މިއަދު މިގައުމުގައި އުޅޭ ލޮބުވެތި އެންމެހައި އަހުންނާއި އުހުތުންނަށް މިނިވަން ކަމުގެ އިހްސާސް ކުރެވެން ފަށާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރިޔާޒް ވިދާޅުވީ މިއަދަކީ ދިވެހިންނަށް އަމާން ރައްކާތެރި ދުވަހަކަށް ވާނެ ކަމަށެވެ.

މިއަަދަކީ ދިވެހިންނަށް އަމާން ރައްކާތެރި ދުވަހަކަށް ވާނެ ކަމަށް ވިދާޅުވެ ރިޔާޒް ޓްވީޓް ކުރެއްވީ ބެލެވޭ ގޮތުގައި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ޙުކުމް އިއްވުމަށް ހަަމަޖެހިފައި ވާތީއެވެ.

މިއަދު މިނިވަންކަމުގެ އިހްސާސް ކުރެވެން ފަށާނެ ކަމަށް ރިޔާޒް ވިދާޅުވިއިރު ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންނާއި ރިޔާޒް އާއި ދެމެދު ވަނީ ޚިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ.

ރިޔާޒް ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުން ވަކިކުރުމާއި ބެހޭ ގޮތުން ވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ޕީޕީއެމްގެ މެންބަރުން ރިޔާޒާއި މެދު ހިތްހަމަނުޖެހިގެން އުޅެނީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމުން އެކަމަށް މަރުހަބާ ދަންނަވައި ދެ ބޭފުޅުންގެ ފޮޓޯއަކާއެކު ވަކިވަކިން ކުރެއްވި ޓްވީޓްތަކުގެ ސަބަބުންނާއި މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އެކުގައި ނެންގެވި ފޮޓޯއެއް އިލްހާމް ފޭސްބުކްގައި އާންމު ކުރެއްވުމާ ގުޅިގެންނެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އަށް ލިބުނު ނާކާމިޔާބާއި ގުޅިގެން ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީނަށް ނާކާމިޔާބުވީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން ބޮޑުވެ ޕާޓީ ތެރޭގައި ތިބި އިހުލާސްތެރިން ދޫކޮށް، ގޮތް ނޭނގޭ މީހުންނަށް އިތުބާރު ކުރުމުން ކަމަށެވެ.

ރިޔާޒްގެ މައްޗަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. ހާއްސަކޮށް އެމްޕީއެލް އަށް ތެޔޮ ސަޕްލައި ކޮށްދިނުމާއި، ފެނަކަ އަށް ބޭނުންވާ އަޑީތެޔޮ ސަޕްލައި ކޮށްދިނުން ރިޔާޒްގެ ކުންފުންޏަކާއި ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ. ނަމަވެސް ފަހަކަށް އައިސް ރިޔާޒް ޕީޕީއެމްގެ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގެންފައި ވާތީ އިދިކޮޅު ފަރާތްތަކުން މިހާރު އެވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ނުރަބޯ

    ކޮންވާހަކައެއް؟ ކަލޭވެސް ތިޔަހަރީ ވިކިފަ.

  2. އޮޅުވާލިވޯޓް

    ތިއައީހާހަލުގައި އެންތައް ކާންއުޅޭ މަސްތަކެއްހެން ދުވާ އެއްޗެހީތަކެއް ތިއީ އާކަމެއްނޫން ފަހު ވަގުތާ ޖެހެންދެންވެސް ރަގަޅު ގޮތަކީކޮބާކަމެއްނޭގޭނެ

  3. މިއަދު

    ރިޔާޒޫ ހާދައަވަހަކަށް ކޮޅު ބަދަލުކޮށްލީ އަދި ޙުކުމް ނުކުރެ 3 ގަޑިއިރު ވަންދެން ހިފަހައްޓާލެވޭތޯ ބަލާ ނޫނީ ތެޔޮ ކުންފުނި ބަގުރޫޓު ވެދާނެ

  4. މިއަދު

    ކޯޓުތަކަކީ ދަނޑު މަތީގައި ފުންމާލާ ކަށިގަނޑެއްފަދައިން ޙުކުން ނެރޭ ތަނެއްނޫން ރިޔާޒު

