ދިވެހި ގައުމަށް ތިމާގެ ހިތުގައި ކުލުނެއް އޮތް ދިވެއްސެއް ނަމަ ، މިފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކާއި މެދުގައި ފުންކޮށް ވިސްނާލަން އެބަޖެހޭ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުލްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

"ދިވެހި ގައުމަށް ތިމާގެ ހިތުގައި ކުލުނެއް އޮތް ދިވެއްސެއް ނަމަ ، މިފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކާއި މެދުގައި ފުންކޮށް ވިސްނާލަން އެބަޖެހޭ. މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ. ނުދާނަމޭ. ފިނި ހިޔަލަކުން ހަދަ ހޫނަކަށް ދާނަންހޭ ނުދާނަމޭ" އަބްދުލްރަހީމް މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިއަދު ދިވެހި ބަހުން ކުރެއްވި ޓްވީޓާއި ގުޅިގެންނެވެ.

މޯދީ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ، "ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާކަމަށެވެ. އަދި ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށް މޯދީގެ ޓުވީޓުގައިވެއެވެ

އަބްދުލްރަހީމް މޯދީގެ ޓްވީތަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމްވެސް ވަނީ މޯދީ ދިވެހި ބަހުން ޓްވީޓް ކުރެއްވުމަކީ ބޮޑު ބިރުވެރިކަމެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި ގެނަމަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާންވެސް ވަނީ މޯދީގެ ޓްވީޓާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެެވެ. އެގޮތުން ޖަމީލް އުސްމާން ވިދާޅުވީ މިނިވަން ކަމުގެ އަގު ވަޒަންކުރަން ޖެހޭނީ އަޅުވެތިކަމުގެ ރަހަ ރަނގަޅަށް ކަރުގައި ލީމަތޯ ސުވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވަކަބެ

    ސާހިބާ އިވިފަވާ އަޑާ މަންޒަރާ ތިބޭ ފުޅުންގެ މުއްސަދި ކަމަށް ބަލާފަ އޭ ބަލަގަ ގޮތް ނިންމީ... މިކަން ހަޖަމު ކުރައްވާ...

  2. ފައިސަލްކޮއި

    އަޅުގަނދު ބުނެލަން އޮތި އަދުރޭ މިހާރު ގައުމަް މާރަނގަޅުވެގެން މާއިނޮސެންޓް ވެގެން އުލޭނެކަމެއްނެތް.. ގައުމުން މިހާރު ލާރި ނުކެވޭނެކަން އެންގުނީމަ މިހާރު ގައި ފެންނަހެން ހީވަނީތަ ދެން އެކަމު ފެްނާނި ގޮޅި އިންގޭތޯ..ކޮންތކުން ހޯދި ފައިސާއަކުންތޯ ރޭންޖްރޯވާ ގަތީ ކޮންތާކުން ހޯދި ފައިށ އަކުންތީ އައުޑި ގަތީ ކޮނތާކުން ހޭ ޖޫކް ކާރު ގަތީ ކޮންތާކުންހޭ ޑެމިއޯކާރުގަތީ ކޮންތާކުން ހޯދިފައިސާއަކށްޯ ފޮލެޓްގަތީ ދައިފުޅު ފައިސަް އަށް ހާބަރުން 4 ފްޑްކޯޓް ހޯދައިދިނީ ކިހިނަކުންތޯ މީ ހުސް ސުވާލު މިކަން ނުވަނޏާ ގައިމަށް އިހާނާޔްތެރިވާހެން ހީމާނެ ހަހަހަ

