ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ޕީޕީއެމް އިން ވަކިކުރި މައްސަލަ އަލުން ބަލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މައުމޫން ޕީޕީއެމް އިން ވަކިކުރި މައްސަލަ މުރާޖަޢާ ކޮށްދިނުން އެދި މައުމޫންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެސިޓީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށާއި މައުމޫން ޕީޕީއެމް ވަކިކުރުމުގެ އިޖުރާޢަތުތައް ކުރިއަށް ގެންދިޔަ ގޮތް އަލުން ބަލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.
"މިދިޔަ ބުރާސްފަތި ދުވަހު ރައީސް މައުމޫން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވާފައި. އެމަނިކުފާނު ޕީޕީއެމް އިން ވަކިކުރުމުގެ އިޖުރާޢަތުތައް ކުރިއަށް ގޮސްފައި ވަނީ ރަނގަޅަށްތޯ ބަލައި ދިނުމަށް. އިއްޔެ އެކަމާއި ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު. ކޮމިޝަނުން ނިންމާފައި ވަނީ ރައީސް މައުމޫން ޕީޕީއެމް އިން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އިިޖުރާޢަތުތަކާއި އެއްގޮތައްތޯ" ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައިސް އަހްމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ އެޕާޓީގެ ރައީސް އަކީ ރައީސް ޔާމީން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނުދެކޭ ކަމަށެވެ. ރައީސް ޔާމީނަކީ ޕީޕީއެމްގެ މުސްތަޝާރު ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަމަށް އަދި ނުނިންމަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މައުމޫން ޕީޕީއެމް އިން ވަކިކުރަން އެޕާޓީގެ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައެވެ. އިލެކްޝަންސް ކޮމިޝަނުން އޭރު ވަނީ އެނިންމުން ބަލައިގެންފައެވެ.
ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވަނީ ޕީޕީއެމްގެ ލީޑާޝިޕާއި ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލައިގެ ޝަރީޢަތެއް އަދި ނުފަށައެވެ.
ތިރީސްއަހަރުގެ ބާނީ ވެރިކަމައިގެން ދަންޖެހުނަކަސް ތިވަރު ތަންކޮޅެއްބޮޑު!!
ޖަވާބު ވަރަށްސާފް! ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ޕާޓީއަށް ގެއްލުންދިނުމަށް ފާޅުގައި ނުކުންނަވާ އިދިކޮޅާ ގުޅިގެން ކައުސިލްގެލަފާނެތި އެއްބަސްވުމެއްހައްދަވާ ޕީޕީއެމްގެ ނަމުގައި ސޮއިކުރެއްވިއެވެ. މިއީ އަސާސީ ޤަވާޢިދުބުނާގޮތުން ޕާޓީން ވަކިކުރެވޭނޭ ޙާލަތެކެވެ.
އީސީ ސަރީފޫ، އީސީ ސަރީފޫ މަނިކުފާނު ޖަޒުބާތުގަ ދެން ތިމައްސަލަ އަނެއްކޮޅަށް ނިންމާލާނީތޯ. އަންނަނީ ހިނި.
ހުރިހާކަމެއްދާނީ ދެން ދިމާ އިދިކޮޅަށް!! މިހާރު ކަންތައްތައް މިދާގޮތުން އެނގި ކަށަވަރުވެއްޖެ!! ކޯޓުތަކުން ޙުކުމް އަންނަގޮތާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމުންތައް ނިންމާ ގޮތާއި އިލެކްޝަންކަމިޝަނުން ކަންތައްތައްކުރާ ގޮތުން!! 2013 ވަނަ އަހަރު އިންތިޚާބު ބާޠިލްކުރަން ލިބުނު ގާރީނާ ތަކަށްވުރެން ގިނަ ގަރީނާ ހުށަހެޅި މިފަހަރު!! ".... ވޯޓްކަރުދާސް ޗާފުކުރުމުގައިޔާއި އެއްތަނުން އަނެއްތަނަށް އުފުލުމުގައި......" "....އިލެކްޝަންކަމިޝަނާއި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތާކާއި ގުޅިގެން ބުނެވުނު ކަންކަމުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން." ގައިޑްލައިނުގެ 12 ވަނަ މާއްދާގައި އޮންނާނެ!! ކަރުދާސް ޗާޕްކުރުމުގައި (ޗާފްކުރެވެމުން ދިޔަ ވަގުތު) ސަލާމަތީ ބާރުގެ އެހީ ނުހޯދާ!! ބުނެވިދާނެ ޗާޕުކޮށްގެން ބޭރުންގަނައީއޭވެސް މިހާރު!! އެކަމަކު ނިމުނީ މުޅިން ތަފާތުގޮތަކަށް!! އެކިއެކި ކުށްކޮށްގެން ޑިއުޕްރޮސެސްގެތެރެއިން ޙުކުމް އައިސްފައި ތިބި ބަޔަކު މިހާރު ކުށެއް ނެތްކަމަށްވެ ނިމި މިނިވަންވީ!! ގާސިމް އިބްރާހިމްއަށް ހަތަރު ފަސް ފަޅުރަށް އަދީބުގެ މިނިސްޓަރުކަމުގައި ދީފައި ހުރީ 100 މިލިއަން ޑޮލަރު ސަރުކާރަށް ގެއްލުންވާގޮތަށް އޭރު އޭސީސީން ނިންމި ނިންމުން މީގެ ދެދުވަހެއްކުރިން އެތަނުން އެނިންމީ ގާސިމް އިބްރާހިމް ކޮޅަށް!! ކުރިން ކޮށްފައިވާ ހުރިހާ ޕްރޮސެސްއެއް އޮތްތާ ބާއްވާފަ ޕީޕީއެމް މައުމޫނާ ޙަވާލުވެސް ކުރާނެ!! މިއީ މިކަންދާނެގޮތަކީ!!
