ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު މާ ފުރިހަމަވެފައި މިނިވަން އަދި އިންސާފުވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އަކްރަމް ވިދާޅުވީ އަބަދުވެސް ބުނަމުންދިޔައީ ރިޔާސީ އިންތިހާބަކީ މިނިވަންް ކަމާއި އިންސާފުވެރިކަމާއި އެކު ކުރިއަށްގެންދިޔަ އިންތިހާބެއް ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމުން މިކަން ރައްޔިތުންނަށް އިތުރަށް ޔަގީން ވެގެން ގޮސްފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތީ މަޖިލިސް އިންތިހާބު ކަމަށާއި، އެ އިންތިހާބު މާ ފުރިހަމަ އަދި މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ ކުރިން ވެސް ޕީޕީއެމް އިން ދިޔައީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެ ކޮމިޝަނުގެ މެމްބަރުން ވޯޓު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ކޮމިޝަނުގެ މެމްބަރުން ދިޔައީ ތަކުރާރުކޮށް މި ވާހަކަތައް ދޮގުކުރަމުންނެވެ.

ރިޔާސީ އިންތިހާބު ނިމިފައިވާއިރު ދެން އެންމެ އަވަހަށް އޮންނާނީ މަޖިލިސް އިންތިހާބެވެ. އެ އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވޯޓް

    މާނައަކީ ދެން ހަދާ މަކަރު ނުވެސް އެނގޭނޭތަ؟

  2. ޙަސަން

    މާނައަކީ މަޖުލިސް އިންތިޚަބުގައި އަދި މާބޮޑަތި ވައްކަންކޮށް އޮޅުވާލާނަމޭ.ދޯ ކަލޯ ؟

  3. ސަނަމް

    ގިނަލާރިކައިގެން ގިނައިންފެންބޯން ފަސޭހަވާނެއްނު

  4. Anonymous

    ލާއިލާހައިއްލައްލާހު. ވޯޓު ލާނެ ކަމެއް ނެތް. އެބުނީ މަކަރު ހަދާނަމޭ. ކަލޭމެން ލާ ވޯޓެއް ލާށޭ. އަހަރެމެން ބޭނުން ބައެކޭ ހޮވޭނީ.

  5. އޮޅުވާލިވޯޓް

    މަޖިލިސް އިންތިހާބުގައި ވޯޓުލާނީ އީސީގެ ފަސްމެންބަރުންއެކަނި އޭރުން އެހުރިހާ ފައިސާއެފަސް މީހުންނަށް ލިބޭނެ ދެފުއްފެންނަ ފައިސާ

  6. ކެރޭ އަބްދުﷲ

    އީސީ މެންބަރުން މަޖިލިސް އިންތިހާބު ގަވެސް ވަކަން ކުރާނެ. އަދި މާބޮޑައް ވަކަން ކުރާނެ. އީސީގަ ތިބީ މުޅިން ވެސް ވަގުން. އެމެ ބޮޑު ދެވަގުނަ ކީ ސަރީފު އާ އަކުރަމް.

  7. Anonymous

    ފުރިހަމަ ވުމަކީ، ﷲ ތައާލާއަށް ބިރުވެތިވެ، ގާނޫނާއި ގަވާއިދުން ކަންކަން ކުރުން.