލްހާނަކީ ހަފުއް ކެހެރިއެއްކަން އަބަދުވެސް އެނގޭ އެހެނވެ ގޮވާހާ ކޮހަކައް އަތްނުޖެހީ އަލްހާނު އެހެރީ ސިޔާސީގޮތުން ކުރި އޮއްސިފަ!!

 3. ޢަހްމަދު މުހައްމަދު

  ޢަލްހަން ކަހަލަ މީހުން ލަދުގަނެބަލަ ތިޔަކަހަލަ ވާހަކަ ދައްކަން ކަލޭގެ ހާދަ ގޮތެއް ނެތޭ

 4. ޑޭންޖުރެސް

  ބްރިޖު ހަދަން އައި ޗައިނާ މީހުން މިޔަރު ބާނާ ކަމުގެ ޝަކުވާ ދޯ ތަމެންނަށް ތިޔާ ފެންނަނީ އޭގެ ބަދަލުގައި ރާއްޖޭގައި މޫދު ހިއްކައިގެން އަލަށް ހަދާ ފިނޮޅު ތަކަށް އެތައް ސަތޭކަ ރުށް ތަކާއި ގަސްތައް ދަ ރާއްޖެތެރޭން އުފުރާލައިގެން ގެންނައިރު އެކަން ތަމެންނަށް ނޭގެނީތޭ އެކަންކަމުގައި އެއްވެސް ރަށެއްގެ ކައުންސިލަރަކު ވެސް ޖޫރީމަނާ އެއް ނުވޭ ދޯ ދިސް ދަ ޖަޒީރާ ކޮންސެޕްޓް އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޔޫނޯ ތަމެން ހާދަ ގަމާރުވެފައި ދަ ބީތާއޭ ދޯ..

 5. Anonymous

  އަލްހާނު ކިޔާމީހަކު އުޅެނީ މަޝްހޫރުވާންތަ؟،؟ތިމަންނައަކީވެސް ހުރިމީހެއްކަން ރައްޔިތުންނަށް އަންގަނީތަ؟؟؟ އިބޫގެ ސަރުކާރުން މާގާމެއް ބޭނުންވާ ބޮޑުކަމުން އެއްކޮޅަށްއަރާ ތިންއިރަށްކާ ބޭސްގުޅައެއްހެން އަނގަ ވަޑުވަނީތަ؟؟؟ ކަލޭ ކިތައްމެވަރަކަށް އެމްޑީޕީ ރުހޭގޮތަކަށް ހަޅޭއްލެއްވިޔަސް ކަލެއަށް އެއަވެސް މަގާމެއް ނުލިބޭނެ، ރަޑޭރަޑޭވަނީ

 6. ސަލީމު

  ޙާދަގޮތެއްނެއް މީހެކޭ ކަލޭގެ ލަދުކޮބާ އަންނިއަށް ބަވާފަ ހުރިމީހަކަށް މޑޕ ގެ ސަޕޯޓެއްނުލިބޭނެ

 7. ކާފަދ

  ތި އަލްހާމާނަކު ރައީސް މީހާ ގަން ހިންގިއަސް އިބޫގެ ސަރުކާރުން އެސޮރަކަށް ފުރުސަތެއް ނެތް.

 8. ނަގޫރޯޅި

  ފިނޭސްއަކީ އޭސީސީއެއްނޫން. ވޯޓުކަރުދާސް ޕްރިންޓް ކުރަންފައިސާނުދީފިއްޔާ ގޯސްވާނީ ފިނޭންސް. ވަގުތު އޮއްވަ އެކަމާ ނޫޅެ އީސީ ތިބީ ވަކިބަޔަކުލައްވާ އެކަންކުރުވަން. ފައިސާދިނީމަކާ ނޫން ގޯސްވީކީ. ގޯސްވީ ވޯޓުން ވައްކަންކުރީމަ އެކަން ކުރީ އީސީއާ ކޯލިށަނާ ބޭރުގެ އަވައްޓެރި ގައުމެއްގަ އެހީގަ. ވޯޓުން ވައްކަންކޮއްގެން ހުވާކުރާ ރައީސްއެއްގެ ސަރުކާރު ތިކަންމެދުވަހެއްވިޔަސް ބަލައިނުގަނެވޭނެ. ކެރުމެއްހުރިއްޔާ ވައްކަން ކުރިގޮތް ތަހުގީގުކޮއް އިންސާފުވެރި އިންތިހާބެއް ނުބާއްވާހާ ހިންދަކު އާސަރުކާރައް އެއްބާރު ލުމެއްނުލިބޭނެ.

  • ބަލަަަަަާާާާ

   ވަރަށް ރަނގަޅު ވާހަކައެއް!

 9. ޏނނ

  ޢަލްހާން ބަލަ ކަލޭ ދުމިޔޭން މޮޔަވީތަ މާއަނގަ ދިޔާވެގެން ކުއްލިއަކަށް ތެޅެންފެށީ ތި އަތުގަހުރި ފައިސާ ކޮޅު ހުސްވީތަ

 10. ކަމަނަ

  ދެފުށުން ތަތްލާ....
  ދެފުއްކެހެރި.........

 11. ބޮޑިބަތް

  އަލްހާން ކައެތީ މޮޔައެއް ކައެ ދައްކާ ވާހަކަ ގަބޫލް ކުރާކަށް މީހަކު ނޫޅޭ

 12. ދީންވެރިން

  ކައެ ފެނުނަސް މަ ގާތައް ހާދަ ނައްޓަ އޭ

 13. ޝާޒް

  އަލްހާން އަކީ ހަމަ އަލްހާން. އަލްހާން ވާނީ ހަމަ އަލްހާނަށް. މީ ލައްކަ ވާހަކަ