ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ދައުވަތަކަށް ކުރީގެ ރައީސް ނަޝީދު އެގައުމަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅު ގަބޫލުނުކުރެވޭ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ވާހަކައްކަވަމުން ސިއްދީގު ވިދާޅުވީ ސައުދީ ކަހަލަ ގައުމަކަށް ވަޑައިގަންނަވާ ރަސްގެފާނާ ބައްދަލު ކުރެއްވިނަމަ އެބޭފުޅާއާއެކު ނަޝީދު ފޮޓޯ ނުނަންގަވާ ނުހުންނަވާނެ ކަމަށެވެ.

" ނަޝީދަކީ ފޮޓޯ ނެންގެވުމަށް ވަރަށް ބޮޑަށް ލޯބިކުރައްވާ އަދި އަބަދުވެސް ނޫސްތަކުގެ ފަލަސުރުޚީން ޖާގަ ހޯއްދެވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް" ސިއްދީގު ވިދާޅުވިއެވެ.

ރަސްގެފާނާ ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވިކަމުގައި ވިދާޅުވިނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެހެން އެއްވެސް ބޭފުޅެއްގެ ނަމެއް މިހާތަނަށް ހާމަކޮށްފައި ނުވާކަމަށް ސިއްދީގު ފާހަގަކުރެއްވިއެވެ.

ސިއްދީގު ވިދާޅުވީ ސައުދީ އަރަބިއްޔާއަށް ނިސްބަތްކޮށް ވަރަށް ހުތުރުބަހުން ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅެއް އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅުނުކުރެވޭ ކަމަށެވެ.

ރައީސް ނަޝީދު ސައުދީ އަށް ވަޑައިގެންނެވީ، އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ކަމަށްވާއިރު މި ދަތުރުފުޅުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އަދި މައުލޫމާތެއް ހާމަކުރައްވާފައެވެ.

ރައީސް ނަޝީދު ސައުދީއަށް ވަޑައިގެންނެވިއިރު ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ މީގެކުރިން ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން ސައުދީ ރަސްގެފާނުގެ ހާއްސަ މަންދޫބަކު ވެސް ވަނީ އިންތިހާބީ ރައީސް އިބޫ އާއި ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    ޔަގީންތާ އޭނަ ނުދާކަން ސަޢޫދީ އަށް. އެވެސް ވާހަކަ ފަތުރަން ދެއްކި ތޯތޯ ވާހަކައެއް. ވަރަށް ވެބޫހުއްތު ހެދިގެން އުޅޭ މޮޔަ ސޮރެއް ވިއްޔަ.

  2. މިއަދު

    ކުރިންވެސް މަބުނިން އެއީ ދޮގެގޭ ސައުދީ ރަސްގެފާނު އެފަދަ ކުއްވެރިޔަކަށް ދައުވަތެއް ނުދޭނެޔޭ އަދިވެސް މިބުނަނީނު އެއީ ދޮގެކޭ

  3. ބުރުމާކަށި

    އަންނި ދޮގެއްހެދީ؟ ނުވާނެ އެހެނެއް. އޭނަ ދޮގެއްނަހަދާނެ. ހުދު ފޮތިކޮޅެއް.

  4. ދޮޅުރޯނާބެ

    ސިއްދީގޫ ކަލޭގެ ނަންއެކަނި ސިއްދީޤުވަނީ.. މީހާއަކީ ހިތުން އަލިފެއް އެވެސް ކުރު އަލިފެއް. ތިއީ މިހާރު މާޒީ ނުހިގާނެ ތިޔެއް!

  5. ނާރު

    މީނާ،މީނާނާރުވާނެ ސަޢުދީއަކަށް އަދި އިބޫވެސް ނާރުވާނެ.މާރިޔާވެސް ހެދީ ހުސްދޮގު ސަޢުދީއިން މަރުހަބާ ކިޔޯ ކިޔާފަ