ރައީސް ޔާމީންގެ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އޭނާ ހައްޔަރުކުރުމުގެ ކުޑަދުވަސްކޮޅެއްކުރިން ލެޕްޓޮޕާއި މޯބައިފޯން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޗެނަލެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަދީބުގެ ލެޕްޓޮޕާއި މޯބައިލް ފޯން ބޭރުގެ ފޮރެންސިކް އެކައުންޓެންޓަކާއި ހަވާލުކޮށްގެން ބެލުމަށްފަހު މޯބައިލްފޯނުގައި ވަރަށް ގިނަ ސެލްފީތަކެއް ހުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން އެތަކެތީގެ ބޭނުންކުރައްވަން އެމަނިކުފާނު ބޭނުންފުޅުވި ކަމަށެވެ. އަދީބް ހައްޔަރުކުރުމުގެ ކުރިން ލެޕްޓޮޕާއި ފޯންތައް ނަޝީދަށް ފޮނުއްވި ސަބަބެއް ނަޝީދު ވިދާޅެއް ނުވެއެވެ. ލެޕްޓޮޕްގައި ހުރި މައުލޫމާތުތަކާއި ބެހޭގޮތުން ވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އަދީބުގެ ފޯނުން ލިބުނު މައުލޫމާތުއް ކަމަށް ބުނެ ބައެއް މައުލޫމާތު ހިމަނައިގެން މީގެ ކުރިން އަލްޖަޒީރާ އިން ވަނީ "ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި ޑޮކިއުމެންޓްރީ އެއް ގެނެސްދީފައެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބައެއް ވަޒީރުން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އަދީބު ހައްޔަރު ކުރީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ސިންގަޕޫރަށް ވެސް ވަޑައިގެން އެގައުމުގައި މަޑުކުރައްވާ، އެނބުރި ރާއްޖެ ވަޑައިގެންނެވި ތަނުންނެވެ.

އަދީބު ހައްޔަރު ކުރެވުނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން ކަމަށް ވީނަމަވެސް އޭނާގެ މައްޗަށް އޭރުވެސް ތުހުމަތު ކުރެވެމުން ދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދީބު ހައްޔަރުކޮށް ތަޙްޤީޤު ކުރުމުން އެނގިފައިވާ ގޮތުގައި އަދީބު އިސްވެހުރެ އެމްއެމްޕީއާރްސީ އިން ވަނީ ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަަގަށް ނަގާފައެވެ.

އޭގެތެރެއިން ބައެއް މައްސަލަތަކުގައި އަދީބުގެ މައްޗަށް މިހާރު ޙުކުމް އިއްވާފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ތިރީހަކަށް މައްސަލައިގެ ޝަރީޢަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

އޭގެތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ސްނައިޕަރަކު ގެނެސްގެން ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ސިފައިން ގެއިން ހަތިޔާރު ވަގަށްނެގި މައްސަލައެއް ވެސް ހިމެނެއެވެ.

ނަމަވެސް އަދީބުގެ ވެސް ތާއީދާއި އެކު އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވާތީ އަދީބާއި އަދީބުގެ އާއިލާ އަދި ސަޕޯޓަރުން އުއްމީދު ކުރަނީ އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. އަސްލުވެސް

  މީނަ ތެދެއް ނަހަދާނެ!!! މީ ހުސް ދޮގު

 2. ަަަަަައައްބުދުﷲ

  އަދީބުދޫކޮއްފިނަމަ މިރާއްޖޭ ޖަލެއްގައި އެއްވެސް ކުއްވެރިއަކު ނުހުއްނާނެ މަރުގެހުކުމްކުރެވިފައިވާ މީހަކުވެސްނުބަހައްޓާނަން އެއްމެންމިނިވަންކުރާނަން. މީވަރައްވާހަކަ.

