ރިޔާސީ އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގައި ދެގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފާނެ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު އޭނާ އަށް ލަފާކުރެވޭ ގޮތް ހާމަކުރައްވައިފިއެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް ގޮތަކީ އިންތިޚާބު ބާތިލް ކުރަން ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމެވެ. އަނެއް ގޮތަކީ އިންތިޚާބުގައި ހިންގާފައިވާ ކަމަށް ބުނާ އޮޅުވާލުންތަކުގެ ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމެވެ.

https://twitter.com/hsuood/status/1053874423059623936

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުގެ ޝަރީޢަތުގެ މަޖިލިސް މިއަދު މެންދުރު ފަހު 13:00 ގައި ބާއްވަން ސުޕްރީމް ކޯޓުން ވަނީ ތާވަލް ކޮށްފައެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު 13 ކަމަކަށް އެދިފައި ވެއެވެ. އެހުރިހާ ކަމަކާއި މެދު މިއަދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެއެވެ.

އޭގެތެރޭގައި އިންތިޚާބުގެ ތެރޭގައި ހިނގާފައިވާ ކަމަށް ޕީޕީއެމް އިން ތުހުމަތު ކުރާ ކަންކަން ސަލާމަތީ ބާރުތައް މެދުވެރިކޮށް ތަޙްޤީޤު ކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ވެސް ހިމެނެއެވެ. ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގެންފައި ވަނީ ސުޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން ނަމަވެސް އެފަދަ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިއްރުން ހެކިބަސް ނަގައިދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނު ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ މިމައްސަލައިގައި ސިއްރުން ހެކިބަސް ނަގަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސިއްރުން ހެކިބަސް ނުނެގުމަކީ މައްސަލަ ވަކި ގޮތަކަށް ނިމިގެން ހިނގައިދާނެ ކަމަށް ބުނުމުގެ ފުރުސަތު އޮތް ކަމެއް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގައި ވަކީލުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ކޮންމެ ކޮޅަކަށް ވެސް މައްސަލަ ނިމުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބު ބޭއްވުމަކީ ލިބިފައިވާ ހެކިތަކަށް ބަލާއިރު އެންމެ ޞައްޙަގޮތްކަމުގައި ޙަފްޞާ ޤަބޫލުކުރަނީ.

  2. ހުސޭނު

    އިންތިހާބު ބާތިލް ކުރާކައް ރ.ޔާމިން އެދިފައެއްނުވެ. މައްސަލައިގެ އެދިފައިވަނީ ވޯޓު އޮޅުވާލުމައް އެތައްކަމެއްކުރި ކަމައް ތުހުމަތުވާތި އެކަންތައް ތަހުގީގުކޮއްދިނުމައް އަމުރެއް ނެރެދިނުމައް އަދި އެތަހުގީގުން ފެންނަނަތީޖާއައް ބެލުމައްފަހު ދެން ކޯޓުން މައްސަލަޔައް ހުކުމެއްކޮއްދިނުމައް. އެހެން ވީމަ އެދިފަ އެއޮތީ އިންތިހާބު ބާތިލްކުރާކައްނޫން. އަމިއްލަޔައް ފުއްނާބު އުސްވެ ކިޔަވަގިގެން ތިބެ ކަންކަން އޮޅުވާލުމާ މުނާފިގު ވިޔަސް ތީ ބޮޑުވަރު.

  3. ސަރީފް

    ރަނގަޅު. ދެން ބާތިލްކުރާނީ. ޢޯކޭ.