ކަމެއް ރަނގަޅަށް ކުރަންޏާ މިރޭ ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހެޅުމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ގޮވާލައިފިއެވެ.
ފަލާހު މިކަމަށް ގޮވާލާފައިވަނީ ޕީޕީއެމްގެ ވައިބާ ގްރޫޕެއްގައެވެ.
ޕީޕީއެމްގެ އެ ވައިބާ ގްރޫޕްގެ ޗެޓް ލޮގުތައް މިހާރު ލީކުވެފައިވާއިރު، ފަލާހު އެގޮތަށް ވިދާޅުވުމުން ރައީސް އަބްދުﷲ ޔާމީނަށް ވެސް ހައިރާން ކަމެއް ލިބިވަޑައިގެން ފަލާހު ވިދާޅުވީ ކީކޭތޯ ސުވާލު ކުރެއްވިއެވެ.
ޕީޕީއެމް އުވާލަން ފަލާހު ބޭނުންވާއިރު، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޕާޓީ އަލުން ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ދާދިފަހުން ވަނީ މައްސަލައެއް ވައްދާފައެވެ.
ރައީސް ޔާމީނާއި ރައީސް މައުމޫންއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްއިން ރައީސް މައުމޫން ވަނީ ބޭރުކޮށްފަ އެވެ. ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީން އެއްކޮޅަށެވެ.
މި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ.
މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.
ދެން ލަލަލާ
މާލޭތެރޭ ވަރައް ގަދަޔައް ބަނގުރަލާ ޑުރަގު ވަރައް ބޮޑައް އާންމުވެ، ސީޔާސީ މީހުންތައް އެބޮއެގެން އާވާރާވެގެން މޮޔަގޮވަން ފަށައިފި.
ވަކިން ޚާއްޞަކޮށް މޑޕ އޭ މިކިޔާ ބައިގަނޑަށް ނިސްބަތްވާ މީހުން.
ފަލާހު އެބުނީރަގަޅުވާހަކައެއް އަވަހަށް އާޕާޓީއެއްހަދަންވީ
ބަންގުރާވެސް އެހެން އެއްޗެހިވެސް މާލެތެރޭގަ ގިނަވާނެ ލާދީނީ އާލާތް ވަރުތށް އަތްމަށްޗަށް ވެރިކަން ދިޔައިމަ.ބިތަކާ ނުލާ ޢާވާރާވެގެން ފެލެނީ ރީނދޫ ހުން ޖެހިފަ ދޮޅުރޯނާއިން..
ފަލާހުގެ ހުށައެޅުމަށް އަޅުގަނޑު ތާއިދު
# ރައިސްމައުމޫނު ގަދަވެ ހެޔޮހާލުގައި ދުނިޔޭގައި ހުރިހާތައްދުވަހަކު ޕީޕީއެމް އޮތަކަ ނުދޭނެ
# މިރާއްޖޭގައި މިއޮތް ޤާނޫނު އަސާސީ އޮތްހާތައް ދުވަހަކު މިރާއްޖެއަކަށް ހަމަޖެހުމާއި އަމްނަކަން ޤާއިމެއް ނުކުރެވޭނެ
# މިރާޖޭގައި މިއޮތް ޤާނޫނު ހަދާ މަޖުލިސް އޮތްހާތައް ދުވަހަކު މިރާއޖޭގައި ކޮރަޕްސަނާއި ފަސާދައެއް ނުހުއްޓުވޭނެ
# ޤަސިމް އިބުރާހަމަށް ވެގެން ވާނަމަ މިރާއްޖޭގެ އިތުރު ބަޔަކު ކުރިމަގަށް ނުކުތަކަ ނުދޭނެ ރިސޯޓު ހެދިޔަށް ނުހެދިޔަށް ތިމާއަށް ނުވާވަރަށް މުޅިރާއްޖެ ބައްކުރިޔަށް ނިކަމެތި މީހާއެކޭ އެއްގޮތަށް ތިމާވެސް މަރުވެގެންދާއިރު ގެންދަންލިބޭނީ ތިމަގެ ޢަމަލުތައް
ޕޕމ އުވާނުލާ ރިޔާޒު ރަސީދު އާހަވާލްކުރަންފެންނަނީ
ޕީޕީއެމް އުވާލާނެ ކަމެއް. އޭރުން އިދިކޮޅު ޕާޓީއެއް ނޯންނާނެ މިތިބަ މީހުން އޭރުން ހަދާނީ ހަދާނެ އެއްޗެއް.
