ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންނަށް ސަރުކާރުގެ ތެރެއިން އިތުރު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ އެހެން ވިދާޅުވެފައިވަނީ "އިންޓަނޭޝަނަލް ހޯމް ބޭސްޑް ވޯކާސް" ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އިބޫ ވިދާޅުވީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންނަކީ މުޖުތަމައުގައި އިސް ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން އެމީހުންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

"ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަކީ މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް. އަޅުގަނޑުމެން އެމީހުންނަށް އިތުރު އެހީ ފޯރުކޮށްދޭނަން. ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ދުވަހުގެ ތަހުނިޔާ ހައްގުވެރިންނަށް އަރިސްކުރަން" އިބޫގެ ޓްވީޓުގައި ވިދާޅުވިއެވެ.

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވުމަށް ފަހު، އިބޫ ގެންދަވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ހިޔާލު ހޯއްދަވަމުންނެވެ.. އަދި އިބޫ އެކުލަވާލައިފައިވާ ޓްރާންސިޝަން ކޮމިޓީތަކުން ވަނީ އޮމާން ޓްރާންސިސަންއެއް ގެންދިޔުމަށް މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ގޭގައި ތިބެގެންވެސް ގެއިން ބޭރުގައިތިބެ ކުރާމަސައްކަތަކަށްވެސް ނިމުނު އިންޔިޚާބުން ރައީސަކަށް ހޮވުނީ ތިޔަ އިބޫސާލިހުކަމަށް އަހަރުމެން ގިނަރައްޔިތުންނަށް ގަބޫލުނުވާތީ ތިބޭފުޅާގެ ފަރާތުން އެއްވެސްއެހީހެއް ބޭނުމެއްނޫން، އަހަރުމެން ރައްޔިތުންނަށް އެއްވެސްކަމެއް ކޮށްދެންޏާ ތިބޭފުޅާ ކޮށްދެއްވަންވީކަމަކީ އިންސާފުވެރި ދެފުށްފެންނަ އިންތިޚާބެއް ބެއްވުމަށް އެހީތެރިވެދޭންވީ، އަހަރުމެން އެއްމެފަހުން އެޅި ވޯޓު ގުނާފައިވަނީ އަހަރުމެން ވޯޓުއެޅި މީހާއަށްކަމާއިމެދު ޝައްކުއުފެދޭ

 2. ވަހީދު

  އިބްރާހީމު މިއީ ހަމަ ބޭފުޅެއްބާ؟ އެއްފައި ކުޑަދޮރުން ބޭރަށް ލައިގެން ގިނަ މީހުން ނިދަނީ. ހަމަ އެކޮޓަރީގައި ކައްކައި ކަނީ. ދެން އެތާނގަ ކޮން މަސައްކަތެއް ކުރެވޭނީ. ބޭކާރު ވާހަކަ ނުދައްކައި ބޯހިޔާވަހިކަން ކަށަވަރު ކުރެވޭތޯ އުޅެބަލަ.

  • ށަމު

   ޤަބޫލު ކުރަންޖެހޭ ހަގީގަތަކީ، ކިތަންމެ ދަތި ތަންކޯކޮޅުގައި އުޅެމުންވެސް އާމްދަނީ ހޯދަން ގޭގައި މަސައަކަތް ކުރާ މީހުން މަދު ނޫންކަމެވެ.

  • އިބުރާ

   ފުރަތަމަ މަސައްކަތް ކުރުމަށް ފުރުސަތުދީ، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ފްލެޓް ކެޓަގަރީވެސް ފަހަރުގަ އޮވެދާނެ ތޯއްޗެއް، އޭރުން އެއީވެސް ވަރަށްބޮޑު އެހީތެރިކަމެއް

