ޖިނާއީ މައްސަލަތައް ނޫން އެހެން މައްސަލަތަކުގައި ސިއްރު ހެކި ބަލައިގަތުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ލިބިގެންވާ "ތަޤްދީރީ" ބާރެއްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ. ސްޕްރީމް ކޯޓުން މިހެން ވިދާޅުވެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްވެވި ހުކުމުގައެވެ.
ސްޕްރީމް ކޯޓުން ވިދާޅުވީ، ޤާނޫނީ އިސްތިލާހުގައި ހެކިދިނުމަކީ މީހަކު އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި، ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤްރާރުވުން ކަމުގައި ވީހިނދު، ޝަރީއަތުގައި ނަގާ ހެކިބަހަކީ ޢާއްމު އުޞޫލެއްގެ ގޮތުގައި ހާމަކަމާއެކު، ހެކިބަސްދޭ ފަރާތުގެ އައިޑެންޓިޓީ ސިއްރުކުރުމަކާ ނުލައި ނަގާ ހެކިބަސް ކަމަށެވެ.
"ޖިނާއީ ނޫން މައްސަލައެއްގައި ސިއްރު ހެކިބަސް ނެގުމާ ނުވަތަ ނުނެގުމާމެދު، އެ މައްސަލައެއްގެ ބާވަތަށާއި، މައްސަލައިގައި ހިމެނޭ އެންމެހައި ވަޤާއިޢުތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ދަލީލުތަކަށް ބެލުމަށްފަހު، ގޮތެއް ނިންމުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭކަމެއް" ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖުމްހޫރީ ޕާޓީ އިން ހުށަހެޅި މައްސަލައަށް ތަދައްހުލްވި ޕީއޭ އިން ހުށަހެޅި ސިއްރު ހެއްކެތް އެމައްސަލައިގައި ބަލައިގަނެ، އެހެއްކަށް ރިޢާޔަތް ކޮށް ސުޕްރީމް ކޯޓުން އެފަހަރު އިންތިޚާބު ބާތިލް ކުރިއެވެ.
ޖިނާއީ ނޫން މައްސަލަތަކުގައި ހެކިބަސް ސިއްރުކުރުމަކީ ޢާއްމު އުޞޫލެއްގެ ގޮތުގައި ކޯޓޫތަކުން ހުއްދަކުރާ ކަމެއް ނޫންކަން ތަފާތު ޖޫރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ޤާޟާއީ ޕްރެކްޓިސްތަކަށް ބެލުމުން އެނގެން އޮންނަ ކަމަށްވެސް ސްޕްރީމް ކޯޓުން ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން އިތުރަށް ވިދާޅުވީ، ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފަށް ހިންގޭ ޖަރީމާތައް ފަދަ ބޮޑެތި އަދި "މުނައްޡަމު" (ރޭވިގެން ހިންގޭ) ޖަރީމާތަކާ ގުޅިފައިވާ ބޮޑެތި ޖިނާއީ މައްސަލަތަކުގައި އިސްތިޘްނާއީކޮށް ސިއްރު ހެކިބަސް ނަގާގޮތަށް ބައެއް ޖޫރިސްޑިކްޝަންތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުތަކުގައި ކަނޑައެޅިފައި އޮތުމުގެ ހަޤީޤީ މަޤުޞަދަކީ ހެކިވެރިޔާގެ ޙައްޤުތައް ޙިމާޔަތްކޮށް އެފަރާތުގެ ޝަހުޞީ ސަލާމަތްތެރިކަން ރައްކާތެރިކޮށް ހެކިވެރިޔާގެ ހެކިބަސް ޝަރީޢަތަށް ވާޞިލުވުން ގެރެންޓީކުރުން ކަމަށެވެ.
ސްޕްރީމް ކޯޓުން މިހެން ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅި ބައެއް ވަޤާއިޢޫތައް ޘާބިތުކުރުމަށްޓަކައި ހަތަރު ފަރާތެއް ސިއްރު ހެކިންގެ ގޮތުގައި ހެކިބަސް ނަގައިދިނުމަށް އެދިފައި އޮތުމުން އެ ހެކިންގެ ހެކިބަސް ސިއްރުން ނަގައިދެވެން ނެތްކަމަށް ނިންމި ނިންމުމާ ގުޅިގެންނެވެ.
