މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުގެ ޝަރީޢަތުގެ މަޖިލިސް މިއަދު މެންދުރު ފަހު 13:00 ގައި ބާއްވަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފިއެވެ.

އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމާލާފައެވެ. އެހެންކަމުން ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުމެވެ.

މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ވަނީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވެ ބަޔާންތަކުގައި ސޮއި ކޮށްފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ޖުމްލަ ތިން އަޑު އެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހު އަޑުއެހުން ފައްޓަވަމުން ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކި ބަލައިނުގަތުމަށް ނިންމަވާފައެވެ.

އިންތިޚާބާއި ގުޅޭ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައްމަދު

    އޮޅުވާލި ވޯޓަށް ހައްގު ހުކުމެއް ކުރާނެކަމަށް އުއްމީދުކުރަން.

  2. ޢިބޫ

    ތިހުކުމް ނިންމާފަ އޮތީ ކޯލޮޝަން ކޮޅަށް ކަމަށް މާކުރިންވެސް އެގިފަ އޮތީ.ކުރިން ސްޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމުގެ ކުރިން ބައެއް މީހުންންނަށް އެކަން އެގިފަ އޮތް ކަމަށް އަޑުފެތުރެމުން ދިޔައިރު އެކަންވެސް ނިމިގެން ދިޔައީ ހަމަ އެގޮތަށް.ދެން ވޯޓްގެ މައްސަލަވެސް އެގޮތަށް ކަމަށް ެމީހުން އަޑުނަގާ އެކިޔަދެން އަހަރެމެން ތިބޭނީ ބަލަނ1ް...

  3. ވިޝެސް

    މަމެން އުއްމީދު ކުރަން 96 ހާސް މީހުންގެ ހައްގު ތައް ރައްކާތެރި ކުރުމަށް ޓަކައި ކަމާއި ބެހޭ އިދާރާ ތަކުން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްވެސް މަކަރެއް ހަދާފައިވޭތޯ ބެލުމަށް ޓަކައި އެކަން ކުރަން ފުރުސަތު ލިބޭނެ ކަމަށް އެއީ މަމެންގެ ދުއާ އަކީ ވެސް.

  4. ވިޝް

    މަމެން އުއްމީދު ކުރަން 96 ހާސް މީހުންގެ ހައްގު ތައް ރައްކާތެރި ކުރުމަށް ޓަކައި ކަމާއި ބެހޭ އިދާރާ ތަކުން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްވެސް މަކަރެއް ހަދާފައިވޭތޯ ބެލުމަށް ޓަކައި އެކަން ކުރަން ފުރުސަތު ލިބޭނެ ކަމަށް އެއީ މަމެންގެ ދުއާ އަކީ ވެސް.

  5. ލުކްފޯރ

    މަމެން ކޮންމެ ދުވަހަކު ގޭގެ ލިވިންގް ރޫމް ގައި ތިބެ ގޭގެ ކުޑަ ދޮރުގެ ކާރޓެއިން ކަހާ މައްޗަށް ބަލާލުމުން ފެންނަނީ ކްލިއަރ ބްލޫ ސްކައި އޭ މަމެން އުއްމީދު ކުރަމޭ އިންސާފުގެ މަގުން ރާއްޖޭގެ ރައީސް ކަމަށް އަންނަ މީހަކީ އެއްވެސް ޝައްކެއް ނެތި ސައްހަ ވޯޓަކުން ރާއްޖޭގެ ރައީސް ކަމަށް އަންނަ މީހަކަށް ވާނޭ ކަމަށް މިކަމުގައި ޒިންމާ އުފުލަން ސްޕްރީމް ކޯޓުން ޖެހޭނަމަ އެޒިންމާ ވެސް އުފުލާނެ ކަމަށޭ މަމެން މިދެކެނީ އިން މައި ލައިފް އައި ވިލް އޯލްވޭޒް ލުކް ފޯރ..

