ޖަލަށް ދާން ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް ވެރިކަން ބަދަލު ކުރުމަށް އިތުރު އުނދަގޫތައް ކުރިމަތިވާ ނަމަ އެމަނިކުފާނު ޖަލުން ނެރެން ޖެހޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ހިންދޫއަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ.

"ރާއްޖެއަކީ އަޅުގަނޑުގެ ގައުމު, އަޅުގަނޑު ރާއްޖެ ނައުމަށް އެންގުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވޭ، ރާއްޖެ ދިއުމުން ފުރަތަމަ ކުރިމަތިލާން ޖެހޭނެ ކަމަކީ ޖަލަށް ދިއުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާގޮތަށް ޖަލަށް ދާންޖެހިއްޖެ ނަމަ ޖަލަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ޖަލަށް ދާން ތައްޔާރު ނަމަވެސް ވެރިކަން ބަދަލު ކުރުމަށް އިތުރު އުނދަގޫތައް ކުރިމަތިވާ ނަމަ އަޅުގަނޑު ޖަލުން ނެރެން ޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ނިންމުމާއެކު ވެރިކަން ބަދަލުވެގެންދާކަން ޔަގީން ކުރަން ޖެހޭ ކަމަށާއި އަދި އިންޑިއާއާއި އަވައްޓެރި ސްރީލަންކާ ފަދަ ގައުމުތަކުގެ މަސްލަހަތު އޮތީ ވެސް އެގޮތުގެ މަތީގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ޙާސަރު

    މަނިކެފާނު ތިޔަހުންނެވީ ޖަލުގަތޯ

  2. ކުމާރު

    ކަލޭކާރި އެއްވެސް.މީހަކު ބުނިތަ ނާންނާށޭ އަމިއްލއައް ނާންނަން ވެގެން ތިޔަ ހުންނަނީނު. ރައްޔިތުންގެ ހައްގުގަ ޖަލުގަ އޮންނާނަމޭ ކިޔާފަ ގޮސް އިނގިރޭސިވިލާތު ކުޅިކުޅެނީ

  3. ޖާބިރު

    ކަލޭތީކާކު؟
    ތީ ބޮކެއް، ތީ މީދަލެއް، ތީ އެއްވެސް އުރަތްޕެއް ހުރި ޑިނރު އެއް ނޫ ކަލޯ ނާޓީޑޫ

  4. މައުމޫނު

    ގާޒީންނައް ބިރުދައްކަން ފެށީދޯ. މިކަލޭގެވެސް ވީ ކަނޑުފައްތަން

  5. Anonymous

    ތީ މިގައުމުގެ ހަލާކު. ނުލަފާ.ލުއްޗާއެްްއެއް

  6. Anonymous

    މަތިންދާބޯޓު ޖައްސާއިރައް ސިފައިންނާ ފުލުހުން ތިބޭނީ ރެޑީގަ. ޢެމްޑީޕީމީހުން ނަސީދު ދެކެން ބޭނުމިއްޔާ ޖެހޭނީ މަނާކަމެއް ވިއަސް ރަންވޭމައްޗައް ޑްރޯން ފޮނުވައިގެން ބަލަން. ޢެހެންނޫނީ ލޮލުގެ ކުޑަކޮޅުންވެސް ނުފެންނާނެ. ހަމަ އަންނަ ތަނުން ޖަލައްލާނަން. ޢޭގެ ފަހުގަ ނަސީދު ދެކެން ބޭނުންވާމީހުން ދާނީ އަަސަހަރާއައް. މީ ވަރައް ވާހަކަ. މިގޮތް ބޭނުމިއްޔާ އާދޭ. ނޫނީވިއްގަ މައިތިރިވެގެން ހުރޭ

    • ޢަލީ

      އެއަށްވުރެކުރިން ތިބޭފުޅާސަހަހަޜާއަށްދާންވެސް ޖެހިދާނެ. ގަދބަސްނުބުނެ މިވަމުންދާގޮތްބަލަންހުރުން ބުއްދިވެރި. ރާއްޖޭގަޚޮށްފަހުރި ހުކުމްތައް އެހެރަދަނީ ނިއުޅެމުން. ޢެކަމުގެ ވަގުތު ޖެހުނީ........ ކާކަށްތަހުއްޓުވުނީ. ކުރެވޭނެ ކަންކަމުގެ ވާހަކަދައްކާ.

