މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޕޮލިޓެކްނިކް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހު އެ ކޮލެޖުން ފަށަން ހަމަޖެހިފައިވާ ކުރުމުއްދަތާއި އަދި ދިގުމުއްދަތުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލާ ކަމަށެވެ.

އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.

ޕޮލިޓިކެްނިކް އިން މާލޭގައި 24 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެެވެ. އަދި ދ. ރިނބުދޫގައި ގާއިމްކޮށްފައިވާ އައުޓް ރީޗް ސެންޓަރުގައި އެއް ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސ، ހިތަދޫ ކެމްޕަހުގައި ތިން ކޯސް، ގއ. ވިލިގިނލި އަދި ރ. އަލިފުށި ކެމްޕަހުގައި ދެ ކޯސް، ކ. ތުލުސްދޫ ކެމްޕަހުގައި އެއް ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިކޯސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް މޯލްޑިވްސް ޕޮލިޓެކްނިކްއިން އަދި ކެމްޕަސްތަކުން ފޯމް ނަންގަވާ ނުވަތަ މިތަނުގެ ވެބްސައިޓުން ލިބޭނެއެވެ.

އަދި ކޯހަށް އެދި ހުށަހެޅުމުގެ އެންމެ ފަހު މުއްދަތީ 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިންނެވެ. ޕޮލިޓެކްނިކް އިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ އިތުރު މައުލޫމާތު "މި ލިންކް" މެދުވެރިކޮށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު