ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް ދައްކަވާ ވާހަކަފުޅު އަނެއްކާވެސް ބަދަލު ވެއްޖެއެވެ.

މިރޭ "ވީޓީވީ" ގައި ރިޔާޒް ވިދާޅުވީ "މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅިގެން އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް އެކަމަށް އެޕްރޮޕްރިއޭޓު ޕްލެޓްފޯމެއްގައި ހާމަ ކުރަން މިހިރީ ތައްޔާރަށް. އެކަންކަން ސޯޝަލް މީޑިޔާގައި ހާމަކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ކަމަށް ނުދެކެން" ކަމަށެވެ.

އަނެއްކާވެސް އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަ ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އިރު މީގެ ކުރިން ވެސް ރިޔާޒް އެހެން ވިދާޅުވެ، އެމައުލޫމާތު ހާމަ ކުރައްވާފައި ވެސް ވެއެވެ.

2016 ޖޫން 24 ވަނަ ދުވަހު ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަފްރާޝީމް އަވަހާރަކޮށްލުމުގައި ރައީސް ޔާމީން އެއްވެސް ގުޅުމެއް ވާ ކަމުގެ އެއްވެސް މައުލޫމާތެއް ތަހުގީގަށް ނުލިބޭ އަޅުގަނޑު ހުރިއިރު،"

އެދުވަހު ރިޔާޒް ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ "މައްސަލައިގެ ތަހުގީގި ހިންގީ ތަހުގީގު ޓީމަކުން. ތުހުމަތަށް ހައްޔަރު ކުރެވުނު މީހުން ތަހުގީގު ޓީމަށް ފެނިގެން ކޯޓް އަމުރުން،" ކަމަށެވެ.

އެދުވަހު ރިޔާޒް އިތުރަށް ވިދާޅުވީ ހުމާމް ދިފާއު ކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައެއް ނެތެވެ. އޭނާގެ އިއުތިރާފްގެ އިތުރުން އޭނާ ލައިގެން ހުރި ހެދުމުން އަފްރާޝީމްގެ ޑީއެންއޭ ފެނުުނުކަން ރިޔާޒް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން ޖެހެނީ މަރުގެ ސަބަބު ދެނެގަތުމަށް ކަމަށެވެ.

"ފޮރެންސިކްސް ޓީމް ބޭނުންވާ ހުރިހާ ތަހުލީލެއް ކުރި،" ރިޔާޒް 2016 ވަނަ އަހަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގު ހިންގީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމާ ވެސް އެކު ކަމަށެވެ.

"ހުމާމް ކުށަށް އިއުތިރާފުވެފައި ވަނީ ހަމައެކަނި ފުލުހުންނަކަށް ނޫން. ފަނޑިޔާރުގެ ކުރިމަތީގައި އަދި އަފްރާޝީމްގެ އާއިލާ މީހުންގެ ފަރާތުން މައާފަށް ވެސް އެދުނު،" ރިޔާޒް ހަަމަ އެދުވަހު ވިދާޅުވި އެވެ.

2016 ވަނަ އަހަރު ޖޫން މަހުގެ 24 ވަނަ ދުވަހު ރިޔާޒް އަފްރާޝީމްގެ މަރާއި ގުޅިގެން ޓްވީޓްތައް ކުރީ ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުންނެވެ. އެދުވަހު ރިޔާޒް ވިދާޅުވީ އެދުވަހު އަފްރާޝީމްގެ މަރާއި ގުޅިގެން އޭނާ ޓްވީޓް ކުރެއްވީ އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު އެކަށީގެންވާ ވަގުތެއްގައި ހާމަކުރާނެ ކަމަށް ކުރިން ވިދާޅުވެފައި ވާތީ އެއީ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލު ކުރެވިގެންނެވެ.