 3. ރައްޔިތު މީހާ

  މީނާ މި ދައްކާ ވާހަކަ ދެކޮޅު ޖެހޭބާ؟ އަދީބު ހައްޔަރު ކުރީ ރާއްޖެއިން ބޭރުގައި ހުރެފަ މާލެ އައިތަނާ އެއާޕޯޓުން. ނަޝީދު މިބުނަނީ އޭނަ ފޮނުވިޔޭ- މީގެ މާނަ ކަމަށް މި ބެލެވެނީ ރާއްޖެއައިސް އޭނަ ލެޕްޓޮބާއި ފޯން ފޮނުވިކަމަށް. ގައުމެއްގެ ވެރިކަން ކޮށްފައިހުރި މީހެއްގެ ހައިސިއްޔަތުން ނަޝީދުވެސް މީހުންނަށް ޤަބޫލުކުރެވޭ ކަހަލަ ވާހަކަ ދައްކަންވެއްޖެ މިހާރު. މިޤައުމުގަ ފިތުނަ އުފެދުނީ މީނަ އަށް މި ގަުމުގަ ބަސް ބުނެވެން ފެށުނުހިނދު ކަމަށް ބެލެވޭ! މީ ދިވެހިރާއްޖޭގެ ހަލާކު!

  • ބްރޯ

   ތިބުނާހެން އެންމެ އަޅައިގަންނަ ތަންކޮޅަކީ ހައްޔަރު ކުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށް ބުނެފައިވާތީ އެހެނެއްނޫން ހައްޔަރު ކުރި ފަހުން ކަމަށް ބުނިނަމަ މީނަގެ ވާހަކަތަކުން ދޭހަވަނީ އަދީބު ހައްޔަރު ކޮއްފާނެފަދަ ކަންތަކެއް އަދީބުކޮއްފައިވާ ކަން އެހެންނޫން ނަމަ މާކުރިން ލެޕްޓޮޕާ ފޯނު ހަވާލެއް ނުކުރާނެ ތޯއްޗެ

 4. ރައްދު

  ނަޝީދަކީ ބަހާއި އަމަލުދިމާނުވަ ނުރައްކާތެރިމީހެކެވެ ރާއްޖޭގައި ހިންގާ ހުރިހާ ޖަރީމާއެއްގެ މުގުލުގައި އޭނާހުންނާއެވެ އިބޫ އަށްވެސް ހިޔޮވެރިކަމެއް ކުރުމަށް އޮތް ހުރަހަކީ
  މި ނުލަފާމީހާއެވެ

  • އަލީ

   ތިވާހަކަ ޤަބޫލުކުރަން ވަރަށް ދަތި

 5. ކުމާރު

  އުމަރު ނަސީރު ލިޔުނު ފޮތެއް އޮންނާނެ ނަސީދުގެ 50 ދޮގު މިފޮތް ކަލޭކިޔާބަލަ.

 6. Anonymous

  މިހާދުވަސް ވަންދެން ތީތި ފޮނުވި ވާހަކަ ނުބުނެ ނުބުންނާނެ. ތީ ހަމަ ހަދާލި ޖަޔަންޓް ދޮގެއް.

 7. އިޒް ނޮޓް ރިއަލް

  ނަޝީދު ހުންނެވީ އޭރު ޖަލުގަނޫންތޯ، މޑޕ ސަޕޯޓަރަކު ބުނި އަދީބު އުޅުނީ ޔާމިނު މަރާލާފަ، އަންނި ވެސް ޖޅުތެރެއިން މަރާލަން ކަމަށް.

 8. ހަބީނ

  ކަލެއާ އަދީބު ގަތް ގަނޑެއްދޯ ތީ

 9. އައްޔާ

  މިއަދު ހުކުން އަންނާތީ މިކަލޭގެ މުހިއްމު ޟީހަކަށް ވާން މީޑީއާ ސަމާޅުކަން ހޯދަން ހިތުން މޮޅޫ ވާޙަކައެއް ދައްކާލީ ދޯ. ކަފޯފް ބަކަރި

 10. އަޙްމަދު

  މިގައުމުގައި ސިޔާސީ ވެގެން މިއުޅެނީ ބިއްޖެހިގެން އުޅޭބައެއްތަ! ނޫނީ މިމީހުންނަކީ ޤާނޫނު ނަގަހައްޓާން ބޭނުންވާ ބައެއްނޫންތަ؟ މިކަލޭގެ މިހާރިު މިދައްކަނީ ކޮންވާހަކައެއްބާ؟ މާރިޔާ އެބުނާގޮތަށް ހެކި ފޮރުވުމުގެ ބޮޑުކުއް މީނާގެ މައްޗައް ސާބިތިކޮން ޤާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލަން.

