މިހާރު އިއުލާނު ކޮއްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހާލު އަންނަނީ ގޯސްވަމުން ކަމަށާއި ނަދީމް ބުއިމަށް ސާފު ފެން ނުލިބޭ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަދީމުގެ ގާނޫނީ ވަކީލް ސިރާޖް ވިދާޅުވީ ނަދީމަށް ސާފު ބޯފެން ނުލިބޭ ކަމަށާއި، ބޯން ވެސް ލިބެނީ ފާހާނާ ސާފުކުރުމަށް ބޭނުންކުރާ ފެން ކަމަށެވެ.

"ނަދީމްގެ ސިއްހީ ހާލަތު ދަނީ ގޯސްވަމުން އަދި ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އަދިވެސް މިކަމަށް އިޖާބަދީފައެއް ނުވޭ" ސިރާޖް ވިދާޅުވިއެވެ.

ނަދީމަށް ސާފު ބޯފެން ނުލިބޭ މައްސަލަ ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީއަކުން ހުށައަޅާފައިވާނެކަމަށް ވިދާޅުވެ ސިރާޖް ވިދާޅުވީ ނަދީމު ހައްޔަރު ކުރި ފަހުން އަދި މިހާތަނަށް ތަހުގީގަށް އެއްވެސް ސުވާލެއް ކޮށްފައެއް ނުވާކަމަަށެވެ.

"ނަދީމަށް ސާފު ބޯފެން ނުލިބޭ މައްސަލަ ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީއަކުން މިހާރު ވަނީ ހުށައަޅާފައި, އަދި މީގެ އިތުރުން ފުލުހުން މިހާ ދުވަސްވިއިރު ވެސް ސުވާލު ކޮށްފައިނުވާތީ މިހާރު އެކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ވެސް ވާނީ ހުށައަޅުއްވާފައި" ސިރާޖު ވިދާޅުވިއެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، އެންމެ ފުރަތަމަ އެވެ. އެއީ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ އެވެ. އޭގެފަހުން ރައީސް މައުމޫން ހައްޔަރުކުރި އެވެ. ނަދީމު އަކީ ޔުމުނާ މައުމޫނުގެ ފިރިކަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކާފަ

    މާބޮޑު މައްސަލައެއްނޫން ތީކީ. އެންދެރިގޭގަވެސް އެސޮރަކީ ގެންގުޅޭ ބޮނދެއް. އެގޭ ބޭފުޅުންނަށްވުރެ ވަރަށް ގިނަ ކަންކަން ހަމަޖެހިފަހުންނަނީ ތަންކޮޅެއް ދަށްކޮށް.

  2. ހާމިދު ދާއީ

    ރަނގަޅުވާނެ. އޭނާއަކީ އެންދެރިމާގޭ ގައި ފާހާނާ ސާފުކުރަން އުޅުނު ކުއްޖެއް. އެހެން އުޅެނިކޮށް ޔުމްނާ މައުމޫނުގެ ފުރަތަމަ ފިރިކަލުން ވަރިކުރުމުން، ޑިޕްރެޝަނަށް ވަޑައިގަތުމުން ކައިވެނި ބައްލަވައިގަތީ މި ނަދީމް އެވެ.

  3. ސިއުނާ

    ނސީބެއްނު އެވެސްލިބޭކަން

  4. Anonymous

    ނސީބެއްނު އެވެސްލިބޭކަން

  5. ސަލީމު

    ނުބައިކޮށް ސުރުޙީގަ ތީނީ ރަގަޅުގޮތަކީ ފާޙާނާ ސާފުކޮށްފަ ހުންނަފެން

  6. އޯޑަރު

    އޭނައަށް ވަކި މިނަރަލް ވޯޓަރ ބޯން ދޭން ޖެހޭތަ؟ ޖަލުގަ އެންމެންވެސް ވާން ޖެހޭނީ ހަމަހަމަ. ނަދީމަކަސް މައަުމޫނަކަސް..!

  7. ފައިޒް

    ހިމޭނުން ހުރިނަމަ މިނިރަލް ވޯޓަރ ލިބުނީސް..

  8. ޓރ

    ކޮބާ މައްސަލަ އަކީ؟

  9. ހަސަން

    މަސްއަލައެއްތަ؟ މިގައުމުގެ ޖަލަށް އަލަށް ބަޔަކު ލެވިގެންތަ މިއުޅެނީ، މިގައުމުގެ 30 އަހަރުގެ ދިގު ތާރީޚު ގަ ޖަލުމީހުންނަ ބޯންދިނީ ޒަމް ޒަމް ފެންތޯ

  10. ޕޮފުބާ

    ބަރާބަރު

  11. ހުސޭނުބޭ

    ވީމާ ބޭރުގެ ޑަކްޓަރުންގެ އެޕްރޫވަލްއާއެކު މިނެރަލް ވޯޓާ ކިޔާ ބައްޔެއްގެ ބޭހަށް އަވަހަށް ޔޫކޭއަށް ކަނޑާލާ!

  12. 212

    ދުންޔަަ މައްއުމޫން ފިރިމީހާ ނެރޭކައް ގޮއްވަ އެއް ނުލާ ކީ ވެބާ !!

  13. އެއްމެން

    އަހަރަމެން ވަކި ބޮނީ ކޯޗެއް؟ އަހަރަމެން ބޯފެނުންވެސް ފާޚާނާ ސާފު ކުރެވެޔޭ!

  14. ޢަލީ އަޙްމަދު

    ޔާމީނު ފެންވަރަނީވެސް ފާހާނާ ސާފުކުރަނީވެސް މިނަރަލް ވޯޓާއިން، އެހެންކަމުން ޔާމީނު ބޮނީވެސް ފާހާނާވެސް ސާފުކުރާ ފެނުން. ކިހާބޮޑު ވެލާއެއް. ނިކަމެތިން ނިކަމެތިންގެ ގޮތުގައި، ވެރިން ޖަލުގެ އޭސީ ރޫމުގައި. ރައްޔިތުން (ވެރިންނޭކިޔާ ބައިގަނޑު) ބިންމަތީގައި

  15. އ މ ރ ބ

    އެބުނާހެން ނަސީބެއްނު އެވެސް ދޭކަން ،،،

  16. ބާބަ

    މައުމޫން އަބްދުއްޤައްޔޫމްގެ 30 އަހަރުގެ ދިގުވެރިކަމުގަ ޖަލުގެކަންދީ ބޯންދީ ހެދީ މާރަގަޅައްބާ

  17. ކާކޫ

    ފާޚާނާ ސާފު ކުރަން ބޭނުން ކުރާނީ ރީތިފެން