"މި މައްސަލައިގައި ބާވަތަށާއި، ހުށަހެޅިފައިވާ ވަޤާއިޢުތަކަށާއި ދަލީލުތަކަށާއި އަދި މުޅި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބެލުމަށްފަހު، ސިއްރު ހެކިބަސް ގެނުމަކީ އެ ހެކިބަހުގެ މިޞްދާޤިއްޔަތުކަން ގެއްލިގެން ހިނގައިދާނެ ކަމަކަށްވާތީ، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހެޅުމަށް އެދިފައިވާ ސިއްރު ހެކިންގެ ހެކިބަސް ބަލައި ނުގަތުމަށް ނިންމުނު" ސްޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ހެކިން ހުށަހަޅަމުން ވިދާޅުވެފައިވަނީ މި ހެކިންނަކީ ކޮންބައެއްކަން ހާމަވެއްޖެނަމަ އެފަރާތްތަކުގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބެލެވޭތީ އެ ހެކިވެރިންގެ ހެކިބަސް ސިއްރުން ނަގައިދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ސިއްރު ހެކި ބަލައިނުގަތުމަށް ނިންމާފައިވާއިރު، މައްސަލައިގައި ފުލުހުންނާއި، އެމްއެންޑީއެފް މެދުވެރިކޮށް ތަހްޤީގެއް ހިންގައިދިނުމަށްވެސް އެދިފައިވެއެވެ. ނަމަވެސް އެކަމަށްވެސް އަމުރު ކޮށްފައި ނުވާއިރު، މައްސަލައިގައި ހުށަހެޅި އެހެން ކަންކަމާމެދު ސްޕްރީމް ކޯޓުން ބުނެފައިވަނީ އެކަންކަން ސާބިތުވާވަރަށް ހެއްކާއި ޤާރީނާ ހުށަހެޅިފައި ނުވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ސިއްރު ހެއްކާމެދު މިފަދަ ގޮތަކަށް މުހިންމު ނިންމެވުމެއް ނިންމެވިއިރު، ރާއްޖޭގެ ކޯޓުތަކުގައި ސިއްރު ހެކިބަސް ނެގުން ވަނީ "ޢާއްމު" ކަމަކަށް ވެފައެވެ.
މިހާރަކު ސްޕްރީމް ކޯޓަކަށް ގޮތްގޮތަކަށް ކަންކަމެއް ނުނިންމޭނެ. އަހަރުމެންގެ ވެރިކަމެއްގަ ރާއްޖޭން ބޭރު ފަނޑިޔާރުން ގެންނަން އޮތީ ރިޔާސީ ވަޢުދެއްގެ ގޮތުގަ ނިންމާފަ، މިހާރު މިތިބަ ފޮތްބަލައިންގެން ޙުކުމްކުރާ ބީތާއިން ފައްސާލާނެކަން އެމީހުން ދަންނާނެ އެހެންވެ އަހަރުމެންނާ ދެކޮޅަށް މައްސަލައެއް ނިންމުމުގެ ހިތްވަރެއް ނުހުންނާނެ.
ހުކުންކުރަންކިހާދުވަހަކުތިބެވޭނެބާ
މައުމޫނު ބުނަނީ ވޯޓާމެދު ސިއްރު ހެކި ބަލާގަތުމަކީ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުކަމެކޭ! އެކަމަކު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސިއްރު ހެކި ނެގީ ކޮން ދީނަކަށް ތަބާމުމަށްބާވައޭ ހިތަށްއަރާ! އެވެސް ޤީޞާޞެއް އައުން އެކަށީގެންވާ ބޮޑު މައްސަލައަކު!
ކޯޓުތަކުގެ ހުކުން މިއަންނަނީ އެއިރަކު ވައިޖެހޭ ކޮޅަކަށް. ހުށައެޅިފައިވާ މައްސަލައަށް ތާޢީދެއް ނުކުރަން އެކަމު ހުށައަޅާފައިވާ ހެކިބަސް ސިއްރުން ނުނަގަންވީ ސަބަބެއް ނެތް. ހެކެދޭ މީހަކަށް މާއްދީ ގޮތުން ގެއްލުން ލިބޭނެ ކަން ޔަގީން ހާމަކަމާއެކު ހެކިބަސް ދީފިނަމަ،
ސްޕްރީމް ކޯޓުގެ ނިންމުން ޖެހެނީ ބަލައި ގަންނަން!! މަޖުބޫރުން ނަމަވެސް!! އަޅުގަނޑު އެއްވެސް ކޮޅަކަށް ބުރަނުވެ ހުރެ އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުއްޓޭ!! 