ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވަން މިއަދަށް ތާވަލުކޮށްފައިވާއިރު، އިންތިޚާބާ ގުޅޭ ގޮތުން ގޯސް ހުކުމެއް އިއްވައިފިނަމަ މަގުތަކަށް ނިކުތުން ނޫން ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ކޯޓުން އިއްވާނެ ހުކުމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ގަބޫލުނުކުރެވޭ ވަރުގެ ގޯސް ހުކުމެއް އިއްވައިފިނަމަ މަގުތަކަށް ނިކުތުން ނޫން ގޮތެއް ދިވެހިންނަށް ނޯންނާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުން އަންނަނީ ހުކުމް އިއްވަން ތައްޔާރުވަމުން. މަގުތަކަށް ނިކުތުމަކީ ފަސޭހަކަމެއް ނޫން. ނަމަވެސް ރައްޔިތުންގެ ނިންމުން ދިފާއު ކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް އިންތިޚާބު ބާތިލު ކުރަން މައްސަލަ ހުށައަޅާފައިވާތީ ބާރުތަށް ބަދަލުކުރުމުގެ މަރުހަލާ އަމާންކޮށް ކުރިއަށް ގޮސްދާނެ ކަމަށް ބެލުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުގެ ޝަރީޢަތުގެ މަޖިލިސް މިއަދު މެންދުރު ފަހު 13:00 ގައި ބާއްވަން ސުޕްރީމް ކޯޓުން ވަނީ ތާވަލް ކޮށްފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ޖުމްލަ ތިން އަޑު އެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހު އަޑުއެހުން ފައްޓަވަމުން ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކި ބަލައިނުގަތުމަށް ނިންމަވާފައެވެ.

އިންތިޚާބާއި ގުޅޭ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ގަދަބަސް

  ކޮބާ ގޯސް ހުކުމަކީ ވޯޓު ބަތިލު ވެއްޖެނަމަ ޙުކުމް ގޯސްވީ ނުވެއްޖެނަމަ ޙުކުމް ރަގަޅުވީ އެހެންވާންވީ ކީއްވެ ކޮބާ މަގޭޙައްގު ކަލެއަކީ ވޯޓުލީމީހެއްވެސް ނޫނެ ދެންކޮން ފުއްޕުމެއް ތި ފުއްޕަނީ ކަލޯ ތިބުނީ އަނެއްކާވެސް ގައުމުގައި ހުޅުޖަހާށޭތަ؟

 2. ލަރީފް

  ސްޕްރީމްކޯޓުގެ ފަނޑިޔަރުންނަށް ބިރުދެއްކުމުގެގޮތުން މީނަ މި ކުރާ ކަންތައް ހުއްޓުވާނީ ކާކުހެއްޔެވެ؟ ނުބައި ޙުކުމަކީ ކޮބައިހެއްޔެވެ؟ ތިމާޔަ ދެކޮޅަށް އަންނަ ޙުކުމްހެއްޔެވެ؟ ނުވަތަ ދިރިހުރި ކާފީއަށް ބަލައިގެން އިންޞާފުން އަންނަ ޙުކުމްހެއްޔެވެ؟

 3. ސނއމ

  ކަލޯ ތިތާ އޮވެ ކޮން އަނގައެއް ތަޅާކަށް

 4. މަރީ

  އެހާ ބޮޑު ތަފާތަކުން ހޮވުނުކަން ޔަޤީން ވަންޏާ ކޮންކަމަކާ ބިރުގަންނަނީ

 5. މުހަންމަދު

  ހިތައްއަރަނީ ކީކޭތަ؟

 6. ލީލާ

  ކޮބައިތޯ ގޯސް ޙުކުަމަކީ؟

 7. ޖަޒީރާ

  އަހަރެމެން ނުނިކުންނާނައް ކަލޭގެ އަމާ ކޭލޭ ނެރެ

 8. ޭަބޮއިހަލާކު

  މީދެން ކާކު

 9. އަލީ ހަމީދު

  ކަލޭ ރައްޔިތުން މަގުތަކަށޤ ނެރެފަ ލަންޑަނުގަ އަތް ޖަހަން ނިކަން ހުރެލަބަލަ ކަލޭބޭނުންވަނީ އަބަދުވެސް ގުނބޯަހަހއްދައިގެން ތަޅާފޮޅުވަން

