އިންތިހާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްޤެއް ކަމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ޑިފެންސް މިނިސްޓަރ، އާދަމް ޝަރީފް އުމަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެވެ.

ޑިފެންސް މިނިސްޓަރ ރޭ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ދިވެހި ސިފައިންނަކީ ގާނޫނު އަސާސީއާއި ސިފައިންގެ ގާނޫނުން ލާޒިމް ކުރާ ޒިންމާތަކެއް އުފުލަންޖެހޭ ބައެއް ކަމަށެވެ. ސިފައިންނަކީ ސިޔާސީ ކަންކަމާއި ދުރުހެލިވާން ޖެހޭ ބައެއް ކަމަށާއި އިންތިހާބަށް ފަހު ސިފައިންގެ ތެރެއިން އެއްވެސް ސިޔާސީ ކަމެއް ފެނިފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ސިފައިންގެ ކަޅުތުއްކަލާ ކޮށި ތެރެއަށް ޗީފް އޮފް ޑިފެންސްފޯސްއަށްދޭ މެސެޖެއް ކަމަށްބުނެ ގަނޑުތަކެއް އަޅާފައިވާކަމަށް ބުނާ ދަނޑިވަޅެއްގައެވެ.

ޑިފެންސް މިނިސްޓަރގެ ޕޯސްޓަށް ރަށްދު ދެއްވަމުން މާރިޔާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސިފައިން ރައްޔިތުންގެ ނިންމުން ދިފާއުކުރާނެ ކަމަށް ބުނެ ސިފައިންގެ އަށް ލިޔުންތަކެއް އެޅި ވާހަކާއި ގުޅިގެން ޑިފެންސް މިނިސްޓަރ ސިފައިން ސިޔާސީ ނުވުމަށް ފޭސްބުކް މެދުވެރިކޮށް ގޮވާލާފައިވާ ކަމަށެވެ. އިންތިހާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްޤެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ސިފައިން ރައްޔިތުންގެ ހުކުމް ދިފާއުކުރާނެ ކަމަށް ބުނެ ލިޔުންތަކެއް ސިފައިންގެ އެޅި ވާހަކަ މީޑިއާގައި ފެތުރުމުން، މިނިސްޓަރ އާދަމް ޝަރީފް ފޭސްބުކްގައި ސިފައިން ސިޔާސީ ނުވުމަށް ޕޯސްޓް ކުރެއްވި ކަމަށްވޭ. އިންތިހާބަކީ ސިޔާސީ ކަމެއް ނޫން. އެއީ ރައްޔިތުންގެ ހައްޤެއް. އެއީ ޤާނޫނާއި ރައްޔިތުންގެ ހައްގުތަށް ދިފާއު ކުރުމަކީ" މާރިޔާގެ ޓްވީޓުގައިވެއެވެ.

ސިފައިންގެ ތެރެއަށް އަޅާފައިވާކަމަށް ބުނާ ގަނޑުތަކުގައި ބުނެފައިވަނީ، ރިޔާސީ އިންތިޙާބު ކާމިޔާބުކުރި، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިފައިން އެއްބަރުލުން ދޭނެ ކަމަށާއި، ވެރިކަން ގަޑުބަޑު ކުރުމަށް އެއްވެސް ކަމެއް ނުކުރަން ވަނީ ގޮވާލާފައެވެ.

އެފަދަ ލިޔުންތަކެއް ސިފައިންގެ އަށް އެޅިކަން އެމްއެންޑީއެފް އިން ކަށަވަރުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަގޭޙައްޤު

    އިންތިޚަބަކީ ރަޢިއްޔަތުމީހާގެ ޙައްގެއް 23 ސެޕްޓެމްބަރ ގައި ބޭއްވި މިއިންތިޚާބަކީ ވޯޓުފޮށީގައި ބަނޑު އެޅުވިދުވަހަށްވުރެ ބޮޑު އޮޅުވާލުމެއް މަށަކީ ވޯޓުފޮށީގައި ބަނޑު އެޅިއެކަކު އެދުވަހުވެސް ކަރުދާސްކޮޅުގައި އޮތީ އެމީހަކު ޖެހިފާހަގަ މިއަދު އެކަން ޔަޤީންވާނެ އެއްވެސް ގޮތެއްނެތް އިލްކުސަންސް ކޮމިޝަންގެ ރައީސް ވިދާޅުވެބަލަ ނޫނިއްޔަ މާރިޔާ ބުނެދީބަލަ އިދިކޮޅުމީހުން ފާހަގަ ޖަހަންދިޔައިރު ވަކިން ޤަލަމް ގެންދިއުމަށް އެންގީކީއްވެ މިސުވަލުގެ ޖަވަބުގައި ބުންނަވީ ނަންގަމެކޭ ނޫން އެންގި އެއްމެންވެސް ގެންދިޔަ އެއްމެންބުނީވެސް މިއީ އަހަރެމެންނަށް އަންގާފަ އޮޔްގޮތޭ މީގެ ސަބަބު ބުނެދީބަލަ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން މިއަށް ޖަވާބު ދެއްވަންކެރޭނެހަމަ އެކަކުވެސް ނެތް ޝަރީފްވެސް އަދި މާރިޔަވެސް

  2. ޖަޒީރާ

    އެފްޑީއައި އިން ކާލި ލާރިގަނޑަކީވެސް ރައްޔިތުންގެ ވަރައްބޮޑުހައްގެއް

  3. ސާރު

    މިމީހުން ވެރިކަމަށް ހޮވީ މަންމަނެއްތަ އޭނަ އިސާރާތުން ބުނީމަ މިއަންގަ ގަދަމިތުރާ

    ހުރިހާވާހަކައެއް އެއްމެނަށް ފަޅާ އަރުވާލަނީ ދޯ ތިވެސް ގޮތެއް ހޫމް ގޮތެއް ހުހެއް

    ނުވާނެ ވިއްޔަ

  4. ރޮންދާ ރިޔާޒް

    އެކަން އެގިތިބެދޯ ކުރިކަމެއް ތިކުރީ، ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީޔާ ......