އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ދިވެހި ބަހުން މިއަދު ކުރެއްވި ޓުވީޓަކީ ބިރުވެރި މަންޒަރެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާދަމް ސިފަކުރައްވައިފިއެވެ.

މޯދީ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ، "ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާކަމަށެވެ. އަދި ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށް މޯދީގެ ޓުވީޓުގައިވެއެވެ.

އިންޑިއާގެ މިނިވަންކަމުގެ އަސްލުކަމުގައިވާ އެގައުމުގެ ބަތަލު މަހާތްމާ ގާންދީގެ ފަލްސާފާއާއި ދިވެހިންގެ ދިރިއުޅުމާއި ގުޅުވާފައި މޯދީ ކުރެއްވި ޓުވީޓަށް އިޝާރާތް ކުރައްވާ އަލީ އާދަމް ވިދާޅުވީ، ދިވެހިންނަކީ އެހެން ޤައުމެއްގެ ބަޔަކު ބުނެގެން އެމީހުންގެ ދިރިއުޅުން އުޅެން ޖެހޭ ބަޔެއް ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި ދިވެހިރާއްޖެއަކީ އަލިރަސްގެފާނާއި ގާޒީ ރަދުންނާއި ދޮންބަންޑާއިންގެ ލެއިން ފެންދެއްވައިގެން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވި ގައުމެއް ކަމުގައި އަލީ އާދަމް ވަނީ ވިދާޅުވެފައެވެ.

"ދިވެހިންނަކީ އެހެންބަޔަކު ބުނެގެން އެމީހުންގެ ދިރިއުޅުން އުޅެން ޖެހޭނެ ބަޔެއް ކަމަށް ގަބޫލެއް ނުކުރަން. ދިވެހިންނަކީ އަލީ ރަސްގެފާނާއި ޤާޒީ ރަދުންނާއި ދޮންބަންޑާރައިންގެ ލޭއިން ފެންދެއްވައިގެން އަޅުގަނޑުމެންނާއި ހަމަޔަށް ގެނެސްދެއްވި ޤައުމެއް. މީ ބިރުވެރި މަންޒަރެއް" އަލީ އާދަމްގެ ޓްވީޓުގައިވެއެވެ.

މޯދީގެ ޓްވީޓާއި ގުޅިގެން އަލީ އާދަމް އާއި ސަރުލާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ފާޑުވިދާޅުވެފައިވާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ އެއީ އުފާވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޑޮންޑޮން

    ދިވެހި ބަހުން އެކަންޏެއްނޫން. މިހާރުވެސް ޓްވިޓާ ބަލާލަބަލަ އަޅެ. އޭނަ އެކިއެކި ގައުމުގެބަސްބަހުން ޓްވީޓް ކުރި، އެއީ ޕްރޮމޯޝަނަލް ސްޓަންޓެއް. ޕެރަނޮއިޑް ވިއަސް ތަންފުކެއް ބޮޑުވަރު.

  2. ތެދު

    މޯދީގެ ޓުއިޓް ފުރަތަމަ ފަހަރަށްވެސް އަޅުގަނޑަށް ފެނިފައި ވަރަށްވެސް ކުރެވުނީ ވަރަށް ބިރުވެރި އިހްސާސް އެކެވެ.

    ދިވެހިބަހުން މޯދީ ޓުއީޓް ކުރެއްވުމުން އަޅުގަނޑަށް އިހްސާސްކުރެވުނީ އިންޑިއާއިން އެމީހުންގެ "ވެރިކަމުގެ ދަށުގައިވާ އަވަށެއް ގޮތުގައި" ދެކޭ ކަމުގެ އިހްސާސްއެވެ.

    ހުރިހާކަމެއް އެންމެ މޮޅަށް ދެކެދެނިގަންނަވާ ރަސްކަލާކޯ މި ދިވެހިރާއްޖެ ބޭރުޤައުމުތަކުގެ ނުފޫޒުން ސަލާމަތްކުރައްވާ ފުރިހަމަ މިނިވަންކަންމަތީ ލަހައްޓަވާށި. އާމީން.

