ދިވެހި ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގެވެެ.
އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ވެރިކަން ފެށިގެން އަންނަނީވެސް، އަދި ވެރިކަން ދެމިއޮންނާނީވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އަދި 23 ސެމްޓެމްބަރުގައި ރައްޔިތުން ގޮތް ނިންމައިފައިވާ ކަމުގައި މަހުލޫފު ވިދާޅުވިއެވެ،
އަދި ރައްޔިތުންގެ އެ ނިންމުން ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަން ދެމި އޮންނާނީވެސް ރައްޔިތުންގެ އަތްމަތީގަ.
23 ސެޕްޓެމްބަރުގަ ރައްޔިތުން ނިންމައިފި.
ﷲ އިރާދަފުޅާއެކު ސުޕްރީމް ކޯޓުން އެނިންމުން މިއަދު ދަމަހައްޓާނެ ކަމާމެދު ޝައްކެއް ނުުރަން. pic.twitter.com/fG8A1L9JGN
— Ahmed Mahloof (@AhmedMahloof) October 21, 2018
މަހުލޫފް މިހެން ވިދާޅުވިއިރު، މިއަދަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވަން ހަމަޖެހިފައިވާ ދުވަހެވެ.
އެ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.
ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ހުށަހެޅި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ކަލޭ ރައީސްކަމަށް ކުރިމަތިލާންފެންނަނީ
ހަލާކު
ހަލާކު
ކުޑަކޮށް މިހާރު ބޯސަކަރާތް ދޯ ކުރީގަ މަހުލޫފެއްނޫން އެހެނވާނީ ރީދޫފެން ބުއިމަ ހަޔާތް ކެނޑޭނެކަމަށް ކެލޭވެސް ބުނިފަވޭ އެހެންތިޔަވަނީ ހަމަވިސްނުމާއި ސުލްހަ މަސްލަސްކަމަށް ލޯބިކުރުން ވާދޫކަނޑުން ދޫކޮށްލީމަ
މަހުލޫފް މަށަށް ހީވަނި ކަލޭވެސް ތިހުންނަނި މޮޔަވެފަހެން އެއީރައްޔިތުން ނިންމިގޮތެއްނޫން ކަލޭމެން ލާރިއަޅައިގެން އޮޅުވާލީ ވޯޓު