ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވެގެން ގޮސްފައިވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުން މާޔޫސްކޮށް، މުޖުތަމަޢު ހަލަބޮލިކޮށް، ދޮގު މަޢުލޫމާތު ފެތުރުމަކުން ބާތިލް ކުރިއެރުން ނުލިބޭނެކަމާއި، ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ސުޕްރީމް ކޯޓުގެ އަމުރުން ހާމަވެއްޖެ ކަމަށެވެ.
Rayyithun maayooskoh mujuthamau halabolikollumah dhogu mauloomathu fethurumakun bathilah kurierun nulibeynekamai kaamiyabu libeynee abadhuves
haggahkan SC ge amurun haamavejje pic.twitter.com/gsCecjNn92— Ilyas Hussain (@shkilyas) October 21, 2018
ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެންނެވެ.
ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުގެ ކަންކަމާ ގުޅިގެން ދިވެހި ފުލުހުންނާއި، ސިފައިން މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަންކަން ތަހްޤީގު ކޮށްދިނުމަށް އެދިފައިވާތީ ސްޕްރީމް ކޯޓުން ހުކުމުގައި ވިދާޅުވީ، ހުށަހެޅިފައިވާ ކަންކަން ތަހްޤީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރަވިސް އަދި ދިވެހި ސިފައިންގެ މައްޗަށް އަމުރެއް ނެރެންޖެހޭފަދަ ހެއްކާއި ގަޤީރާ ހުށަހެޅިފައި ނެތް ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން "އިންތިޚާބީ ޝަކުވާއެއް" ވާނަމަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށާއި، "ކޮރަޕްޝަނާ ގުޅުންހުރި މައްސަލައެއް" ވާނަމަ އެކަމެއް ތަހްޤީގު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތަކަށް ހުށަހެޅުމަށް، އިންތިޚާބާއި ގުޅިގެން ޖިނާއީ ކުށެއްގެ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހްޤީގު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަމުރު ކުރުމަށް އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޒިންމާއާ ގުޅުންހުރި މައްސަލައެއްވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
މިކަލޭގެ މިހިރީ ހަމަ ރަގަޅަށްވެސް މަގު ފުރެދިފަ ހެން އެބަހީވޭ. ފުރަތަމަ ޙައްގާ ބާޠިލު ވަކިކޮށްދީބަލަ. ޑެމޮކްރެސީ އެއީ ޙައްގު ކަމަށްވާނަމަ ﷲ ޝަރީޢަތް ބާވައިލެއްވީ ކޮން ސަބަބަކާ ހުރެކަން ބުނެދީބަލަ. ވޯޓުން ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވެރިކަމުގާ ހުރި މީހާ ވައްޓާލުމަކީ ޙައްގުދޯ؟ އަދި އެކަމަށް ތާއީދު ކުރުމަކީ ޙައްގުދޯ؟ ބާޠިލް ބައިގަނޑެއްގެ ފަހަތަށް އެރީމަ އެޔަކަށް ނުކިޔާނެ ޙައްގަށް ﷲ ނަޞްރު ދެއްވީ އެކޭ. އެޔަށް ކިޔަނީ މުނާފިގުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި ކަން ދިނީޔޭ. އަދިވެސް ފާޑު ފާޑުގެ ވާހަކަ ނުދައްކާ މަޑުން ހުރޭ. ތިކަހަލަ 2 ތިން މީހުންގެ ސަބަބުން ދިވެހިރާއްޖޭގައި މުންކަރާތްތަށް ގިނަވެ ދީނީ ދަންނަ ބޭކަލުންގެ އަބުރު ދަނީ ކަތިލެވެމުން. އަދިވެސް ހުއްޓާލާކަށް ނުވޭތަ. މުފްތީ އިސްމާއީލް މެންކް ކަހަލަ ބޭފުޅުން ގެ ފަރާތުން ނަމޫނާ ލިބިގެންބަލަ. މުފްތީ މެނކް ދުވަހަކުވެސް ނުލަފާ މުގާބޭގެ ވާހަކަ އެއް ނުދައްކާ. ކަލޭމެން ތި އުޅެނީ ވެރިކަމުގަ ހުންނަ މީހާގެ ފަހަތުން ނުނެއްޓިގެން. ނަބީ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކަށް ފަރުވާލެއް ނުބަހައްޓާ އެކަމަކު އެހެން މީހުންނަށް ހެޔޮކަންތަަކަށް އެބަ އަމުރުވެސް ކުރޭ. އަދިވެސް ލިޔެވިދާނެ. އެކަމަކު ދެން ނިންމާލީ މި.