  3. ޒަރީރު

    ބަލަ އަދުރޭ މީ ކަލެއާއި ނިހާން އާއި ދެމީހުންގެ އެކަނި ގައުމެއްތަ؟އަހަރުމެންގެވެސް ގައުމޭ.މޯދީ އަށްވުރެން ކަލޭމެންގެ ބަލާ މާބޮޑު.ކިހިނެއްވެގެންތަ ތިއުޅެނީ އަދިވެސް ކެވުނުވަރުމަދުވެގެންދޯތިއުޅެނީ.ކަލޭމެންގެ ބަހަށް ހެއްލިގެންއުޅުނީމަ ޔާމިން ދެވެނަ ދައުރަކަށްވެސް ނޮހޮވުނީވެސް.ބަލިވީމަވެސް ނޫޅޭ މައިތިރިވާކަށް.މިދެމީހުންގެ ކިބައިން ކޮންއިރަކުންބާ މިގައުމު ސަލާމަތްވާނީ.މިހާރު އެއުޅެނީ ބޯހަމަނުޖެހޭ ކުދިންކޮޅެއްލައްވާ ޔާމިންއަށް ތާއީދު އޮތްކަންދައްކަން ވޯޓުން އޮޅުވާލީއޭކިޔާ ކޮންމެރެޔަކު ކޮންހާ ސަކަރާތެއްޖަހާކަށް.އަމިއްލަ އަތޮޅުން ވެސް ތާއީދުލިބުނީއަކީނުން އިދިކޮޅަށްވުރެ.ދެން ކޮންމުންޖެއް ކިޔާކަށް.

  4. ތިލަދުންމަތި

    އަދުރޭމެން ވައްކަންކުރީ ފެންނަ މަންޒަރުތަކާ އިވޭ އަޑުތަކައް ބަލައިގެ ހެއްޔެވެ.

  5. ސަރޫ

    ދިވެހިގައޮމަށް ކުޑަވެސް ކުލުނެއް ހުރިނަމަ ބޮޑުތަނުން ބަލިވީމައި ތިވައްތަރަކަށް ނުތެޅޭނެ.

