ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވިޔަސް ހުންނަވާނީ ރައީސް އަބްދުﷲ ޔާމީން އާއެކު ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއި ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނަވާނެ ކަމަށާއި އެމަނިކުފާނަށްޓަކައި އަބަދުވެސް ފަހުރުވެރިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.

އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން ވޯޓުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހެހެހެ

    ހޫ ކެއަރސް؟ ޔަގީނުންވެސް ނައްޓާލާނެ.

    • Anonymous

      ޔަގީންތަ؟ ވީ ކެއާ. ލާދީނީ ނޯ ކެއާ

  2. މާނީ

    ދެން ނިހާނު އާއި އަދުރޭ ފަރަށް ދާންވީނުން ޔާމީނުވެސް ގޮވައިގެން ބޮލި ހިލަން

    • ސާ ލެމަން

      ތިކަމުން ވެސް ކުރާނީ ވައްކަން

  3. ބޮޑުހަސަންބެ

    އަދުރޭ ވެއްޖެ ނު ދެން މިހާރު ގަދަ ބަސް ނުބުނަން ... ކޮބާތަ ކުޑަކަކޫ ޖެހި ޝަރީފް ...ލޮލް

  4. ބޮޑު ސުވާލު

    ރައީސް ޔާމީނު ހުންނަވާނެ ތަ؟

  5. މީޙުން

    ޖުޑިސަރީ ރިސްވަތު އޮލަކޮށްގިރާގެން ބޮއެފި ސައްކެއްނެތް

  6. ނުރަބޯ

    ރައީސް ޔާމީނަކީ މިގައުމުގައި ހުރި އެންމެ މޮޅު، އިޚްލާޞްތެރި، އުފެއްދުންތެރި ލީޑަރު. އެހެންވީމާ އަދުރޭ ހުރުން އެންމެ މޮޅީ ރައީސް ޔާމީނާއެކު.

  7. ޖަންބެ

    ބޭކާރު މީހެއް

  8. ވގ

    އެހެން މީހަކު ކަލޭތީ މީހަކު ކަމަކައްނުބަލައޭ ތިއުޅުނުހާ ގޮތަކައްނޫޅެވޭނެ