  6. ވެއަރއެވަރ

    މަމެން އުއްމީދު ކުރަމޭ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިއުލާން ކުރާ ނަތީޖާ އަކީ އިލެކްޝަންސް ކަމިޝަނުން ބޭނުން މަކަރާއި ހީލަތް އެމެން ހަދަން ބޭނުން ވިނަމަ ވެސް އެމެންނަށް ނެހެދޭނެ ކަން މިއަދު ނިންމާ ނިންމުމުން ފާހަގަވެ ކޮރަޕްޝަން ރާއްޖޭގެ އިލެކްޝަންސް ކަމިޝަނުން ފުހެލަން ބޭސްލައިން މިއަދު ގާއިމް ކުރެވިގެންދާނެ ކަމަށް ޔޭއް ފާރ ވެއަރ އެވަރ ޔޫއާރ އައި ބިލީވް ދެޓްސް ވަޓް ވީ ވޯންޓް...

  7. ޒަމީލާ

    ލިބިހުރި ހެކިތަކާ ކަންހިނގާފައިވާގޮތަށް ރިޢާޔަތްކުރާއިރު އިންތިޚާބު ބާޠިލްކުރުން އެއީ އަޅުގަނޑުމެންގެ ޙުކުމެވެ. ނަމަވެސް ގޮތެއް ނިންމާނީ ކޯޓުންނެވެ.

  8. ރާޅު

    ކޮމެޝަނުގެ ރައީސްގެ އޯޑިއޯ ކްލިޕް އާ ހިސާބުން ލީކްވެ ރައްޔިތުންނައް އެކަން އަޑުއިވުނުހިސާބުން އެއޮތީ އިންތިޙާބުގެ ސައްޙަކަން ގެއްލިފަ މީއިތުރު ސުވާލެއްއޮތްކަމެއްނުން ދެން ސްޕްރީމް ޯޓުން މިމައްސަލަ ގަޑުބަޑު ކޮއްފިނަމަ އިންސާފޭ ސުލްޙައޭ ކިޔައިގެންވާހަކަނުދެއްކިއްޔާއިރަނގަޅުވާނީ މީވަރައްވާހަކަ

  9. ދަވޭ

    މަމެން އަބަދުވެސް ދެކޭ ހުވަފެނަކީ އެއީ މަމެން 96 ހާސް މީހުންގެ ރުއިމަށް ސްޕްރީމް ކޯޓުން ތަސައްލީ އެއް ގެނެސް ދިނުމޭ ޔޭއް ކިތަންމެ ދުރުގައި ތިބި ނަމަވެސް ތިޔާ ފަނޑިޔާރުން ނަކީ މަމެން ޕިންކީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުގެ ޖަޖުންނަށް ވެފައިވާ މީހުން ކަން މަމެން ހަދާން ކުރަމޭ މިހަނދާނާއި ނުލައި މަމެންނަށް ނޫޅެވޭނެއޭ މަމެން އުއްމީދު ކުރަމޭ މިރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބަކީ އެއީ ދެފުށް ފެންނަ ނޮން ކޮރަޕްޓް އިންތިޚާބަކަށް ވާނީ ސްޕްރީމް ކޯޓުން

  10. ޔަމް

    އިންސާފް ވެރި ހުކުމަކަށް ވާނެ ކަމަށް މި ބަލަނީ

  11. ލިސާން އަޙްމަދު

    އިންތިޚާބުގެ ޙުކުމް އިދިކޮޅަށް ބުރަވާގޮތަށް އަޔަސް ވޯޓުވަނީ އޮޅުވާލާފަކަން ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާނެއެވެ. ބައެއް ރައްޔިތުންގެ ( އިދިކޮޅުގެ ) ސިކުޑި އެގޮތަށް ޤަބޫލުކުރިޔަސް ދޫ އެގޮތަށް ޤަބޫލު ނުކޮށްފާނެއެވެ.

  12. ޝީން

    ހުކުމް ނިމެނީ އިބޫ އާއެއްކޮޅަށް ވެއްޖިއްޔާ ކޯޓުހާ އިންސާފުވެރި ތަނެއް ނުހުންނާނެ.
    ހުކުމް ނިމެނީ ރައިސް ޔާމީން އާއެއްކޮޅަށް ވެެއްޖިއްޔާ މިހާ ބޭއިންސާފުވެރި ކޯޓެއް ދުނިޔޭގަ ނުހުންނާނެ. ރާއްޖެ ޓީވީގެ ހަބަރު ބިނާވެގެނަ މިޔަދު ދާނެ ގޮތްމީ. ޜައްޔިތުން ބައްލަވަން ތިއްބަވާ.