އަފްރާޝީމްގެ މަރާއި ގުޅިގެން ދޭތެރެ ދޭތެރެއިން ރިޔާޒް ދައްކަވާ ވާހަކަފުޅަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަފްރާޝީމްގެ މަރު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރަން އެތައް ބަޔަކު ދަނީ ރިޔާޒަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. އަހްމަދު

  މިހާރު ބާޣީތިޔައުޅެނީ ރައީސް ޔާމީން ބޮލަށް ތިޔަކަަންވެސް ކަނޑާލަން ތިކަމެއްނުވާނެ

 2. މާސް

  ތިޔަކީބޮޑު ދޮގުވެރިޔެއް މުލިން ދައްކަނީ ސާބިތު ނިހިފޭ ވާހަކަ

 3. މަރީ

  ރިޔާޒު އެބުނަނީ ހާމަކުރަންޖެހޭ ތަނެއްގައި ހާމަކުރާނެވާހަކަ އެއްނޫންތަ. ފަހެ ހިގަހިގާ އޮންނަ މައްސަލައެއްގެ ވާހަކައެއް ސޯޝަލް މީޑިޔާ އެއްގައި ހާމަކުރީމާ ދެންވާނީ ކިހިނެތް؟ އަޅޭ އެއްމެފަހަރަކުވެސް ރިޔާޒު ކަމާބެހޭ މުޢައްސަސާ އަކަށް ގެންގޮސް ސުވާލެއް ކޮށްލަބަލަ؟ ރިޔާޒު އާއެކަނި ސުވާލު ކުރުމުގެ ބަދަލުގައި އޭގެ ފަހުން ކޮމިޝަނަރުކަން ކުރި ބޭފުޅުންނާއި ސުވާލު ކުރަން ފެނޭ މިހުރިހާ އަހަރަކު އެ ޝަރީޢަތް ނުހިންގާ އޮތީ ކިހިނެތް ވެގެން ތޯ؟؟؟؟

  • ބީތާ

   ޝަރިޔަތް ކޮށް ނިމި ސުޕްރީމް ކޯޓުން ހުކުން ކުރި ވާހަކަ އެބަ އޮތް މި ހަބަރުގަ ވެސް.

  • ނާނު

   ޢެޝަރީޢަތްނިމި ހުމާންގެ މައްޗަށް ކުރި ހުކުމް ސްޕްރީމް ކޯޓުން ދެމެހެއްޓި ވާހަކަ ޚަބަރުގަ އޮތީ ދެން ކޮން ޝަރީޢަތެއް ނުހިގައިގެން ތިޔަ އުޅެނީ

  • ތެދު

   ފަހެ މަރީ ހަމަ ތިބުނީ ތެދެއް. އަބްދުﷲ ރިޔާޒު ހަމަ ބެސްޓް. ރުޅިއަންނަ މީހުންނަށް ވަަރަށް ސަލާމް!

  • އަޙްމަދު

   ހިންގަހިނގާ އޮތް މައްސަލައެއްކަމަށް ވާނަމަ ކީއްވެތޯ އިންވެސްޓިގޭޝަން ޓީމާ އެވާކަ ހިއްސާ ނުކުރީ. ކީއްވެތޯ ކޯޓްގައި އެވާހަކަ ނުދެއްކީ. ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން އޭރު އެވާހަކަ ނުދެއްކުނީ ކީއްވެތޯ. މިއަދު އެވާހަ ދައްކަނީ ސިޔާސީ ގޮތުން ކަމެއް ޙާސިލް ކުރަން. އެމްޑީޕީ މީހުންގެ ފަރާތުން ލިބޭނީ ތިން ފާރާއި އެއްގޭޓް. އެއީ ޖަލުގެ ކުޑަގޮޅި

  • އަން

   އަންނިޔާ ވެސް ސުވާލު ކުރަން ޖެހޭނެއްނުން. އެސޮރު ވިއްޔާބުނީ މަރާލިމީހާ މިހާރު ފުރާފިޔޭ! ސޭކު އިލްޔާސާވެސް އަދި ސޭކު އިމްރާނާ ވެސް ސުވާލުކުރަން ވީނުން.

 4. ސޮބުރީ

  ސިކުނޑީގެ ޑރ ދެއްކުން މުހިއްމު

 5. އާދަމްބެ

  ޓި ރިޔާޒު ވެއްޖެ ދަންޖައްސަންމިހާރު.

 6. އާދަމްބެ

  ބާގީރިޔާޒު... ރަައީސް ޔާމީނުބޮލުގަ އެކަންއަޅުވާފަ ހޭއަރާހުމްނައްޗޭ....