  ރާއްޖޭގެ ޝަރުޢިނިިޒާމައިި ޙަވާކުކުރަންޖެހޭ އެއްޗެއް ހަވާލު ކުރިވާހަކަ އެބުނަނީ އަލްޖަޒީރާއާއި. އެހެންވީމާ މިޤައުމުގައި ޝަރުޢީ ނިޒާމެއް އޮތުމުގެ ބޭނުމެއް އެބައޮތްބާ؟

  މިޤައުމުދުއް އެންމެ ބޮޑު ޖަރީމާއާއި ބޭހެ މައުލޫމާތި އަތުގައި ހުރެމެ އެހިއްސާ ކުރަންޖޭހޭ ފަރާތްތަކައި ހިއްސާނުކޮން ތިދައްކަނީ ކޮން އިންސާފެންގެ ވާހަކަތޯ؟

 11. ޒާ

  މި ނަޝީދަކީ ރާއްޖޭގައި ބޮޑު ކުށެއްކުރި ކޮންމެ މީހަކާއި ގުޅުން ހުރި މީހެއް. 3 ނޮވެމްބަރުގެ ޚާއިނުންވެސް ދޫކޮށް ފިލުވީ މީނަ. ދެން މިއުޅެނީ އަދީބު ދޫކުރަން. އަދީބަކީ ރައީސް ޔާމިން އަވަހާރަ ކޮށްލަން އުޅުނު މީހެއް. މިކަމުގެ އަޑީގައިވެސް މީނާ ހުރިކަން މި ފަޅާއެރީ.

 12. ރައްޔިތުން

  ތި ހުރިނަމަ ތީގަ ހުރި އެއްޗެއްގެ ބޭނުން ނުކޮށެއް ނުހުންނާނެ.. ދޮގުބޯ..

 13. ރަދުން

  މައަބަދުވެސް ބުނަނީ ފިނިފެންމާ ލޯންޗް ގާ ބޮންގޮއްވީ މީނާ އަޑީގަހުރެގެނޭ.

 14. އިހްސާސް

  މީނަގެ ގާތަށް ދެން ގެންނަންވީ އަދީބް. އޭރުން ދެން ހަތަރެއްކަން ހަމަވީ، ޤައުމު ނޮޅާ ސުންނަާފަތިކުރާނެ. ބުރުމާގާސިމާ މައުމޫނާ އިމްރާނަށްވެސް އަދި ދޯކާދޭނެކަމަށް ލަފާކުރެވޭ.

 15. އަޖާއިބު އަންތަރީސް

  އެމްޕީއާރުސީ ލާރިގަނޑު އަދީބުއާއެކު ނަގައިގެން ޕާރޓީ މީހުންނަށް ބަހާލީ އަދީބު ނައިބަކަށް ގެންނަން އަދި ގާސިމާ މައުމޫނަށް ކުރިމަތި ނުލެވޭނެގޮތް ހަދަން ޕާރޓީކުދިންގެ ވޯޓުގަންނަން. ދެން މިކަން ފަޅާއެރީ އޮޑިޓަރ ޖެނެރަލްއަށް އެނގުނު ހިސާބުން. އެކަމާ ރައީސްދެކެ ރުޅިއައިސްގެން ބޮންގޮއްވަން އުޅުނީ މީނާ އަޑީގަ ހުރެގެން. ރިކުވާނަށް ވީގޮތް ވެރޮކަމާ ހަވާލުވާތާ 24 ގަޑިއިރުތެރޭ ބުނާނަމޭބުނި އިބޫ. އެނގޭބަޔަކަށްތާ ބުނެވޭނީ. ޖަންގިޔާ ނާޒިމާއެކު ހުރި ފޮޓޯއެއް އިހައްދުހު ނޫހަކުން ފެނުނު.