  6. ނީބުމަ

    މިހާރަކު ތިޔައަޑުއިވެކަންފަތެއް ފެންނަލޮލެއް ވިސްނާ ސިކުނޑިއެއްނެތް. މިދިވެހިރާއްޖޭގެ ރައްޔިތުން 1980 އިގެއަހަރުތަކުން ފެށިގެން ިންޑިއާގެ ސަގާފަތްތަކަށް އެނބުރެންފެށި . ހިންދީ ލަވައަށްލޯބިކޮށް ހެދުންއަޅަންފެށި ސޮކޫލްކުދިންލައްވާ އެމީހުންސަގާފަތްދައްކުވާ ޒާތްޒާތު ނެށުންތަދައްކުވާ ކޮންސެޓްތަކުގަ ބައިވެރިކުރުވާ ހޭނުވި. ދިވެހިންގެ އަމިއްލަވަންތަކަމުގަ ކޮޅުފައިންޖަހަންފެށީ ދިވެހިން އަމިއްލައަށް . މަތީތައުލީމްހާސިލްކުރަން ދަރިން އިންޑިއާގެ އެކިޝަހަރުތަކުގަ 10 ،12 އަހަރުހޭދަކޮށް އެނބުރި މިރާއްޖެއަށް އަންނައިރު ކީރިތިގުރުއާނުން އަކުރެއް ކިޔަން ދިވެހިބަހުން ބަހެއްބުނަންނޭންގިލިޔަންކިޔަން ނޭންގީ ނަމާދެއް ޒަޚާތެއް ފަރުލެއް ސުންނަތެއް ނޭންގޭ މިދިވެހިރާއްޖޭގެ ދިވެހިމައިންބަފައިންގެ ދަރީންތިބި. ނަތީޖާ ކިތަންމެހިތިނަމަވެސް އެޒަހަރުބޮއިފި. ޖުމްލަކޮށްބުނާނަމަ މިއީ އެދަރިންވެސްއަމިއްލަހައިސިއްޔަތުން ބޭނުންވިގޮތެއްނޫން. އެކުދީންގެކުށެއްނުވެސްނޫންމެޔަ. އެހެނަސް ދިވެހިމައިންބަފައިން އެދުވަހު ދަރިފުޅު ކޮބާތޯ ސުވާލުކޮށްލުމުން ވަރަށް ފަޚުރުވެރިވެލާފަ ބުނެލާނެ”ދަރިފުޅު އިންޑިއާއަށް ކިޔަވަންފޮނުވާލާފިން” ވިޔާނުދާއުޅުންތަކާއި ގުޅުންތައް އަށަގަންނުވާ ދަރިންބޮޑެތި ހަލާކުގެޔެރެއަށް އަތުކޮޅަށް އެއްލާލި ކިތައްކިތައް ދިވެހިމައިންބަފައިން އެކަންކަމުންއަރާނުގަނެވި މިއަދުވެސް އެބަތިބި. ދަރިްނކޮލެޖްތަކަށް ލާފަ މައިންބަފައިން ހިންދީ ޑްރާމާތަކުގެ އަވާގަ ޖެހިގެއްލިފާތިބިއިރު ދަރީން އުޅޭނޫޅެގޮތްނުނެލި އެތައްމައިންބަފައިންނެއް މާޒީގަކަންކުރެވުނުގޮތާމެދު ވިސްނާފިކުރު ކުރަން ނިތްމަތީއަތްބާއްވާލާގެން މިއަދުވެސް ތިބެންޖެހުނީ އަމިއްލައަށް ހެދުނުގޯހުންކަން އަދިވެސް ނުވިސްނޭ.
    ކެރިހުރެގެން ބުނެލަންބޭނުން ، ނޭންގުނުއެއްޗެއްނޭންގުނަސް ނުކިޔެވުނުއެއްޗެއްނުކިޔެވި އޮތަސް ދަރީން ހަފޮޅުން ބޭރުކުރަންވާނީ އަމިއްލަވަންތަކަމާ ދީނާ ސަގާފަތް ބޮލާލާ ޖަހާފައެއްނޫން. މައިންބަފައިންގެ ފުރިހަމައިޚްތިޔާރާއި ބާރު ދަރީންގެ މައްޗައްނުހިންގޭ ހިސާބައް ދަރީން ފޮނުވާދަރީން ނުބެލޭނަމަ މާދަމާ ނުފެނިނުދާނެ ދުވަސް މިދަނީ ދެކމުން. މިއަދުވެސް މިއީ ޗާލުކަމެއްކަމުގަ ދެކޭ. ހިތްޕުޅާނުވާ ނަމަ މައާފަށްއެދެން

  7. ޭެެެބޮސް

    ދިވެހިތްނައް އެނގޭނީރަނގަޅައް ހިތިރަހަ ކަރުބު

    ޑުގައި ރަނގަޅައް ރަހަލީމައި މިއީ ލައްކަ

    ޥާހަކަ ފިސާރިހޭއަރާބަލަ އާދޭސްކޮއްފައި

    މިބުނަނީ

  8. ދިވެއްސެއް

    އަހަރެމެންގެ ދިވެހި ބަސް އެހެން ބަޔަކަށް އެނގުމަކީ އަހަރެމެން ބިރުގަންނަންޖެހޭ ކަމެއްތަ؟ އެހެންކަމަށްވާނަމަ ދިވެހިބަސް ފޮރުވައިގެން އުޅޭ. ހުސް މޮޔައިން...ޕިސްޕިސް

  9. މާނީ

    އަބުދުއްރަހީމާއި ނިހާނުމެން ޖަމީލު އުސްމާނުމެން އަލީ ޢާރިފުމެންނަކީ މިހާރު މިޤައުމުގެ ހިތި މާޒީ، އަދި ދެން އަބަދުވެސް ތިމީހުން ތިބޭނީ ޤައުމަށް ޚިޔާނަތްތެރިވި މީހުންގެ ގޮތުގައި ، ވަރަށްއަވަހަށް މައްސަލަތައްބަލާ ތިބެން ޖެހޭ ތަންތަނަށް ތ6ިމީހުން ލެވޭނެ އިންޝާﷲ

  10. ަސަނީ

    ކިތައް ދިވެހިންތޯ ހިންދީ ބަހުން ވާހަކަދައްކަނީ...