  5. ސަލްމާ

    މައްސަލަޔަކީ މިފަދަ ދެފުށްދެގޮތްމީހުން ޕީޕީއެމްގައި ގިނަވުމެވެ. ދެރަޔެއްކުރިމތިވުމުން ލީޑަރޝިޕަށްބަވާ އިދިކޮޅަށް ތަޢުރީފްކޮށް އިތުރަށް ދެރަދިނުމަށް މަސައްކަތްކުރުމެވެ. އިޚްލާޞްތެރިންނަމަ ދެރައެއްލިބޭދުވަހު ހަމްދަރުދީވެ އިތުރަށް ހިތްވަރުދީ ހިތްވަރުކުރާނެއެވެ. އެމްޑީޕީ ތެރެއިން މިފަދަ މީހުން ނުފެނެއެވެ. އިންތިޚާބުން އެމީހުން ބަލިވި ކޮންމެ ފަހަރަކުވެސް ފެންނަނީ މަޔޫސްނުވެ އެނެމެން އެކީއެކައްޗަކަށްތެދުވެ ހިތްވަރުކުރާތަނެވެ،

  6. އަސްލުކިޔާދީ

    ތިއީ އަސްލު ޓުވިޓާއެކައުންޓުންކުރި ޓުވީތައް. މިނިވަންކަން އިހުސާސް ގިނައިންވާނެ ގިނައިން ކޮރަޕްޓުވެފަހުރު ވަރަކުން. އަޅުވެތިވެފަހުރިނަމަ ޕޕމގެ ގޮނޑިދޫކޮއްލާފަ ޖޕގެ ދަފްތަރަށް ޖެހިބަލަ. ސަނާގިއިން ކިޔާމީހުންނަކީ މުނާފިގުންކަން ހާމަވަނީ.. ﷲގެރަހުމަތުން މުނާފިގުންނާ ހާއިނުންނަށް ކާމިޔާބެނުވާނެ.. އިންޝާﷲ.

  7. ތިއްތި ދޮންމަނިިކު

    ރިޔާޒޫ ކަލޭ ފެނަކަޔަށް ތި ވިއްކާތެލުގަ ހާދަ ކަރަޕްޝަން ބޮޑޭ . އެހެންވެ ކޮޅުބަދަލު ކުރާކަން މޑޕ އަށް އެނގޭ . އިބޫ ގެ ވެރިކަމުގަ ކަލޭ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ހާސްނުވޭ .

  8. ސީސީސީސީ

    އަސްލު ޔާމީނަށް ދަސްނުވީ މިމީހުން

  9. ކޭލި

    މީ މިހާރު ނުހިގާ ނޫޓެއް އަބަދު އުޅެނީ ކުރަފިއަރައިގެން

  10. ފާތޭ

    މިހާރު އެކޮލުން ލާރިގަނޑުކެވޭނެ މަޅިޔެއް އެޖަހަނީ

  11. މުހަންމަދު

    ދެކޮޅުން ކާވެނެއްތަ؟

  12. ހުސޭނުބޭ

    ކިހިނެއް މިނިވަންވާ ވާކައެއްބާ! އަދިވެސް ތި ހުރީ އަޅުވެތިކަމުގައިތަ! އާން ފަހަރުގައި ޙުކުމް އަންނަ ގޮތުން ކަލެޔާ ދިމާލަށް ތެޔޮވަގޭ ކިޔާ މީހުންގެ ރާގު ބަދަލުވެ ކަލެއަކީ ތެޔޮސާފުކުރާ ރިފައިނަރީއަކަށް ހަދާދޭނެ ވާހަކަދޯ ތި ބުނީ!

  13. ދިވެއްސެއް

    ހައްތާވެސްދުލިބަދަލުކޮއްގެން ތިބިވިހަގަދަ ހަރުފަ

  14. ލިޒާމް

    މިކަހަލަ 2 ކޮޅަކެޑޭމީހުން މިގަަަައުމަ ބޭނުމެނޫން

  15. ހާމިދު

    ކަލޭހިތުން ކަލޭތީ އިޚުލާސްތެރިއެއްތާ؟ބިރުން ކޮޅުބަދަލު ކޮއްލީ.

  16. އަފްލާ

    ވިކުނަސް ތެޔޮ ބެއަށް ޖާގައެއް ނެތް ދެފުއްދެގޮއް އިޚްލާސްތެރިން ތިބޭނީ ކޮންމެ ހާލެއްގަވެސް އެކަތހި ގަނޑެއްގަ ވެރިކަން ނުލިބުނަސް ޕާޓީއަށް ހިދުމަތް ކުރުމުގަ އިޚލާސް ތެރިން ތިބޭނީ

  17. ކަލޯ

    އޮޕޮޗުނިސްޓެއް ހަމަ! ގޯހެއްނޫން ތާ މިހާރު ފޯކަސް އޮންނަންވާނީ ތިމާގެ ދާއިރާގެ ގޮޑިއައްތާދޯ!