 16. ފާތުން

  ކަލޭވެސް ހަމަހޭގަ ހުރެގެން ވާހަކަދައްކަބަލަ

 17. ޤައުމުއެ

  ޢެއްމެން މިނިވަން ވާންޖެހޭނެ.

 18. ހައްގު ބަސް

  ލައިލާ މަށަށް ފޮނުވާފަ އެބަ ހުރި ކަލޭ ގެ ވަރަށް މުހިއްމު ލިޔެ ކިޔުންތަކެއް އޭގައި މުޅިންވެސް ހުރީ ކަލޭ މޯޑީއާ ގުޅިގެން ރާއްޖޭގައި އިސްލާމް ދީން ނޫން ދީންތައް ފަތުރަން މަސައްކަތްކޮށްފައި ހުރި ވާހަކަތައް ދެން ހުރީ ކަލެއާ ވެލަޒިނީ ގަނެފަ ހުރި ގަނޑުތަކުގެ ވާހަކަތައް މަވެސް އުޅުނީ އިންތިހާބުގެ ކުރިން އެކަންކަން ހާމަކުރަން އެކަމަކު އީސީން މަކަރު ނުހެދިނަމަ ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އޮތްލެއް ބޮޑު ކަމުން ހާމަ ނުކުރީ

 19. ބަހޫ

  ދެބޯ ގެރި ދުއްވާ ގޮލައެއް ދޯ މި ނަޝީދަކީ.

 20. އައްޑޫސިޓީ

  މިނަޔާބެހޭ ގޮތުންލިޔާނެ އާވާހަކައެއް ނެތް މީނަގެ އަސްލުސިފަ މިއީ ދޮގެއްހެދެން އޮށްވަކާ ތެދެއަނެހެދުން މިއީ މީނަގެއަސްލު ސޫރަ.

 21. ގޮތް ދޫކޮށްފިން

  އިންތިހާބު ކާމިޔާބު ކުރުމަށްފަހު ރައީސް މައުމޫނާ އޮނަރަބަލް ގާސިމް އިބްރާހިމާ ޝެއިހް އިމްރާން ދުވަސް ދުއްވާލަން މަނިކުފާނު ރާވާފައިވާ ހުރިހާ ރޭވުންތަކެއްގެ ހެކިތައް މަނިކުފާނުގެ އަންހެން ދަރިފުޅު މަށަށް ފޮނުވާފަ އެބަހުރި އެ މަންޖެ އަހަރެން މޭމަތީ ބޯ އަޅައިގެން އޮވެ ރޯވަރުން އަހަރެން މިހުރީ އެކަންތައްތައް ހާމަނުކުރަން ހަމަ ބުނެލީ

 22. ސަމޕަތު

  ކުޑަ ކުދިންވެސް ތިވާހަކަ ގަބޫލެއްނުކުރާނެ. ގަޅިބެ.

 23. ފޮސްކަލޯ

  ވައްކަމުގެ ސިއްރުތައް ފޮރުވަން ހަވާލުކުރާނީ ވައްކަމުގެ ބައިވެރިޔަކާ.

 24. މާސްޓަރ

  އަދީބު ދޫކޮށްލަން ކުޅޭ ޑްރާމާއެއް. ބަލަން ތިބެމާ ހިގާ.

 25. ސަލީމް

  އެހެންވީމަ ނަޝީދުވެސް ތިވަނީ އަދީބުކުރި ހުރިހާ ކުށެއްގަ ބެނދެވިފަ، އަދި އަދީބަށް ރައްކާތެރިކަން ހޯދާދޭން އުޅެފަ. ލާރީގަވެސް ހުންނާނީޖެހިފަ. ވީމާ ތި ލޯންޗް ގޮއްވާލުމުގަވެސް ނަޗީދުގެ އަތެއްވާކަމަސް މިހާރު އެބަ ޝައްކު ކުރވޭ.