ކަންނެލި ދޯންޏެއް ދީ އެސޮރަށް. ސޭކު ސޮރެއް. އެސޮރު ނޭވާލަނީވެސް ކަންނެލި ދޯންޏަށް.
ކާމިޔާބު އަންނާނީ އަބަދުވެސް ޙައްޤަށްކަން އެނގެން އޮންނަނޯ ސްޕްރީމްކޯޓުގެ ޙުކުމަކުން ނޫން. ކާމިޔާބު އަންނާނީ އަބަދުވެސް ޙައްޤަށްކަން އެނގެންއޮތީ ﷲ ގެ އަމުރުފުޅުތަކުން. ކޯޓުތަކުން ނުހައްގަށް ވެސް ހުކުމްކުރޭ.
ބޮޑު ކަންނެލި އޮޑީގެވަރު ފެނިގެންދަނީ. ދެން ދުވަސްކޮޅެއްގެ ތެރޭގައި ފެންނާނީ، ޢަދުލުވެރިކަމާއި، އޯގާތެރިކަމުން ބައިކުދިން ފިޔަވާ އެހެން މުވައްޒަފުންތައް ވަކިކޮށް ނަޞްރާނީ ފައްޅިތައް ރާއްޖޭގައި އަޅާ ފުރިހަމަ މަންޒަރުތައް.
ލިބޭނީ ބޭނުންމީހަކައްކަންޔަގީ
ކީއްވެބާ ކަލޭމެން އެޙުކުމަކާއި މެދު ހަޅޭއްލެވި ޙުކުމްތަކާމެދުވެސް ހަމަތިހެން ނުބުނަނީ؟! އަމިއްލައެދުމުން ފޯވެފައިވާ "ދަންނަބޭކަލެއް"
ޢިލްމުވެރިޔެއްގެގޮތުގައި ހުންނަވާ ވާހަކަދައްކަވާއިރު ދެކޮޅަށް ބަލަންޖެހޭނެ! ކީރިތިރަސޫލާގެ ކޮމާންޑުކަމުގައި މުސްލިމުން ކުރި ހަނގުރާމަތަކުން ކާފަރުންނަށްވެސް ނަޞްރުލިބިފަ އެބަހުރި! އެއީ މުސްލިމުންގެ ގޮތް ބެއްލެވުމަށް! މާފަހުން އެގިގެންދިޔައީ އެއީ އިމްތިާހނުކަން! މިއީވެސް އެފަދަކަމަކަށްނުވެ ނުދާނެ! ސްޕްރީމްކޯޓުގެ ޙުކުމް އިދިކޮޅަށް މޮޅަށް އަޔަސް ޕީޕީއެމް ނުނިކުންނާނެ ތަންތަން ހުޅިޖަހާ ޤަވްމު ހަލަބޮލިކުރުމަކަށް! ވޯޓް އޮޅުވާލާފައިވާކަން ހަމަ ޔަޤީން! ޝަރީޢަތަކީ ބޭރުފުށަށް ހިނގާ ކަމެއް!