 7. ވަޑޭ

  ޢަނެއްކާ ގާތައް ފުރޮޅު މުގެ ޕްރޯސެސް ފެށީދޯ!
  މަމެންގެ ރަށު ތިޔަ ކަލޭގެއަކަށް އެއް ޕްރޯސެސް އަކުންވެސް ޕްލެޓްފޯމަކުންވެސް ކުރެވޭނެ ކަމެއް ނޯންނާނެ. މިއީ ހަގީގަތް. ގާސިމަށް މިކަން ނޭގޭތީ ބުނެލަދިނީ.

 8. ސަޓޯ ތުރާކުނު

  އަފްރާޝީމް ގެ މަރުގެ މައްސަލައިގަ މި ތިމަރަ ގުޅަ އަބްދުﷲ ރިޔާޒު ހައްޔަރު ކުރަން ދިވެހި ފުލުހުންނަށް ގޮވާލަން... މީނާގެ އަތެއް އެބައޮތް މިކަމުގަ

 9. އަބްދުއްލާ

  ތިޔަ ހަގީގަތް އިމްރާން އެއްޕޯޑިއަމްގަ ދެއްކި ވާހަކަ އަނެއްޕޯޑިމްގަ ހުސްކަރުދާސް ހެކިވެސް ދެއްކެވި ކަންކުރިމީހާ ބުނީ އެކަންހިންގީ އެމްޑީޕން ހިސާރުކުރި އުސްފަސްގަނޑުން ނިކުމެގެން ގޮސްކަމަށް .ވީއިރު މިސްރާބު ދެނެގަންނާކަށް އުނދަގޫވާކަށް ނެތެއްނު . އަނެއްބޭފުޅަކު ވިދާޅުވި ހައްޔަރު ކޮށްފަތިބީ ނުބައި ބަޔަކުކަމށާ ކަންކުރިމީހުން މެދުއިރުމަތީގެ ގައުމަކަށް ގޮސްފިކަމަށް .ވީމާ ތަހުގީގުގެ މސްރާބަު މިއީ

 10. މާނީ

  އިބޫގެ ވެރިކަމުގައި ތިކަންކުރިބަޔަކަށައި ތިކަން ރާވާ ތިކަމަށް ކަރަދުކޮށް އެހީތެރިވި އެންމެންގެ ޝަރީއަތް ހިންގާ އެންމެންގޭ ކިބައި ޤިޞާޞް ހިފާނެކަމަށް އުންމީދުކުރަން އަދި ރާއްޖޭގަ ްިޞަޞް ފަށަންވާނީ އަފްރާޝީމުގެމަރުން އެއިރުން އެއިރުން އިބުރަތްތެރިގޮތަކަށް އިންޞާފު ޤާއީމު ކުރެވޭނޭ އިންޝާﷲ

 11. ސިޔާސީ

  ރިޔާޒް ހިފާހައްޔަރުކޮށް ތަހްޤީޤެއް ހިންގުމަށް
  ގޮވާލަން

 12. ޖ

  ރިޔާޒު ހިފާހައްޔަރިކުރުމައް އަހަރެމެންގޮވާލަން ރިޔާޒުއައް ރަގަޅައްތިޔަކަން އެގޭނެ

 13. ފަޤީރު ކަލޯ!

  ޕީޕީއެމް އެމްޑީޕީ މި ދެޕާޓީ ވެރިކަމުގައި އޮތްހައި ދުވަހަކު، އަފްރާޝީމުގެ މަރުގެ ތަޙްޤީޤު ފުރިހަމަ ނުކުރެވޭނެ! އަބްދުﷲ ރިޔާޒް އެކަން ވަރަށް ރަގަޅަށް ދަންނާނެ! ލާ ޝައްކު! ވައްސަލާމް!

 14. އަޙްމަދު

  ކަލޭ ތިޔަ ބުނާ ޕްލެޓް ފޯރމްގައި ކަލޭގެ ގުނަވަންތައް ވާހަކަ ދައްކާނެ. އެދުވަހުން ކަލޭ އަކަށް އެކަމެއް ނުހުއްޓްވޭނެ. ކޮންޕްލެޓް ފޯރމަކޭ ކިޔާކަށް. މިއޮތްހާދުވަސް މިދަނީ ކަލޭގެ ތިޔަ ޕްލެޓް ޕޯރމް ނައައިސްގެން. އެންމެ ކުޑަމީނުން އެއާއިލާ ކާރީގައި ކަލެޔަށް ތިވާހަކަ ބުނޭވޭނެ ދޯ؟ ކަލޭތީ ދޮގްވެރިޔެއް. ކަލޭއަށް ދެން އިޙްތިރާމެއް ނުކުރާނަން.

