ރައީސް ޔާމީން ވޯޓުން ބަލިކޮށް، ކޯޓުން ބަލިކޮށް އަދި ޕޮލިހުންވެސް ބަލި ކުރާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ވޯޓާއި ގުޅޭ ޖިނާއީ ތަހްގީގެއް ހިންގުމަށް ފުލުހަށް ހުށަހަޅާނެކަމަށް ޕީޕީއެމްއިން ބުނުމާއި ގުޅިގެން މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ﷲ އިރާދަފުޅާއި އެކު ވޯޓުން ބަލިކޮށްފިން، އަދި ކޯޓުން ވެސް ބަލިކޮށްފިން، އަދި އިރާދަކުރެއްވިއްޔާ ފުލުހުން ވެސް ބަލި ކުރާނަން. އަދި ފުލުހަށް ހުށަހަޅާ މައްސަލައަކީ އަމިއްލަ ކަރަށް މަހާލާ މަޅިއެއްކަން މިފަހަރު އެނގެންވާނެ" މަހުލޫފު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރާނެ ޖާގައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދު (އަދުރޭ) ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމަށް ޕީޕީއެމް އިހްތިރާމް ކުރައްވާ ކަމަށެވެ.

"ޕީޕީއެމްގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަމޭ. މިއަދު ސުޕްރީމް ކޯޓުގެ ޙުކުމުން ވަނީ ވަރަށް މުހިންމު ދޮރެއް ހުޅުވިފައި. އެއީ ޖިނާޢީ މައްސަލަތައް ތަޙްޤީޤީ އިދާރާތަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައި." އަދުރޭ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުން ވެއްދި މައްސަލައިގައި އެ ކޯޓުން ވަނީ އިންތިހާބު ބާތިލުކުރަން ނުފެންނަ ކަމަށް ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓަށް ވެއްދި އެ މައްސަލައިގައި ވަނީ ވޯޓުގެ މައްސަލައިގައި ތަހުގީގެއް ކުރުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރުމަށް ވެސް އެދިފައެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ކަންކަން ތަހްޤީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރަވިސް އަދި ދިވެހި ސިފައިންގެ މައްޗަށް އަމުރެއް ނެރެންޖެހޭފަދަ ހެއްކާއި ގަރީނާ ހުށަހެޅިފައި ނެތް ކަމަށެވެ.

އެކަށީގެންވާ ހެއްކާއި ގަރީނާ މައްސަލަ ހުށަހެޅި ރައީސް ޔާމީންގެ ޤާނޫނީ ޓީމަށް ދެއްކިފައި ނުވާތީ މައްސަލަ ތަހްޤީގު ކޮށްދިނުމަށް ސްޕްރީމް ކޯޓުން ފުލުހުންނާއި، ސިފައިންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅި ނަމަވެސް، ރިޔާސީ އިންތިޚާބާއި ގުޅިގެން ޖިނާއީ ކުށެއްގެ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހްޤީގު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަމުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަފްލާ

    ކަލޭމެން ރިޝވަތުގެ ހުތުރު ފައިސާ ބަހައިގެން މުލހި ގައުމު ގަނެލީ ސޕކ ޓ ވެސް ގަނެލީ

  2. ނިޝާން ޢަލީ

    ވޯޓުން ބަލީވީއެއްނޫނެވެ. ރައީސް ޔާމީންއަށް ލިބުނު ވޯޓުތައް ބަނޑުއެޅީއެވެ. ބައެއް ގިނަ ރަށްރަށުން އިބޫގެ ކެމްޕެއިންގެ އެއްވުންތަކަށް މީހަކު ނުގޮސްގެން އެކިތަންތަނުން އަތްފުނާއަޅާގެންނާ ފައިސާދީގން 200 މީހުންވެސް އެއްކށްްނުލެވުނުއިރު އެތަންތަނުންވެސް ވޯޓުގެމެޖޯރިޓީ ހޯދުން އެއީ އަރަތެކެވެ. މާތްﷲ ދެނެވިޑިގަތުން ބޮޑެވެ. އިންޞާފުން ވޯޓުދިޔަނަމަ މުޅި ރާއްޖޭގެ ސްޕަމެޖޯރިޓީ ލިބުނީހީ ޔާމީންއަށެވެ. އިރާދަކުރެއްވިއްޔާ މަކަރުހަދައިގެން ގެނައި ވެރިކމުގައި ރެނދުލައި ވެރިކަން ފުނޑުފުނޑުވެގެންދާ މަންޒަރު ދުނިޔޭގަ ލަހައްޓަވާފަހުރިއްޔާ ކަލެޔަށްވެސް ފެންނާނެއެވެ.

