"ހަނުހުރުން ނިމުމަކަށް ގެނައީ" ކަމަށް ވިދާޅުވެ ކުރިން ރައީސް ޔާމީންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުންނެވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް ރައީސް ޔާމީނާއި ދެކޮޅަށް ބަޔާނެއް ނެރުއްވައިފިއެވެ.

ނާޒިމްގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވި ކަމަށެވެ.

ނާޒިމް ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ފުރާވަޑައިގަތް ގޮތަށް، މިހާރު އުޅުއްވަނީ އިނގިރޭސިވިލާތުގައި ހިމާޔަތް ހޯދަވައިގެންނެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ޓްވިޓާ މެދުވެރިކޮށް ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގީ ރައީސް ޔާމީނަށް އެނގިވަޑައިގެން ކަމަށާއި، އެ ހިޔާނާތުގެ ހުރިހާ ހިސާބެއްގައި އެމަނިކުފާނުގެ ބައިވެރިވުން އޮތް ކަމަށެވެ.

"އަޅުގަނޑު ރައީސް އޮފީހަށް ގޮސް ރައީސް ޔާމީނާ ބައްދަލު ކުރިން އަދި އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ހިންގަވަމުން ގެންދެވި ކަންތައްތައް ރައީސް ޔާމީނަށް ކިޔައި ދިނިން. ވިޔަފާރިވެރިންގެ އަތުން އަދީބު ބޮޑެތި އަދަދުން ފައިސާ ނަންގަވަމުން ގެންދަވާ ވާހަކަ ދެންނެވިން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެކަން ރައީސަށް އެނގިވަޑައިގަންނަވަންތޯ ސުވާލު ކުރެއްވި ކަމަށެވެ.

"ޖަވާބުގައި ފައިސާ ލިބިވަޑައިގަންނަވާ ކަމަށް ރައީސް އެއްބަސްވެވަޑައިގަތް، އެ ގޮތުން ފައިސާ ފޮނުވާ ހަތަރު ވިޔަފާރިވެރިއެއްގެ ނަން ރައީސް ވަރަށް ފަރިތަކަމާއެކު ވިދާޅުވި" ނާޒިމްގެ ބަޔާނުގައި ވެއެވެ.

ނާޒިމް ވިދާޅުވީ އެ ވާހަކަތައް ރައީސް ޔާމީނަށް ދެންނެވުމުގެ ކުރިން އެ ހުރިހާ މައުލޫމާތުތަކެއް އެއިރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރަހީމަށް ދެއްވި ކަމަށާއި މި މައްސަލަ ތަހުގީގު ކުރަން ފެށިކަން ރައީސް ޔާމީނަށް ހަމަ އެ ދުވަހުގެ މެންދުރުފަހު އެނގިވަޑައިގަތުމުން އޭނާ އަށް މެސެޖެއް ކުރެއްވި ކަމަަށެވެ.

"އެ މެސެޖުގައި އޮތީ ނާޒިމް ދެންނެވި މައްސަލަ އޮޑިޓް އޮފީހުން ބަލަން ފަށައިފި، ދެން އޮޑިޓް އޮފީހުން ބުނަނީ ކީކޭތޯ ބަލަމާ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ ފަހުގެ ތާރީޚެއްގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ އެވެ. އެތަނުގެ އޮޑިޓް ރިޕޯޓް ބުނާގޮތުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ ވަނީ އަމިއްލަ ފަރާތްތަކުގެ އެކައުންޓަތަކަށް ޖަމާކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިސަރުކާރަތް ކޮރަޕްޝަން އާއި ހިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް ކުރަމުން ދާއިރު ރައީސް ޔާމިންގެ ސަރުކާރުން ކޮށްފައިހުރި ވައްކަމާ ކޮރަޕްޝަންގެ މައްސަލަތަށް އިދުކޮޅު އިއްތިހާދުގެ ވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭ ބަލާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަލީ

  މިހާރު ނާޒިމަކީ އެއްވެސް ކަހަލަ ކުށެއް ނުކުރާ ސާފު ހުދު ކާފުރުކޮޅެއް އެހެންވީމަ ނާޒިމް ދައްކަވާނީ ތެދުވާހަކަ ކަމަށް ރީނދޫ ހުންޖެހިފަތިބި އެންމެން ގަބޫލު ކުރާނެ ޚުދު ނާޒިމަކީ ޚިޔާނާތެރިނުވާ ތެދުވެރި އަމާނާތްތެރިޔަށްކަމަށް ޤަބޫލުފުޅު ކުރައްވަންތޯ

 2. ޢހ

  މިއަދު ތޯއޭ ހަގީގައި ހާމަކުރަންވީ؟

 3. އަޙުމަދު

  ކަލޭކާލި ލާރިގަޑު މަދުވީތޯ

 4. މުޙައްމަދު

  ތިބަޔާނާއެކު ނާޡިމަކީ ސިޔާސީ ކުށްވެރިޔަކަށް ބަދަލުވާނެ، ހުދު ކާފޫރުކޮޅަކަށްވާނެ، ސީޔާސީ ކުށްވެރިއެއްގެ ނަމުގައި ތިކުށުން ބަރީޔަވެ ސަލާމަތްވާނެ

