ނރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން އެއްވުންތައް ބާއްވަމުން އަންނަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

ރިޔާސީ އިންތިޚާބު އޮޅުވައިލީ އީސީގެ މެމްބަރުން ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ސިލްސިލާ އެއްވުންތަކެއް އަންނަނީ ބާއްވަމުންނެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް "ސަންގު ޓީވީ" އަށް ރޭ ވިދާޅުވީ ޕީޕީއެމުން އެއްވުންތައް ބާއްވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ އެއް ވަނަ އިސްލާހާ ޚިލާފަށް ކަމަށް އެ ޕާޓީ އަށް އަންގާފައިވާ ކަމަށާއި ގާނޫނާ ޚިލާފު އެ އަމަލު ހުއްޓުވައި ދޭން ފުލުސް އޮފީހަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ.

އެއްވެ އުޅުމުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައި ވަނީ، ފުލުހުންގެ ލިޔުމަކުން ހުއްދަ ލިބިގެން ނޫން ގޮތަކަށް، މާލޭގެ އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުމަކީ މަނާ ކަމެއް ކަމަށެވެ.

އެއްވުންތައް ގާނޫނީ އިމުގެ ތެރެއަށް ފައްތަން އީސީން އެންގުމުން، ޕީޕީއެމުން ބުނެފައި ވަނީ، އެ ޕާޓީން ބާއްވަނީ މައުލޫމާތުދޭ ސެޝަންތަކެއް ކަމަށެވެ.

ސިޔާސީ ޕާޓީތައް ޒިންމާ ކުރުވަން ޖެހޭ ބަޔަކީ އިލެކްޝަން ކޮމިޝަން ކަމަށާއި ބަސް ނާހައިފި ނަމަ އެއްވެސް ޕާޓީއެއް ތަފާތު ކުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރަމުންދާ ތުހުމަތާ އެކު އިންތިޚާބު ބާތިލްކޮށްދޭން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ހުކުމް އިއްވުން މިއަދު މެންދުރު ބާއްވާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. ނަމަވެސް އިސީއިން ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ އިންސާފުވެރި އިންތިހާބުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރީޢަތު

    ހެއްވާ ކަމެއްނު؟ ޕީޕީއެމް އެބަ އެއްވުންތަކެއް ބާއްވާހެއްޔެވެ؟ ޖަގަހަ ކައިރީތިބެގެން ޚިޔާލުފާޅުކުރުންނޫންކަމެއް އެބަ ކުރޭހެއްޔެވެ؟ މަގުތަކަށްނުކުމެ މީހުނަށް އެބަ ނުހޮރުއްޕާންކުރޭހެއްޔެވެ؟ މީގުކުރިން ބަޔަކުނުކުމެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ މަގުތަކުގެ އަމާންކަން ގެއްލުވާލާ ދުލަށްއައިހާ އައުގުރާނަތައްގޮވައި ރައްޔިތުން ނިދިން މަޙްރޫމުކޮށް ހެދިއިރު ތިޔަ ކޮމިޝަން ކޮބައިހެއްޔެވެ؟ ވޯޓު އޮޅުވާލާފާވާކަންނޫން ކަމެއް ތިޔަކަމުން އެބަ އެނގޭހެއްޔެވެ؟

    • ޔާމީން

      ސުވާލަކީ އިސްލާހު ގެނައީ ކޮންބައެއް ހެއްޔެވެ؟ އޭގަ ލިޔެފަ އޮތީ ކީކޭހެއްޔެވެ؟ އަމިއްލަ ފައިދާއައްފާސްކުރި ގާނޫނު އަމިއްލަ އެއްވުމައް ހުރަސް ައަޅަނީނޫންހެއްޔެވެ..