  3. ާސާބަސް

    އަދިބަލިކުރިމީހުނާއެކު ގަދަކުރިމީހުންބަލިކުރަން ތެޅޭތަންދެކެން އިރާދަކުރެއްވީޔާ މިތިބީ އިންސާﷲ

  4. ސިކުނޑި

    މީނަ މިބުނާ އެއްޗެއްގެ މާނައަކީ މި މީހުން ރިސްފަތު އަޅާފައޭ އޮތީ ހަމަ ރަންގަޅަށް..ގަޓުވާން އަމިއްލައަށް ބޭޒާރު މިވީ މިސޮރު..

  5. މަހޭޝް

    މަހުލޫފް ވިދާޅުވެލައްވާވާހަކަފުޅަށްވިސްނަވާ ވޯޓުއެއީ ރަށްޔިތުންދެއްވާއެއްޗެއް ވީމާ ތަފާތެއް ހުރެދާނެ ނަމަވެސް ކޯޓްއާ،ފުލުހުން ބަލިކުއްވާނެކަމަށްވިދާޅުވުމުން މާނަނެގިދާނެ
    ނުހައްގުން ބަލިކުރައްވާފާނެކަމަށް ނާއިންސާފުންބަލިކުރެއްވުމަކީ ގަބޫލްކުރެވޭނެކަމެއްނޫން
    އަދި ރަގަޅުގޮތެއްނޫން ގޯސްގޮތެއް

  6. Anonymous

    24 ގަޑިއިރައް ބޮޑުބެރުގުރޫޕެއް ބޭނުންވެއްޖެ.
    މަހުލޫޓު މަރުވުމުން އެކަމުގެ އުފަލުގައި ބޮޑުބެރު ޖެހުމައް. މިސޮރު މަރުވެގެން އެކަމުގެ އުފަލުގަ ބޮޑުބެރުޖަހައި ހަވާ އެެރުވިއަަސް ރަގަޅުވާނެ . މީދައްޖާލައް ވުރެނުބައި ފިތުނަ ފަސާދަ އުފައްދާ ސޮރެއް.

  7. ނަމަނަމަ

    ކަލޭގެ ގޭގަ ވިއްޔާ ދިރާގުގެ ސިސްޓަމާއި ކުޅުނު ބޭފުޅާ ހުރީ .ކަލޭބުނެގެން ކުރިކަމެއްވިއްޔާ. އެއީ ކަލެއަށް ތިހާޔަޤީން ވަނީ އެހެންވެގެންތާ؟

  8. ޔަމީ

    އެއީ ޔަޝްމިލީ ހުރީ ކަލޭގެ ގޭގައި. ކިތަންމެ ފަސޭހަ އިންވެސް އެކަން ކުރެވިދާނެ.

  9. އޭނަ

    ފުލުހުންނަކީ އަމިއްލަ އަމިއްލައަށް ކަންތައް ކުރާބައެއް ނޫން. އެމީހުންނަށް އަމުރު ކުރާގޮތަކަށް ކަންތަށް ކުރަނީ. ވަޒީފާ މުހިއްމު. އަނބިދަރިންނާ މައިންބަފައިންވެސް ތިބޭ އެމީހުން ބަލަހައްޓައްޖެހޭ. މަހުލޫފް ފަދަ ހެޔޮވިސްނޭ ބޭފުޅަކު ތިޔަހެން ވިދާޅުވީމަ އަޅުގަނޑު ހަމަ ބުނެލީ

