އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު އަނެއްކާވެސް ސިޔާސީ ޖަޒްބާތުގައި ޖެހިވަޑައިގެން ވެރިކަން ކުރާ ޕީޕީއެމް އަށް ސިޔާސީ ހަމަލާއެއް ފޮނުވާލާފައިފިއެވެ.
ސުޕްރީމް ކޯޓުން ކުރި ޙުކުމަށް ފަހު ވެސް އިންސާފު ހޯދަން ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ޖިނާޢީ މައްސަލަތައް ފުލުހުންނަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް އިން ބުނެފައި ވަނިކޮށް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޚިޔާލީ ދުނިޔެ އިން ނިކުމެ މަޖިލިސް އިންތިޚާބަށް ސީރިއަސް މަސައްކަތްތަކެއް ކުރުން މާ ބުއްދިވެރި. ޙަޤީޤަތް ގަބޫލު ކުރައްވާ" ށެވެ.
Khiyaalee dhuniyein nikume majilis inthikhaabah serious masahkatheh kurun maa buhdhiveri, hageegah gaboolu kurahvaa
— Ahmed Shareef (@ShareefRangondi) October 21, 2018
ޝަރީފްގެ ޓްވީޓަށް މިރޭ ޕީޕީއެމް އިން ވަނީ ރައްދު ދެއްވާފައެވެ. މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް އިން ކުރަންވީ ކަންތައްތައް ޝަރީފަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
ޝަރީފް ޚިޔާލީ ދުނިޔެ އިން ނިކުމެ ވަޑައިގަތުމަށް އަބްދުލްރަހީމް ގޮވާލެއްވިއެވެ.
ސިޔާސީ ޖަޒްބާތުގައި ޝަރީފް އާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން ފަހަކަށް އައިސް ގެންދަވަނީ ވަރަށް ގިނައިން ޓްވީޓް ކުރައްވަމުންނެވެ.
މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުންތަކެއް ސިޔާސީ ޖަޒުބާތުގައި ޖެހިވަޑައިގެން އުޅުއްވާއިރު ޤާނޫނު އަސާސީގެ 177 ވަނަ މާއްދާ ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަގާމުގައި ތިއްބަވައިގެން މަގާމާއި އެކަށީގެން ނުވާ ކަމެއް ކުރައްވައިފިނަމަ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރެވިދާނެއެވެ.
އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (6) ގައި ބުނެފައި އޮންނަނީ އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެންބަރަކު އެއްވެސް ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، ތާއީދުކުރުމުގެގޮތުން ނުވަތަ ދެކޮޅުހެދުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
އެމާއްދާގެ (7) ވަނަ ނަމްބަރުގައި ބުނެފައި އޮންނަނީ މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެއެއްވެސް ކަމެއް އަދި ކޮމިޝަންގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ކޮމިޝަންގެ މެންބަރަކު ކޮށްގެން ނުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސިޔާސީ ޖަޒްބާތުގައި ޓްވީޓް ކުރައްވަމުން ގެންދަވާ ގެންދެވުމާއި ބެހޭ ގޮތުން ކޮމިޝަނުން އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ.
ޢޭ އަނގޮޓި ކަލޭ ލަދުކޮބާ
ސަރީފު ފައިސާގެ ދުނިޔޭގައި އުޅުއްވާ ކަލޭމެންގެ ހަޔާތް ކުޑަކަމުން ރައްޔިތުންގެ ހައްގުތައް ނިގުޅާއިގެން ހުރެއަގަފެޅުން މާތާހިރެއް ނޫން
ޢީސީ ޝަރީފް ރިޝްވަތުގެ ދުނިޔޭން ނުކުމެ ނަޒާހާތްތެރި ކަމުގެ ދުނިޔެއަށް ނުކުމޭ.
ޝަރީފު ކޮމިޝަނުގައިހުރެެގެން އިނސަފުވެރި އިންތިޚާބެއް ނުބޭއްވޭނެ، އޭން ދުރުކުރަން ގޮވާލަން.
ޜިޝްވަތުގެދުނިޔޭން ނިކުމެ ނަޒާހާތްތެރި ކަމުގެ ދުނިޔެއަށް ނިކުމޭ.
ޜިޝްވަތުގެދުނިޔޭން ނޫލެ ނަޒާހާތްތެރި ކަމުގެ ދުނިޔެއަށް ނިކުމޭ.