  18. ވޮއީސް އޮފް ހުވަދޫ

    ކާމުޗޯރުން މިގައުމުން ފެންނަހާ ހިނދަކު މި ގައުމުގައި އޮންނާނީ ކޮންދިރުމެއްތޯ؟ ބައްލަވާ އިއްޔރނޫން އިހަށް ދުވަހު މިކަލޭގެ އަށް ގާސިމް ވަރެއް ނެތް ، މި އަދު ޔާމީން ގޯސް ކީއްވެ ތޯ؟ ޢަޖައިބު ވެއްޖެ ރައީސް ޔާމީން ފުލެޓް އަޅަން ފެށީ މާ މިކަލޭގެ އަށް ރ ޔ ގޯސް ވެއްޖެ ؟ މި ކަލޭގެ މާލޭގައި އަޅާފަ ހުރި 10 ބުރީގެ 11 އިމާރާތުގެ އަފު ވެއްޓުން ގޯސް ވެއްޖެ؟ އެމް ޕީ އެލް ގެ ތެލުގެ ވަގު ވިޔަފާރި ފަޅާއެރުމުން ޔ މީން ސަކަރާތް ވެއްޖެ . ޙެޔުވާނީ ކިހިނެއް ތޯ ގައުމަށް ވުރެ އ ޖީބު މާ ބޮޑު ، އަމިއްލަ އެދުން ދިވެހި ދިދަޔަށް ވުރެ ކުރީގައި

  19. މަރީ

    ރިޔާޒް ރަޝީދަކީ ކޯޅިޝަނުގެ ރައިޔަތުން ގަބޫޅް ކުރާ ބޭފުޅެއްނޫން

  20. ހާމިދު ޝާހިދު

    މިއަދު ސުޕްޜީމް ކޯޓުން އިންތިހާބު ބާތިލު ނުކުރާން ނިންމާނެ ކަން ގާސިމް އާއި ޖަމީލުގެ ފަރާތުން އޭނާއަށް އިނގެނީކަންނޭންގެ. އެހެން އެބުނަނީ މިނިވަންވާނެޔޭ. އެކަމަކު ހަގީގަތަކީ މިގައުމުގައި ސުޕްރީމް ކޯޓް އަބަދުވެސް އޮންނަނީ، ބޮޑު ފަޅިއަށް އަރާކަން. ނިކަމެތިންނަން ހައްގުތައް ގެއްލިގެން ދާ ދަނޑިވަޅުތަކުގައިވެސް ރަނގަޅަށް ކަންކަން ނިންމާފައި ނުވާކަން. ރައީސް ނަޝީދުއަށް 13 އަހަރުގެ ޖަލު ހުކުމަކީ އޭގެ މިސާލެއް. އޭނާ ކުރި ކުށަށް ހުކުމެއް ނުކުރާށެކޭ ނޫން މިބުނީ. އެކަމަކު 13 އަހަރު މާ ބޮޑު ދެއްތޯ....!

  21. ރައްޔިތު މީހާ

    ވިޔަފާރި ވެރިން ސިޔާސީ ވީމަ ދެން އުޅެންޖެހޭނީ ތިހެން

  22. ޙަސަނުބެ

    ޙެހެ ކަލޯ މިފަހަރު ކިތައްމެ ވަރަކައް ތެޅުނަސް އެސްޓިއޯ އައް ދައްކަން އޮތް ފައިސާ ނުދައްކާވާނެ ހަމަ އެއް ގޮތެއްވެސް ނެތް ކޮޅު ބަދަލުކުރަން އުޅުނަސް މިފަހަރު ސަލާމަތެއް ނުވާނެ ސޮރީ އެއީ އެމްޑީޕީ ކުދިން މެގަ ޕްރޮޖެކްޓްތައް ހިންގަން ލާރި ބޭނުންވާތީ މިފަހަރު ހަމަ އެކަކައްވެސް ސަލާމަތުގެ އައްސޭރިއެއް ނެއް ދެން މިނިވަން ނޭވާ ލައިގެން ފިސާރި ހުރެބަލަ ވ ސަލާމް

  23. އަލްޖިބްރާ

    ގޮތްހުސްވެ ހުރިހާ މަގެއް ބަންދުވެއްޖެ ކަން އެގުނީމާ ހިޔަޅު ކަލޭގެ ތިޖަހާ މަޅީގަ ބެދޭނެ އެކަކުވެސް ނެތް ! ކޮބާ އެމް.ޑީ.ޕީ ވުޖޫދުން ފޮހެލެވިއްޖެ ތަ ؟

  24. އަހްމަދު ް

    މިހާރު މިނިވަނަކަމުގެ އިހްސާސް އެބަކުރެވޭ 30؛4 ގެ ކޮމެންޓެއް މީ

  25. އިބޫ

    ދެކޮޅަށް ލިޔެފިއްޔާ ސައިޓް ހެކްކޮއްލަފާނެތީ ބިރުން