 5. މަށަކީވަގެއް

  ކޮންމެ ވަގުތެއްގަ ކޮންމެ ތަނެއްގަ ހުރެގެން ހާމަ ކުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް

 6. Miadhu

  ނޫން ނޫން. ޙައްތަހާ ކޮރަޕް ނޫން ހަމަ އެކަކުވެސް ނެތް ކައި ފުރާ ހަށިގަނޑު ބަރުވެލީމާ ގޮފިގަނޑުގައި ހިފާ ެއެލިގަނެ ލަބާލަނީ ދެން ބިންފައިގެން ދާހެން ހީވީމަ ފުންމައިގެން އަރާ ފައިންބާރުކޮށް ފިއްތާލަނީ. މިއީ ދިވެހުންގެ ލޑަރޝިޕްގެ ހާލަތު
  ނޫން ހުރީކާކު
  ނާޒިމް ވަކިން ދެރަތަ
  ޢަބުދުﷲ ރިޒުއާއި. ރިޔާޒު ރަޝިދުވެސްދޯ

 7. ވަގު ވޯޓު އިންތިހާބީ ރައީސް

  ނާޒިމުމެންކަހަލަ ކޮރަޕްޓް މީހުން ރާއްޖެގެނެސް އަވަހައް އަނެއްކާވެސް ދައުލަތުގެ މަގާމުތައްދީ. އެއްފުޅައްމަތިން ފުމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނެ. އެމް.ޑީ.ޕީ ތީ ހަމަ އެއްފޮތަކުން ކިޔަވައިގެން ތިބި ބައެއް

 8. ޗާންރާބު

  އިންރާހިމް ނާސިރު ވެސް ކޭ
  މައުމޫން ވެސް ކޭ
  ނަޝީދުވެސް ކޭ
  ވަހީދުވެސް ކޭ
  ޔާމީންވެސް ކޭ
  މިއިންކޮންމެ ރައީސް އެއްގެ ވެރިކަމުގަ ވެސް ދައުލަތު އިސް މަގާމްތައް ފުރަމުންދިޔަ ކޮންމެ މީހަކީ ވެސް އެމީހަކަު އަތުޖެހުނު ވަރަކުން ކަމުން ދިޔަ.. ނުކެވުނީ ހަމަނިކަމެތިރައްޔިތުންނައް. އެއިންކޮންމެ ރައީސް އެއްގެ ވެރިކަމުގަވެސް ރައްޔިތުން ތެރެއިން އަތްޖަހަން ނުކުތް މީހުން އަތްޖަހަންދިޔައީ ޖުމްހޫރީ ޕާކްސަރަހައްދުގަ އުޅޭކޮތަރު ތައްފަދައިން އެތިކޮޅުކޮޅުން ލިބޭތީ. ކޮންހާ ހާސަރެއްދަމާކަށް؟ މިމައްސަލަތަކަެއްނުބެލޭނެ އެއީ މިއިއންކޮންމެ ސަރުކާރެއްގަވިޔަސް މައްސަލަ ބަލަންތިބި މީހުންގެ ޖީބުތައް ފުރާދިނީމަ ދެން މައްސަލަ ބަލަންތިބޭނީ ކޮންބައެއް؟ މިއީ ސަގާފަތެއް . މިސަގާފަތް ދުނިޔެއޮތްހާދުވަހަކު މިރާއްޖޭ އަބަދުގެ އަބަދައްވެސް އޮންނާނީ. .. ހެއްދިވަރަކަށް ގުނބޯ ހެދޭ ވެއްދިވަރަކަށް ވާވަންނަ ރައްޔިތުން ތިބި ގައުމެއްގަ ކަންހިންގާނީ މިބީދައިން. ކޮންމެ މީހަކަުބެސް އަނގަނާރުވާ ކެވުނުވަރަކަށް ކައިގެން ލިބުނުމޮޅަކާއިގެން ޔިބިއްޔާމާރަންގަޅުވާނެ.

 9. އަބޯ

  އިލެކްޓްރިސިޓީ ބޯޑުން ހަރަުފަތަކުންހަރުފަތަކަސް އަރާވަޑައިގަތީ ކިހިނެތްބާ ؟އެހެން މީހެއްގެ ވާހަކަ ވިދާޅުވުމުގެ ކުރިން ތީމައަށް ހުރެވުނު ހިސާބު ދަންނަ މީހުްނ މިގައުމުގާ އެބަ އުޅޭކަން ހަނދުމަބެހެއްޓެވުން އެދެން.

 10. ނިބޫ

  ތާހިރު ވާހަކަ އެބަ ދައްކައެއްނު. ލަދުހަޔާތް ކޮބާ ވާހަކަ ދައްކަން. ކަލޭގެ ފަތިފުއް އެނގޭ މީހުން ވަރަށްގިނަ. ކުންހާ ވާހަކައެއް ދައްކަން. އަވަހަށް ސްޕްރީމް ކޯޓަޢް މައްސަލް ހުށަހަޅާ. ކޮންމެ ފަދަފަ ކަމެއްކޮށްފާ ހުއްޓަސް ކަލޭ ވނީ ސިޔާސީ މީހަކަށް ހުދުކާފޫރު ކޮޅަކަށް.