  7. ނަޝީތު މުހައްމަދު

    މި ގަރުނުގެ އެންމެ ބޮޑު ކަނޑުކޮސް

  8. މާރިޔާ

    އިބޫ ވެރިކަމަށް އައީމަވެސް މި ޖަންޖާބޯއަށް ކެތްނުވެގެން ދޯ މި އުޅެނީ...ތިހިރީ ބާކީވެފައި ދެން ލަލަލާ

  9. ޖަމީލު

    މަ އޮންނާނީ ބުނެފަ ނަސީދު ދިގުމުއްދަތައް ޖަލައް ލާނަމޭ. އެހެންވީމަ ޖަލުގަ އޮންނަން ޖެހޭނީ

  10. ބޭބެ

    ނެތޭ އެއްވެސް އުދަނގުލެއް އަދި އެއްވެސް ހުރަހެއް މިހާރު!! ނޮވެމްބަރު 11 ނުވަތަ 17 މި ދެދުވަހުންކުރެ ކޮންމެވެސް އެއްދުވަހެއްގައި އިބޫ ރައިސްކަމުގެ ހުވާކުރައްވާނެ!! ރައިސްކަމާ ޙަވާލުވާނެ!! މީގައި ނެތް ހަމަ އެއްވެސް ހުރަހެއް ޝައްކެތް!! މަނިކުފާނު ރަގަނޅީ ބޭރުގައި ހުރިއްޔާ!! ނުވަތަ ރާއްޖެ އައިސް ޙުކުމް ތަންފީޒުކުރަން ޖަލުގައި ވީއައިޕީ ކޮޓަރިކޮޅުގައި އިންނެވިއްޔާ!! ވަލްޙަމްދުލިއްލާހި!! ވަރަށްބޮޑަށް ޝުކުރިއްޔާ!!

  11. Kamaal

    ތިބޭފުޅާ ޖަލައް ގެންދިޔާއިމަ ކޮންމެވެސް ތަނެއްގެ ކެންސަރުޖެހިއްޖޭ ކިޔާފަ ދޮގުހަދައިގެން ޖަލުން ނިކުމެވަެނެ ނޫންތޯ.

  12. ޝަރީފާ އިދްރީސް

    ބަލަ ޣައްދާރާ! ކަލޭ މިހާރުވެސް ތިހުރީ ޖަލުން ނުކުމެނޫންތަ؟

  13. ސަންގު ގެރި

    ހެހެހެ، ނާހަމަތެދެއް! އަޅެނިކަން އާދެބަލަ! ވާގޮތެއް އެނގިދާނެތާދޯ!

  14. ނައީ

    ކަލޭކަހަލަ މައުސޫމް މީހަކަށް ޖަލުގެ ތޭރި ޙައްޤުބާ؟

  15. Anonymous

    މައިން މަގައް ލައްގަޅޭ ރާގުޑިއެއް ލައްގަޅޭ. 1ނޮވެމްބަރުގަ ރާގުޑިއެއް.ލައްގަޅޭ

  16. ރައްޔިތުމީހާ

    ޜާއްޖޭގެ ރައީސްކަންކުރައްވާފައިވާ ބޭފުޅުންގެ ވިސްނުންފުޅުގައި ޤައުމީ މަސްލަޙަތަށް އިސްކަންދެއްވުން މުހިއްމުކަމުގައި ދެކެމެވެ. ކޯޓުންކޮށްފައިވާ ހުކުމެއްއޮއްވައި، އެޙުކުމަކީ ބަލައިގަނެވޭނެ ޙުކުމެއްކަމުގައި ނުވިޔަސް އެޙުކުމާއި ދޭތެރޭގަގޮތެއްނިންމަން މަސައްކަތްކުރައްވަންވާނީ ކޯޓްތެރޭންކަމުގައި ދެކެމެވެ. މިދަނޑިވަޅަކީ ކޯލިޝަންގެ ކެންޑިޑޭޓް ޕްރެޒިޑެންޓް އިލެކްޓް އިބްރާޙީމް މުޙައްމަދު ޞާލިޙު ހުވާކުރައްވާ އިޞްލާޙުގެ މަގުން ޤައުމުހިންގެވުމުގެ ކަންތައް ކުރިއަށް ގެންދަވަން ފައްޓަވާ ދުވަސަވަރެއްކަމަށްވުމާއި މިދަނޑިވަޅުގައި އެކްޓިވިސްޓުންގެ ވިސްނުމުގައިވާ ފަދައިން މަގުމަތިން ކަންތައްތައް ޙައްލުކުރުމުގެ ވިސްނުމުގައި ކުރައްވާ ކަންތައްތަކުން ޤައުމު ހަލަބޮލިވެ ސްޓޭޓް އޮފް އިމަރޖަންސީއެއް ހިންގަންޖެހޭ ޙާލަތެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ދަތިތަކެއް ދިމާވެ އިތުރުބަޔަކު ޖަލަށްވަދެ ޤައުމީ މަސްލަޙަތު ގެެއްލުމަށް
    މަގުފަހިވެދާ ފަދަ ކަންތައްތައް ކުރެއްވުމުގެ ބަދަލުގައި ސްޕްރީމް ކޯޓްތެރެއިން މަނިކުފާނަށް އިންސާފުވެރި ޙުކުމެއް ލިބޭތޯ މަސައްކަތްކުރައްވާ މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވުމަށް ނަސޭހަތްތެރިވަމެވެ.