ޝަރީފް ސާބަހޭ ޕޕމ މެމްބަރުން އެއުޅެނީ ހަޖަމް ނުވެވިގެން އެމްމެ ފަހުންގޮސް ބޭޅޭނީސޯޓް ޅަދުގަންނަންޖެހޭނެ
ފުރޯޑު ޓޯޕީ!! ކަލޭ ނިކަން ދެކިބަލަ. ކަލޭ ނުވިއެއްނު އެކައްޗަކަށްވެސް މި ފަސްމާމުލު ފަސް އިއްޒަތްތެރިންނާ ޖެހި. އާގަނެގަނެ ވެސް މިމީހުންނާ އެއް ސަފަކަށް ކަލެއަކަށް ނުދެވުނުތާ! ކެކެކެކެ
ރާއްޖޭގަ މިހާރު އޮންނަނީ "ގިލްޓީ އަންޓިލް ޕްރޫވަން އިނަސަންޓް". ސްޕްރީމް ކޯޓުގެ މިއަދުގެ ހުކުމުން އީސީ ފަސްމެންބަރުންގެ މައްޗައް ކުރާތުހުމަތުތަކުން އަދި ސަލާމަތްވާން ގާތްނުވާކަން އީސީ މެންބަރުންނައް ވިސްނިއްޖެހެން ހީވަނީ. ހާސްކޮއް ޕޕމ އައް މިނިވަން މުއައްސަސާއަކުން ރައްދުދޭގޮތުން މިކަން ޔަގީންވެ. ކޮންމެ ގޮތެއްވިޔަސް އީސީ މެންބަރުން ވަރައްބޮޑައް ޒަހަމްވެއްޖެ ހާއްސަކޮއް ސަރީފް. މިއަދު އަދި ކޯޓައް ކަމެއްސާބިތު ކޮއްނުދެވުނަސް ވަރައް އަވަހައް ހެކިހުރި ތަނަކުން ނެރިގެން އިންސާފުގެޔައް ގެންދާނަން. ހީކުރަން އެދުވަހުވެސް ކާމިޔާބު ލިބުނީ ހައްގައްކަމައް މިއަދުގެ ފުއްނާބު އުސްމީހުން ބުނާނެ ކަމައް އަދި މިނިވަންކަމުގެ ނޭވާ އިހްސާސްވާނެކަމައް. އަދި މީފެށުމެއް. އީސީ 5 ތިތިބީ ބާކީވެފަ، ވަގުތުފާއިތު ނުވަނީސް އަދިވެސް ވިސްނާލުން ރަގަޅު.
ޝަރީފުގެ ހުރި ލަދު ހަޔާތްކުޑަކަމާއި ނުބައި ނުލަފާކަން މިިއިން ދޭހަވަނީ. ޜައީސް ޔާމީން ހިންގަވައިގެން މަޖިލިސް ގޮނޑި ހޯދައިދިން. އޭގެފަހުން އޭނާ ރައްޔިތުން ބަލައި ނުގަތީމާ ދައުލަތުގެ ކުންފުނިތަކުން ބޮޑެތި ވަޒީފާތައް ދިން. މީގެތެރެއިން ބަލަދު އަރައިގެން ކޮމިޝަނަގެ ރައީސްކަން ވެދުން ކުރި. މިހާ ހެޔޮކޮށް ކަންތައް ކުރީމާ ކަޅުފައިސާގައި ޖެހި މީހާ ހަފުސްވީ.
ހިޔާލީ ދުނިޔެއިން ނިކުމެވަޑައިގެން ރިސްވަތުގެ ދުނިޔެއައް، ވަޑައިގަންނަވަންތޯ ސަރީފު ތި ވިދާޅުވަނީ؟ ތަންކޮޅެއް ތިލަކޮއްލިއްޔާ ރަނގަޅުވާނެ
9 މިލިޔަން ޑޮލަރަކީ މީހާ ބަދަލުކޮށްލާނެ އެއްޗެއް! އަދި ޚިޔާލީ ދުނިޔަކަށް ލޯހުޅުވުނު ކަމެއް!