 15. ފާއިޒާ

  ކާލޭ އަޑީގައި ހުރެގެން އެމްޑީޕީ ބޮލަށް ކަނޑާލީ

 16. ޒާ

  މި ރިޔާސްގެ މަގާމު ގެއްލުނީ އެ މަރުގެ ހަގީގަތް ހޯދަން ގާފުރޮޅަން ތޮށިމަތީ ހުއްޓާ. ދެން މިހާރު ތޮށިމަތިން އެއްގަމަށް އެރުނީމާ ހަދާނީ ހުސްދޮގު.

 17. އަހުމަދުބެ

  ކަންކަމުގެ ހަޤިޤަތާ ޚިލާފަށް ތިމާ އެވަގުތަކު ވިސްނުން ހުރި ގޮތަކަށް ހަދަހަދައިގެން ވާހަކަ ދައްކައި ތިމާ ހިތް ނުރުހޭ މީހެއްގެ ބޮލަށް ޤައުމުގައި ބަޔަކު ހިންގާ ހުރިހާ ނުބައެއް ކަނޑާލާ ޒާތީވެގެން އުޅުމުގައި ރިޔާޒަކީ އަބަދުވެސް އެގޮތަށް ކަންކުރާ މީހެއް. މިކަަހަލަ މީހުންނަށް ޤިޔާމަތްދުވަހަކުން ރަނގަޅު އަޒާބު ލިބޭނެ

 18. ޢީސަދަރި

  ޢަބުދުﷲރިޔާޒު ސިފަކުރެވެނީ ވަރިކުރި އަނބިމީހާގެ ޢައުރަ އެހެނިހެން މީހުންނަށް ހާމަ ކުރާ މީހެއްގެ ގޮތުގައެވެ. މީނާއަކީ ވަރަށް އެމްބިޝަސް މީހެއްކަން އެންމެނަށްވެސް އެނގޭ. ލަފާ ކުރެވޭ ގޮތުގައި ދެން ވަޒީރު ކަމެއްވެސް ބޭނުމެއް ނުވާނެ. 2023ގައި ރިޔާސީ ކެނޑިޑޭޓަކަށް ވާންމިހާރު އެދަނީ ފަލިޖަހަމުން،

 19. ރޮންދާ ރިޔާޒް

  ކަލޭތީ ބާސާކަނޑާ މީހެއްކަން މުޅިދުނިޔެ ދަނޭ

 20. ރައްޔިތުން

  ތަހްޤީޤް ޓީމްތަކުން އެއްކުރިހާ މައުލޫމާތު މިހާރު އެގޮތުގައި އެބަހުރިތޯ ؟؟؟

 21. ޢަހަންމާ

  ތިމަރައިންނަކީ ހަމަ މިހެން އުޅޭބަޔެއް. ދޮންކަލޯ ތިވާހަކަ ދެއްކިވަރަކަށް ކަލޯގެ ސޯޓު ބޭލި ކަލޯގެ ނާގާބިލްކަން ފެންނާނީ. ސީޕީ އަކަށް ހުރެ އިހުމާލުވި މީހެއްތީ. މަގާމުގައި ހުރެގެން މަޖްލިސް އިންތިހާބަށް ތިމަން ކެންޕޭނު ކުރިވާހަކަ ކިޔާބަ. މުވައްޒަފުންނާއި މުއްސަސާގެ ވަސީލަތްތައް ބޭނުންކޮށްގެން.

 22. އަބުދުﷲ ރިޔާޒްއަށް

  ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒްއަށް އަނގަ ހުޅުވޭކަށް ނެތް އެހެނީ އޭރު ސީޕީ ކަމުގައި ހުރީ އަބްދުﷲ ރިޔާޒް ކަމަށްވެފައި އޭރު ބާރު އޮއްވާ ނުވިކަމެއް މިހާރު ކޮންކަމެއްތޯ ކުރެވޭނީ. ޕޮލިސް ސަރވިސްގައި އުޅުނު އިރުވެސް އެހާ ކޮރަޕްޓް މީހެއް. ކޮރަޕްޝަން ފައިން ފެށިގެން ބޮލާ ހިސާބުގައި ހުރިމީހަކު ފައިސާއަށް ދައްކާނޭ ހަދަހަދައިގެން ..