  17. ސޯޕް ލައިޓް ބްރަދަރ

    ސުވާލަކީ އަންނިހުރީ ޖަލުގަހެއްޔެވެ. ތިޔަހުރީ އިނގިރޭސި ވިލާތުގައިހުރި ޖަލެއްގަތޯއެވެ.

  18. އަޙްމަދު

    އަނެއްކާ އަނެކަން ލައްވާލީ! އަދި ބުނާނެ ވެރިކަން ވެސް ކުރެވޭނީ ތިމަންނާ އެކަންޏޭ. ބަލަ މިގައުމުގެ ވެރިޔަކަށް އެހެރީ އިބޫ އާއި ފައިސަލް ހޮވާފައި. އެމީހުންނަށް އެކަންކުރެވޭނެ. ކަލޭ މިތަނައް ނަޔަކަސް ޔާމީން އެންމެ ލަސްވެގެން ނޮވެމްބަރ 16 ވަނަ ދުވަހުގެ ފަހުން ވެރިކަމުގައި ނުހުންނާމެ. ތިމަންނާ މީ މާމުހިންމު މީހެއްކަމެއް ހެދިގެން އުޅޭނެ ކަމެއްނެތް!

  19. އެމް ޑީޕީ

    ބަލަ މި ޤައުމަކީ އިންޑިޔާއާއި ސިރީލަންކާގެ އަވަށެއްތަ؟؟؟؟ މި ޤައުމަށް މުހިންމުވާނީ މި ޤައުމުގެ ރައްޔިތުންގެ މަސްލަޙަތު ނޫންތަ؟؟؟؟؟؟؟

  20. ރައްޔިތުން

    ނަޝީދުގެ މައްސަލައިގެ ޙުކުމަށް ބަލާއިރު އޭގައި ފުރިހަމަނޫން އެތައްކަމެއް އެބަހު ކުރިން ކުރި ދައުވާ ނަގައި ފަހުން ވައްދައި އެހެންގޮތަކަށް އެދައުވާ އުފުލާ ކުރި ހުކުމްވެސް އޮތީ ކުރިކަމަކަށްނޫން ކޮށްފައި ވީމާ މިކަން އަލުން ދިރާސާ ކޮށް ގޮތެއް ނިންމުމަށް ސްޕްރީމް ކޯޓަށް ވަށްދަންފެނޭ

  21. ބުރޯ

    ހަމަ އޮންނަންވާނީ ޖަލުގަ

  22. ފުޅާ

    ޖަލައްވަދެ އަލުން ޤާނޫނު ތަކާއެއްގޮތަވާގޮތުގ މަތިން ނުކުންނަވާ. ގަދަބާރުން ކަންކުރަން އުޅުއްވުން ބުއްދިވެރއެއްނޫން.

  23. އަހުމަދުބެ

    މީނަ ކިޔާ އެއްޗެއް ނުކިޔާ އެއްޗެއް އެހެން މީހަކަށް ނޭނގެއެވެ. ދެފަހަރު ވާހަކަ ހުންނަނީ ދެގޮތަށެވެ.

  24. އަބޯ

    އިބޫ އަށް މިގައުމުގާ ހަމަޖެހޭ ވެރިކަމެއް ކުރެވޭނީ މިކަލޭގެ ޖަލުގާ ބަހައްޓައިގެން .ވީމާ މިކަލޭގެ ދޫކޮށްނުލާތި . އިބޫޖެހޭނެ 5 އަހަރުގެ ވެރިކަމެއްކޮށް 2 ވަނަފަހަރަށް އިންތިހާބު ވާން. ގާސިމާ މައުމޫނުގެ އަތުން ދޫކޮށް ނުލައްވާތި .