ހެސްކިޔާފަ ބިރުދެއްކިޔޭ މިވީ ދުވަސް ތަކުގަ. އެހުކުމަކީ ބިރުން ތިބެ ކުރި ހުކުމެއްކަން މަށަށް ވަރަށް ސާފު. ޟަ އޭގެ ތެރޭން އެކަ ކާއެކު ކައިބޮއި ހަދާމީހެއް މީ. މިމައްސަލަ ބަލަން ފެށީއްސުރެއް ނަފްސާނީ ގޮތުން ބިރުވެރި ކަމެއްގަ ހުންނަނީ. ދެން ހުކުމް ޢަދުލަށް ކުރާނީ ކިހިނެއް.
ތި އަދުލު އިންސާފުގައި ހުރި ވަރެއް. އަދި ގައުމަށް ތިޔަ ގެންނަ ސެކިއުލާ ވެރިކަމުގެ ހުރި ވަރެއް ނިކަން ރީތިކޮށް ފެނިގެންދާނެ.
މާތްﷲ މިކަހަލަ ނުބައިނުލަފާ ފާސިގް މީހުންގެ ކިބައިން މިޤައުމާއި އަޅަމެން ރައްކާތެރިކުރައްވާ މިބައިމީހުންގެ ދޫތަށް ބަންދު ކުރައްވާންދޭ.
އިންސާނުން އިމްތިހާން ކުރުމައްވެސް ކަންކަން މެދުވެރި ކުރައްވާ އިލްޔާސް ރީލޯޑައް ދަރުސް ދިނުން ހުއްޓާލުމައްފަހު ހައްގުގެ މަގުގައި ސާބިތުވެ ހުރުމައް ދައްނަވަން
ދެން ފެންނާނީ މިޝައިޚް ދުވަސްކޮޅަކުން ފައްޅިއަކުން ދަރުސް ދެނިކޮށްކަންނޭނގެ...
އޭރުންވެސް ބުނާނެ ތޯއްޗެ ހައްޤައް ނަސްރުލިބިއްޖެޔޭ..
ފަލަސްޠީނަށް ވެރިވެގަނެގެން އެ އުޅޭ ޔަހޫދީންވެސް ބުނަނީ ހަމަ ތިހެން ، އެ މީހުންގެ ބާރުގެ ދަށަށް އެތަން ދިއުމަކީ ހައްޤަށް ލިބުނު ނަޞްރެކޭ
އަދި ފަހުން މިބައިގަނޑު މިކުރާ ކަންތަކުގެ ހިތިރަހަ ފެންނާނެ.މީނާގެ ދުލުގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރަެްވާށި!
ކަލޯ އިމުރާނު ޖަލަށް ދާންޖެހުނީވެސް ހަމަ ހައްގަށް ނަސްރު ލިބުނު ހުކުމެއްގާ އިނގޭތޯ. އިއްޔެވެސް މިއަދުވެސް މާދަމާވެސް މި ޤޢުމުގަ އަދުލު އިންސާފު އޮންނާނެ. ތިމާ ބޭނުންނުވާ ގޮތަށް ހުކުމެއް އަންނައިރަށް ކޯޓްތައް ގޯސްކޮށް ހަދަނީ ތިކަހަލަ މަރުމޯލުން.
އެހެންވީމާ އިސްރާއިލަށް އެކާމިޔާބު ލިބެނީ އެމީހުން ހައްގުގެ މަގުގައި ތިބީމަދޯ؟ އަރަބި ގައުމަކުން 4 އަހަރުގެ ޓޭކްއަވޭ އެއް ހިފާގެން އައިސް ކޮންމެ މީހަކު މާ ދަންނަ މީހަކަށް ހެދިގެން މިއުޅެނީ. ހައްޤަށް ނަސްރު ދެއްވާނީ ޤިޔާމަށް ދުވަހުން. މިދުނިޔޭގައި ކޮންމެ ކޮޅަކަށް ވެސް ކާމިޔާބު ވެދާނެ. އެކަމަކު ގިޔާމަތް ދުވަހުން ހަމަ ހައްޤަށް ނަސްރު ދެއްވާނީ.
