ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނު ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ފިއްލަވާނެ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ހުށަހެޅުއްވި އެ މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓު ބޭރުގައި މިއަދު މީޑިއާތަކާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކުރެވިފައި ހުރި ބޮޑެތި ތުހުމަތުތަކެއް ފުލުސް އޮފީހަށް ހުށަހެޅިފައިވާކަމަށެވެ. އޭގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތައް ހިމެނޭކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އެ މައްސަލަތައް ހަމަ މިހާރުން މިހާރަށް އެބަ ތަހުގީގު ކުރަންޖެހޭ. އެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީން ފުރާވަޑައިގަތުމުން އެ މައްސަލައިގެ ތަހުގީގުގެ ކަންކަން ނުކުރެވިވާނަމަ އެކަމުގެ ޒިންމާ ނަގަން ވާނީ އެކަމުގެ ބައިވެރިވި ފަރާތްތައް ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރު މިއޮތީ ރައީސް ޔާމީން މި ވަގުތު ފުރާވަޑައިގެންފިނަމަ އަދި ފުރާވަޑައިގަތުމުގެ ސަބަބުން މައްސަލަ ތަހުގީގު ކުރުން ލަސްވާ ނަމަ، ނުވަތަ އެކަން ނުކުރެވޭ ކަމަށްވާ ނަމަ، ރައީސް ޔާމީން ފުރުވާލުމުގައި ބައިވެރިވި ހުރިހާ ފަރާތެއް ޒިންމާ ވާންޖެހޭނެކަމަށް ވެސް އަޅުގަނޑުމެން ދެކެން" ހަސަން ލަތިފް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ފުރައިވަޑައިގަންނަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ޕީޕީއެމް އާއި ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވާ ގޮތުގައި ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ފުރުއްވާކަށް ނޫޅުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ބްރޯ

  އަދި އެއީ ކާކުތަ ރައީސް ޔާމިނޭ ކިޔާފަ އަނގަހުޅުވަން.

 2. ކުމާރު

  ތި ހަސަން ލަތީފު ވެސް ހިލިހިލާ ޖަހާފަ ހަވަރައް ދޭންވީ. ތީވެސް.ބޮޑު މާސިންގާ ވަގެއް. ޥޯޓު ވަގެއް. ޔޫތު މިނިސްޓްރީ ކާލި ބޮޑުވަގެއް

 3. ކުކުޅޭ

  އަރައިގެން އަތުވެދާނެ ފަރަންޖީންތައް އަންނާނެ ގޮތުގެ ރިހާސަލެއްބާ!

 4. އިއްބެ

  ބޮޑާކަމާ ކިބުރުވެރިކަން ދައްކައދޭ ފޮޓޯ އެއް?

 5. މިއާ

  މިހަސަންލަތީފަކީ މަތިންފައިބާ ހުރިމީހެއްތަ މީނަބުނާހާކަމެއް މިރާއްޖޭފުލުހުންކުރަންޖެހެނީ ވެރިކަންލިބުނަސް މިބަލާވެރި ކަމުން ސަލާމަތް ނުވާނެ

 6. ޜާއްޖެ އިސްލާމް

  ކަލޭގެ ސައިޒާ އެއްވަރު ވާހަކަ ދައްކާ

 7. ޙާލުގެ ދުލުން

  އައްޗީޑި މިއޮށް އަނގަގަނޑެއް

 8. ހުސޭނުބެ

  މިމީހުންނަށް ވެރިކަން ކުރާނެވަގުތެއް ލިބޭނެހެނެއް ހީއެއްނުވޭ، ޔާމީނު ގައިން ނުނެއްޓިގެން އުޅެނިކޮށް ދައުރު ނިމިގެންދާނީ، އެގޮތަށް އެކަންވެއްޖިއްޔާ ރަނގަޅީވެސް، އޭރުން ރައްޔިތުންނަށް އިނގޭނެ ކަލޭމެންގެ ފެންވަރު، ވެރިކަން ކުރުމުގެ އެއްވެސް ވައްޓަފާޅިއެއް ކަލޭމެންގެ ފަރާތުން ފެނިގެންނުދޭ، އެއީ
  ކޮންމެމީހަކަށް ވާނެކަމެއްނޫން، ކަލޭމެންގެ ވެރިކަމުގެ ކޮށްފަހުރި ވައްކަން ބައިނަލްއަގުވާމީ ކޯޓަކުން ތަޙްގީގު ކުރިޔަސް ނޭގޭނެވަރަށް ކާލާފަހުރީ، ރައީސް ޔާމީން އެކަންކަމާގުޅުން ހުރި މުއައްސަސާ ތަކާ ކަންކަން ބަލަން ހަވާލުކުރައްވާފަ ގައުމު އާރާސްތުކުރަން މަސައްކަތް ކުރެއްވީ، މިއީ ތަފާތަކީ.