 23. ސަމީލް

  ތިމައްސަލާގަ ހައްޔަރުކުރި ސާން( ސައްޓޮ) ޔަކީ އިބޫ ކެންޕޭންގަ އެއްމެވަރުގަދަޔަށް އުޅުނު އެކަކު ނަޝީދުގެ ވަރަށް ގައިތްމީހެއް

 24. ނާނު

  ވެރިކަން ހޯދަން ބޭނުންކުރި އެއްހަތިޔާރަކީ އަފްރާޝީމްގެ މަރު ޔާމީން ބޮލުގައި ޝޭޚް އިލްޔާސާއި އަދާލަތުން އެޅުވުން. މިހާރު ވެރިކަން ލިބުމުން މިއާރޓިކަލް ލިޔުނު ބޭފުޅާއަށް މިވަރު ބުނެވުނުކަންވެސް ނަޞީބު .އޭގެ ކުރިން ސިޔާސީ ބޭނުމެއްގައި އަފްރާޝީމް ގެ މަރުގެ ވާހަކަ ނުދައްކަން ބުނަން ނުކެރުނުނ.ު ވަރަށް ތާހިރެއްނޫން.

 25. ސަނަމް

  ބާޢިރިޔާޒް ކަލެއަށް ތިކަން ލަހެއްފަހެއްނުވެ ފެންނާނެ.

 26. ރައްޔިތުން

  ރިޔާޒަށް ސަލާމަތީ ބާރުގެ ފުރިހަމަ ހިމާޔަތްދީ ތިކަން ފުރިހަމަޔަށް ތަހްގީގު ކުރުމަށް ގޮވާލަން ތިކަމުގެ ތުހުމަތަށް ހައްޔަރުކުރާ އެކަކުވެސް ކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދީމެންދެން އެކަކުވެސް ދޫކޮށްގެން ނުވާނެ. މިރާއްޖޭ މިފަހު މަރަށް މަރުގެ ފުރަތަމަ މަރު މި ޝަރީޢަތުން ފެށުން އަލުކާން ބޮޑު.

 27. ސަލީމް

  ރައްޔިތުންގެ މަޖިލީހަށް ދޮންކުރަނީ.

 28. ސަމާ

  ޑރ. އަފްރާޝިމާއި ބެހޭގޮތުން ޢަބްދުﷲ ރިޔާޒް އަކަށްވެސް އެމްޑިޕީ އަކަށްވެސް އެއްވެސް އެއްޗެކޭ ނުކިޔޭނެ. މަރުހޫމް އަފްރާޝިމަކީ ދުނިޔޭގައި އުޅުނު އިރު އެމްޑިޕީ މީހުން އެއްމެ މަލަލާމާތްކޮށްފުރއްސާރަ ކޮށްހަޑި ހުތުރުބަހުން މުއާމަލާތްކުރި ބޭފުޅެއް.އެކަން ރައްޔިތުންގެ މަޖްލިސް ހިނގަމުން ދިޔައިރު މަޖްލީސް ބަލަން އަބަދު އިންނަމީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނެލަން.ބަލަންތިބޭމީހުންނަށްވެސް އެކަންފާހަގަވާނެ ސީދާ އެމްޑީޕީ މީހުންގެ ޙަރަކާތް ހުންނަގޮތުން ވެސް އެކަން ފާހަގަވާނެ. ދެން ކޮން އަފްރާޝިމޭ އަނެކައްޗެކޭ މިކިޔަނީ .ޕީޕީ އެމްމީހެއްގެ ހަރަކާތަކުން އެފަދަކަމެއް ނުދެކެން.

 29. އަލިފް ހާ

  މީނާ ތަހްގީގުތެރޭގައި އެއްދުވަހު މީހަކު ކައިރީ ބުނި “ހުމާމޭ އަފްރަޝީމް އަވަހާރަ ކޮއްލީ، ނޭގެނީ ކީއްވެކަން ހަމަގައިމުވެސް މި ކަމަކީ އެމްޑީޕީ ގެ ކަމެއް ޓްރޭސް އެއް ފެންނާން ނެތީ ފައިސާ ހަވާލުކުރި މީހަކާ ހަވާލު ކުރީ ޕިރަމިޑް މައުސޫމް” މި ވާހަކަ އަޅެ ކުއްޖަކު އާަހާލަ ދީބަލަ ތިމަރަފިށީ ރިޔާޒު ކައިރީ