ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުޙްތާޒް މުޙްސިން އަދި އދ. މާމިނގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކެއް ކްރިމިނަލް ކޯޓުން ބާތިލުކޮށްފިއެވެ.

އެގޮތުން މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއެވެ.

އަދި ނިހާނަށް ކުރި ދައުވާގެ ތެރެއިން ކޯޓުން ބާތިލު ކުރީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.

މި ދައުވާތައް ބާތިލުކުރިއިރު މުހުތާޒު އަދި ނިހާންގެ މައްޗަށް އުފުލި ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ ސާބިތުވެ ދެ މީހުންވެސް ގެންދަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ޓެރަރިޒަމްގެ ކުށް މުހުތާޒު އަދި ނިހާންގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީއެވެ.

މި ދެ ބޭފުޅުންގެ މައްޗަށް 17 އަހަރު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮލި މުލައް

    ކީއްކުރާނީ ޤައުމުގެ ފަނޑިޔާރުންގެ ހާލަތު. ނިކަމެތި ރައްޔަތުން މިނިވަން ނުވަނީ ކީއްވެބާ. ދެރަވަރު ކަންތައް

  2. މާޝްޥާރާ މަޖްލިސް

    ތިޔަާމީނަށް ގަންނަ ސޭސަރު ބުނެގެން ހުކުމް އިއްވި ހުރިހާ އެންމެން ހަމަ މިހާރު މިނިވަންކޮށް އެމީހުން ދޫކޮށްލާފަ ޖަލު ހުސްކޮށްބަލަ. ޔާމީނާ އެސޮރުގެންގުޅޭ ހުރިހާ އާލާތްވަރު ޖަލަށް ގަޅަންވެއްޖެ.

    • Anonymous

      އޭކަލޯ ބުނަން ވާހަކައެއް؟ ކުށެއް ސާބިތު ކޮށްފަ ޖަލަށް ލެވޭނީ. ކަލޭމެންގެ ފިނޑިންގެ މައްޗަށް ކުށް ސާބިތު ވެގެން ޖަލަށް ލާފަ ހުންނާނީ. ކަލޯ މެން ކުށް ސާބިތު ކުރާތި. ނުވީމަ ހެކި ފޮރުވީއޭ ކިޔައިގެން ހަޅޭއްފަޅޭއް ލަމުން ނުދުވާތި.

  3. ޜިޔާޒު

    ތިހުރިހާ ެއެެއްޗެއް ބާތިލް ކުރާނެ،،، މިތިބީ ކުޅިބަލަން