ޕީޕީއެމް ޤައިރުޤާނޫނާ ޚިލާފަށް މައުމޫނަށް ދީފިނަމަ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނެތުމުގެ ބިރު ބޮޑުވާނެ. ޓީވީ ޗެނަލެއް އޮތަސް އޮތީ ޗެނަލް13 ފިޔަވައި ހުސް ކޯލިޝަންގެ ޓީވީތައް. ނޫސްތަކުގެ ތެރެއުން ވަގުތު ނޫސް ފިޔަވައި ދެންހުރި ހުރިހާ ނޫހެއް އޮތީ ކޯލިޝަންގެ މުށުތެރޭގައި ތާށިވެފައި. ކިހިނެތް ދެން ސަރުކާރު ޖަވާބުދާރީ ކުރުވާނީ.
މިފަހަރު މައުމޫނަށް ޕީޕީ އެމް ޙަވަލުކުރާނެ އަވަސް ފުރުސަތެއްގައި ޕީޕީ އެމްގެ ކޮންގުރެސް ބާއްވާނެ ޕީޕީއެމްގެ ރައިސްކަމަށް ރައިސް ޔާމީން ކުރިމަތި ލައްވާނެ ޕީޕީއެމްގެ ރައިސަކަށް ޔާމީނު އިންތިޚާބު ކުރަނެ ދެން މައުމޫނު ހުންނަވާނީ ޕީޕީ އެމްގެ މުސްތަސާރަކަށް ދެން ވައްޑޭމެން އަތަށް ގޮވާނެ
މައުމޫނު ވަކިނުވާކަމަށް ނިންމައިފިނަމަ ޔާމީނުގެ ކެންޑިޑެންސީ އިލެކްޝަނުން ބަލައިގަތްގަތުން ބާތިލްވާނެ. އިންތިޚާބުވެސް ބާތިލްވާނެ.
ސަރީފުމެންގެ ކޮރަޕްސަން މައްސަލަ ބަލަނީ ކޮންއިރަކުންތޯ؟
ސަރީފޫ ކީއްވެގެންތޯ ރޯ މަހެއްތެޅޭހެން ތި ތެޅެނީ؟ ކޮރަޕްސަން ލާރިގަނޑު އަވަހަށް ހަޖަމް ކޮއްލަންތޯ؟
މިހާތަނަށް ނިންމި ހުރިހާ ނިންމުމެއް ބާތިލްވެ އަލުން ހުރިހާ ކަމަކަށް ފުރާނަ އެޅުމަކީ އީސީން ބޭނުންވަގުތަކު ބޭނުންހާ ގޮތަކަށް ކަންކަން ނިންމުމުގެ އުސޫލެއް ގެންގުޅޭކަމުގެ ދެއުޅި އެއްނުވާ ސިޔާސަތެއް. ކޯޓުތަކުންވެސް އުއްމީދު ކުރަނީ މިހާތަނަށް ކޮށްފައިވާ ހުރިހާ ހުކުމެއްވެސް ބާތިލް ކުރަން.
96000 މީހުން ގެ ކުރިމަތީގަ ގަދަފަދަ ކަން ނުދައްކާތި
މައުމޫން ވަކިކުރީ ރަގަޅައް ނޫން ވެއްޖެޔާ އަލުން ވަކިކުރަން މަޖުބޫރު ސަބަބު:
މައުމޫން ލައިގެން 4ޕާޓީ އެއްކޮއްލީމަ 138،000
ޔާމިން އެކަނި 97،000
ސްޕްރީމް ކޯޓުންވެސް އޮތީ މިތަންކޮޅު ހުކުމުގަ ފާހަގަ ކޮއްފަ
ވަގައްގޮވީމަ އީސީއައް ބަލައިނުގަނެވުނަސް މިއަޑު ދެން މަޑެއްނުވާނެ
ޝަރީފޫ ތީ ކުޅޭކުޅޭ ގޭމެއްތޯ، ބޭނުންވީމަ މައްސަލަ ބަލާފައި ބޭނުންނުވީމަ މައްސަލަ ދޫކޮށްފައި
ޝަރީފޫ ނަމަނަމަ ޕީޕީއެމް މައުމޫނާ ޙަވާލުނުކުރާތި ޝަރީފު ނޫނަސް މިރާއްޖޭގައި މީހުންއެބަތިބި ފަހުން ހޫނުވާނެ ތިމަރަ ވިރޭނެ ހޫނުވީރުން