  25. ބުރޯ

    ނަސީދަށް ކުރި ހުކުމާ ނަސީދު ކުރެއްވި ކުށް ގާނޫނުގަ ވަނީ ލިޔެވިފާ .ނަސީދަށް ހުކުމަކުރީ ނަސީދުގެ އަތު ލިއުމުންނާ ކިތާބީ ހެއްކާ ޕޯޑިއަމް އިުތިރާފުންް އަދި ހުރިހާ ދިވެހިންގެ ކުރިމަތީ ކުރި ކުށަކަާމެދު ހަދާދޮގު އެންމެނަށް ބޭޒާރު ކޮށްފާ . އެހުކުމް މަތީ 2 ކޯޓުންވެސް ވަނީ ރަނގަޅުޔކިަމަށް ނިންމާފަ. ވީމާ މައާފްދިނުމާ އަދަބަށް ލުއި ދިނުމުގެ ގާނޫނުގެ އިޖްރާތު ހަމަވަންދެން ޖަލުގަ އޮންނަންވާނެ.

    • ކުށެއް

      މިހާރު ގާނޫނަކީ އެއްޗެއްނޫން ހިތަށް އެރި ގޮތަކަށް މައްސަލަ ނިންމަނީ އެއްފަހަރު ކުއްވެރި އެއްކަމަށް ނިންމާ ޖަލަށް ލާ އަނެފަހަރު އެ ކުއްވެރި ޔާއަކީ ކުށެއް ނެތް މީހަކަށް ހެދުން މިހާރު ގެ ގާނޫނަކީ! އެއްފަހަރު ސިއްރު ހެކިން ގެ ހެކިބަސް ގަބޫލްކޮށް އެހެން ފަރާތަކަށް ތާއީދު ކުރަން ބޭނުންވުމުން އެހެކި ބަހަކީ ގަބޫލް ކުރަންޖެހޭ އެއްޗަކަށް ނުހަދާ?

  26. ސަލީމް

    ޔާﷲ މި އާފާތުން މިޤައުމު މިންޖު ކުރައްވާދޭވެ. އާމީން.

  27. ޕަޕެޓް ގެރިމޯދީ

    މި ނަޝީދުމީ މަތިން ބާވާލައްވާފަހުރި މީހެއްބާ؟ ސްޕްރީމް ކޯޓްގެ ހުކުމަށް ވިއްޔާ މި ގޮންޖަހަނީ. މީނަ ހީކުރަނީ ކަންނޭނގެ ގެރިމޯދީ ފައިބުޑައްވެއްޓި ގަނެގެން މަލާއިކަތެއްހެން ރާއްޖެއެރީމަ ނޫނީ ދިވެހިންނަށް ނޭވާވެސް ނުލެވޭނެކަމަށް. ނަސީދުއެއްނޫން އަހަރުންނަށް ރިޒުގު ދެއްވަނީ

  28. ފަޤީރު ކަލޯ!

    މިކަލޭގެ މިނިވަން ކުރަން ފެނޭ! މިނިވަން ކޮށްފަ މީނަ ހިންގި ޖަރީމާތަކުގެ ދަޢުވާ ކުރަންޖެހޭ! ޤާޟީއަކު ވަގަށް ނެގުން، ޖުޑިޝަރީއަށް އަރައިގަނެ ސްޕްރީމް ކޯޓު ތަޅުއެޅުވުން، މަޖިލިސް އިދާރާ ތަޅުއެޅުވުން، މުޅި ރާއްޖޭގައި ހުޅުޖެހުން، ދައުލަތުގެ ޚަޒާނާ ދިރުވައިލުން، ދީނާއި ބަސް ނައްތައިލަން މަސައްކަތް ކުރުން، ރަލާއި މަސްތުވާތަކެތީގެ ގުދަނަކަށް މުލިޔާގެ ހެދުން، އަދިވެސް އަދިވެސް، މީނާގެ މައްޗަށް މިދަޢުވާތައް ކޮށްފައި ނޫނީ އޭގެފަހުން ޤާނޫނީ ގޮތުން ކުށްކުރި އެއްވެސް މީހެއްގެ ޝަރީޢަތެއް ކުރުމަކީ ޤައުމަށް ވެވޭ ޚިޔާނާތެކެވެ.