 3. Miadhu

  ތިއީވެސް ރިޔާސީ ވަޢުދެއްތަ؟

 4. ފާތުން

  އިބޫ އަޅުގަނޑުމެން ނަށް ކަމެއް ކޮށްދެންޔާ ކޮށް ދޭންވީކަމަކީ ބޯހިޔާ ވަހިކަން މިއާއިޅާއިންވެސް 17 މީހުން ފުޅެޓަށް ފޯމްޅި ނަމަވެސް ހިތާމަޔަކީ މިއިން އެއްވެސް މީހަކަށް ފުޅެޓެއް ނުޅިބެއި ކުޑަދެކުދިންނާއިގެން ވަރަށް ނިކަމެތިހާޅްގައި އުޅޭއެކަނިވެރި މަޔެއްވެސް އެބަހުރި އަދި ހާއްސަ އެހީއަށް ބޭނުންވާ ދެއާއިޅާވެސް ވޭ މީގެތެރެއިން ކޮމްމެސްބަޔަކަށް ފުޅެޓު ޅިބޭގޮތް ހައްދަވާދެއްވާ މިފުޅެޓް ދީފަހުރީ އެއްވެސް އިންސާފަކުންނޫން ޅިބުނު އާއިޅާއްޅިބުނު ނުޅިބޭ އާއިޅާތަކަށް ވަރަށްބޮޑޮދެރައެއް މިކަންކަން ރަންގަޅަޔަށް ބެއްޅެވުމަށްފަހު އިންސާފުވެރިގޮތަކަށް ކުރެއްވުމަކީ ރައިޔަތުން ވަރައް އެދޭކަމެއް ޝުކުރިއްޔާ

 5. ޤސމ

  ނަހަލާލު ރައީސް ކޮންހާ ފޮންޏެއްކަނޑާކަށް ވޯޓުން ވައްކަންކޮށްފަ! ތިޔައީ ދިވެހިން ވެރިކަންކުރަން ވޯޓުދިން މީހެއްނޫން!

 6. މޫސަ

  ޢިބޫ. ދައުރު ނިމޭއިރު މަނިކުފާނުގެ ވަޢުދުތަކުގެ 50% ވެސް ހާޞިލް ނުކުރެވޭނެކަން ޔަޤީން
  ރާއްޖޭގެ 187 ރަށަށް އެރިއިރު އެއިން ކޮންމެ ރަށަކަށް ޚާއްޞަކޮށްގެން 3 ނުވަތަ 4 ވައުދު ވެފައި އެވޭ. ފަސް އަހަރުގެ ދައުރު ނިމޭއިރު މިކަމެއް ނުވާނެ.

 7. ޒާ

  ތިވަރަކުން ނުފުދެއެވެ. ހާދަހާ ވައުދެއް ވިއެވެ. އޭރު ވީ ވަޢުދު ތަކުގެ މަތީން ހަނދާން ނައްތާ ނުލާއްޗެ. ހުވާކުރާ ދުވަހުން ފެށިގެން ވައުދު ފުއްދަން ފަށާށެވެ. ފޮތިތަކުގައި ލިޔެވުނު އެއްޗެއް ހަނދާން އެބަހުރި ކަމަށް ހީކުރަމެވެ.

 8. ގިބޫ

  އިބޫ ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަށް ކޮށްދޭނެ އެހީއެއް ނޭގޭ. އިބޫއަށް ވޯޓު ލިބި ވެރިކަމެއް ލިބުމުގެ މާނައަކީ އިބޫ ސުޕަމޭންއަށް ވީކީނުން. އިބޫ ކުރަން ޖެހޭކަމުގެ ވާހަކަ ނުދައްކާ ނުކުރާނެ ކަނތަކުގެ ވާހަކަ އެނގެން މުހިއްމު. އެއީ އިބޫ ކަންތަކެއް ކުރީމާ ވާނީ ނުބާ. އިބޫޖެހެނީ މިހާރުވެސް ސަރުކާރުން ކުރާ ކަންތަށް ވީހާ މަދުކުރުން. ސަރުކާރުން ކުރާކަނތަކާ ބެހޭބެހުން މަދުވާވަރަކަށް ރައްޔަތުން ކުރާނެ ކަންތަ ގިނަވާނީ

  • އަލީ

   އަމިއްލަ ގޭގައި ކުރާ މަސައްކަތަށްވެސް މުސާރަ ލިބޭގޮތް ހަމަޖައްސަވައި ދެއްވާ
   އެއިރުން އެއިރުން ރީނދޫ ހުންޖެހިގެން ތިޔަފަރާތަށް ތާއިދު ކުރާމީހުން އިތުރުވާނެ ކަމަށް ލަފާކުރުެވޭ

 9. ާނަަަަަަަަސަަަ

  ސަަަބަހެެެ