 9. އަހްމަދު

  ހަސަންލަތީފު ކަލޭއެއްޗެއްބޯންވީނު ބޭނުންހާގޮތެއްނުހެދޭނެ ކަލޭ މައުމޫން ވެރިކަމުގަ މުލިޔާންކޭހާއެއްޗެހި ހޮޑަށްލާފަ މައުމޫންނަށް ގޮޅާބޯގޮވިހެން ހުރިހާކަމެއްނުވާނެ

 10. ހައްގުބަސް

  ޔާމީނެއް ނޫން އަނިޔާވެރީ. ކަލޭގެ ޖަނަވާރު ކަމާ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާފައި ތިވަނީ. ބަލަ ކަލޭމެން ނޫންތަ ގޮވާ ނެގީ އެއްވެސް މީހަކު ފުރުން ހުއްޓުވައިގެން ނުވާނެ ކަމަށް. ބަލަ ކަލޯ ކަލޭމެން ޔާމީނަށް ތުހުމަތުތަކެއް ކުރިޔަސް އަދި ނެތް އެއްވެސް ކަމެއް ސާބިތުވެފައެއް އެހެން ވީމާ އެއީ ފުރިހަމަ މިނިވަނެއް ނުފުރެން ޖެހޭ އެއްވެސް ސަބަބެއް ނެތް. ކަލޭމެންގެ ތި ނުބައި ރޭވުމާ އަނިޔާވެރިކަމުން ދިވެހި ގައުމާ ރައްޔިތުން ސަލާމަތް ކުރައްވާންދޭ. އާމީން

 11. ނާއި

  ރ.ޔާމީން ހައްޔަރުކުރާކަށް ނުޖެހެ. ޢަދި އަމުރެއްވެސް ނެރެންނުޖެހެ. ސ.ކޯޓުގެ ޙުކުމުން އިންތިަޚާބު ބާޠިލްކުރުމަކީ ޔާމީން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޫން. މިއީ މެލޭޝިޔާއެއް ނޫން.

 12. ނީބުމަ

  މިނޫނަސް ލަދުހަޔާތް ކެނޑިފަތިބޭ މީހުންދެކެން. އެކަމަކު މީއޭގެތެރެއިންވެސް އަރާހުރިމީހެއް.

 13. ދދ

  ޔާމީނު ފިލައިގެން ދާކަށް ނޫޅޭ. ސަބަބަކީ އެކަލޭގެ ފިލުވަން ނުވަތަ ފިލަން އެހީވެދޭނެ ޤައުމެއް ނެތް. ތަމެން ޕިންކީން ދެންދޭ މަހައް، މަހައް، މަހައް ދަގަ... ނޫނީ ދަގަ ކަދުރު ފާތުމަގެ ކަދުރު ދަނޑަށް ކަދުރު ބިންނަން. ދަގަ...ދަގަ... ދެން ދަގަ....

 14. ދދދދދދ

  ގޭންގް ބައިގަނޑު ދެކިބަލަ ފުއްޕާފަ އަންނަ ވައްތަރު. ކެކެކެކެކެ

 15. ހަތަރުކަށިމަތި

  އިސްކޮޅު ހަމަނުވާތީ ހަމައަށް ތަންތަން ނުފެނި ބޮޑު ބަސްތައް ނުބުނެ ހުރެވޭތޯ ބަލާ ކުޑަކުޑަ ކޮއްކޯ. މައުމޫނާ ދިމާއަށްވެސް ހަމަ ގޮވި ބަނދިވަރު ތި ގޮވަނީ. މިހާރު ތި ޖެހެނީ މައުމޫނު ވަޑައިގަތީމަ ކޮޅަށް ތެދުވެ އިސްތިޤުބާލު ކޮށް، ވާހަކަފުޅު ދައްކަވާއިރު އަތް ޖަހައިދޭން ގޮނޑިއަށް އަރާ ދެފައި ހަލުވާލަ ހަލުވަލާ (ދެފައި ބިންމަތީ ނުޖެހޭތީ) އިންނާކަށްނު. ތިމާއަށް ދެއްކޭވަރު ވާހަކަ ދައްކަން ދަސްކޮށްބަލަ ހަތަރު ކަށިމަތި.

 16. ޢާސިދާ

  ޚާކާރީގައި ތިހުރީ ބޮޑީގާޑުތަ ފަރެސްމާތޮޑާބެ ކުރިންވެސް އޭނަ ބޮޑީގާޑުވެގެން އުޅެފަ ހެދިގޮތް އިނގޭދޯ..

 17. ކާފަދ

  ކަލޯ ތިވަރަށް ކިތަންމެ ވަރަކަށް ތެޅުނަސް ހޯމް މިނިސްޓަރކަން ފުލުހުންގެ ރުހުމެއް ނުހޯދޭނެ ތި ހޯމް މިނިސްޓަރަކަށް. ފަހަރުގަ ހޯމް މިނިސްޓަރުކަން ނުދީވެސް ފާނެ ތިވަރަށް ފުއްޕަންޏާ

 18. ޏނނ

  ޙަސަނާ ކަލެއަށް ހަމަ ޔާމީނުގެ ތަރައްްގީ ހަޖަމު ނުވަނީ ދޯ..

 19. ތުނޑުހަސަނު

  އިއްޔެ ގޮވީ ސިޔާސީ ހައްޔަރީން ދޫކޮށްލަން. މިއަދު ތިޔަގޮވަނީ ސިޔާސީމީހުން ހައްޔަރުކުރަން. ލަދުން ބޯހަލާކު. އަދި މިތިބަ އަންހެން ދޭތިމިދުވަނީ ހެދުންލައިގެން އެކަމަކު އައުރަނިވާނުވެ ލަދުހަޔާތް ކޮބަ. ގައުމު ހިމާޔަތްކުރާށޯ އަސްލު ކުަރަނީގައުމުފަސާދަ ތަލަބިގަރަށް ވަރަށްސަލާން

 20. 210 މިލިޔަނ

  ކާގެންހުރެ ގުދޯ ގުދޯ ގޮވަނީދޯ؟