  11. ނޫހް

    މީހަކު ޓުވީޓެން ކޮންގެން ތިހާވަރު ވާންޖެހޭ ކަމެން ނޭގޭ.

  12. ނަޓޭ

    މިނިވަންކަމުގެއަގުވަޒަންކުރުމަކީ ބާރަގަނޑުޓިނުގެ ވައްކަމުގެއުގޫބާތަށްފަހު އިތުރަށް ވައްކަންނުކޮށްހުރުމޭ މީހުންބުނެއެވެ.

  13. އަޅެބެއްޔާ/ޑިމޮކްރަސީ

    އަދުރޭ ފާޑުފާޑުގެ ވާހަކަ ނުދައްކަވާށެވެ ދެންއޮތީ އެންމެ 20 ދުވަހެވެ އޭގެފަހުން ތިޔަބޭފުޅާވެސް ކޮޅުބަދަލުކޮށްލުންވެސް އެކަށީގެންވެއެވެ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައިވީވަރު ކުޑައެއްނުވާނެއެވެ ދެންމަޑުމަޑުން ގޭގައި އޮންނެވިއަސް އުޅެވޭވަރުވާނެއެވެ

  14. ފެނޭދޯ

    ތަމެން އިލެކްޝަންސް ކަމިޝަންގެ މެމްބަރުންގެ ލަދުހަޔާތް ކޮބާތޭ މަމެން ދިން މަގާމެއް ގައި ތަމެން ތިބޭއިރު ތަމެން މަމެން ބޮލަށް ފައިން އަރަން އުޅެނީ މީއޭ ދަ ކަންޓްރީ ސައިޑް ވަން ސެންސް މިސިނޭ މެން ރަށް ރަށުގެ ރަށުއޮފީސް ވެސް ހިންގާ ގޮތަކީ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ތަމެން ތިޔާއީ ކޮރަޕްޓް ލޯރޑުން ތަކެއް ދޯ ވަގުވޯޓް ކަރުދާސް ޗާޕް ކޮށް ގެން 18 މިލިއަން ޑޮލަރުގެ ކަޓެއް ކޮންމެ މެމްބަރަކު ކާލައިގެން ވަގުވޯޓް ރައީސް ހޮވައިގެން ރާއްޖޭގެ ރައްޔިތުންނަށް ތަމެން ވަނީ ގައްދާރު ނޫންތޭ ތަމެން ދައްކާ ވާހަކަ މިއުޑު ދަށުގައި ތިބި ބަޔަކު ގަބޫލުކުރަން ހެޔޮނުވާނެއޭ...

  15. އަލްޖިބްރާ

    އަދުރޭ ތިޔަބިރުގަންނަނީ އަދުރޭ ޖަލަށް ވަންނަން ޖެހިދަނެތީ ! އެހެއްނު ؟ އެކަމަކު އެކަމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ! މުޅިޤައުމު ދިރުވާލީ ކަލޭ އެކަމުގެ އެންމެ މަތަީ ހަރުފަތުގައި ހުރެގެން ! މިއަށްވުރެ ނުރައްކާތެރިކަމެއް އެބައޮތްތަ ؟ އެހެންވީމަ މިޤައުމަށް ކިރިޔާވެސް އިޚްލާސްތެރި ކަމެއް ހުރިދިވެއްސަކުވާނަމަ މި އަދުރޭވެސް ހިފާ ހައްޔަރުކޮށް މީނާގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ !

  16. ަަައކކ

    ދިވެހި ޤައުމާއި ކުލުނު މަނިކުފާނަށް ފެންނަނީ މިއަދުތޯ. ޔާމީން ކަޓުތައް ނަގައި ޖަރީމާތައް ހިންގިއިރު ކީއްވެތޯ ގައުމައްޓަކާ ނުނިކުތީ.