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރު ޖޭޕީން ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތުރީ މައްސަލަ އެކޯޓުން މައްސަލަ ބަލާ ނިންމި ނިންމުމަށް (ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް) ބަލާ އޭގައި އެވާ ވާހަކަތައް ކީ މީހެއްގެ ޙައިސިއްޔަތުން ބުނާނަނަމަ، ޕީޕީއެމުން މިފަހަރު ސްޕްރީމްކޯޓަށް މިހުށަހެޅި މައްސަލަ މިގޮތަށް ނިމިގެން ހިގައިދާނެކަމަށް އަޅުގަނޑަށް ކުރިން ނުވިސްނުނު!! އަދި ވޯޓް ބަޠިލް ނުކުރި ނަމަވެސް އެކަމުގައި ބަލަންޖެހޭ ނުވަތަ ބެލިދާނެ އެތައްކަމަކަށް ތުހުމަތު ކުރެވިފައިވާކަން ފާހަގަކުރެވޭ!! މި ޙުކުމް މިހެން އައީމަ އިލެކްޝަން ކޮމިޝަނަށް އަދި އެހެން ފަރާތްތަކަސްވެސް ހެކި ނައްތާލަން ފުޅާދާއިރާއެއްގައި ފުރުސަތު ލިބުނީކަމަށްވެސް ދެކެން!! އެއީ ބައެއްގެ ރައްކާތެރިކަމުގެދަށުން ބަލަހައްޓަމުން ގެންދާ ވޯޓް ފޮށީގައި ބަންދުކޮށްފައިވާ ލާފައިހުރި ވޯޓް ކަރުދާސްތައް!! މިޙުކުމަށްފަހު އިލެކްޝަނަށް އެތަން ބަލަހައްޓަން ތިބި މީހުން ފޮނުވާލުމުގެ ފުރުސަތުވެސް ލިބުނީ!! ކޮންމެއަކަސް މިއޮތީ ޙުކުމް ނެރެފަ!! މިއަށް ތަބާވާންޖެހޭނެ!! އެކަމަކު މީގައި ބަލަންޖެހޭ އަދި ބަލަން އެންގިދާނެ އެތައްކަމެއް ހުރިކަމަށް އަޅުގަނޑު ހަމަ ގަބޫލުކުރެވޭ!! ޚިޔާލަކީ ތަފާތު އެއްޗެއް!! ކުރެވޭނެ މާބޮޑު ކަމެއް ނެތް!! ހުރިހާ އިރެއްގައި އަދި ހުރިހާ ވަގުތެއްގައިވެސް ޢަދުލުއިންސާފު ގާއިމުކުރެވެންވާނީ ހަމަހަމަކަމާއެކު ދެކެން!! ޢަދުލު އިންސާފާކީ ވަގުތާއި ޙާލަތު ބަދަލުވާގޮތަކަށް ނެރޭ އެއްޗެއް ނޫންކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ދެކެން!! މިއީ އަޅުގަނޑުގެ ޚިޔާލު!!
"ތަޤްދީރީ" ބާރަކީ ކޮބައިކަން ކުއްޖަކު ބުނެދީފާނަންތޯ ؟
ނިބުރުވެރި ހަރަކާތާއި، މުނައްޡަމު ޖަރީމާތައްތަކުގައިވެސް " ސިއްރުހެކި " ކިޔާ ހެއްކެއް 7 އުޑުމަތިން ﷲ ސވ ބާވައިލެއްވި އިސްލާމް ދީންގައި ނޯވޭ.
ނަމަވެސް އިސްލާމްދީން އައްޑަނަޔަކަށް ނަގައިގެން ބައެއްގެ ކިބައިން ވެރިކަން ދިފާޢު ކުރުމަށްޓަކައި ޑިކްޓޭޓަރުން ސިއްރުހެކި އުފައްދައި އަނިޔާވެރިވެ އަދި ފުރާނަތަށް ދުނިޔެއިން ވަކިކޮށްފައިވޭ.
މި މަޅީގައި ރާއްޖޭގެ ޝަރުޢީ ނިޒާމް ވަނީ މަސްހުނިވެފައި.
21 އޮކްޓޯބަރ 2018 ދުވހުގެ މެންދުރު 12:00 އާހަމަޔަށް ، ޙުކުމްލިޔެފައޮތީ އިންތިޚާބު ބާޠިލްކުރުމަށާ 20 ދުވަހުގެތެރޭގައި އަލުން އިންތިޚާބު ބޭއްވުމަށް އީސީގެމައްޗަށް އަމުރު ނެރުމަށެވެ. "ގޯސް ޙުކުމެއް އަތުވެއްޖެނަމަ މަގުމަތިނޫންތަނެއް ނެތް" ކަމަށް ނަޝީދު ޓްވީޓްކުރުމުންނާ ރައްޔިތުންމަގުތަކަށް ނުކުމެ ހަމަނުޖެހުންހިންގުމަށް ގޮވައިލުމުން އެކަމަށް ބިރުން އެއްގަޑިތެރޭގައި ޙުކުމް ބަދަލުކުރީއެވެ. ޙުކުމް ލަސްވީވެސް އެހެންވެއެވެ. އެވަގުތުތަކުގައި ފައިސާގެ މުޢާމަލާތުތައް ނުހިންގާކަމެއްވެސް ނޭގެއެވެ. ވަﷲ އަޢުލަމު
ރީނދުމެން ކޮޅައްގޮސް ވިކިހުސްވެފަ ތިތިބީ
ލިބިވަޑައިގެންފައިވާ ތަޤްދީރީ ބާރު ބޭނުން ކުރެވެނީ ގިނައިން ފައިސާ ފަރާތަކަށް ފައިދާ ހޯދަ ދިނުމަށްދޯ
މީގަ ބުނެލަންއޮތީ ސްޕްރީމް ކޯޓުން ހުޅުވި ފަންޑު ފޮށި ފުރުނީމަ ހަމަ ބަންދު ކޮއްލީއެވެ. މިކަން ހިނގަމުން މިދާ ގޮތުންވެސް ވ ސާފެވެ.
މިއަދު ވަކީލުންނައްށާއި ގާޒީންނަށް ބޭނުންވަރަކައް ކެވިދާނެ..އާޚިރުގަ ހަދާނީ ކިހިނަކުންބާ !!!!!!!!!