  10. ދިވެއްސެއް

    ބޮޑާކަމާއި ކިބުރުވެރި ކަމާއި ޙަސަދަވެރިކަމަކީމުސްލިމެއްގައި ހުރުން އެއްމެ ނުބައި ދެސިފަކަން ދެނެހުރީމުހެއްޔެވެ

  11. ލަލަލާ

    ދެންހުރޭ ނީލަމަށްލާފައިއޮތް ޓިކެޓު ވިއްކާލެވިއްޖެތަ މިފަހަރު ބޮޑުދެނީ އައިޝާހެން ހީވަނީ އެވިއްޔަ މިހާރު މިދޮގުވެރިޔާއަށް އަތްނުބީހިގެން އުޅޭ ހަމަކީ

  12. ކޮރަޕްޓް

    ވޯޓުން މޮޅުވީ ކިތައްމިލިޔަންް ޑޮލަރު ދީގެން؟
    ކޯޓުން މޮޅުވީ ކިތައްމިލިޔަންް ޑޮލަރު ދީގެން؟
    ފުލުހުނަށް ކިތައްމިލިޔަންް ޑޮލަރު//

  13. ލަމްއާ

    ތިޔައީ އޮޅުވާލުމެއް

  14. ނާސިހު

    ތިކަހަލަ ގަދަބަސް ބުނަމުންދިޔަ ކިތަންމެ ބަޔަކު ވަނީ އިރާދަފުޅުން ބަލިވެގެން ގޮއްސަ. ރާއްޖޭގަ މާތްވެގެންވާ އިސްލާމްދީން ފިޔަވާ އެހެން ދީންތަކަށް ފުރުސަތު ހުޅުވައިދޭން މަސައްކަތްކުރާ އިބިލީހުގެ ބާރުތަކަށްވުރެ އިލާހިއްޔަ ޢަދުލުގެ މަތިވެރިކަން މާބޮޑު. ދާދިއަވަހަށް އިބިލީހުގެ ބާރުތަކުގެ މައްޗަށް އިސްލާމްދީނަށް ނަސްރުލިބިގެންދާތަން ދައްކަވާށި!

  15. ރިލޯޑް މަހުލޫފު

    މި މަހުލޫފުމެން އަނގަފުޅާކުރަން ލަދުނުގަންނަނީ ކީއްވެގެންބާ؟ ކޮރަޕްޝަން ދިވެހިރާއްޖެއަށް ތައާރަފް ކުރި މީހުންގެ ތެރޭގައި ރިލޯޑް މަހުލޫފް ހިމެނޭ

  16. ޜިސްވަތު

    މި ރިލޯޑް މަހްލޫފް މީ ކާކުތަ އަންގައެއްއޮތީމަ އަނގަ އަރުވަނީ. ޔަހޫދީއަކުދިން ފާޑެއްގެ އެވޯޑެކޯ. ދިވެހިންގެ ތެރޭގައި ކަލޭގެ އަގެއްނެތް. ކަލޭދޭ ކަލޭގެ އައުވާނުން ކައިރިއަށް ޔަހޫދީން ކަލެއަށް ސަޖިދަ ކޮއްފާނެ.

  17. Anonymous

    އޭ ހޭއަރާ ތިތިބީ ބަލިވެފަ

  18. އަހްމަދު

    ވޯޓުންކީއްކުރަން ކޯޓުންވެސް ބަލިވީކީނޫން ބަލިކޮށްލީ ފޮށިތަކަށް އިތުރަށް ވޯޓުއަޅާ ގަޑުބަޑުކުރީމަވެސް ކޯޓުން އެކަންވެސް ބަލައިގަންނާކަށް ބޭނުމެއްނުވި ފުލުހުންވެސް އެކަންކަން ތަހުގީގުކޮށް ނުބަލާނަމަ ކުރާނެކަމެއްނޯންނާނެ އެހެންނޫނަސް މަހްލޫފުއާ އަލްހާނަކީ މިހާރު ސިޔާސީމީހުންކަމަކަށް އަހަރުމެންނުބަލަން މުނާފިގުންގެގައިގާހުންނަހުރިހާސިފައެއް ތިދެމީހުންގެ ގައިގާއެބަހުރި

  19. ސަފީގް

    ޙައިރަަންވޭ