  3. އަހުން

    ތިގޮލާ މަލޭ އައިސް ކަޑާގަ އުޅުން އިރު ދަސްކުރި ދިވެހި ލިޔަން އަދި ކިޔަންވެސް

  4. ާއަސުރު

    ޢަލިއާދަމްކަންބޮޑުވާންޖެހޭސަބަބެއްނެތް

  5. ާއާޒަރު

    ޓިޔަ ދައްކަވަނީ ކަނޑުކޮސް ވާހަކަ

  6. ބުއްޅަބޭ

    މިފަސްއަހަރުތެރޭ ދިވެހިރާއްޖޭގައި އިންޑިޔާގެ 4000 އާއިލާ ވަޒަންވެރިކުރާނެ، އަދި އެމީހުންގެ ސަލާމަތައް މިތާ އިންޑިޔާ ސިފައިން ތިބޭނެ!

  7. މޫރިތި

    ވަރަށްވެސް ބޮޑު ތެދުފުޅެއް. އުޑުމަތި ބަނަވާން ފަށާފި ކަމުގެ މަލަމަތި ފެންނަން ފަށާފި. ސިންގާތައް ޝިކާރައަށް ތެދުވެއްޖެ. ހުޅުވުނު ފުރުސަތުގެ ބޮޑުކަމުން. މާތްﷲ މިޤައުމު ރައްކާތެރި ކުރަށްވާށި. އާމީން.

  8. އެންދެރި

    ޙަތަރެސް ކަން ހަމަވީ އަދިވެސް ހޭނާރާ

  9. އަޙްމަދު

    މިއީ ހިންގަން އުޅޭ ބޮޑް ކަމެއްގެ ފެށުންކަމަށް ވެދާނެ!

  10. އެމްބަސީދަވާލި

    ތިބޭފުޅުން އެހެންވިއްޔާ ދެން އިނގިރޭސި ބަހުން ޓްވީޓް ނުކުރައްވައްޗޭ! އިނގިރޭސިން ގެ ދައުލަތް އެލާރޓަށް އައިސްދާނެ!

  11. މައިންޑް

    ދިވެހިންނޭވެ. މި ޖަޒީރާ ގައުމު ހިމެނެނީ އޭޝިޔާ ބައްރުގައެވެ. މިއޭޝިޔާހިމެނެނީ ދުނިޔޭގެ ބަޔޮސްފެއާގައެވެ. ޓެކަނޮލޮޖީ ކުރިއަރައިގެން އައިސް ދިވެހިންނާއަރާހަމަކުރީ ދިވެހި ސަގާފީ ބަހާއެއްގެ ގޮތުގައެއްނޫން އެހެނަސް އެ އަށް މުޅިދުނިޔެވެސް ޖެހުނީ ސަގާފަތްދޫކޮށް އާ ބަހެއް ހަދާށެވެ. މިގޮތުން ބަވަނަވުން ފަދަ ބަހެއްއީޖާދުކުރީ އެވެ. މިހުރިހާ ކަމެއް ހިގާއިރު މުޅިދުނިޔެއަށް އެއްބަޔަކުދަނީ އެބައެއްގެ ބަސް ވިއްކަމުންނެވެ. މިހާރު ދުނިޔޭގެ މާކެޓްގަ އުޅެވޭނީ އިތުރު ބަސްތަކެއް އެނގިގެންނެވެ. ޢަދި ސްޕެނިޝް ފްރެންޗުފަދަ ބަސް އެނގުމަކީ އެމީހުންގެ ފަހުރަކަށް ވީހިނދު ގައުމެއްގެ ބޮޑުވަޒީރަކު ދިވެހިބަހުން ޓްވީޓެއްކުރުމުން އަޅުގަނޑު ވ އުފާވެއްޖެ. އިނގިރޭސިބަހުން އަޅުގަނޑު ވާހަކަ ދެއްކުމަކުން އިނގިރޭސި ރާނީ ކަންބޮޑުވަންޏާ އެކަމަނާ ޒެނޮފޯބިއާ އަށް ޕޮޒިޓިވްވީ

  12. ސަލީމް

    ޓްވީޓް ކޮށްގެން ހުރޭ. ރީތި ރޯގާއެއްގަ ދާނެ