 10. ޭަބޮއިހަލާކު

  މީދެން ކާކު ރައްޔިތުންނަށް ބިރު ދައްކަން ކަލޯ އަހަރަމެން ނުދެކޭ ކަމެއްތީ! ތިގޮލާ މަގުތަކަށް ނިކުމެ ޖެއްސި ހަޑިމުޑުދާރު ވައްތަރުތަަށް ދެކެ ދެކެ ފޫހިވެފަ އަހަރުމެން މިތިބީ ވެރީ ސޮރީ ސޮނިބޭ

 11. ކޮސްބެ

  އެއްކަލަ މަގުމަތީ ބެއްޔާ ވަރުގަދަ ބެއްޔާއެއް

 12. މާސް

  ގައުމު ރޯކޮއްލި ގައްދާރު މިކިހާބޮޑު މުސީބާތެއް އިނގިރޭސި ވިލާތުގާ ތެލިމަރުވޭ

 13. ޒާ

  ކަލޭތީ ހުޅުޖަހާމީހާ

 14. ރޮންދާ ރިޔާޒް

  މަގުތަކަށް ނުކުމެ ބޭނުންހާ ސަކަރާތެއް ޖަހާކަށް އެއްވެސް ފުރުޞަތެއް ކަލޭމެނަކަށް ނުދެވޭނެ ވަރަށް ވާހަކަ މިބުނީ .... ސަލާމް

 15. ރުޒާނާ ޗޮއްޕަޓު

  "މަ ބޭނުންވާ ގޮތަށް ނޫން ގޮތަކަށް" ހުކުމް އިއްވައިފިނަމައޭ ބުނެބަލަ. ކަލޭ ދެން ހަމަ ބުނަންވާ ގޮތަށް ނުބުނަން ތިއުޅެނީ ކީއްވެ؟

 16. އަަހަރެން

  ކޮބާ ތިބުނާ ގޯސް ހުކުމަކީ؟ ތިމާ މީހާ ހިއްޕުޅާނުވާ ހުކުމަކީ ގޯސް ހުކުމެއްތަ. ކޯޓުތަކުގެ ނިންމުމަށް އެންމެންވެސް އިހުތިރާމް ކުރަންޖެހޭނެ.

 17. ބަހޫ

  ކަލޯ ތިހެން ބުނީމަ ހައިރާނެއް މަމެން ނުވޭ! ކަލޯ ތީ 24ގަޑިއިރު މަގުމަތި އަޅާފަ އޮންނަ، ފިތުނަ ފަސާދަޢުފައްދާ މީހެއް. އަދި މަމެން ނަށް ހެޔޮ ކަލޭ ހިނދޫ ނޫ ހާ އިނަސް!

 18. ޙުސްނާ

  ތިޔަ ދިނީ އަދުލު އިންސާފު ޤައިމްކުރާ ތަނަށް އިންޒާރެއް.
  އެމީހުންނަށް ނަޝީދު ނުފޫޒު ފޯރުވަން އުޅުނު މިންވާރު އެނގި ހާމަވެއްޖެ

 19. ޙުސްނާ

  ތިޔަ ދިނީ އަދުލު އިންސާފު ޤައިމްކުރާ ތަނަށް އިންޒާރެއް.
  އެމީހުންނަށް ނަޝީދު ނުފޫޒު ފޯރުވަން އުޅުނު މިންވާރު އެނގި ހާމަވެއްޖެ ސާވަސް