ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭނިންގ މެޝިނެއް ބަހައްޓައި ހިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމުން އެހޮސްޕިޓަލް ވެގެން ދާނީ މާލެ އާއި ހުޅުމާލެ ފިޔަވައި ސީޓީ ސްކޭންގެ ޚިދުމަތް ލިބޭ ހަމައެކަނި ހޮސްޕިޓަލަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިން ބަހައްޓާ މިހާރުވަނީ އިންސްޓޯލްކޮށް ވެސް ނިންމާފަ އެވެ. މިއީ އެންމެ ޒަމާނީ ފެންވަރުގެ 128 ސްލައިސްގެ މެޝިނެކެވެ.

މިހާރު ކުރިއަށްދަނީ މެޝިން ބެހެއްޓި ތަނުގެ ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތެވެ. އެމަސައްކަތް ނިމުނުހާ އަވަހަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ސީޓީ ސްކޭންގެ ޚިދުމަތް ލިބިގެން ދާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް އިންޑިއާގެ ނިމްސް އާއި ސަރުކާރުން ހަވާލު ކުރި ނަމަވެސް އެމަސައްކަތް ކުރިއަށް ނެގެންދެވި، ހޮސްޕިޓަލްގެ ޚިދުމަތްތަކަށް ބުރޫ އަރަން ފެށުމުން ސަރުކާރުން ވަނީ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެފައެވެ.

އަދި ރައީސް ޔާމީން ވަނީ މިއަހަރު ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާވާފައެވެ. އެބަޖެޓްގެ ދަށުން ސީޓީ ސްކޭންގެ އިތުރުން އެއާމްއާރްއައި މެޝިނެއް ވެސް އެހޮސްޕިޓަލްގައި ބަހައްޓާނެއެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަދަދު އިތުރުކޮށް އިތުރު ޚިދުމަތްތައް ވެސް ހޮސްޕިޓަލުން ދޭން ފަށާނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ގިނަ ރަށްރަށުގެ ރައްޔިތުން ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަން އަޙްމަދު

    ތިޔަކަން އެގެއޭ. ހޮސްޕިޓަލް ހުޅުވީވެސް ތިޔަކަންކަން ކުރަންތާ! އަގަނާރުވާ ޚިދުމަތް ފަށާބަލަ. ބޭނުމީ ޚިދުމަތް. ފޮލައެއް ނޫން.

  2. ކޭޓީ

    ޢެއީ އިބޫ އެއްޗެއްތޯ! ފަހަރެއްގާ ބުނެފާނެ ތިމަންނަވަނީ އެމޝިން ބަހަށްޓަން ނިންމާފައޭ.

  3. ރޮންދާ ރިޔާޒް

    ތިޔަށްކިޔަނީ ވައްކަންދޯ،

  4. ހައްވަ

    ޝުކުރިއްޔާ ރައީސް ޔާމީން..ދިވެހި ގައުމުގެ ތަރައްގީގެ ބާނީ...ލަވް ޔޫ ސޯ މަޗް ސާރ❤️

  5. ލުޠުފީ

    ރައީސް ޔާމީން ވެރިކަމާ ޙަވާލުވިއިރު ކަފުންލާފައޮތް ޞިއްޙީ ނިޒާމަށް ކަފުންމޮހާ ދިރުމާއި އާރޯކަން ގެނެސްދެއްވާ ހިންދމިލީވަގުތު އަލުންވެސް ދިވެހިން ބޮނޑިބޮއިފިއެވެ. ނަތީޖާ ދެކެން ތިބޭށެވެ.

  6. ރައްޔިތުމީހާ

    ސާބަހޭ ޔާމީން. އަދިވެސް ޤައުމުގެތަރައްޤީ ހުއްޓުމެއްނެތި ކުރިޔަށް. ތީ އެހެން ރައީސެއް ނަމަ މިހާރު ހުންނާނީ ދެކަމުހާޔަތަށް ގޮސް ތަރައްޤީ ހުއްޓާލައިގެން

  7. ަލި

    ރަގަޅު އެގޭނީ ނުބައިވީމަ އަދިކެއްކޮލާ