  29. ކިލްޔާސް

    އިބޫ އަށް ނަޝީދާ ނުލާ ވެރިކަން ކުރެވިއްޖެނަމަ އިބޫ ދެވަނަ ދައުރަކަށް ހޮވަން މަވެސް ނުކުންނަނާނަން. ނަޝީދަކީ ލާދީނީ މީހެއްކަން ކޯލިޝަނަށް ވޯޓް ދިން ގިނަ ބަޔަކު ގަބޫލުކުރާނެ. އެހެންވީމާ އެ ތާއީދު ހިފަހެއްޓުމަށާއި ދެވަނަ ދައުރަކަށް ވެރިކަމަށް އައުމަށް ނަޝީދުގެ ބާރު ކަނޑުވާލުމަކީ މިހާރަށްވުރެވެސް ގިނަ ވޯޓް ދެވަނަ ދައުރެއްގައި ލިބޭނެކަމެއް.

  30. މުހައަމަދު

    މި އަޅެ މީހެއްތަ

  31. ފްރެޑް

    ކަލޭ އަކަށް އިބޫ ސަރުކާރެށްގަ ވެސް އެއްވެސް އެއްބާރުލުމެއް ނުދޭނަން. ސީދާ ޔާނުއާ ދޭތި އެއްގޮޅި އަކަށް ލާނީ

  32. ސަންގު ގެރި

    ހެހެހޭ. އެހެންއުތަ! ނިކަންއާދެބަލަ ކެރެންޏާ! ރަނގަޅަށް އީދު ފާހަގަކޮށްދޭނަން! 1000 މީހުން އޭނަގެ ސެކިޔުރިޓީއަށް ބޭތިއްބިޔަސް މިގައުމުގެ ހީރޯއިންގެ އަތްދަށުން ހަމަހިލާ ސަލާމަތެއްނުވެވޭނެ! މީވަރަށް ވާހަކަ....

  33. ރކމާ

    މިކަލޭގެ އަށް ވިސްނޭގޮތްދޯ! އަހަރުމެން ނިންމިނިންމުމެއްގަަ އިންޑިއާ އާއި ސްރީލަންކާގެ މަސްލަހަތެއް އޮންނަންޖެހޭނެ ކަމަކަށް އަހަރުމެންނެއް ގަބޫލެއް ނުކުރަމޭ! އަހަރުމެންގެ މަސްލަޙަތު ހިމާޔަތްކޮށްދޭނީ އަހަރުމެންގެ ނަސްލުގެ މީހުން އަހަރުމެންގެ ދީނުގެމީހުން. ހިންދޫއިންނެއް ބުޑިސްޓުންނެއް އަހަރުމެންނާ މެދަކު ނުވިސްނާނެ!!! ކަލޭވެސް ހިމެނޭގޮތަށް މިބުނީީީީީ ލައްކަވާހަކަ.

    • މުހުންމަދު

      ތިބޭފުޅާގެ ވާހަކައަށްތާއީދު
      މިކެނެރީގެ ސޮރުމީނައަށް މިކަންކުރަން ނޭނގޭ އިރުވެސް މިކަންހޯދާފައި އިންޑޔާއާޢި ސްރީލަންކާގެ މަސްލަހަތު ހިމާޔަތްކުރަން މިޤައުމުގެ ކަރާމަތާއި އިސްތިގްލާލު ވިއްކަން ޖެހޭހެއްޔެވެ. މީހައިރާންވާކަހަލަ ލޯތްބެއް ދިވެހިން ދެކެވާދެލޯއަނދިރި ބްރާންޗެއް ހެއްޔެވެ.! އަނެއްކާ މީނަގެ ދަޅައިގައި ޖެހިގެން އުޅޭ މީހުންގެ ކަނޑުކޮސްކަން ވަކިން ކުޑަހެއްޔެވެ.؟
      ހައރާނުން ހައިރާން!!

  34. ޢައިސަ

    ޥޯޓް ދިނައިރަކު ނޭގޭތަ މިހެންކަން ވާނީ...ޕީޕީއެމް މީހުން ރޮއެ ހޭރުނު އިރު ވެސް ދިނީ ބީރުކަންފަތެއް..ދެން އްތް ޖަހާ..

  35. Anonymous

    "ދަ ހިންދޫއަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ"

    .މަތިވެރި މާތްވަންތަ العزيز الجبار. މިނަޝީދުގެ އެދޮގު ބަހަކީ އިބަ ރަސްކަލާނގެ ނުރުއްސަވާ ބަހެއް ނަމަ އޭނާގެ އާރެއް، ބާރެއް ނެތްކަން ހާމަކޮށް ދެއްވާނދޭ.

  36. ވިލުފުށި

    ނުކެރޭނެ އަންނާކައް ބިރުވެސް ގަނޭ ޖެހިލުންވެސްވޭ ލަދެއްހަޔާތެއނެތީމަ އަގަތަޅުވަނީ