ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލުގައި އޮންނެވި އިރު އެމަނިކުފާނުގެ އަރިހަށް ޒިއާރަތް ކުރި އާއިލާ މެންބަރުންނަށް މެހެމާންދާރީ އަދާކުރި މާފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުން މާފުއްޓަށް ވަޑައިގެންފިއެވެ.

ރައީސް މައުމޫން މާފުއްޓަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، ދަރިކަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އެމަނިކުފާނަށް ތާއީދު ކުރާ ބައެއް ބޭފުޅުންނާއެކުއެވެ.

މައުމޫނާއި އެމަނިކުފާނުގެ އާއިލާ މާފުއްޓަށް ވަޑައިގެންނެވީ އިއްޔެ އެވެ. އެބޭފުޅުން މިއަދު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.

މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުއްޓަށް ކުރެއްވި ހާއްސަ ދަތުރުފުޅަކީ އެމަނިކުފާނު އަނބިކަނބަލުންނާއި އާއިލާ މެންބަރުންނަށް ދެއްވި މެހެމާންދާރީ އާއި ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރު ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ރޭ ގައެވެ. އޭގެ ފަހުން އެމަނިކުފާނު ހައްޔަރު ކޮށްފައި ބެހެއްޓީ މާފުއްޓާއި ދޫނިދޫގައެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ފަހުން ހައިކޯޓުން ވަނީ ރައީސް މައުމޫން މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރުމާކަށި

    މެހުމާންދާރީ އަދާކުރާވަރު ބައެއްނޫން ތިއީ، އިންސާނުންކަމަށްވީތީ ވާހަކަ ދައްކާ އެހީވުމަކީ ނެތްކަމެކޭނޫން މިބުނީ

    • ހިޔަޅުގެ ބުއްދި

      މާފުށީ ރައްޔިތުންތަ މައުމޫނު ބެލެހެއްޓީ. ގާމާދޫ ޖަލުގަތިބި ކުއްވެރިން ބެލެހެއްޓީ ހިއްމަފުށިންދޯ.. އީވާން މަރުގެ ދިޔަ މާފުށީމީހުން ދޭން ނުޖެހިއްޖެއްޔާ ރަގަޅު.. ޗުއްޓީ ހޭދަކުރަން ކުރުބާމޯލްޑިވްސްއަށްގޮއްސިނަމަ ޔުނިވާސަލްއަށް ޝުކުރުދަންނަވަންވެސް ދައްޗޭ.. މައުމޫނުއަކީ މަކަރުވެރިއެ. ތާއިދުހޯދަން މީހުންގެ ސަމާލުކަން ހޯދަން ތިމަންނަ ދިޔައީއޭނުބުނައްޗޭ.

  2. Anonymous

    ދިގު މުއްދަތަކަށް ވެރިކަންކޮށްފަ ހުރި ބޭފުޅެއްނަމަވެސް ދޮގުހެދުމުގާ އަރާހުންނެވި ބޭކަލެއް، މާފުށީ މީހުންނާއި ބައްދަލުކުރުމުގެ މިދަތުރަކީވެސް ކެމަޕެއިން ދަތުރަކަށްނޫނީ ނުވެނުދާނެ، މިއަދު ސުޕުރިން ކޯޓުންނެރޭ ހުކުމުން އިންތިޚާބު ބާޠިލު ކޮށްފިއްޔާ އަލުން ވޯޓުނަގަންޖެހޭނެތީ މިހާރުއްސުރެން ކެމްޕެއިންކުރަންފެށީ

  3. ސާބަސް

    ހަމަ ބުރުގާ ނާޅަ އަންހެން ކުދިންނާއިއެކު ފޮޓޯ ނަގާހިތްވަނީ

  4. ލަމްބާޑާ

    ޕިންކީސް އަށް ވަރަށް ކަންކަން އެނގޭނެ

  5. އަންތަރީސް

    ބުރުގާ އަޅާ ކަބަލުން ފޮތޯ ނަގަން ނުކެރެނީ ދޯ؟

  6. މޫސާ ހަލީލް

    މީނާ ހަމަ ދަރިންނަށް ވެރިކަން ހޯދައިދޭންވެ ގެން ދުވެނަގަނީ ތިޔަ މާފުށީ ޖަލުގާ އުޅޭނެ ކަލޭ އަނިޔާ ދީފައި ތިބި ކިތައް މީހުން އަދި މިދުނިޔެ ދޫކޮށްފާ ވާނެ ލަދެއްވެސް ނުގަނޭ ދީ