ﷲ ގެ ރަހުމަތުން މީނަ އިނދަޖެހޭ ދުވަހަކީ، ދިރިތިބީންނަށް އިބްރަތެއްގެ ގޮތުގައި ލައްވާށި. އަމީން
އީސީގެ މެމްބަރުންނާއި ދިމާލަށް ވަގަށްގޮވާ ހަދާއިރު އެމީހުންނަކަށްވެސް މަޑުންނެއް ނުތިބެވޭނެއެވެ އެ އާއިލާތަކުގައިވެސް ކުޑަކުދިންވެސް ތިބޭނެއެވެ އެކުދިންނަށް އެއަޑުތައް އިވުނީމާ އެކުދިންނަށް ކުރާނެ އަސަރު އެގޭހެއްޔެވެ
އައްދޭ. ދެން މިއޮށް ހުރިހާ ދުވަހު ރައީސް ޔާމީނަށް ވަގަށް ގޮވިއިރު އާއިލާގަ ކުޑަ ކުދިންނެއް އަސަރު ކުރާނެ ބައެއް ނެތީ ދޯ؟
ކަލޭތީ ކޮމިޝަންގެ ރައީސްތަ ނޫނީ އެކްޓިވިސްޓެއްތަ....ހާދަގޮތެއް ނެތް މީހެކޭ ދޯ އިސްތިއުފާ ދީ
ތިކުރައްވާ ޓުވިޓާތަކުން ހީނުވޭ ތިއީ މިނިވަން މުވައްސަސާއެއްގެ ވެރިއެހެން އިރާދާ ކުރެއްވިއްޔާ މާތްﷲގެ އިރާދަ ފުޅުން ވޯޓު އޮޅުވާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޙައްޤު އަދަބުލިބޭނެ އާމީން
އެއީ ތެދެއް ޝަރީފުވެސް ރިޝްވަތާ ފަސާދައިގެ ދުނިޔެއިން ނިކުމެ އިންޞާފާ ހަމަހަމަ ކަމާ ނަޒާޙަތް ތެރި ކަމުގެ ދުނިޔެއަށް އެނބުރި އާދޭ....!!! އެހެންނަމަވެސް ޝަރީފް ގެ މުޅި ދިރިއުޅުމާ، ޢާއިލާއާއި، ޝަރީފްގެ މުޅި މާލީ ތަނަވަސް ކަން ހޭދަކުރިޔަސް ޝަރީފް ހިންގި ޖަރީމާ ގެ ބަދަލު ނުދެވޭނެ. އެއަށްވުރެ މާ ބޮޑު ނުބައި ބަތާޙަރާމީ ކަމެއް ޝަރީފް ކޮށްފަ ތިޔަހަރީ.
ފެނަކައިން ދަވާލި ލާރިގަޑު ކޮބާ... ކޮރޮޕްޓް ޝަރީފް... ޖަލުގޮޅި ރެޑީ
ޜިޝްވަތު ނަގައިގެން ރާއްޖޭގެ ދުވަސް ދުއްވާލާފި...ގަވްމްގެ ހަލާކު..ޤަވްމް އަދަވަޅަކަށް ވައްޓާލީ 5 ...
ޔާﷲ މިފަދަ ޚާއިނުން ނިކަމެތި ކުރަށްވާ ބޭޒާރު ކުރައްވާން ދޭވެ. މީނާ އަކީ މަޖީދިއްޔާގައި ޕްރިންސިޕަލްކަން ކުރިއިރުވެސް މިހާ ޖަނަވާރުކޮށް ކަންކަން ކުރި މީހެއްމީ.
މީނަ ރިޝްވަތުގެ ދުނިޔޭގައި މި އުޅޭ އުޅުމުގެ ނުރައްކާކަން އެއަށްވުރެ މާބޮޑުކަން މީނާޔަށް ނުވިސްނެނީ މީނާގެ ހިތުގައިވާ އާޚުރަތުގެ ބިރަސްވުރެ ދުނިޔޭގެ އެދުން ބޮޑުވީމަ.
ވައްކަންކޮށްފަ އަދި އަނގަ އެބަ ތަޅައެއްނޫން ވަގުކަލޭގެ!
މަރި،ކަލެއަށް ދީގެންތއުޅެނީ ކިހާވަރެއްބާ؟..މީގެ ކުރިން ސްޕްރީމް ކޯޓުގެ ހުކުމަށް ހަޖޫޖެހި މީހުން މިއަދު ފަޑިޔާރުންނަށް ސަނާ ތިކިޔަނީ...މަރީ ކަލޭމެން އުޅޭ ވައްތަރުތީ...ދެކޮޅަށް ކިރިކިރި.....
ކަލެއަށް ނޭނެގެނީތަ؟ ސުޕްރިމް ކޯޓަކީ ﷲ ގެ ދަރުބާރެއްނޫންކަން. ޝަރީޢަތަކީ ބޭރުފުށުން ހިނގާކަމެއް. ކަލެއަށް ﷲ ގެ ދަރުބާރަށް ޙާޒިރުވެވުނު ދުވަހަކުން ރެކިދާނެ ކަމަށް ޤަބޫލުނުކުރާށެވެ.އަދި ކަލޭ ގެ ކޮޅަށް ތިބެގެން ކަލޭ ނިންމި ނިންމުން ރިޝްވަތު ދީގެން ތިބެ ޤަބޫލުކުރި މީހުންވެސް އެދުވަހަުން ތިޝަރީޢަތަށް ތައްޔާރުވެގެން ތިބޭށެވެ.ތިޔައީ ފެންނަފެނުމ،ާ އިވޭއަޑުތަކުން މެންދުރުގެ އިރުފަދައިން އިންސާފުވެރި އިންތިޚާބެއްނޫނެވެ.