ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަކީ ސިޔާސީ ދާއިރާގައި އެއްވެސް އަމާޒެއް އޮތް މީހެއް ނޫން ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހުގެނެވުމަށް ހުށައެޅުއްވި ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ އެކަން އެގޮތަށް ނުކުރުމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެތަކެއް ފަހަރު މަތިން އެދިފައިވާ ކަމަށެވެ. ގާސިމް އިބްރާހިމްއަކީ ސިޔާސީ ދާއިރާގައި އެއްވެސް އަމާޒެއްނެތި އުޅޭ ބޭފުޅެއްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ބައެއް މަހުޖަނުންނާއި، ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅުންނާއި ބައެއް ޕާޓީތަކުގެ އިސްވެރިން ކުރަން އުޅުނު ބަގާވާތް ނާކިޔާބުވީ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ހުށިޔާރުކަމުން ކަމަށެވެ.

ފަނޑިޔާރުންގެ ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމުގައި ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ތިން ބާރުގެ ތެރެއިން އެއްވެސް ބާރަކަށް ދައުލަތް ހުއްޓުމުގެ ބާރެއް ނޯންނާނެ ކަމުގައެވެ. އަދި މިއަދު ރާއްޖެ ދަތުރު ކުރަމުންދާ މިސްރާބަށް ބަލައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެވުމަކީ ލާޒިމްކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިއަރމޫސާ

    އަދުރޭޔޯ؟ އަދުރޭގެ އަމާޒު ވަރަށްސާފު. މިހާރު އެހުރީ އެއަމާޒަށް ވާސިލުވެ މުށިފުރައިގެން. ބާކީ ޓިނުކޮޅެއް ލިބުނީމާ ހުރިހާކަމެއް ހަމަޖެހުނީ.