ރިޔާސީ އިންތިހާބު ބާތިލު ނުކުރަން ސުޕްރީމް ކޯޓުން ނިންމުމާއެކު، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން އަޑު އުފުލަން ފަށައިފިއެވެ.
ސުޕްރީމް ކޯޓު ކައިރީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބިއިރު، އެ ފަރާތްތަކުން އަންނަނީ ރައީސް ޔާމީން ހައްޔަރުކޮށް އެމަނިކުފާނާއި ދެކޮޅަށް ތަހުގީގު ފެށުމަށް ގޮވާލާ އަޑު އުފުލަމުންނެވެ.
ހުކުމަށްފަހު ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ރައީސް ޔާމީން އާއި ދެކޮޅަށް ހިޔާނާތުގެ އެތައް މައްސަލައެއްގެ ތުހުމަތުކުރެވޭ އިރު އެކަންކަން ތަހީގުކުރަން ޖެހޭ ކަމަށާއި އެމަނިކުފާނަށް ރާއްޖެ އިން ބޭރަށް ވަޑައިނުގަންނެވޭނެ ގޮތް ހަދަންޖެހޭ ކަމަށެވެ.
އަދި ރައީސް ޔާމީން ބޭރަށް ފޮނުވާލަން އެހީތެރިވާ ކޮންމެ މީހަކާ ދެކޮޅަށް ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން ވޯޓުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ހައްޔަރު ހަމަ ކުރަންވީ.
ވައުދު ނުފުއްދާ މީހުން ކައްފާރާ ދޭންވާނެ.
ކާމިޔާބުގައި، ހިތް ތިރިކުރަން ޖެހޭ. ނާކާމިޔާބުގައި ކެތްތެރިވާންޖެހޭ.
ރައީސް ޔާމީން ހައްޔަރު ކުރާކަށް ނުޖެހޭނެ.
ތޭރާކިޔާ ހޯގާ ކާލިޔާ؟
ކުށެއް ކޮށްގެންނޭ ހައްޔަރު ކުރެވޭނީ. ކަލޭމެން ހާ ނުބައި ނުލަފާ އިންސާނުންނެއް އަދި ނުދެކެން. އިރާދަ ކުރެއްވިއްޔާ ކަލޭމެންނަށް ވޭނުން ފުރިފައިވާ އަނދިރި ދުވަސްތަކެއް ދައްކަވާނެ. އޭރުންވެސް ނުވިސްނޭނެހެން ހީވަނީ.
ކީއްވެގެންހޭ ރައީސްޔާމީން ހައްޔަރު ކުރަންވީ!! ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާކަމުގެ މަގާމު އދާކުރާކޮންމެ މީހަކު ހައްޔަރުކޮށް ބުރިން ހަންދަމަންޏާ މި މަސްއޫލިއްޔަތު އަދާކުރުމަށް މީހުން އެހާ ޝައުގުވެރި ވަނީކީއްވެ!! މިއިންތިޚާބުން ރައީސް ބަލިވިކަން އެނގުމުން، އަހަރެން ކިޔިވާދޭ ކުޑަކުއްޖަކުވެސް އަހަރެން ކުރެން އެހީ ދެން ރައީސްޔާމީން ލާނީ ޖަލައް ދޯއޭ؟ އަހަރެން އެކުއްޖާ ގާތު ކީއްވެގެންހޭ ޖަލައްލާންވީ އެހުމުން އެ ކުޑަކުއްޖާ ދން ޖަވާބަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ކޮންމެ މީހަކުވެސް ލަނީ ޖަލަކަށް ނޫންހޭ؟ ވީމާ އިބޫ އެބަޖެހޭނޫންތަ މިސަގާފަތް ނެތިކޮށްލާ ދިވެހިޅަދަރީންގެ ސިކުނޑިއަށް ރަނގަޅު އެއްޗެއް ވިސްްނާާދެޭން؟
ޙަމަ ހިނި .
މި އާޓިކަލްގައި ރައްޔިތުން އެގޮތަށް ރައީސް ހައްޔަރުކުރުމަށް ގޮވާލާ ތުހުމަތު ތަކާއި އަދި ސަރުކާރުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ ތުހުމަތުގެ ވާހަކަތައް ލިޔުއްވިނަމަ މި އާޓިކަލް ބަލައިގަނެވުނީސް!