ސްޕްރީމް ކޯޓުގެ ކޮންމެ ހުކުމެއް ނިމޭއިރައް ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ގަބޫލު ކުރާނަމަ ހާދަ ރަގަޅޭ. އެކަމު މައްސަލަޔަކީ އެއްބައި މައްސަލަ ނިމުނީމަ އެބަބުނޭ އެއީ ނުފޫޒުން ބާރުތައް މުށުތެރެއައް ލައިގެން އުޅޭތީ ނިންމި ނިންމުމެއްކަމް.
މީ ޢިލްމީ ގޮތުން ބޭކާރު ވާހަކައެއް؟ ވޯޓަކީ ޙައްްޤާއި ބާޠިލު ވަކިކުރާ އިން ފާހަގައެއް ނޫން! ވޯޓުން އެނގެނީ ކަމެއްގައި ގިނަމީހުން ތާއީދު ކުރާގޮތް! ވޯޓުން މޮޅުވާކޮޅު އެއީ ޙައްޤުކަމަށް ދެކި އެއީ ޙައްޤަސް ލިބުނު ނަޞްރުލިބުން ކަމުގައި ބުނުމަކީ ޖާހިލުކަމުގެ އިންތިހާ!
މާތްﷲ ނަސްރުދެއްވަނީ ހައްގަށް. އެއީހަމަޔަގީނުންވެސް އެކަލާންގެ ވައީދު ބަސްފުޅު. ނަމަވެސް ހަމައެފަދައިން މާތްﷲ އިމްތިހާންވެސް ކުރައްވާ. މިއަދުއިއްވި ހުކުމްއަށް އިހްތިރާމް ކުރާނަން. އެއީ މުޅިގައުމާއި ރައްޔިތުންގެ ހައްގުގަ މަސްލަހަތު އިސްކުރުމުގެ ނިޔަތުގަ. ހިތުގާއެއްވެސްދެކޮޅުވެރިކަމެއް ހަސަދައެއްވެސްނެތް. މިކަންކަން މިމަގުންއިޚްތިޔާރު ކުރަނީ ނިމިދިޔަ އިންތިހާބު ސައްހަކަމާމެދުސުވާލެއްނުފެދޭތީ އެއްނޫން. ނިމިދިޔަ ރިޔާސީ އިންތިހާބަކީ ދިވެހިރާއްޖެ މީގެކުރިން ދުވަހަކުވެސްތަޛްރިބާކުރަންޖެހިފައިނުވާ ފަދަ އޮޅުންބޮޅުންތައްގިނަ އިންތިހާބެއްކަން ޔަގީން. ވީމާ މިއަދު ލިބިގެންދިޔައީ ހައްގުނަސްރު އަކަށްތުރެބޮޑައް މިދެކެނީ މިއީ މާތްﷲ. މިންވަރުފުޅުން ކުރިމަތިވިއިމްތިހާންއެއްކަމުގަ. އަޒުމަކީ ކެތްތެރިކަމާއެކު ހިތްވަރުއާކޮށް ގަދައަޅާކުރިއަށްދާންމަސައްކަތް ކުރުން. އިންޝާﷲ
އެއީވެސް ކަލޭމެން ބޭނުންވާ ގޮތަކަށް ކުރެވޭ ޙުކުމްތައް އެކަނި
ޔާ ޝޭޙް! ތިޔަގޮތަށް ވާހަކަ ނުދައްކަވާ ޢާޚިރަތައް ބިރުވެތިވުމަށް ގޮވާލަން. އަޅުގަނޑު ރޔ އަށް ތާޢީދުކުރަނީ ފަރުދީގޮތުން މިހާރުގެ ހުރި ލީޑަރުންކުރެ އެމަނިކުފާނު ފަދަ ލީޑަރެއް ނެތުމުން. ޑިމޮކުރަސީއަށް ކުރާ ތާޢީދެއް ނޫން. ޝެއިޙް އެއްގެ ގޮތުގައި ހުންނަވާ ވިސްނާ ވަޑައިގަންނަވަންޖެހޭ ކަމަކީ ރޔ އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުން އަބުރުގެ ޤާނޫނު ހިފެހެއްޓެވިކަން. ޢެއީ އިސްލާމުންނަށް ލިބުނު ނަޞްރު. ޢެކަމު މިހާރު ތިޔަ އުޅުއްވަނީ އެފަދަ ޤާނޫނުތައް ބާތިލްކުރަން ގޮވާލާ ބަޔަކާއެކު. އެފަދަ އަމަލްތަކުން ދޭހަވަނީ އަމިއްލަ އެދުން.
