މަޖިލީހުގެ ޖަލްސާ ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް" އާއި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެޖެންޑާ ކުރާނެ މަސައްކަތެއް ނެތެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

"މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަޝްވަރާ މިދަނީ ކުރެވުމުން. މަޖްލީހުގައި ދެން އެންމެ އަވަހަށް ފެށޭނެ މަސައްކަތަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވުމުން ކުރިން މަޖިލީހުގެ ޖަލްސާތައް ބާއްވާނޭކަމަށެވެ.

ނިހާން މިހެން ވިދާޅުވިއިރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތް ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ވިދާޅުވަނީ ޖަލްސާތައް ނުބާއްވަނީ ރައީސް ޔާމީން އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތީމުން، އެކަން ހަޖަމް ނުކުރެވިގެން ކަމަށެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ބާއްވާފައިވަނީ 13 ޖަލްސާއެވެ. މަޖިލީހުގެ ތިންވަނަ ދައުރު ފެށިފައިވީ ނަމަވެސް މި ދައުރުގައި އަދި ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވި މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރައީސްއަށެވެ. މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ސަބަބުން ކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ާަެރަމއު

    އިދިކޮޅު ލީޑަރެއްގެ ގޮތުގަ ހުރެގެން ތި ކިނބޫ ކުރި މަސައްކަތެއް ނެތް ވަގުވޯޓުން ވެެިކަމަށް އައުމަކީ މީނަގެ މޮޅުކަމޯ

  2. އަޙްމަދު

    އެހެންވީމާ މުސާރަ ނުނަގާގޮތަށް ގޭގައި މަޑުކޮށްގެން ތިއްބަވާ. ކުރާނެ ކަމެއްނެތިއްޔާ ދޭކަށް ޖެހޭ މުސާރައެއްވެސް އޮވެގެން ނުވާނެ.

  3. އަހްމަދު

    އިދިކޮޅުމެމްބަރުން ކީއްކުރަން ޖަލްސާ ބާއްވާވާހަކަދައްކަނީ އެބޭފުޅުން ޖަލްސާކުރާ މާލަމަށް ވެންނެވިދުވަހެއް އެބޭފުޅުންނަށްވެސް މިހާރު އެނގިނުލަށްވާނެކަންޔަގީން

  4. ސާ ލެމަން

    ބޯހިޔާ ވަހި ކަން ދެވިފަ. ޒުވާނުން ވަޒީފާގަ. ރާޖޭ ގެ ހުރިހާ ރަށެއް ގަ ހޮސްޕިޓަލްތަ އެންމެ އެދެވޭ ފެންވަރުގަ. އެވްރިތިން އަޕް އެންޑް ރަނިން. ޏިހާން ކަލޭ ވަރު މީހަކު ނެެތެއް ނުން. ދުނިޔޭގަ ރިކޯޑު ފޮތަ އަރަން ޖެހޭ ވަރު ކަމެއް .

  5. ގާދިރު

    ނުނިމި ހުރި ޤާނޫނު ތައް ކޮބާ؟ ފާސްނުކޮށް ހުރި އެއްޗެހި ކޮބާ؟ ހުރިހައި ކަމަކުން މަކަރާ އޮޅުވާލުން.....

  6. ސޯންޕޯލް

    ކުރާނެ މަސެއްކަތެއް ނެތް ކަން އިނގޭ އިރު ކޮން މުސާރަ އެއް ތި ނަގަނީ...ހަލާލު ފައިސާ އަކީ މަސައްކަތް ކޮށްގެން ހޯދާ އެއްޗެހި...

  7. ވަލީ އަހްދު

    ކުރާނެ ކަމެއް ނެތީ ތިބާމެން ރައްޔަތުންގެ މަތިން ހަނދުމަ ނެތީމާ. އަސާސީ ބޯހިޔާވަހިކަމުގެ ބިލެއް ހުށަހަޅުއްވާ މިރެއިން މިރެއަށް ފަސްފާސްކުރައްވާ. އަސާސީ ޝަރުތުތައް ކަނޑައަޅުއްވާ އެކި ސަރަހައްދުތަކުން ބިމާއި ގޯތި ވިޔަފާރި އަދި އަސާސީ އުސޫލުން ވިއްކާ ކުއްޔައް ދެވޭނެ ބޭންޑަކާއި މިންގަނޑެއް ކަނޑައަޅުއްވާ އިހްލާސްތެރިކަން ދައްކަވާ. ސިޔާސީ ޝަރުތުތައް އެކި ދުވަހު ޖަހާ ސަކަރާތަކަށް ވާތަން މިފެންނަނީ.

  8. ޖ

    ބޮޑުމުސާރަކައިގެން ތިބެނީ ކީކޭބުނާނީ

  9. އަހު

    ކުރާނެ ކަމެއް ނެތިއްޔާ ތި މަގާމުން އިސްތިއުފާދެއްވާ

  10. ހަސަދު

    މަސައްކަތެއް ނެތް ބަޔަކު ވަރަށް ބޮޑު މުސާރަ ނަންގަނީ ހަމަ ދިވެހިން ނަށް ހެޔޮ އެދޭތީތޯ.!!!.

  11. ލޮލްޒ

    އައްސަރިބަހާ ސާބަސް! ހޫނު ތަރުހީބެއް!

  12. ރައްޔިތުން

    މުސާރަ ހަލާލުތޯ ؟؟؟ މަސައްކަތެއްގެ ނުކޮށް .

  13. ޒީނާ

    ކުރާނެ މަސައްކަތެއް ނެތިއްޔާ ގޭގަ ދެފައި ދަމަން އޮވެބަލަ. ކޮންމެހެން ރައްޔިތުންގެ ރުފިޔާ ގަނޑު ނުކައި.

  14. ނޫނެކޭ

    ރައްޔިތުންގެ ފައިސާ އިން މުސާރަ ތި ނަގަނީ ކުރާނެ މަސައްކަތެއްނެތީމަ ކަމަށްވަންޏާމުން ތި މެމެްބަރު ކަން ދޫކޮށްލައްވާ. ޙަމަ ރައްޔިތުންގެ ހައްގުގައި ދަންނަވާލީ. ޢެހެންނޫނަސް ދެން ތި ގޮނޑީގައި އިށީންނާނީ އެހެންމީހެއް.