އަދުލު އިންސާފު ދިރިދެމި އޮތްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ސާބިތުކޮށްދީފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއި ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފިސާރި ސާބިތުކަމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދިނީ އަދުލު އިންސާފު ދިރިދެމި އޮތްކަން ކަމަށާއި އަދި އަނިޔާވެރިކަން އެއީ ހައްގު ނޫންކަން ކަމަށެވެ.

މީގެއިތުރުން މަކަރާއި ހީލަތަކީ އިންސާފު ނޫން ކަމާއި، ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބޭ ބަޔަކަށްކަން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ސާބިތުކޮށްދީފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.

މީގެއިތުރުން ވޯޓުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޝމ

  ގާސިމް އަށް ހުކުން ކުރީވެސް ހަމަ ރަނގަަޅަށް އެކޯޓް ތައް އޮތީމަ ކަމަށް ގަބޫލު ކުރަން ...

 2. ޙަމެ

  ޢެހެންވީމާ ތިބުނީ އިންސާފު އޭރުވެސް ލިބުނު މިހާރުވެސް ލިބެޔެ. ދެން ކާކައް މިއޮތް ހާދުވަހު އިންސާފު ނުލިބިގެން އުޅުނޭ ކިޔާފަ އަޑުން އަޑު ނަގާ ތި ހަޅޭލެވީ. ޙަމަ ކޮސްވެއްޖަެިއިން

 3. ޝާކިރު

  ކިހާވަރެއްތޯ މިފަހަރު ދެއްވީ؟ ބަލަން މިތިބީ ކުޅިސަމާ!

 4. ކުނޫޒް ބޭބެ

  ކަލޯ ގާސިމާ ވެރިކަން ކުރަން ނޫޅެ ފުރަތަމަ ގޮސް ތިމާ މީހާގެ މުވަށްޒަފުން ގެ ހައްގުތަށް އަދާ ކޮށްދީބަލަ،ކަލޭ ބަނޑު ފުރައި ކައިގެން އޮތަސް އެމީހުންނާ އެމީހުންގެ އަނބި ދަރިން އެތިބީ ނުކައި ނުބޮއެ ކަލޭގެ ހިދުމަތު ގައި،މުވަށްޒަފުން ނަށް ދޭން ޖެހޭ އެތަށް މަސްދުވަހެއް މުސާރަ އާއި ސާރވިސްޗާޖް ހުރިކަން ހަދާން ނެތުނީތަ،ދެން ކިހިނެއް ކަލޭ ދަށްކާވާހަކަ ރައްޔިތުން ގަބޫލު ކުރަނީ،ތިވަރު ހަރާން ކޯރު މީހަކު ދެއިރު ދެދަޅަ އަށް ތިކިޔަނީ ރައްޔިތުންގެ ހައްގޭ އަނެކެއްޗެކޭ،ކަލޭދަށްކާ ވާހަކަ މިހާރަކު ގަބޫލެއްނުކުރާނެ ހަމަހޭގައި ހުރި މީހަކު،އަސްލު ތި އުޅެނީ މިހާރު ދައުލަތަށް ދަށްކަން ޖެހޭ ރައްޔިތުންގެ 100މިލިޔަން ޑޮލަރު ގެ ކަންތަކާ ކަން އެނގޭނެ އެންމެ ކުޑަކުއްޖާއަށްވެސް،އެފައިސާ އަނބުރާ ނުހޯދޭނެ ކަލޯ،އެއީ ކަލޭ ރައްޔިތުން ނަށް ދޭން މަޖުބޫރު އެއްޗަކަށް ވީމަ،ބޯނެތް ބުރުމާ.....

 5. އިންސާފް

  އެއީ ތަހްގީގު ނުކޮށް، ހެކީންގެ ބަޔާން ނުނަގާ، ޔަގީންކަމާއެކު ﷲ ވަހީ އިއްވަވާ ފަސް ފަނޑިޔާރުން ހުކުމް ކުރާހެން ހުކުމް ކުރީމަތަ؟
  އަމުރެއް މި ވިއްކަނީ ކިހާވަރަކަށްބާ؟

 6. މީސް ޚަބަރު

  މިއަދު މިމީހުން ކިޔާނީ މިލަވަ..މާދަމާ ނޭގެ ގޮވާނެ އެއްޗެއް ވެސް..މޮޔަފުޅު ޖާސީމް

 7. ބޮލި މުލައް

  1 ފެބުރުއަރީގަ އަމުރު ނެރުނީވެސް ތިގޮތަކަށްނު ގައިމު ތިބާގެ ދުލުން ބުނި.

 8. ނަލަމަލަ

  ސްޕްރީން ކޯޓުގެ އަމުރާއެކު މާކުރަތުގައި ނަރުދަމާ އަޅަން ބޭނުންކުރި ހައިމާކު ގެއްލިއްޖެ.

  • ހުސޭނުބޭ

   ހައިމާކަކީ މީހުންގެ ޒާތީކަންކަމުގެ ތެރޭގައި ހިމެނޭ އެއްޗެއް! ކުށެއްކޮށްގެން ފޯނެއްވެސް އަތުނުލެވޭނެ! ވީމާ ހައިމާކްވެސް ދެނެއް އަތުނުލެވޭނެ! ކަލެޔަށްވެސް ވަންޏާ ހައިމާކަކަސް، ކޮންނަބޯޓަކަސް ޖަނަރޭޓަރަކަސް ކަންނެލި އޮޑިޔަކަސް ހަމަ ފޮރުވަންވީ! އެތަކެތި ހިމެނެނީ ޒާތީ ދިރިއުޅުމުގެ ތަކެތީގެ ތެރޭގައި!

 9. ނުރަބޯ

  މިއަދު ޢަދުލު ވީތަން އިންސާފަކަށް ނޭނގޭ.

 10. ބާނިޔޫސޭ

  ޢަދުލު އިންސާފު ދިރިދެމި އޮތްކަން މާމިގިލީ ހާމާނަށް އަންގައިދޭން އެމްޑީޕީ އިން އެބަތައްޔާރުވޭ. ހުވާ ކުރުމަށްފަހު ލަސްތަކެއްނުވެ އެކަން ފެށޭނެ. ލާރިފޮއްޗެއް އޮތިއްޔާ ރައްކާކޮށްގެން ހުރޭ. މަހާބަދްމާޝް.

 11. ކަށި ނުހެރޭ މީހާ

  ސޭޓާ ސޭޓު ހަމަ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް؟ ތިމާގެ ކާފަ ދަރިންވަރު ކުދިކުދި ކުދިންނާ އިންނަމުން ދުވާ މުސްކުޅިއަކު ކޮން ހަޔާތެއް ހުންނާނީ.

 12. ޢީސަދަރި

  ހާދަ ހެއްވައޭ! ބޭނުންވާ ގޮތަށް ޙުކުމް ކުރީމާ ކޯޓްތައް ބަރާބަރު. އެހެން ނޫނިއްޔާ އަންދާ ޤާނޫނު.

 13. ާއައިޝާ

  އަދުލު އިންސާފު ދިރިދެމިއޮތްކަން އެތްކަން އެގުނީ ކަލޭމެން ބޭނުންވާ ގޮތައް ހުކުމް ނެރުނީމަތަ...މިނޫން ދުވަހެއް އޮތްކަން ހަދާން ކުރޭ...ޖަޖުންނަށް ރިޝްވަތު ދޭއިރު

 14. ނަޝީދާ

  ޖަޖުންނަށް ކިހާވަރެއްދީގެން ތިކަން ނިންމާލެވުނީ ބޭނުންވި ގޮތައް