ޕީޕީއެމް އެއީ ވަކިމީހަކަށް ނިސްބަތްވާ ޕާޓީއެއްނޫން ޕީޕީއެމް އަށްވުރެ ފަލާހުއެއް ބޮޑެއްނުވާނެ ރިޔާސީ އިންތިހާބުގަ 96000 މީހުން ޔާމީނަށް ވޯޓް ދިން
ފަލާހު ކަލޭ ރައްކާވޭ ރަށަށް. ތިޔަ ރަށުގަވެސް މިހާރު ކަލޭ ކިޔާ އެއްޗެއް އަޑުއަހާނެ މީހަކު ނުހުންނާނެ. ކަލޭ ބޭނުމިއްޔާ ދޭ ކައިރީ ކޮންމެސް އެހެން ރަށަކަށް. ގޮސް އެތާހުރޭ ފަރުކޮރަކަލީ ބާނައިގެން ކާލާކާލާ ހުންނަން. މީގެ ކުރިންވެސް ކަލޯގެ މަސައްކަތަކީ އެއީ. ޑރ. އަފްރާޝީމްގެ ނަމުގެ ހިޔަލުގަ މެމްބަރު ކަމުއަޔަސް ކަލޯގެ އެއްވެސް ފެންވަރެއްނެތް. އަވަހަށް މޮޔަވާންދޭ
ފަލާހު ބުނިފަދައިން ޕީ ޕީ އެމް އުވާލަން މަތާއީދު. ޕީ ޕީ އެމް އުވާލާފަ އެހެން ޕާޓީ އެއް އުފަދަން ވީ.
ފަލާހު އެހެން ޕާޓީއަކަށް ބަދަލުވާން ބޭނުންވަންޏާ އަހަށް އެހެން ޕާޓީއަކަށް ބަދަލުވޭ، އެކަމަކަށް ހުރެހެން ހިޔެއްނުވޭ އޮތްހެން، ކޮންމެހެން ޕީ ޕީ އެމް އުވާލަން އުޅޭނެކަމެއްްނެތް! އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތުން ވަރަށް މުހިންމު މި ދަނޑިވަޅުގައި!
މައުމޫނު ހުއްޓައި ޕީޕީއެމް އަދި ޖޭޕީއަކަށް ވެސް ސަލާމަތެއް ނެތް. ފަލާހު އެބުނީ ރަނގަޅަށް. ޕާޓީ އުވާލާފައި އެންމެން އެމްޑީޕީއަށް ވަންނަންވީ. މިއިންތިޚާބުން ސާފުވި އެއްކަމަކީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އިސްލާމްދީނަށް ގެއްލުމެއް ނެތްކަން. އެހެންވީމަ އެމްޑީޕީއަށް އެންމެން ސޮއި ކުރަމާ.
ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނޯންނާނެކަން ނުވަތަ އޮންނާނެކަން ކަނޑައަޅަން ބޭއްވި އިންތިޚާބެއްކަމެއް ނުދެނެހުރިން. އަދިމިއުޅެނީ ވެރިކަމަށް އަދި ނޭރިގެން. މިހާރުވެސް މާލެތެރޭގަ ބޮވެންޖެހޭނެ، ނުބޮއެއްނުވާނެކަމުގެ އަލާމާތްތައް މިހިރަދަނީ ފެންނަމުން. އޯލްޓަނެޓިވް ނެރެޓިވް ނެރެދިނުމުގެ މަސައްކަތަށް ޔަހޫދީންނާ ކްރިސްޓިއަނުންގެ އެޖެންޓުން އައިސްނެތްކަމެއް ޔަގީނެއްނޫނޭ ބުންޏަސް ދޮގަކަށްނުވާނެ.
ފަލާޙް އެވިދާޅުވީ ޕީޕީއެމް އުވާލާ ރައީސް ޔާމީން އިސްވެހުންނަވާ ޕާޓީއެއް ހެދުމުގެވާހަކައެވެ. އިރާދަކުރެއްވިއްޔާ ޕާޓީ ރެޖިސްޓްރީއަށް ހުށައަޅާނީވެސް މަދުވެގެން 50000 މީހުންގެ ސޮޔާއެކުގައެވެ. އެކަން ކުރުމަށް އަޅުގަނޑުވެސް ތާއީދުކުރަމެވެ.
ތިޔަ ކަމެއްވާނެ ތަ ؟؟؟ އެހެން ބައެއްގެ އެއްޗެއް ޖަހައިގަނެގެން އުޅެ އޭގެން ބޭނުމެއް ނުހިފުނީމާ ތިޔަ ބޯހަލާކުވީ، ބަލަ މޮޔަޔާ ކާކު ޔާމީނު އަށް ވޯޓް ދީގެން އެއްފަހަރުވެސް އޭނަ ވެރިކަމަށް ގެނައީ ޔާމީނު އައީ ބަގެއްގެ ނިވަލުގައި ހުރެގެންކަން ތިމާ އަށް ނޭގޭ ބީތާ ތަކެއްމީ