  2. ފަހުދުވަހު

    ކިހާވަރަކަށް ބަނޑުފުފުނީމަބާ ގަބޫލުކުރަންވީ ގިނައިންކައިފިކަން.. ރިޝްވަތުނަގައިގެން ވޯޓުއޮޅުވައިލައިފިކަން ޕޕމއިން ބުނުމުން ޕޕމ ގާނޫނާ ހިލާފުވެއްޖެ. މޑޕ މިފާއިތުވި ހުރިހާދުވަހު މުޅިގައުމު ސުންނާފަތިކުރިއިރުވެސް ތިއިލެކްޝަނުން ކުރިކަމެނެތް މިއަދު ޕޕމއަށް ފިޔަވަޅުއަޅަން ފުލުހަށް ގޮވަނީ.. ކިތައްމެވަރަކަށް ފުލުހުންލައްވާ ބިރުދެއްކިޔަސް ވޯޓުއޮޅުވާ ނުލާކަމަށްނުވާނެ އިންތިހާބު ސައްހަކަމަށްނުބެލެވޭނެ. ޕޕމދެކެ ބިރުނުގަނެ ﷲއަށް ބިރުގަނެބަލަ.. ކައްވަޅުގެ އެކަނިވާ ދުވަހަށް ބިރުގަތްނަމަ ތެދުވެރިވީސް.. އެތައް ރައްޔިތުންގެ ހައްގުނިގުޅައިގަނެގެން ދުނިޔެ އާރާސްތުކުރަން ރޭވިރޭވުން ﷲހާމަކޮއްދެއްވާންދޭވެ..

  3. ހަނދުކޭތަ

    ނުހުއްޓުވޭނެ ފަހަތަކަށް ނުޖެހޭނަން ކުރިޔަށްދާނީ

  4. Miadhu

    މީގެކުރިން ނުކުރާ އައުކަމެއް އީސީން މިފެށީ ކީއްވެ

  5. މަ

    ކަލޭމެންގެ ބައިގަނޑު މަގުތައް ބެނުންނުކުރެވޭގޮތަށް މުޒާހަރާކުރި އިރު ކޮބާ ހަމަހަމަ ކަމާއިއެކު ފިޔަވަޅު އަޅާފަ.؟ ބޭކާރު ވާހަކަ.

  6. އަވަސް.

    އެހެން ޕާޓީތަކުން ބާއްވާ އެއްވުންތައް އަކުރަމަށް ހަމަ ނުފެނޭބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  7. އަފްލާ

    މިިރިންގް ޝަރީފް މިހިސާބައް ގެނެސަ ދެއްވީވެސް ރ ޔާމީން އެކަމަކު ޣައްދާރުވެ ގައުމު ހަލާކު ކޮޢްފި

  8. ޭަބޮއިހަލާކު

    ޝަރީފޫ ތީތިކަޑަ

  9. އަލީ މަރީން

    ޕީޕީ އެމް އަށް ފިޔަވަޅު އަޅާކަށް އިލެކްޝަން ކޮމިޝަން އަކަށް ނުކެރޭނެ..އިންތިޚާބު ބާތިލް ކުރަން ހުށަހެޅީވެސް އީސީ ޝަރީފުގެ ޑީލްގެ ދަށުން ރާވައިގެން ކުރާކަމެއް..މުޒާހަރާ ކުރަނީ ވެސް އެ ޑީލްގެ ދަށުން...

  10. އަނިޔާ

    ޢިއްޒަތްތެރި މެމްބަރުންނަށް ދަންނަވަމެވެ. ޕޮލިހަށް އެންގުމުގެ ކުރިން މެމްބަރުން ޕީޕީއެމް އިން އެކުރާ ތުހުމަތުތަކަށް ސާފު ޖަވާބެއްދެއްވުމުން އެކަންނިމުނީ ކަމުގަދަންނަވަމެވެ.

  11. އަފީފާ

    ނުހުއްޓުވޭނެ ކަލޭތީކާކު؟
    ވޯޓް ވަގައްނެގީމައެވޯޓްހޯދަންމިއުޅެނޯ

  12. ރިސްވަތު

    ކިހާވަރަކަށްބާ ސަރީފުމެން މި ވިކުނީ ހީވަނީ ވަރަށް ލާރި ކައިފިހެން