އިލްޔާސް ތިބޭފުޅާ މާފޮނިވާނެ ކަމެއްނެތެވެ. ތިބޭފުޅާ މިފެށޭ ސަރުކާރާ ދެކޮޅުވާތަން ދުނިޔޭގައި ތިބިބަޔަކު ދެކޭނެއެވެ.
އެހެންވެޔޭ މިހާރަކަށް އައިސް މަ މިސޮރަށް "ސޭކު އިލްޔާސް" އޭ މިކިޔަނީ.
މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރަކު ކަށްޓެއް ނުޖަހާނެ! އެމްޑީޕީ ހޮރުގެ ކަށި މީނާގެ ގަޔަށް ދެފަހަރަށް ކޮށްޕައިލާތަން ބަލަން ހުރިހައި ކުދިން ވެސް ތިބެއްޗޭ!
ހުސެއިންގެ ފާނު ޝަހީދު ކޮށް އިސްތަށިފުޅު ކަޑައިލައިގެން ތަބަކަކަށްލައިގެން ޔަޒީދުގެ ކައިރިއަށް ގެންދިޔުމުން ދަތްޕިލާފުޅުގަ އަސައިން ޖަހަފަވެސްބުނި ޙައްގުގަތިބިމީހުން ފެނޭހޭ. ކަލޭވެސްތިހިރީ އެބައިގަޖެހިފަ. އަހަރުމެންތިބޭނަންބަލަން
ކަލޭ އަޑު އެހީމުތަ ނަރަކަ ކިޔާތަނެެއް އޮންނަ ވާހަކަ؟ ހާދަހީވޭ މިކަލޭގެ އުޅުން ދައްޖާލު އާ އެއްގޮތް ހެން
އިލްޔާސްމެން ދައްކާ ވާހަކަ އަޑުއަހަން އެގޭނީކިހިނަކުން، ބައެއްފަހަރުބުނޭ ބޮލާއި ތުބުޅީގަ ކަޅުކުލަ ޖެއްސުމަކީ ޙަރާމް ކަމެކޭ، އެކަމު 55 އަހަރު ވީއިރުވެސް އެއްމެ ނުރައެއް އެސޮރުގެ އެއްވެސް އިސްތައްޓަކުން ދައްކަބަލަ، މިވަރު މިމީހުންގެ ދީންވެރިކަން މިހާވަރުން އެނގި ހާމަވެގެން ދާނެކަމަށް ހީކުރަން
ދެން އަވަހަށް ދީނީ ތަޤްރީރް އެއް ފަށާ ސްޕްރިންކޯޓް އޭ އެމް.ޑީޕާއޭ އަދި އިބޫއޭ ތީ ހަމަ 2008 ގައި މައުމޫނު ވެރިކަމުން ބާލަން ތެޅޫނު ފުއްލާއެއް ..... ތިޔައީ ހަމަފައްކާ ގަރަހިތެއް .... ގަރަހިތަކަން ނޭންގޭނޭ މިއަދު ވީކަމެއް މާދަމާ އިރު އަރާއިރަށް ހަނދާނަކު ނުހުންނާނޭ.. ޝޭޙް އިލިޔާސް ގާތު ބުނެލަން ބޭނުންވަނީ ދެއަގައިން ވާހަކަ ދެއްކުމީ ކޮންކަހަލަ ކަމެއްތޯއޭ އަދި ތަންތަން ފަސާދަ ކުރުމަކީ ތިބާގެ ގައިގާ ވާ ރީތި ސިފައަކީ ހޭއެވެ.