 26. ހުސޭނު

  މި ޔޮއްހުރިހާދުވަހު ސައްކުކުރީ މިހާރު ޔަގީންވެއްޖެ މީ ވައްކަންކޮއްފަ ވަކިމީހެއްގެ ބޮޅުގަ އަޅުވަން ވަރައްރައިވައިގެން ކުރިކަމެއްކަން. މަވައްކަން ކޮއްފަ ބެދޭނެކަން ޔަގީންވީމަ މަގޭއެކަުންޓުގަ ހުރިލާރިން ކުޑަމިންވަރެއް އެހެންމީހެއްގެ އެކައުންޓައް ޖަމާކުރަން ޗެކެއްހަދާފަ އޭގެފޮޓޯނަގާފަ ސޯސަލްމީޑިޔާލާން ތައްޔާރުކޮއްފަ މައްސަލައިގެ ތެރެއައް ބައްދާލަންބޭނުން ވާމީހާ އެކަުންޓައް އެޗެކްޖަމާ ކޮްލީމަ އެއޮތީ އޭނައެކަމުގަ ބައިވެރިވާ ކަމައްދައްކަން އެއްޗެއްލިބިފަ. މީމިޒަމާނުގަ މާއުންދަގޫކަމެއްނޫން ހާސްސަކޮއް ލާރިކޮޅެއްގެން ގުޅޭމީހެއްގެ އެކައުންޓައް ފައިސާ ޖަމާކުރަން ދިޔައީމަ ބޭންކުން މާބޮޑު ސަމާލުކަމެއްނުދޭނެ. އެހެނެއްނޫން އާންމު ރައްްޔިތެއްގެ އެކައުންޓައް 25،000ރ ޖަމާކުރަންދިޔަޔަސް ލައްކަގިން ސުވާލުކުރާނެ.

 27. އިންތިގާލީ ރައީސް

  ކަލޭ ނުވަތަ ކަލޭގެ އާއިލާ ނުހިމެނި މި ގައުމުގަ ނުކިއްސަރު ހަމަ އެއް ކަމެއްވެސް ހިނގާފަ ނެތީއޭ ދޯ؟ އަމިއްލައަށް ހުރިހާ "އޮރިޔާމެއް" ވާތި.

 28. ދޮގެއްތަ މީ؟

  ތިމަންނައަށް ނަޝީދުގެ އުނދަގޫ ޖެހޭނެ ވާހަކަ އިބްރާހީމު ޔާމީނާ ބައްދަލުކުރި ދުވަހު ބުނީ މީނަގެ ބަލާވެރިކަން އޭނައަށް އުނދަގޫ ބޮލަށް އުނދަގޫ ކުރާތީ.

 29. ދޮންބެ

  "އަދީބް ހައްޔަރުކުރުމުގެ ކުރިން އޭނާގެ ލެޕްޓޮޕާއި ފޯން އަޅުގަނޑަށް ފޮނުވި - ނަޝީދު" މީ ވަރަށް ވާހަކަ.

 30. ދަރީ

  ބަރުބާދު ފެކްޝަން ވަގު ކުދިންކޮޅު ކަޑަވެގެންދޯ. ހުރިހާ ޖަރީމާއެއްވެސް ފާޅުވާނެ

 31. ސަމްސު

  ހަމަތެދެއް އަންނިބުނީ މިފަހަރު ރިއާސީ އިންތިޚާބު ކޯލިޝަނަަށް ކާމިޔާބު ވެއްޖެނަމަ ލައިލާ ވަރިކޮށްފަ މާރިއާ އާ އިންނާނަމޯ. އަހަރެން މިވާހަކަ ނުބުނެ މުޑުކޮށްލީ ހަމަ ގަސްދުގަ އަދިވެސް ވާނުވާވެސް ނޭގޭތީ. އަންނިއަކަށް މިއީ ދޮގެކޭ ބުނާކަށެއް ނުކެރޭނެ.

 32. މީޙުން

  ކަލޯ ވަގާ .. ތިޔައީ ބޮޑު މުނާފިގެއް. ވާހަކައެއް ބުންޏަ ދެއްކިއަސް ނަހަދާނެ ތެދެއް ހަދާނީ ދޮގު. ދޮގުބެ ހަދާނީ ދޮގު.